Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދަނގެތީގައި މީހަކު މަރާލުން

މަރާލި ވިޔަފާރިވެރިޔާގެ ހަށިގަނޑު އަލުން ދަނގެއްޗަށް ގެންގޮސްފި

15 އޮކްޓޯބަރު 2021 | ހުކުރު 07:17

ހަށިގަނޑުގެ ސީޓީ ސްކޭނެއްގެ އިތުރުން އެހެން ޓެސްޓުތަކެއްވެސް އައިޖީއެމްއެޗްގައި ހަދާފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 15 އޮކްޓޯބަރު 2021 | ހުކުރު 07:17
މަރާލި ވިޔަފާރިވެރިޔާގެ މަހުމޫދު އަބޫބަކުރު

މަރާލި ވިޔަފާރިވެރިޔާގެ މަހުމޫދު އަބޫބަކުރު

އދ. ދަނގެތީގައި އަނިޔާވެރި ގޮތަކަށް މަރާލި ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރުގެ ހަށިގަނޑު އަލުން އެރަށަށް ގެންގޮސްފިއެވެ.

އިތުރު ތަހުލީލުތަކެއް ހެދުމަށް ހުކުރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައި މަހުމޫދުގެ ހަށިގަނޑު މާލެ ގެނެސްފައިވެއެވެ. މައުލޫމާތު ލިބޭ ގޮތުގައި ސީޓީ ސްކޭނެއްގެ އިތުރުން އެހެން ޓެސްޓުތަކެއް ވެސް އައިޖީއެމްއެޗްގައި ހަދާފައިވެއެވެ. ކަނޑު ގަދަވުމާއެކު މާލެ ގެނައުމަށާއި، ރަށަށް ގެންދިއުމުގައި ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.

ރާއްޖެއެމްވީއަށް ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ ތަހުލީލުތައް ހެދުމަށްފަހު މިހާރު ހަށިގަނޑު ދަނގެއްޗަށް ގެންގޮސްފައިވާ ކަމަށެވެ. އަދި ތަހުގީގު ކުރިއަށްދާ ކަމަށާއި، މިހާދިސާއާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް އޮފިސަރު ވިދާޅުވިއެވެ.

މަހުމޫދުގެ ކަށުކަމާކެމީގެ ކަންކަން ކުރިއަށްގެންދާނީ ދަނގެތީގައެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މަހުމޫދު މަރާގުޅިގެން އެރަށުގެ ރައްޔިތުން ދެމީހަކަށް ތުހުމަތު ކުރެއެވެ. އެއީ ރަށަށް ގޮސް އުޅޭ އެހެން ރަށެއްގެ ދެމީހުންނެވެ. ބަޔަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން ބުންޏަސް މިހާރު އެ ދެމީހުން ތިބީ ދަނގެތީ ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށުގައި ކަމަށް މައުލޫމާތު ލިބެއެވެ.

އުމުރުން 57 އަހަރުގެ މަހުމޫދު މަރާލާފަައިވަނީ ވަރަށް އަނިޔާވެރިކޮށެވެ. އޭނާގެ ބޮލަށާއި ފަޔަށް ގޯއްޏެއް ލައްވައި، ވަޅެއްގައި އެކޮޅުކޮޅުން އޮތީ އެލުވާފައެވެ. އޭނާއަށް ވަރަށް ބޮޑަށް އަނިޔާކޮށްފައިވާ ކަމުގެ ނިޝާންތައް ހަށިގަނޑުގެ ބޭރުފުށުން ފެންނަން ހުރި ކަމަށް މަންޒަރު ދުށް މީހުން ބުނެއެވެ.

އެރަށުގެ ކައުންސިލްގެ ރައީސް މުއާވިޔަތު ރަޝީދު ވިދާޅުވީ, މަހުމޫދަކީ ވަރަށް ރަނގަޅު މީހެއް ކަމަށާއި އޭނާއަކީ ވިޔަފާރިވެރިއެއް ކަމަށެވެ. އެންމެންނާވެސް ގުޅިގެން މަސައްކަތްކުރާ މަހުމޫދާ ޒާތީ އެއްވެސް މައްސަލައެއް އޮތް މީހަކު ނުހުންނާނެ ކަމަށެވެ. އޭނާގެ 4 ކުދިން ތިބޭ ކަމަށާއި، ކާފަ ކިޔާ ކުދިން ވެސް ތިބި ކަމަށް މުއާވިޔަތު ވިދާޅުވިއެވެ.

މަހިބަދޫން މިހާރު ފުލުހުންގެ ފޮރެންސިކް ޓީމެއް ގޮސް ދަނގެތީގައި ހަރަކާތްތެރިވަމުން ދެއެވެ. މި މަރާ ގުޅިގެން އެރަށުގެ ރައްޔިތުން ތިބީ ބިރުވެރިކަމެއްގެ ތެރޭގައެވެ. މިއީ މުޅި ރަށަށް ވެސް ގެނުވި ވަރަށް ބޮޑު ސިހުމެއްގެ ގޮތުގައި ކައުންސިލުން ސިފަކޮށްފައިވެއެވެ.

ނަދީމްމަޙްމޫދު މަރު

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2025

ސިނަމާލޭ ބުރިޖު ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ

01 ފެބުރުއަރީ 2025
ސިނަމާލޭ ބުރިޖު ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ
14 ޑިސެމްބަރު 2024

ފުލުހުންގެ ޚިދުމަތުގައި މަސައްކަތް ކުރަމުންދިޔަ ސާޖަންޓެއް ކުއްލިގޮތަކަށް ނިޔާވެއްޖެ

14 ޑިސެމްބަރު 2024
ފުލުހުންގެ ޚިދުމަތުގައި މަސައްކަތް ކުރަމުންދިޔަ ސާޖަންޓެއް ކުއްލިގޮތަކަށް ނިޔާވެއްޖެ
07 ޑިސެމްބަރު 2024

ދާންދޫ މަގުމަތިން މަރުވެފައި އޮތް މީހަކު ފެނިއްޖެ

07 ޑިސެމްބަރު 2024
ދާންދޫ މަގުމަތިން މަރުވެފައި އޮތް މީހަކު ފެނިއްޖެ
04 ޑިސެމްބަރު 2024

ކުޅުުދުއްފުށީ ބަނދަރު ތެރޭގައި މަރުވެފައި އޮއްވާ ފެނުނު މީހާ މަރުވެފައިވަނީ ގެނބިގެން: ފުލުހުން

04 ޑިސެމްބަރު 2024
ކުޅުުދުއްފުށީ ބަނދަރު ތެރޭގައި މަރުވެފައި އޮއްވާ ފެނުނު މީހާ މަރުވެފައިވަނީ ގެނބިގެން: ފުލުހުން
14 އޮކްޓޯބަރު 2024

ރަސްދޫގައި ޗުއްޓީ ހޭދަކުރަމުންދިޔަ ފަތުރުވެރިއަކު ސްނޯކްލިންނަށް ގޮސް އުޅެނިކޮށް މަރުވެއްޖެ

14 އޮކްޓޯބަރު 2024
ރަސްދޫގައި ޗުއްޓީ ހޭދަކުރަމުންދިޔަ ފަތުރުވެރިއަކު ސްނޯކްލިންނަށް ގޮސް އުޅެނިކޮށް މަރުވެއްޖެ
03 އޮކްޓޯބަރު 2024

މާފުށީ ޖަލު ބަންދުގައި ހުއްޓާ މަރުވި މީހާގެ އޮޓޮޕްސީ ރިޕޯޓު އަދިނުލިބޭ: ފުލުހުން

03 އޮކްޓޯބަރު 2024
މާފުށީ ޖަލު ބަންދުގައި ހުއްޓާ މަރުވި މީހާގެ އޮޓޮޕްސީ ރިޕޯޓު އަދިނުލިބޭ: ފުލުހުން
18 ސެޕްޓެމްބަރު 2024

ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު އީސައަށް މަރުގެ އިންޒާރު ދެވަނަ ފަހަރަށް ދީފި

18 ސެޕްޓެމްބަރު 2024
ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު އީސައަށް މަރުގެ އިންޒާރު ދެވަނަ ފަހަރަށް ދީފި
25 ޖުލައި 2024

މަހުމޫދުގެ ޤާތިލު ޝާ އަލޮމްއަށް ކުރި މަރުގެ ޙުކުމް ހައިކޯޓުން ދަމަހައްޓައިފި

25 ޖުލައި 2024
މަހުމޫދުގެ ޤާތިލު ޝާ އަލޮމްއަށް ކުރި މަރުގެ ޙުކުމް ހައިކޯޓުން ދަމަހައްޓައިފި
15 މެއި 2024

ހުޅުމާލޭގައި ޕާކުކޮށްފައި އޮތް ވޭންއެއްގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ

15 މެއި 2024
ހުޅުމާލޭގައި ޕާކުކޮށްފައި އޮތް ވޭންއެއްގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ
03 މެއި 2024

ހުޅުމާލޭ ފަޅުތެރޭގައި އޮތް ޑްރެޖަރެއްގައި މަސައްކަތް ކުރަނިކޮށް، އަނިޔާވެގެން ބިދޭސީއަކު މަރުވެއްޖެ

03 މެއި 2024
ހުޅުމާލޭ ފަޅުތެރޭގައި އޮތް ޑްރެޖަރެއްގައި މަސައްކަތް ކުރަނިކޮށް، އަނިޔާވެގެން ބިދޭސީއަކު މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް