Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މިސްރާއި ރާއްޖޭގެ ގުޅުން ބަދަހިކުރުން

މިސްރާއި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވައިފި

މިސްރު ސަރުކާރުން ރާއްޖޭގެ ދަރިވަރުންނަށް ދެމުންދާ ސްކޮލަރޝިޕް ފާހަގަކުރެއްވި

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 11 އޮކްޓޯބަރު 2021 | ހޯމަ 10:11
ރައީސް އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިން.

ރައީސް އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިން.

މިސްރާއި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވައިފިއެވެ.

މި މަޝްވަރާތައް ކުރައްވާފައިވަނީ ހޯމަ ދުވަހު، އަރަބް ރިޕަބްލިކް އޮފް އިޖިޕްޓް ނުވަތަ މިސްރުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މިސްޓަރ ހުޞައިން އަލް ސަހާރޓީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙްގެ އަރިހަށް އެމަނިކުފާނު ކުރެއްވި ވަދާއީ ޒިޔާރަތުގައެވެ.

Advertisement - newsAdvertisement

ރައީސް އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ މިސްރުގެ ރައީސް އަބްދުލް ފައްތާހް އަލް ސީސީއަށް އެމަނިކުފާނުގެ ހެޔޮއެދުންތައް ފޮނުއްވާފައެވެ. އަދި، ރައީސް ވަނީ މިސްރު ސަރުކާރުން ފާއިތުވި އަހަރުތަކުގައި އެކި ގޮތްގޮތައް ރާއްޖެއަށް ވެދެއްވާ އެހީތެރިކަމާއި ބަހައްޓަވާ ގާތްގުޅުން ފާހަގަކުރައްވައި އެކަމަށްޓަކައި މިސްރުގެ ސަރުކާރަށާއި މިސްރުގެ ސަފީރު އަލް ސަހާރޓީއަށް ޝުކުރުއަދާކުރައްވާފައެވެ.

އެގޮތުން އެމަނިކުފާނު ވަނީ މިސްރުގެ އަލް އަޒްހަރު ޔުނިވަރސިޓީގައި މަތީ ތައުލީމު ހާސިލުކުރުމަށް މިސްރު ސަރުކާރުން ރާއްޖޭގެ ދަރިވަރުންނަށް ސްކޮލަރޝިޕް ދެއްވަމުން ގެންދަވާކަން ފާހަގަކުރައްވާފައެވެ. އަދި، ރާއްޖެއަށް ބޭނުންވާ އިންސާނީ ވަސީލަތްތަކުގެ ރޮނގުން މިސްރު ސަރުކާރުން ވެދެއްވާ އެހީތެރިކަން ފާހަގަކުރައްވައި، 2019 ވަނަ އަހަރު ދެގައުމުގެ ދެމެދުގައި ބޭއްވެވި މަތީ ފަންތީގެ ސިޔާސީ މަޝްވަރާތަކުގެ ސަބަބުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސްއާއި މިސްރުގެ ސަފީރު އިތުރަށް މަޝްވަރާކުރެއްވެވި ކަންކަމުގެ ތެރޭގައި އެއް ގައުމާއި އަނެއް ގައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމާއި، ބައިނަލްއަގުވާމީ މައިދާނުގައި އިސްލާމް ދީނާ ގުޅޭގޮތުން އަދި ދެ ގައުމުން ޝައުގުވެރިވާ ކަންކަމުގައި އެއްބާރުލުން ދިނުމާއި، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އާ ގުޅޭ ކަންކަމުގައި އެކުގައި މަސައްކަތްކުރުން ހިމެނެއެވެ. މީގެ އިތުރުން ވެސް ރާއްޖޭގައި ބޭރުގެ އިންވެސްޓަރުންނަށް އެކިދާއިރާތަކުން ހުރި ފުރުސަތުތައް ފާހަގަކުރައްވައި ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާއަކީ މިސްރާއި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކެއްކަން ދެބޭފުޅުން ފާހަގަކުރެއްވިއެވެ.

ރައީސް ވަނީ މިސްރުގެ ކޮވިޑް ހާލަތާ ގުޅޭގޮތުން މައުލޫމާތު އޮޅުންފިލުއްވާފައެވެ. އަދި، މިސްރުގެ ސަފީރު ވަނީ އެ ގައުމަށް ދަތުރުކުރުމުގައި ރާއްޖޭގެ ކޮވިޑް ވެކްސިން ސެޓިފިކެޓް ގަބޫލުކުރާކަމަށް ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުމުގައި މިސްރުގެ ސަފީރު އަލް ސަހާރޓީ ދެއްކެވި ވާހަކަފުޅުގައި ރައީސް ޞާލިޙްގެ ސަރުކާރުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ދެއްވެވި އެއްބާރުލެއްވުމާއި އެހީތެރިކަން ފާހަގަކުރައްވައި އެކަމަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ދެ ގައުމުން ވެސް ޝައުގުވެރިވާ ދާއިރާތަކުން އިތުރަށް ގުޅުންބަދަހި ކުރެއްވުމުގެ ޝައުގުވެރިކަން މިސްރުގެ ސަފީރު ފާޅުކުރެއްވިއެވެ.

ރައީސް ވަނީ ރާއްޖެއާއި މިސްރުގެ ގުޅުން އިތުރަށް ހަރުދަނާކުރުމުގައި މިސްރުގެ ސަފީރު އަލް ސަހާރޓީގެ ދައުރު ފާހަގަކުރައްވައި ޝުކުރުއަދާކުރައްވައި އެމަނިކުފާނަށް ފާގަތި މުސްތަޤްބަލަކަށް އެދިވަޑައިގަންނަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް މިސްރު

ކޮމެންޓް

އިތުރަށް ކިޔާލަން

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

11 ޑިސެމްބަރު 2025
ހުއްދަތައް 3 ދުވަސް ތެރޭގައި ދިނުމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ އަށް މުއިއްޒު އަންގަވައިފި

ހުއްދަތައް 3 ދުވަސް ތެރޭގައި ދިނުމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ އަށް މުއިއްޒު އަންގަވައިފި

27 ނޮވެމްބަރު 2025
ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރުން ބުނި ގަޑިއަށް ފެން ދޫނުކުރެވުނު، އަދިވެސް މައްސަލަ ހައްލު ނުވޭ

ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރުން ބުނި ގަޑިއަށް ފެން ދޫނުކުރެވުނު، އަދިވެސް މައްސަލަ ހައްލު ނުވޭ

12 ނޮވެމްބަރު 2025
އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާ ގޮތަށް ބަދަލު ގެނައުމާ ގުޅޭ ވޯޓު މި މަހުގެ ތެރޭގައި ނެގުމަށް ނިންމައިފި

އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާ ގޮތަށް ބަދަލު ގެނައުމާ ގުޅޭ ވޯޓު މި މަހުގެ ތެރޭގައި ނެގުމަށް ނިންމައިފި

05 އޮކްޓޯބަރު 2025
ޔޫޓިއުބް ޗެނަލް ގެއްލުނުތާ 9 ދުވަސް ވީއިރުވެސް، ސައިބަރ ސެކިއުރިޓީ ބޭފުޅުން ހީނާ އަށް އަޕްޑޭޓެއް ނުދެއްވާ!

ޔޫޓިއުބް ޗެނަލް ގެއްލުނުތާ 9 ދުވަސް ވީއިރުވެސް، ސައިބަރ ސެކިއުރިޓީ ބޭފުޅުން ހީނާ އަށް އަޕްޑޭޓެއް ނުދެއްވާ!

30 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

24 ޖެނުއަރީ
ޝުކުރިއްޔާ އޭޓީއެމް!
20251 އަހަރު ކުރިން
ރިޕޯޓު

ޝުކުރިއްޔާ އޭޓީއެމް!

އިންޑިއާގައި އޮންނަ ތަމްރީންތަކާއި އެކްސްޗޭންޖް ޕްރޮގްރާމްތަކަށް ދިވެހިން ނުފޮނުވަން ރައީސް އަންގަވައިފި
20242 އަހަރު ކުރިން
ރާއްޖެ

އިންޑިއާގައި އޮންނަ ތަމްރީންތަކާއި އެކްސްޗޭންޖް ޕްރޮގްރާމްތަކަށް ދިވެހިން ނުފޮނުވަން ރައީސް އަންގަވައިފި

"ކެފޭ ތާސީރު" ބަންދުކުރަން އަންގައިފި
20233 އަހަރު ކުރިން
ރާއްޖެ

"ކެފޭ ތާސީރު" ބަންދުކުރަން އަންގައިފި

30 މިލިއަން ރުފިޔާގެ ބަދަލުގައި 35 މިލިއަން ރުފިޔާގެ މިސްކިތެއް، ރަނގަޅު ނިންމުމެއް
20224 އަހަރު ކުރިން
ރިޕޯޓު

30 މިލިއަން ރުފިޔާގެ ބަދަލުގައި 35 މިލިއަން ރުފިޔާގެ މިސްކިތެއް، ރަނގަޅު ނިންމުމެއް

ދުނިޔޭގެ ބެޑްމިންޓަނުގެ އެންމެ ބާރުގަދަ އޮފީސް ރާއްޖެއަށް
20215 އަހަރު ކުރިން
ކުޅިވަރު

ދުނިޔޭގެ ބެޑްމިންޓަނުގެ އެންމެ ބާރުގަދަ އޮފީސް ރާއްޖެއަށް

ކަޅު ފައިސާ ވަން އެކައުންޓްތަކުގެ ތަފްސީލް އެބަހުރި: ނަޝީދު
20197 އަހަރު ކުރިން
ރާއްޖެ

ކަޅު ފައިސާ ވަން އެކައުންޓްތަކުގެ ތަފްސީލް އެބަހުރި: ނަޝީދު

އެސްއެސްސީ އިމްތިހާނުގެ ޕޭޕަރު ލީކުވެފައިވާ ކަމަށް އޭސީސީގެ ތަހުގީގުން ކަށަވަރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެސްއެސްސީ އިމްތިހާނުގެ ޕޭޕަރު ލީކުވެފައިވާ ކަމަށް އޭސީސީގެ ތަހުގީގުން ކަށަވަރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު