Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސީރިއާ-އިރާޤް ހަނގުރާމަ

ހަނގުރާމައަށް ދިޔަ ދިވެހިން އަނބުރާ އައުމުން ރީއިންޓަގްރޭޓް ކުރެވޭނެ: މިނިސްޓަރ

ސެންޓަރު ހިނގަމުންދާނީ މިނިސްޓްރީގެ ބެލުމުގެ ދަށުން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 15 އޮކްޓޯބަރު 2021 | ހުކުރު 07:15
 ހޯމް މިނިސްޓަރ ޝެއިޙް އިމްރާން އަބްދުﷲ

ހޯމް މިނިސްޓަރ ޝެއިޙް އިމްރާން އަބްދުﷲ

ސީރިއާ ހަނގުރާމައަށް ދިޔަ ދިވެހިން އަނބުރާ އައުމުން އެމީހުން އަނބުރާ މުޖުތަމައުއަށް ނެރުމުގެ ކުރިން ރީއިންޓަގްރޭޓް ކުރެވޭނެ ނިޒާމެއް ޤާއިމު ކޮށްފައިވާކަމަށް ހޯމް މިނިސްޓަރ ޝެއިޙް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އިމްރާން އެހެން ވިދާޅުވީ ގަތަރުގެ ދޯހާގައި ކުރިއަށްދިޔަ "ގްލޯބަލް ސެކިއުރިޓީ ފޯރަމް" ގައި ވާހަކަދައްކަވަމުންނެވެ. އެގޮތުން މިނިސްޓަރ ވިދާޅުވީ، 2012 ވަނަ އަހަރާއި 2018 ވަނަ އަހަރާ ދެމެދު ގާތްގަނޑަކަށް 200 އެއްހާ ދިވެހިން ސީރިއާއާއި އިރާޤު ހަނގުރާމައިގައި ބައިވެރިވުމަށް ގޮސްފައިވާ ކަމަށާއި، އޭގެ ތެރެއިން ބައެއް ދިވެހިން އަނބުރާ އަންނަން ބޭނުންވެފައިތިބި ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ، އެގޮތަށް އަނބުރާ އަންނަ މީހުން މުޖުތަމައަށް ނެރުމުގެ ކުރިން އެމީހުންނަށް "ރީއިންޓަގްރޭޝަން" ޕްރޮގްރާމްތައް ހިންގުމަށްޓަކައި ބޭނުންވާނެ ނޭޝަނަލް ރީއިންޓަގްރޭޝަން ސެންޓަރު މިހާރު ސަރުކާރުން ޤާއިމުކޮށްފައިވާ ކަމަށެވެ.

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ގާއިމު ކުރަންޖެހޭ "ނޭޝަނަލް ރީއިންޓަގްރޭޝަން ސެންޓަރ" ގާއިމުކޮށްފައިވަނީ ނިމިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ.

މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ބުނެފައިވާ ގޮތުގައި، ޤާނޫނު ނަންބަރު 2015/32 (ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) އަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުގެ 6-60 ވަނަ މާއްދާގެ ދަށުން ޤާއިމުކުރަންޖެހޭ ވަގުތީ މަރުޒަކުގެ ގޮތުގައި، "ނޭޝަނަލް ރީއިންޓަގްރޭޝަން ސެންޓަރ" ގެ ނަމުގައި ކ. ހިންމަފުށީގައި މަރުކަޒެއް ވަނީ ޤާއިމުކޮށްފައެވެ.

"ނޭޝަނަލް ރީއިންޓަގްރޭޝަން ސެންޓަރ" ހިނގަމުންދާނީ މިނިސްޓްރީގެ ބެލުމުގެ ދަށުން ކަމަށް ވެސް އެމިނިސްޓްރީން ބުނެފައިވެއެވެ.

ނޭޝަނަލް ރީއިންޓަގްރޭޝަން ސެންޓަރަކީ، ދިވެހިރާއްޖެއިން ބޭރުގައި ހިނގާ ހަނގުރާމައެއްގައި ބައިވެރިވުމަށްފަހު ނުވަތަ ދިވެހިރާއްޖެއިން ބޭރުގެ ހަނގުރާމަވެރި ސަރަޙައްދަކަށް ދިޔުމަށްފަހު އަނބުރާ ދިވެހިރާއްޖެއަށް އަންނަ ހަނގުރާމަވެރިންނާއި، އެމީހުންނާއެކު އަންނަ އެމީހުންގެ ޢާއިލާގެ މެންބަރުންނަކީ، ޓެރަރިޒަމްގެ ޢަމަލުތައް ކުރުމުގައި އެއްވެސް މިންވަރަކަށް ބައިވެރިވެފައިވާ ބައެއްތޯ ބެލުމަށާއި، އެފަދަ ޢަމަލުތައް ކުރުމުގައި ސީދާ ބައިވެރިނުވިޔަސް އެފަދަ ޢަމަލުތަކަށް ހުށަހެޅުމުގެ ފުރުޞަތު އޮތް ބައެއްތޯ ބެލުމަށާއި، އެފަދަ ޢަމަލުތައް ކުރުމަށް ތަމްރީނުލިބިފައިވާ ބައެއްތޯ ބެލުމަށާއި، އެ ފަރާތްތަކަކީ ކުށުގެ ޝިކާރައަކަށްވެފައިވާ ބައެއްތޯ ބަލައި، އެމީހުން މުޖްތަމަޢަށް އަނބުރާ ރުޖޫޢަވުމުގެ ކުރިން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި، އެމީހުން ދިވެހިރާއްޖެ އައުމާއެކު، ވަގުތީ މަރުކަޒެއްގައި އެމީހުން ބަންދުކުރަންވާނެ ކަމަށް ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގައި ބުނެފައިވާތީ ގާއިމުކުރި މަރުކަޒެކެވެ.

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައި ބުނެފައިވާ ގޮތުގައި، ނޭޝަނަލް ރީއިންޓަގްރޭޝަން ސެންޓަރުގައި، އެހެން ކުށްކުށުގެ ތުހުމަތުގައި ބަންދުކުރެވޭ ފަރާތްތައް ބަންދުގައި ބައިތިއްބުމަކީ މަނާ ކަމެކެވެ.

ސީރިޔާއިރާގު

ކޮމެންޓް

އިތުރަށް ކިޔާލަން

އައްސަދުގެ ވެރިކަން ވައްޓާލިތާ އެއް އަހަރު ފުރުން ސީރިއާގައި ފާހަގަ ކޮށްފި

އައްސަދުގެ ވެރިކަން ވައްޓާލިތާ އެއް އަހަރު ފުރުން ސީރިއާގައި ފާހަގަ ކޮށްފި

09 ޑިސެމްބަރު 2025
އަހަރު ތަކަކަށް ފަހު ލަންޑަނުގައި ސީރިއާ ގެ އެމްބަސީ އަލުން ހުޅުވައިފި

އަހަރު ތަކަކަށް ފަހު ލަންޑަނުގައި ސީރިއާ ގެ އެމްބަސީ އަލުން ހުޅުވައިފި

13 ނޮވެމްބަރު 2025
އެމެރިކާ އިން ޓެރަރިސްޓެއްގެ ގޮތުގައި ލިސްޓު ކޮށްފައި އޮތް ސީރިޔާ ގެ ރައީސް އަލް-ޝަރާ ހޮނިހިރު ދުވަހު އެމެރިކާ އަށް ރަސްމީ ދަތުރެއްގައި ވަޑައިގެންފި

އެމެރިކާ އިން ޓެރަރިސްޓެއްގެ ގޮތުގައި ލިސްޓު ކޮށްފައި އޮތް ސީރިޔާ ގެ ރައީސް އަލް-ޝަރާ ހޮނިހިރު ދުވަހު އެމެރިކާ އަށް ރަސްމީ ދަތުރެއްގައި ވަޑައިގެންފި

09 ނޮވެމްބަރު 2025
ސީރިއާގައި އިންވެސްޓު ކުރުމުގެ ދައުވަތު ދުނިޔެ އަށް ދެއްވުމާ އެކު، އަލް ޝަރާގެ ތައުރީފު ސައުދީ އަރަބިއްޔާ އަށް

ސީރިއާގައި އިންވެސްޓު ކުރުމުގެ ދައުވަތު ދުނިޔެ އަށް ދެއްވުމާ އެކު، އަލް ޝަރާގެ ތައުރީފު ސައުދީ އަރަބިއްޔާ އަށް

30 އޮކްޓޯބަރު 2025
ސީރިއާގެ އައު ޤާނޫނު ހަދާ މަޖިލިސް އިންތިޚާބު ކުރުމަށް ވޯޓުލާން ފަށައިފި

ސީރިއާގެ އައު ޤާނޫނު ހަދާ މަޖިލިސް އިންތިޚާބު ކުރުމަށް ވޯޓުލާން ފަށައިފި

05 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

7 އެޕްރީލު
ފައިސަލްގެ ގެކޮޅަށް ރެއިޑްކުރަން އުޅުނުކަމަށް ދެކެވޭ ވާހަކަ ފުލުހުން ދޮގުކޮށްފި، ފައިސަލްގެ ކޮމެންޓެއް އަދި ނެތް
20251 އަހަރު ކުރިން
ރާއްޖެ

ފައިސަލްގެ ގެކޮޅަށް ރެއިޑްކުރަން އުޅުނުކަމަށް ދެކެވޭ ވާހަކަ ފުލުހުން ދޮގުކޮށްފި، ފައިސަލްގެ ކޮމެންޓެއް އަދި ނެތް

ސިމްޑީ ރަމަޟާން ޕްރޮމޯޝަންގެ ހަތަރުވަނަ ހަފުތާގެ ނަސީބުވެރިން ހޮވައިފި
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސިމްޑީ ރަމަޟާން ޕްރޮމޯޝަންގެ ހަތަރުވަނަ ހަފުތާގެ ނަސީބުވެރިން ހޮވައިފި

ނައީމާއްތަގެ މަރު: ފުލުހުން ދޮރު ވައްޓާލިއިރުވެސް ކޮޓަރި ތެރެއިން ކުނި ވަސް ދުވާ!
20233 އަހަރު ކުރިން
ރިޕޯޓު

ނައީމާއްތަގެ މަރު: ފުލުހުން ދޮރު ވައްޓާލިއިރުވެސް ކޮޓަރި ތެރެއިން ކުނި ވަސް ދުވާ!

އިންސާނުންގެ ހަށިގަނޑުން މައިކްރޯޕްލާސްޓިކް ފެނުން: ބޮޑު ނުރައްކަލެއްގެ ރަނގަބީލެއް
20224 އަހަރު ކުރިން
ރިޕޯޓު

އިންސާނުންގެ ހަށިގަނޑުން މައިކްރޯޕްލާސްޓިކް ފެނުން: ބޮޑު ނުރައްކަލެއްގެ ރަނގަބީލެއް

ވޯޓު ބާތިލްވާގޮތާއި ސައްހަވާގޮތް އަދި ކަރުދާސް ބާތިލްވާގޮތް މިއޮތީ
20215 އަހަރު ކުރިން
ރިޕޯޓު

ވޯޓު ބާތިލްވާގޮތާއި ސައްހަވާގޮތް އަދި ކަރުދާސް ބާތިލްވާގޮތް މިއޮތީ

އަލުން ގުނަނީ މާވަށު ދާއިރާގެ ތިން ވޯޓު ފޮށްޓެއް
20197 އަހަރު ކުރިން
ރާއްޖެ

އަލުން ގުނަނީ މާވަށު ދާއިރާގެ ތިން ވޯޓު ފޮށްޓެއް

އެއް ދުވަހުން ރެކޯޑު އަދަދަކަށް މަސް ބާނައިފި، އިއްޔެ އެކަނި ވެސް 700 ޓަނު!
20188 އަހަރު ކުރިން
ރާއްޖެ

އެއް ދުވަހުން ރެކޯޑު އަދަދަކަށް މަސް ބާނައިފި، އިއްޔެ އެކަނި ވެސް 700 ޓަނު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު