Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް ނަޝީދު ރާއްޖެ ވަޑައިގަތުން

ރައީސް ނަޝީދު ރާއްޖެ ވަޑައިގެންފި، މަރުހަބާ ވިދާޅުވީ ރައީސް ސާލިހު

11 އޮކްޓޯބަރު 2021 | ހޯމަ 10:36

ރާއްޖެއަށް އެނބުރި ވަޑައިގަތީ ދުބާއީ މަގުން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 11 އޮކްޓޯބަރު 2021 | ހޯމަ 10:36
ރައީސް ނަޝީދު ރާއްޖެ ވަޑައިގެންނެވުން

ރައީސް ނަޝީދު ރާއްޖެ ވަޑައިގެންނެވުން

މެއި މަހުގެ 6 ވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ހަމަލާގައި ލިބިވަޑައިގެންނެވި އަނިޔާތަކަށް ފަރުވާ ހޯއްދެވުމަށް ރާއްޖެއިން ބޭރުގައި ހުންނެވުމަށްފަހު ރައީސް ނަޝީދު ހޯމަދުވަހު އެނބުރި ރާއްޖެ ވަޑައިގެންފިއެވެ.

ގާތްގަނޑަކަށް ފަސް މަހެއްހާ ދުވަހު ރާއްޖެއިން ބޭރުގައި ހުންނެވުމަށްފަހު އެނބުރި ވަޑައިގެންނެވީ ދުބާއީ މަގުންނެވެ. ރައީސް ނަޝީދަށް އެއަރޕޯޓުން މަރުހަބާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހެވެ. ރައީސް ނަޝީދު އެނބުރި ވަޑައިގަންނަވާތީ އެއަރޕޯޓްގައި ސެކިޔުރިޓީގެ ކަންކަން ވަނީ ވަރަށް ގަދަކޮށްފައެވެ. އެމްޑީޕީގެ ގިނަ އަދަދެއްގެ ސަޕޯޓަރުންވެސް ވަނީ ރައީސް ނަޝީދަށް މަރުހަބާ ދަންނަވާފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ނަޝީދު ރާއްޖޭގައި ހުންނަވާނީ މަދު ދުވަސްކޮޅަކުއެވެ. އަދި އެއަށްފަހު އެނބުރި އިނގިރޭސިވިލާތަށް ވަޑައިގަންނަވާނެއެވެ.

ރައީސް ނަޝީދަށް އަމާޒުކޮށްދިން ހަމަލާއަށް ލިބިވަޑައިގެންނެވި ޒަޚަމްތަކަށް އޭޑީކޭގައި ފަރުވާ ހޯއްދެވުމަށްފަހު އިތުރު ފަރުވާއަށް ޖަރުމަނުވިލާތަށް ވަޑައިގެންނެވީ މެއި މަހުގެ 13 ވަނަ ދުވަހުއެވެ. ޖަރުމަންވިލާތުގައި ފަރުވާ ހޯއްދެވުމަށްފަހު އިނގިރޭސިވިލާތަށް ވަޑައިގެންނެވީ، ޖުލައި މަހުގެ 2 ވަނަ ދުވަހުއެވެ. އޭގެފަހުން ދުބާއީއަށް ވަޑައިގެންނެވީ، "އެކްސްޕޯ 2020"ގައި ބައިވެރިވެ ވަޑައިގަތުމަށެވެ.

ހަމަލާއާ ގުޅިގެން އެމަނިކުފާނުގެ ހަށިކޮޅަށް 10 ރޭޒާފުށް ވަދެ މުހިންމު ގުނަވަންތައް ފޫއަޅުވާލިއެވެ. ސައިކަލެއްގައި އައިއީޑީއެއް ހަރުކޮށްގެން ގޮއްވާލުމަށްފަހު ދިން މި ހަމަލާގައި ލިބިވަޑައިގެންނެވި ޒަޚަމްތަކުން އެމަނިކުފާނުގެ ފުރާނަފުޅު ސަލާމަތްކުރުމަށް އޭޑީކޭގެ ޑޮކްޓަރުންގެ ޓީމުން ވަނީ 16 ގަޑިއިރުގެ ދިގު އޮޕަރޭޝަނެއް ކޮށްފައެވެ.

ރައީސް ނަޝީދުގެ ހާލުކޮޅާ ގުޅޭގޮތުން ސެޕްޓެމްބަރ މަހުގެ 5 ވަނަ ދުވަހު ވިދާޅުވީ ހާލުކޮޅު ކުރިއަށްވުރެ މާބޮޑަށް ރަނގަޅު ކަމަށެވެ. ހިނގާބިގާވެ އުޅެވޭ ކަމަށާއި، އަމިއްލައަށް ކަންކަން ކުރެވޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ނަމަވެސް ކަނާއަތުގެ ތިން އިނގިލީގައި އައްސިކަން ހުންނާތީ އެތިން އިނގިލީގެ ބޭނުން ނުހިފޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އޭގެކުރިން އެމްޑީޕީގެ އަހަރީ ދުވަހާ ދިމާކޮށް އެމްޑީޕީގެ ކްލަބްހައުސް ހަރުގެ ލޯންޗްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޖޫން މަހުގެ 26 ވަނަ ދުވަހުގެ ރޭ އެމަނިކުފާނުގެ ސިއްހީ ހާލުކޮޅާ ގުޅޭގޮތުން ވިދާޅުވެފައިވަނީ އިނގިއްޔާއި ކަންފަތާއި ފައިގައި މައްސަލަ އުޅޭކަމަށެވެ. އަދި ކަނާތުގެ ތިން އިނގިއްޔެއް އައްސިވެފައި ހުންނަކަމަށް އެދުވަހު ވެސް ވިދާޅުވިއެވެ. މީގެއިތުރުން ވާތު ކަންފަތުގައި އަޑުއިވުމުގައި ދަތިތަކެއް އެބަހުރިކަމަށް ނަޝީދު ވިދާޅުވިއެވެ. ވާތު ކަންފަތުގެ ތޫލިއަށް ލިބިފައިވާ ގެއްލުމާ ގުޅިގެން އިތުރު އޮޕަރޭޝަނެއް ނޮވެމްބަރ މަހު ކުރަން ޖެހިފައިވާކަމަށް ނަޝީދު ވިދާޅުވިއެވެ.

ފަރުވާއަށް ފަހު އެނބުރި ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވެފައިވަނީ ހަމަލާއެއްގެ ބިރު އަދިވެސް އެބައޮތްކަމަށެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން އެމަނިކުފާނުގެ ސެކިޔުރިޓީ ފެއިލްވި ގޮތުގެ އިންކުއަރީއެއް ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ވަނީ ކުރިޔަށް ގެންގޮސްފައެވެ. އަދި ރިކޮމެންޑޭޝަންތަކެއް ވެސް ވަނީ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާފައެވެ.

ރައީސް ނަޝީދަށް ހަމަލާދިނުމުގައި ބައިވެރިވާ މީހުން ހައްޔަރުކޮށް މިހާރު ވަނީ ޝަރީއަތް ފަށާފައެވެ. މިމައްސަލާގައި 8 މީހެއްގެ މައްޗަށް ދައުވާކޮށް ޝަރީޢަތް އަންނަނީ ކުރިޔަށް ގެންދަމުންނެވެ.

ރައީސް ސޯލިހުރައީސް ނަޝީދު

އިތުރަށް ކިޔާލަން

12 ނޮވެމްބަރު 2023

ގަރާރެއްގެ ސިފަ ނެތް ކަމަށް ބުނެ ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައާއި ދެކޮޅަށް ޑިމޮކްރެޓްސްއިން ތެދުވެއްޖެ

12 ނޮވެމްބަރު 2023
ގަރާރެއްގެ ސިފަ ނެތް ކަމަށް ބުނެ ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައާއި ދެކޮޅަށް ޑިމޮކްރެޓްސްއިން ތެދުވެއްޖެ
08 އޮކްޓޯބަރު 2023

ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅަން އެމްޑީޕީ ޕީޖީ ގްރޫޕުން ފާސްކޮށްފި

08 އޮކްޓޯބަރު 2023
ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅަން އެމްޑީޕީ ޕީޖީ ގްރޫޕުން ފާސްކޮށްފި
17 ސެޕްޓެމްބަރު 2023

ނަޝީދުއާއި ބައްދަލު ކުރެއްވުމަށް ޔާމީން ދެކޮޅު ހައްދަވައިފި

17 ސެޕްޓެމްބަރު 2023
ނަޝީދުއާއި ބައްދަލު ކުރެއްވުމަށް ޔާމީން ދެކޮޅު ހައްދަވައިފި
10 ސެޕްޓެމްބަރު 2023

ރައްޔިތުން މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ އަނބުރާ ނަގަން ނިންމައިފި

10 ސެޕްޓެމްބަރު 2023
ރައްޔިތުން މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ އަނބުރާ ނަގަން ނިންމައިފި
24 މެއި 2023

މިފްކޯ އިން ތައިލެންޑަށް ވިއްކާ މަހުގެ ހިސާބުތައް ފިޝަރީޒް މިނިސްޓްރީގައި ނެތްކަމަށް ބުނުމުން ނަޝީދުގެ ފާޑުކިޔުން ވަޒީރަށް

24 މެއި 2023
މިފްކޯ އިން ތައިލެންޑަށް ވިއްކާ މަހުގެ ހިސާބުތައް ފިޝަރީޒް މިނިސްޓްރީގައި ނެތްކަމަށް ބުނުމުން ނަޝީދުގެ ފާޑުކިޔުން ވަޒީރަށް
08 މެއި 2023

ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟

08 މެއި 2023
ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟
07 އެޕްރީލު 2023

މެމްބަރު ގާސިމާއި ކުރީގެ ރައީސް ނަޝީދު ބައްދަލުކުރައްވައިފި

07 އެޕްރީލު 2023
މެމްބަރު ގާސިމާއި ކުރީގެ ރައީސް ނަޝީދު ބައްދަލުކުރައްވައިފި
17 މާރިޗު 2023

މެއި 6 ހަމަލާގެ ޝަރީއަތް: ނާޒިމް، ޔާސީން އަދި ޒޫމާލްގެ މައްސަލަ އާދިއްތަ ދުވަހު

17 މާރިޗު 2023
މެއި 6 ހަމަލާގެ ޝަރީއަތް: ނާޒިމް، ޔާސީން އަދި ޒޫމާލްގެ މައްސަލަ އާދިއްތަ ދުވަހު
15 މާރިޗު 2023

ޖޭޕީއާއި ނަޝީދު ފެކްޝަނުގެ ޖޮއިންޓް ޕާލިމެންޓަރީ ގުރޫޕެއް އެކުލަވާލުމަކީ ގާނޫނު ދަންނަ ކަމެއް ނޫން، ޕާޓީގެ ގަވާއިދާ ޚިލާފުވާނަމަ ފިޔަވަޅު އަޅާނެ: އަސްލަމް

15 މާރިޗު 2023
ޖޭޕީއާއި ނަޝީދު ފެކްޝަނުގެ ޖޮއިންޓް ޕާލިމެންޓަރީ ގުރޫޕެއް އެކުލަވާލުމަކީ ގާނޫނު ދަންނަ ކަމެއް ނޫން، ޕާޓީގެ ގަވާއިދާ ޚިލާފުވާނަމަ ފިޔަވަޅު އަޅާނެ: އަސްލަމް
28 ފެބުރުއަރީ 2023

ރާއްޖެ ބަނގުރޫޓު ވާނީ ގަސްތުގައި ބަޔަކު އެކަން ކުރިއްޔާ، އެ ނޫން ހާލަތެއް ނެތް - ޔައުގޫބް

28 ފެބުރުއަރީ 2023
ރާއްޖެ ބަނގުރޫޓު ވާނީ ގަސްތުގައި ބަޔަކު އެކަން ކުރިއްޔާ، އެ ނޫން ހާލަތެއް ނެތް - ޔައުގޫބް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް