Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
މުހައްމަދު ހަސަންގެ މަރު

ކުޅުުދުއްފުށީ ބަނދަރު ތެރޭގައި މަރުވެފައި އޮއްވާ ފެނުނު މީހާ މަރުވެފައިވަނީ ގެނބިގެން: ފުލުހުން

މުހައްމަދު ހަސަން މަރުވެފައި އޮއްވާ ފެނުނީ 11 ސެޕްޓެންބަރު 2024 ވަނަ ދުވަހުގެ ހެނދުނު 8:17 ހާއިރު

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 4 ޑިސެމްބަރު 2024 | ބުދަ 07:48
ކުޅުދުއްފުށި ސިޓީ

ކުޅުދުއްފުށި ސިޓީ

ހދ. ކުޅުުދުއްފުށީ ބަނދަރު ތެރޭގައި މަރުވެފައި އޮއްވާ ފެނުނު މުހައްމަދު ހަސަން މަރުވެފައިވަނީ ގެނބިގެން ކަމަށާއި، އެހެން މީހެއްގެ ބައިވެރިވުމެއް ނެތް ކަމަށް ފުލުހުން ބުނެފިއެވެ.

ކުޅުދުއްފުށީ އުތުރު ފަރާތު ބަނދަރުގެ ތެރޭގައި ޑޭޒީފެހި 36 އަހަރުގެ މުހައްމަދު ހަސަން މަރުވެފައި އޮއްވާ ފެނުނީ 11 ސެޕްޓެންބަރު 2024 ވަނަ ދުވަހުގެ ހެނދުނު 8:17 ހާއިރުއެވެ.

Advertisement - newsAdvertisement

މިމައްސަލައާ ގުޅޭގޮތުން އަންގާރަ ދުވަހު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ސާމިހު ވިދާޅުވީ މިހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ 2024 ސެޕްޓެންބަރު 11 ވަނަ ދުވަހުގެ 8:17 ހާއިރު އާއްމު ފަރާތަކުން ގުޅައި މައުލޫމާތު ދިނުމާއި ގުޅިގެން ކަމަށެވެ. އެމައުލޫމާތު ލިބުމާއި ގުޅިގެން ވަގުތުން ފުލުހުން އެސަރަހައްދަށް ގޮސް އެސަރަހައްދުގައި ތިބި ބައެއް އާއްމުންނާއި، ފުލުހުންގެ އެހީތެރިކަމާއެކު މޫދުގައި އޮއްވާ ފެނުނު މީހާ މޫދުން ނަގާފައިވާ ކަމަށާއި، އޭރު ވެސް މުހައްމަދު ހަސަންގެ ދިރުމެއް ނެތްކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި ވަގުތުން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލަށް ގެންދެވި ޑޮކްޓަރަށް ދެއްކި ކަމަށާއި، ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ޑޮކްޓަރު ބުނެފައިވާ ކަމަށް ސާމިހު ވިދާޅުވިއެވެ.

މައްސަލާގެ ތަހުގީގަށް ދެނެގަނެވުނު ބައެއް މައުލޫމާތުތައް ހިއްސާކޮށް ސާމިހު ވިދާޅުވީ މުހައްމަދު ހަސަންގެ ހަށިގަނޑު މޫދުން ފެނުނު ދިމާލުން، އެދިމާ ދުރުނޫން ހިސާބެއްގައި އޭނާ ދުއްވާ ސައިކަލު ޕާކު ކޮށްފައި ހުރި ކަމަށެވެ.

ސާމިހު ވިދާޅުވީ ސީސީޓީވީ ފުޓޭޖް އެހީގައި އެއްކުރެވުނު މައުލޫމާތުން 2024 ސެޕްޓެންބަރު މަހުގެ 11 ވަނަ ދުވަހުގެ ދަންވަރު 1:35 ހާއިރު މުހައްމަދު ހަސަން ބަނދަރު ސަރަހައްދުގައި އުޅެމުންދިޔަ މަންޒަރު ފެނިފައިވާ ކަމަށާއި، އެފަދައިން ބަނދަރު މަތީގައި އުޅެނިކޮށް އެރޭ 2:29 ހާއިރު ފުލުހުންނާ ވެސް ބައްދަލުވެ ވާހަކަ ދެކެވިފައިވާކަން ތަހުގީގަށް ފާހަގަކުރެވޭ ކަމަށެވެ. އަދި ވިދާޅުވީ 2:55 ހާއިރު ބަނދަރު މަގުގެ މެދަކާ ހަމާގައި ގުދުވެގެން އޮތުމަށްފަހު އޭގެ ކުޑައިރުކޮޅެއް ފަހުން މުހައްމަދު ހަސަން މޫދުގައި އޮއްވާ ފެނުނު ދިމާލުން ވާޓަރު މައްޗަށް ހިނގާފައިދާ ކަން ފާހަގަކުރެވިފައިވާ ކަމަށާއި، ވާޓަރު މަތީގައި ހުއްޓާ ކުއްލިއަކަށް ވާޓަރު މައްޗަށް ވެއްޓެމުން ދިޔަ ކަމަށެވެ. ދެން ވެސް ތެދުވެގެން އެދިމާލުން ވާޓަރުމަތީގައި މަޑުކޮށްގެން ހުރިކަން ފާހަގަކުރެވުނު ކަމަށް ސާމިހު ވިދާޅުވިއެވެ. ނަމަވެސް އެ ގޮތަށް ފެނިފައިވަނީ 2:57 ހާއިރު ކަމަށާއި، އޭގެފަހުން މުހައްމަދު ހަސަން އެއްގަމާ ދިމާލަށް އައިކަން ފާހަގަކުރެވިފައިނުވާ ކަމަށް ސާމިހު ވިދާޅުވިއެވެ.

މީގެ އިތުރުން ސާމިހު ވިދާޅުވީ މުހައްމަދު ހަސަންގެ ހަރަކާތްތައް ފެނުނު ފަހުން އޭނާގެ ހަށިގަނޑު މޫދުން ފެނުމާ ހަމައަށް އެދިމާލުން އިތުރު އެއްވެސް މީހެއްގެ ހަރަކާތެއް ފެނިފައިނުވާ ކަމަށާއި، ފޫޓޭޖުން ފެނުނު ކަންކަމަށް ރިޔާއަތް ކުރާއިރު، 2:57 ހާއިރު މުހައްމަދު ހަސަން އެދިމާލުން މޫދަށް ވެއްޓުނު ކަމަށް ބެލެވޭ ކަމަށެވެ.

ސާމިހު ވިދާޅުވީ މި މައްސަލާގެ މުޅި ތަހުގީގު ފުރިހަމަ ކުރެވޭނީ އޮޓޮޕްސީ ދާއިމީ ނަތީޖާ ލިބިގެން ކަމަށްވާއިރު، މިއަދާ ހަމައަށް ދާއިމީ ނަތީޖާ ލިބިފައިނުވާ ކަމަށެވެ. ނަމަވެސް މިހާތަނަށް ކުރެވުނު ތަހުގީގުތަކުން މުހައްމަދު ހަސަން މަރުވުމުގައި އިތުރު ފަރާތެއްގެ ބައިވެރިވުމެއް އޮތް ކަމަކަށް ތަހުގީގަކަށް ނުބެލެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ނަދީމްމޯލްޑިވްސް ޕޮލިސް ސަރވިސްކުޅުދުއްފުށި

ކޮމެންޓް

އިތުރަށް ކިޔާލަން

މައުރޫފު އަށް އަނިޔާވީ ފުލުހުން އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ދޯނީގެ ސިޑިން ދާމާ ކޫއްތާފައި ގަދަކަމުން ބޭލުމުގެ ތެރޭގައި: ނިޝާން

މައުރޫފު އަށް އަނިޔާވީ ފުލުހުން އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ދޯނީގެ ސިޑިން ދާމާ ކޫއްތާފައި ގަދަކަމުން ބޭލުމުގެ ތެރޭގައި: ނިޝާން

14 ޑިސެމްބަރު 2025
ވޭތުވެދިޔަ 2 އަހަރު 110 ބިލިއަން ރުފިޔާ ގެ ބަޖެޓެއް ހުސްވެއްޖެ, އަތޮޅުތެރޭގެ ރަށްރަށަށް ވީ އެއްވެސް ކަމެއް ނެތް: މޭޔަރު އާތިފް

ވޭތުވެދިޔަ 2 އަހަރު 110 ބިލިއަން ރުފިޔާ ގެ ބަޖެޓެއް ހުސްވެއްޖެ, އަތޮޅުތެރޭގެ ރަށްރަށަށް ވީ އެއްވެސް ކަމެއް ނެތް: މޭޔަރު އާތިފް

09 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު