Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ވާރލްޑް މެންޓަލް ހެލްތް ޑޭ

ނަފްސާނީ ބަލި ތަހައްމަލު ކުރަމުންދާ މީހުން ބާކީ ނުކުރޭ

ގެވެށި އަނިޔާ ލިބުނު މީހުންގެ ނަފްސާނީ ދުޅަހެޔޮކަމަށް އިތުރު އުނދަގޫތަކެއް ކުރިމަތިވި

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 10 އޮކްޓޯބަރު 2021 | އާދީއްތަ 09:24
ކ. ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި 161 ނަފްސާނީ ބަލަހައްޓަމުންދޭ

ކ. ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި 161 ނަފްސާނީ ބަލަހައްޓަމުންދޭ

ނަފްސާނީ ބަލި ތަހައްމަލު ކުރަމުންދާ މީހުން އާއިލާގެ ތެރެއިންނާއި ރަހުމަތްތެރިންގެ ފަރާތުންނާއި މުޖުތަމައުގެ ތެރެއިން އެމީހުން ބާކީ ނުކުރުމަށް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން ބުނެފިއެވެ.

ވާރލްޑް މެންޓަލް ހެލްތް ޑޭ އާ ގުޅިގެން ނެރުނު ނޫސްބަޔާނެއްގައި އެ މިނިސްޓްރީން ބުނީ ރާއްޖޭގައި ނަފްސާނީ ބަލި ތަހައްމަލު ކުރަމުންދާ މީހުންގެ އަދަދުތައް އިތުރުވަމުންދާ ކަމަށެވެ. އެގޮތުން ކ. ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި 161 ނަފްސާނީ ބަލި މީހުން ބަލަހައްޓަމުން މިހާރު ވެސް ދާ ކަމަށެވެ.

Advertisement - newsAdvertisement

ކޮވިޑުގެ ފުރަތަމަ ފުރަބަންދަށްފަހު ފުރަބަންދުގެ ހާލަތު އުވާލުމާ ގުޅިގެން ދުނިޔޭގެ އެހެން ޤައުމުތަކެކޭ އެއްފަދައިން ރާއްޖޭގައި ވެސް ގެވެށި އަނިޔާގެ މައްސަލަތައް އިތުރުވެ، ގެވެށި އަނިޔާ ލިބުނު މީހުންގެ ނަފްސާނީ ދުޅަހެޔޮކަމަށް އިތުރު އުނދަގޫތަކެއް ކުރިމަތިވި ކަމަށް ވަނީ ބުނެފައެވެ. އަދި ނަފްސާނީ ގޮތުން އެހީތެރިކަމަށް އެދެމުންދާ މީހުންގެ އަދަދު އިތުރުވަމުން ދިޔުމުން ފަރުވާ ދިނުމަށް ގޮންޖެހުންތަކާއި ކުރިމަތިވި ކަމަށާއި މިހާލަތުގައި މިނިސްޓްރީން ސައިކޯ ސޯޝަލް ސަޕޯޓް ފޯރުކޮށްދީފައިވާ ކަމަށް ވަނީ ބުނެފައެވެ. އަދި ކަމާ ގުޅޭ ދާއިރާތަކުން، ނަފްސާނީ ބަލި ހުންނަ މީހުންނާއެކު ދިރިއުޅުމުގެ ކަންކަން މެނޭޖް ކުރާނެ ގޮތްތަކާ ބެހޭގޮތުން އާއިލާތަކަށް އެހީތެރިވުން އެއީ މުހިންމު ކަމެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ކަމަށް ޖެންޑަރ މިނިސްޓްރީން ބުންޏެވެ.

ރާއްޖެއިން އެކުލަވާލި ސްޓްރެޓީޖިކް އެކްޝަން ޕްލޭންގެ ދަށުން އާސަންދަ މެދުވެރިކޮށް މެންޓަލް ހެލްތާ ގުޅުން ހުރި އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ. ނަފްސާނީ ބަލިކަމަކީ ކޮންމެ މީހަކަށް ވެސް، ކޮންމެ ވަގުތެއްގައި ވެސް އަދި ކޮންމެ ތަނެއްގައި ހުރިކަމުގައި ވިޔަސް ކުރިމަތި ވެދާނެ ކަމެކެވެ.

އަދި އެއީ ކުއްލިއަކަށް ދިމާވާނެ ކަމެއް ނޫންކަމާއި ނަފްސާނީ ބައްޔަކީ މަޑުމަޑުން ނޭނގިހުރެ ވެސް ވެދާނެކަމެއްކަން ދެނެގަތުން މުހިންމެވެ. ދުނިޔޭގައި 1 ބިލިއަންއާ ކައިރި ކުރާ ޢަދަދަކަށް މިބަލި ތަޙައްމަލު ކުރާ އިރު ޑިޕްރެޝަންއަކީ ނަފްސާނީ ބަލިތަކުގެ ތެރެއިން ބޮޑެތި މީހުންނަށް އެންމެ ގިނައިން ކުރިމަތިވާ އެއް ބަލިކަން ޑަބް.ލިއު.އެޗް.އޯ އިން ވަނީ ހާމަކޮށްފައެވެ.

މުޅި ދުނިޔޭގައި ނަފްސާނީ ބަލީގެ ތަފާސް ހިސާބުތަކަށް ބަލާއިރު، 10 އަހަރާއި 19 އަހަރާ ދެމެދުގެ ކުދިންނަށް ވަނީ ނަފްސާނީ ބަލީގެ ކޮންމެވެސް އެއް ކަމެއް ތަހައްމަލު ކުރަންޖެހިފައެވެ. އަދި ދުނިޔޭގައި ރިކޯޑުކުރެވޭ ކޮންމެ 100 އަކުން 1 މަރަކީ ސޫސައިޑް ނުވަތަ އަމިއްލައަށް މަރުވުމެވެ.

މިނިސްޓްރީ އޮފް ޖެންޑަރ

ކޮމެންޓް

އިތުރަށް ކިޔާލަން

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރު، އަނިޔާ ލިބިފައިވާ ކުދިންގެ ޙައްޤުގައި އަދާހަމަކޮށް ބަލަހައްޓަން ޖެހޭ - މިނިސްޓަރު

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރު، އަނިޔާ ލިބިފައިވާ ކުދިންގެ ޙައްޤުގައި އަދާހަމަކޮށް ބަލަހައްޓަން ޖެހޭ - މިނިސްޓަރު

06 ނޮވެމްބަރު 2023
 ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރު ޑިޖިޓަލައިޒްކޮށް އިފްތިތާޙްކޮށްފި

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރު ޑިޖިޓަލައިޒްކޮށް އިފްތިތާޙްކޮށްފި

06 ނޮވެމްބަރު 2023
ގެވެށި ގުޅުން ކެމްޕެއިންގެ ދަށުން ހުރިހާ އަތޮޅެއްގައި ފެސިލިޓޭޓަރުން ތަމްރީންކޮށް ނިމިއްޖެ

ގެވެށި ގުޅުން ކެމްޕެއިންގެ ދަށުން ހުރިހާ އަތޮޅެއްގައި ފެސިލިޓޭޓަރުން ތަމްރީންކޮށް ނިމިއްޖެ

18 ޖުލައި 2023
މެއި މަހުގެ ކޮންމެ ދުވަހަކު ކުޑަކުދިންނަށް ކުރާ ޖިންސީ ހާނިކައިގެ މައްސަލައެއް ހުށަހެޅި

މެއި މަހުގެ ކޮންމެ ދުވަހަކު ކުޑަކުދިންނަށް ކުރާ ޖިންސީ ހާނިކައިގެ މައްސަލައެއް ހުށަހެޅި

27 ޖޫން 2023
ގެވެށި ގުޅުން ކެމްޕެއިންގެ ދަށުން ހެދި ކުޑަކުދިންގެ ކާޓޫން އަދި ވާހަކަ ފޮތް ސިރީސްގެ ވީޑިއޯ ވަރޝަން އިފްތިތާޙްކޮށްފި

ގެވެށި ގުޅުން ކެމްޕެއިންގެ ދަށުން ހެދި ކުޑަކުދިންގެ ކާޓޫން އަދި ވާހަކަ ފޮތް ސިރީސްގެ ވީޑިއޯ ވަރޝަން އިފްތިތާޙްކޮށްފި

26 މެއި 2023

އަހަރުތަކުން މިއަދު

1 މެއި
ޕެޕަރ ސްޕްރޭގެ އަސަރުކުރި މުޒާހަރާގެ ބައިވެރިއެއްގެ ހާލު ދެރަވެ ފަރުވާދެނީ
20251 އަހަރު ކުރިން
ރާއްޖެ

ޕެޕަރ ސްޕްރޭގެ އަސަރުކުރި މުޒާހަރާގެ ބައިވެރިއެއްގެ ހާލު ދެރަވެ ފަރުވާދެނީ

ޗައިނާއިން މިހާތަނަށް އުފެއްދި އެންމެ ބޮޑު އަދި އެންމެ ޒަމާނީ "އެއާކްރާފްޓް ކެރިއަރ" ފުރަތަމަ ފަހަރަށް މޫދަށް
20242 އަހަރު ކުރިން
ރިޕޯޓު

ޗައިނާއިން މިހާތަނަށް އުފެއްދި އެންމެ ބޮޑު އަދި އެންމެ ޒަމާނީ "އެއާކްރާފްޓް ކެރިއަރ" ފުރަތަމަ ފަހަރަށް މޫދަށް

"ހީވީ ގިޔާމަތްވެގެން އުޅެނީއޭ"
20233 އަހަރު ކުރިން
ރިޕޯޓު

"ހީވީ ގިޔާމަތްވެގެން އުޅެނީއޭ"

މާލޭގައި ދެ މާރާމާރީއެއް ހިންގައި ހަތަރު މީހަކު ޒަޚަމްކޮށްލައިފި
20224 އަހަރު ކުރިން
ރާއްޖެ

މާލޭގައި ދެ މާރާމާރީއެއް ހިންގައި ހަތަރު މީހަކު ޒަޚަމްކޮށްލައިފި

ޓިކްޓޮކްގައި އެންމެންގެ ހިތްތައް ކަތިލަމުން އަންނަ ރޫމީ، ނިއުމާ އަށް ވުރެ ހަގުކަން އެނގޭތަ؟
20215 އަހަރު ކުރިން
ފިލްމާއި މިޔުޒިކް

ޓިކްޓޮކްގައި އެންމެންގެ ހިތްތައް ކަތިލަމުން އަންނަ ރޫމީ، ނިއުމާ އަށް ވުރެ ހަގުކަން އެނގޭތަ؟

ސަރުކާރު މުވައްޒަފުން މުންޑު ދޫކޮށް، ފަޓްލޫނަށް ބަދަލުވިތާ 50 އަހަރު
20197 އަހަރު ކުރިން
ރިޕޯޓު

ސަރުކާރު މުވައްޒަފުން މުންޑު ދޫކޮށް، ފަޓްލޫނަށް ބަދަލުވިތާ 50 އަހަރު

ލީކުވި ބަޔާން: ރައީސް ބޭނުންފުޅުވާ ގޮތަށް މައްސަލަތައް ނިންމުމަށް އަލީ ހަމީދު އިރުޝާދުދެއްވި!
20188 އަހަރު ކުރިން
ރާއްޖެ

ލީކުވި ބަޔާން: ރައީސް ބޭނުންފުޅުވާ ގޮތަށް މައްސަލަތައް ނިންމުމަށް އަލީ ހަމީދު އިރުޝާދުދެއްވި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު