Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ތިމަރަފުށީ ޓެރަރިޒަމް މައްސަލަ

ތިމަރަފުށީ ޓެރަރިޒަމްގެ މައްސަލައިގައި ހައްޔަރުކުރި މުނީޒުގެ ސިއްހީ ފަރުވާގެ ކަންކަން ގާތުން މިއަންނަނީ ބަލަމުން: އިމްރާން

ސިއްހީ ފަރުވާ ދިނުމުގެ މައްސަލައިގައި އިންސްޕެކްޓަރ އޮފް ކަރެކްޝަންސްއާ ވާހަކަދައްކަން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 11 އޮކްޓޯބަރު 2021 | ހޯމަ 07:38
ތިމަރަފުށި ޓެރަރިސްޓް މައްސަލާގައި ހައްޔަރުކުރި މީހުން،

ތިމަރަފުށި ޓެރަރިސްޓް މައްސަލާގައި ހައްޔަރުކުރި މީހުން،

ތ. ތިމަރަފުށީގައި ޓެރަރިސްޓް ހަމަލާއެއް ދޭން އުޅޭކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ތ. ތިމަރަފުށީ ކެނެރީގެ އަލީ މުނީޒުގެ ސިއްހީ ފަރުވާގެ ކަންކަން ގާތުން ބަލަމުން އަންނަކަމަށް ހޯމް މިނިސްޓަރ އައްޝައިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހު ކުރިޔަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަޒީރުންނާ ސުވާލުކުރުމުގެ އެޖެންޑާގެ ދަށުން ތިމަރަފުށީ ދާއިރާގެ މެމްބަރ އަބްދުﷲ ރިޔާޒު ވަނީ އަލީ މުނީޒުގެ ސިއްހީ ހާލަތު ސީރިއަސްކަމަށާއި އެކަމާ ގުޅިގެން އޭނާ ގެއަށް ބަދަލުކޮށްދިނުމަށް އެދި އާއިލާގެ ފަރާތުން އެތައް ސިޓީއެއް ފޮނުވާފައިވާއިރުވެސް މިނިސްޓްރީން ޖަވާބު ނުދޭކަމަށް ވިދާޅުވެ އެކަމާ ގުޅޭގޮތުން މިނިސްޓަރ އަރިހުން ސުވާލުކުރައްވާފައެވެ. އެސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ ޓެރަރިޒަމްގެ މައްސަލަތަކުގައި ޖަލުގައި ބަންދުކުރެވޭ ފަރާތްތައް އެކި ސަބަބުތަކާހުރެ ޖަލުން މިނިވަން ވެގެންދާ ދިޔުމަކީ ދައުލަތުގެ ހުރިހާ މުއައްސަސާތަކެއް ކަންބޮޑުވާކަމެއް ކަމަށެވެ. އެކަމާ ގުޅޭގޮތުން މިދިޔަ ހަފްތާގައި ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީގައި ވެސް ވާހަކަދެކެވިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ޓެރަރިޒަމްގެ މައްސަލަތަކުގައި ބަންދުކުރެވޭ މީހުންގެ ޝަރީއަތް ކުރިޔަށް ގެންދާ ގޮތާއި އަދި ވާނުވާގައި ތިބޭ މީހުންގެ މުއްދަތާއި މިކަންކަމަކީ އެންމެން ވެސް ވިސްނަންޖެހޭކަމެއް ކަމަށް ދެކެވަޑައިގަންނަވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

Advertisement - newsAdvertisement

އެހެންނަމަވެސް އެފަދަ ފަރާތްތަކުގެ ސިއްހީ ފަރުވާ ކަށަވަރުކުރުންމަކީ ކުރަންޖެހޭނެކަމެއް ކަމަށް ހިތުގެ އަޑިން ގަބޫލުކުރައްވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އެކަމުގައި މުނީޒުގެ އާއިލާއާ ވެސް މުއާމަލާތްކުރައްވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ އެފަދަ ހާލަތްތަކުގައި ޖަލުގައި އެންމެ ރަނގަޅަށް ސިއްހީ ފަރުވާނުދެވެމުން ގެއަށް ބަދަލުކުރާނީތޯ ނުވަތަ މިކަމަށް ދެން ގެނެވޭ ބަދަލަކުން ދެން ދިމާވާނީ ކޮން މައްސަލައެއްތޯ ވެސް ވިސްނަންޖެހޭކަމަށެވެ. ޖަލުގައި ބަހައްޓައިގެން ފަރުވާދޭތޯ ކަށަވަރުކުރާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ކުރިޔަށް އޮތްތަނުގައި ވެސް އެކަމަށް މަސައްކަތްކުރައްވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

2020 ވަނަ އަހަރުގެ ނޮވެމްބަރ މަހު ތ. ތިމަރަފުއްޓާއި މާލޭގައި އަދި ކަނޑުމަތީގައި ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނާ ގުޅިގެން 8 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެ އޮޕަރޭޝަންގައި ހައްޔަރުކުރީ 8 މީހުންނަކީ ތ. އަތޮޅު ތަޢުލީމީ މަރުކަޒުގައި އޯލެވެލް އިމްތިހާނު ހަދަމުންދާ ވަގުތާ ދިމާކޮށް، އެ ސްކޫލުގެ ލެބޯޓަރީ ގޮއްވައިލުމަށް ރޭވިބައެއްކަން ފާހަގަކުރެވޭކަމަށް ފުލުހުން ވަނީ ބުނެފައެވެ. މިމައްސަލާގައި ފުލުހުން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ތިމަރަފުށީގައި ހަރުކަށި ފިކުރުގެ މީހުން އޮޕަރޭޓްކުރާކަމަށް ބެލެވޭ ”ނަސާހު-3“ ނަމަކަށް ކިޔާ ހުއިފިލަނޑާ ދޯންޏެއް ބަލައި ފާސްކުރިއިރު، އެ ދޯނިން އައިއީޑީއެއް ހަދަން ބޭނުންކުރެވިދާނެކަމަށް ބެލެވޭ ބައެއް ޢާލާތްތައް ފެނިފައިވެއެވެ.

އެ ދޯނި އަޅާފައި އޮތް ސަރަހައްދުގެ 10 މީޓަރު މޫދު އަޑިން ބަޑިބޭސް އެކުލެވޭ ކާޓްރިޖްތަކެއް ވެސް ހޯދާފައިވާކަމަށް ފުލުހުން ބުނެއެވެ. މީގެއިތުރުން ތިމަރަފުށިން ފާސްކުރި ގެއަކުން ވެސް އައިއީޑީއެއް ހެދުމަށް ބޭނުންކުރެވިދާނެކަމަށް ބެލެވޭ ބައެއް އާލާތްތައް ތައްޔާރުކުރުމާގުޅޭ މެނުއަލްފަދަ ލިޔުންތައް ހުރި ޑިވައިސްތައް ފެނިފައިވާކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ. އަދި މި މައްސަލައިގައި ހައްޔަރުކުރި މީހަކު އެކްސްޕްލޯސިވްއެއް ތައްޔާރުކުރަން ބޭނުންވާ ކެމިކަލް ހޯދާފައިވާކަން ތަހުގީގަށް ހާމަވެފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ،  ތ. ތިމަރަފުށި، އަސުރުމާގެ، މުޙައްމަދު އާސިރުއާއި، ތ. ތިމަރަފުށި، އަސްރަފީވިލާ، އަޙްސަން މުހައްމަދުއާއި، ތ. ތިމަރަފުށި، ފެހިވިދުވަރުގެ، އަބްދުﷲ ޝަރީފްއާއި، ތ. ތިމަރަފުށި، ކެނެރީގެ، ޢަލީ މުނީޒުއާއި، ތ. ތިމަރަފުށި، ސައިމާ، ޝަމާހު ޝަރީފްއާއި، ނ. ކުޑަފަރި، ރޯޒްމީޑު، އިބްރާހިމް ލޫތުއާއި، ރ. މަޑުއްވަރި، ބީޗްހައުސް ޢަބްދުﷲ އިމާދުއާއި، ރ. ކަނދޮޅުދޫ، ފެހިވިލާ، އަލީ އަރުހަމް މުހައްމަދުއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވާ އަލީ މުނީޒުގެ މައްޗަށް އުފުލާފައިވާ ދައުވާތަކަކީ :

ހައްޔަރުކުރި މީހުންގެ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ނިންމި ނިންމުން ކްރިމިނަލް ކޯޓުން ވަނީ ޖުލައި މަހު ދަމަހައްޓާފައެވެ.

ރައްޔިތުންގެ މަޖިލިސްތ. ތިމަރަފުށި

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ތިމަރަފުށީ ހޮސްޕިޓަލުގެ މަސައްކަތް މަޑުޖެހިފައި އޮތްއޮތުން ނިމުމަކަށް ގެންނަވާނެކަމުގެ ޔަގީންކަން އަނެއްކާ ވެސް ރައީސް ދެއްވައިފި

ތިމަރަފުށީ ހޮސްޕިޓަލުގެ މަސައްކަތް މަޑުޖެހިފައި އޮތްއޮތުން ނިމުމަކަށް ގެންނަވާނެކަމުގެ ޔަގީންކަން އަނެއްކާ ވެސް ރައީސް ދެއްވައިފި

27 ސެޕްޓެމްބަރު 2025
ޓެރަރިޒަމްގެ މައްސަލަތަކެއްގައި ތިމަރަފުށިން ހައްޔަރުކޮށް ދައުވާ އުފުލި މީހުންގެ މައްސަލަ ލަސްވާތީ ކަންބޮޑުވުން

ޓެރަރިޒަމްގެ މައްސަލަތަކެއްގައި ތިމަރަފުށިން ހައްޔަރުކޮށް ދައުވާ އުފުލި މީހުންގެ މައްސަލަ ލަސްވާތީ ކަންބޮޑުވުން

06 ޖުލައި 2024
ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް

16 މެއި 2024
92 އިންސައްތަ މަސައްކަތް ނިންމާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތާރީޚުގެ ތެރެއަށް

92 އިންސައްތަ މަސައްކަތް ނިންމާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތާރީޚުގެ ތެރެއަށް

14 މެއި 2024
މަޖިލީހުގެ ތާރީޚުގައި އެންމެ ގިނަ މަސައްކަތްކުރީ 19 ވަނަ މަޖިލީހުން: އަސްލަމް

މަޖިލީހުގެ ތާރީޚުގައި އެންމެ ގިނަ މަސައްކަތްކުރީ 19 ވަނަ މަޖިލީހުން: އަސްލަމް

13 މެއި 2024

އަހަރުތަކުން މިއަދު

18 ފެބުރުއަރީ
ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ
20242 އަހަރު ކުރިން
ރާއްޖެ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!
20233 އަހަރު ކުރިން
ރިޕޯޓު

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ
20224 އަހަރު ކުރިން
ރާއްޖެ

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"
20215 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏
20197 އަހަރު ކުރިން
އިސްލާމް

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!
20188 އަހަރު ކުރިން
ރިޕޯޓު

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު