Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފެނަކައިގެ މަސައްކަތްތައް

ސިޔާސީ މަގުސަދެއް ހާސިލްކުރުމަށް ފެނަކައިން ގޭގެއިން ކަރަންޓެއް ނުކަނޑާނެ، ކަންކުރާނީ އޮންނަ އުސޫލުގެ ތެރެއިން: ފެނަކަ އެމްޑީ

10 އޮކްޓޯބަރު 2021 | އާދީއްތަ 01:23

ފެނަކައިން އަމަލުކުރަމުން އަންނަނީ 2014 ވަނަ އަހަރު އެކުލަވާލާ މޯލްޑިވްސް އެނަރޖީ އޮތޯރިޓީން ފާސްކޮށްފައި އޮންނަ ކަރަންޓް ދިނުމާއި ބެހޭ ގަވައިދުގެ ދަށުންކަމަށް ސައީދު ވިދާޅުވި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 10 އޮކްޓޯބަރު 2021 | އާދީއްތަ 01:23
ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައީދު

ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައީދު

ސިޔާސީގޮތުން މަންފާއެއް ހޯދުމުގެ ބޭނުމުގައި ފެނަކައިން ވަކި ގެއަކުން ކަރަންޓު ނުކަނޑާނެކަމަށާއި ކަންކުރާނީ އޮންނަ އުސޫލުގެ ތެރެއިންކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަޙުމަދު ސަޢީދު މުޙައްމަދު ވިދާޅުވެއްޖެއެވެ.

ލ. މާވަށު "އާފަރު" ނަމަކަށް ކިޔާ ގޯތިން ކަރަންޓު ޚިދުމަތް ކަނޑާލި މައްސަލާގައި ތަފާތު އެކި ގޮތްގޮތަށް އަންނަނީ ވާހަކަތައް ދައްކަމުންނެވެ. ފެނަކައިން ކަރަންޓް ކަނޑާލި މިގެއަކީ ލ.މާވަށު ކައުންސިލްގެ ރައީސްގެ ގެއެވެ. މިކަމުގައި ސިޔާސީ ގޮތުން ތަފާތު އެކި ވާހަކަތައް ދެކެވެމުން އަންނާތީ ރާއްޖެ ޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމްގައި އެކަމާއި ގުޅޭގޮތުން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ސައީދު ވިދާޅުވީ އެކަމުގައި ތަފާތު އެކި ގޮތްގޮތަށް ވާހަކަތައް ދެކެވެމުންދާކަމަށެވެ. ނަމަވެސް ހަގީގަތަކީ ފެނަކައިން އަމަލުކުރަމުން އަންނަނީ 2014 ވަނަ އަހަރު އެކުލަވާލާ މޯލްޑިވްސް އެނަރޖީ އޮތޯރިޓީން ފާސްކޮށްފައި އޮންނަ ކަރަންޓް ދިނުމާއި ބެހޭ ގަވައިދުގެ ދަށުންކަމަށެވެ.

Advertisement - newsAdvertisement

އެގެއަކީ އެގަވާއިދުގެ ދެވަނަ މައްދާގެ އެކެއްގައި ބަޔާންކޮށްފައިވާ ކަރަންޓު ގުޅާދިނުމުގެ ގަވާއިދާ މުޅިން ޚިލާފަށް ކަރަންޓް ބޭނުންކުރަމުންދާ ތަނެއްކަމަށެވެ. އަދި ގުޅައިގެން ކަރަންޓް ބޭނުންކުރަނީ ގަވާއިދާ ޚިލާފަށްކަމަށްވާއިރު އެބޭނުންކުރަމުންދާ ކަރަންޓަށް ފައިސާވެސް އެގެއިން ނުދައްކާކަމަށް ސައީދު ވިދާޅުވިއެވެ. ތަފާތު އެކި މަރުހަލާގެ ދަށުން ފައިސާ ދެއްކުމަށް އަންގާ އެކަން ނުކުރުމުން އެންމެފަހުން ކަރަންޓް ކަނޑާލަންޖެހުނީކަމަށް ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ ޚިދުމަތެއް ބޭނުންކުރުމަށްފަހު އެޚިދުމަތަކަށް ކަނޑައަޅާފައި އޮންނަ އުޖޫރަ ދޭންޖެހޭކަމަށެވެ. އެއުޖޫރަ ނުދައްކައިފިނަމަ އޮންނަ އުސޫލުގެ ތެރެއިން އެއީ ކޮންމެ މީހެއްގެ ގެއެއް ކަމުގައިވީނަމަވެސް ކަރަންޓް ކަނޑާނެކަމަށް ސައީދު ވިދާޅުވިއެވެ. އެއީ ވަކި މީހަކަށް ބަލައިގެން ކުރާ ކަމެއް ނޫންކަމަށާއި ނަމަވެސް ފެނަކައިގެ ވިސްނުމަކީ ކޮންމެހެން ގޭގެއިން ކަރަންޓް ކަނޑާލުން ނޫންކަމަށް ސައީދު ވިދާޅުވިއެވެ.

އެންމެ ފުރަތަމަ 7 ދުވަހުގެ މުއްދަތެއް ބިލްތަކަށް ފައިސާ ދެއްކުމަށް ދިންކަމަށް ސައީދު ވިދާޅުވިއެވެ.

މިމައްސަލާގައި ފެނަކައިން މީގެކުރިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ކަނޑައަޅާފައިވާ ގަވާއިދުތަކާއި އުސޫލުތަކާ ޚިލާފުވެ، ހޯދާފައިވާ ކަރަންޓުގެ ޚިދުމަތްތަކަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށް ތަކުރާރުކޮށް ދެވުނު ފުރުސަތުތަކުގައި ވެސް ފައިސާ ދައްކާފައިނުވާ ކަމަށެވެ. ދެވުނު އެންމެ ފަހު ފުރުސަތު 03 އޮކްޓޯބަރ 2021 ގެ ނިޔަލަށް ހަމަވެފައިވާތީ، އާންމުކޮށް އަމަލުކުރުމަށް ކަނޑައަޅާފައިވާ އުސޫލުގެ ތެރެއިން، އަހުމަދު މޫސާގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ "އާފަރު" ކިޔާ ގޯތީގައި ހުރި އިމާރާތްތަކަށް ދެވިފައިވާ ކަރަންޓުގެ ޚިދުމަތް 04 އޮކްޓޯބަރ 2021 ވަނަ ދުވަހު ވަގުތީގޮތުން ކަނޑާލާފައިވާ ކަމަށެވެ.

ސައީދު ވިދާޅުވީ މިސަރުކާރުން ސިޔާސީ މަގްސަދެއް ހާސިލުކުރުމަށް ގޭގެއިން ކަރަންޓް ނުކަނޑާނެކަމަށާއި މުވައްޒަފުން ވަޒީފާ އަދާކުރަމުން އަންނަ ތަންވެސް ބަދަލުނުކުރާނެކަމަށެވެ.

ކުރީގެ ސަރުކާރުން ސިޔާސީ މަގުސަދެއް ހާސިލްކުރުމަށް މީހުން ވަޒީފާ އަދާކުރަމުންދިޔަ ރަށާއި މާދުރު ރަށްރަށަށް ވަޒީފާ ބަދަލުކުރުން ފަދަ ކަންކަމާއި ވަޒީފާއިން ކަނޑާލުންފަދަ ކަންކަމުގެ ސަބަބުން ބަދަލު ހޯދުމަށް ޓްރައިބިޔުނަލްގައި ހުރި މައްސަލަތަކަށް މިލިއަނުން ދައްކަންޖެހޭ ކަމަށް ސައީދު ވިދާޅުވިއެވެ.

ފެނަކަ ކޯޕަރޭޝަން

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

01 ޑިސެމްބަރު 2025

ފެނަކަ ބްރާންޗު ތަކުގައި ސެކިއުރިޓީ ކެމެރާ ހަރުކުރާނެ ބަޔަކު ކަނޑައެޅުމުގައި ކޮރަޕްޝަން ހިންގާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ދައުވާ ކުރަން ހުށަހަޅައިފި

01 ޑިސެމްބަރު 2025
ފެނަކަ ބްރާންޗު ތަކުގައި ސެކިއުރިޓީ ކެމެރާ ހަރުކުރާނެ ބަޔަކު ކަނޑައެޅުމުގައި ކޮރަޕްޝަން ހިންގާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ދައުވާ ކުރަން ހުށަހަޅައިފި
28 ނޮވެމްބަރު 2025

‎ސަޢީދު އަށް ހުކުމް އިއްވިތާ ދެ މަސް، ދައުވާ ސާބިތުވި އަނެއް ފަރާތަށް ދިފާޢުވާން އިތުރު ފުރުޞަތެއް: އިންސާފުވެރިތަ؟

28 ނޮވެމްބަރު 2025
‎ސަޢީދު އަށް ހުކުމް އިއްވިތާ ދެ މަސް، ދައުވާ ސާބިތުވި އަނެއް ފަރާތަށް ދިފާޢުވާން އިތުރު ފުރުޞަތެއް: އިންސާފުވެރިތަ؟
25 ނޮވެމްބަރު 2025

އައްޑޫ ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ބެލެވެނީ އަދި ދޮޅުއަހަރު ފަހުން: ފެނަކަ އެމްޑީ ނަޖާހު

25 ނޮވެމްބަރު 2025
އައްޑޫ ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ބެލެވެނީ އަދި ދޮޅުއަހަރު ފަހުން: ފެނަކަ އެމްޑީ ނަޖާހު
11 ނޮވެމްބަރު 2025

ފުވައްމުލަކު ރައްޔިތުންނަށް ސާފު ބޯފެން ލިބޭނެ އިންތިޒާމު މިހާރުން މިހާރަށް ހަމަޖެއްސުމަށް ޝާހިދު ސަރުކާރަށް ގޮވާލައްވައިފި

11 ނޮވެމްބަރު 2025
ފުވައްމުލަކު ރައްޔިތުންނަށް ސާފު ބޯފެން ލިބޭނެ އިންތިޒާމު މިހާރުން މިހާރަށް ހަމަޖެއްސުމަށް ޝާހިދު ސަރުކާރަށް ގޮވާލައްވައިފި
10 ނޮވެމްބަރު 2025

މުޅި ފުވައްމުލައް ފެނަށް ޖެހިއްޖެ!

10 ނޮވެމްބަރު 2025
މުޅި ފުވައްމުލައް ފެނަށް ޖެހިއްޖެ!
07 ނޮވެމްބަރު 2025

ޕީއެންސީ ޖަލްސާއަށް ރާއްޖޭގެ ހުރިހާ ރަށަކުން ފެނަކަ މުވައްޒަފުން މާލެ ގެނައުމަށް އަންގައިފި

07 ނޮވެމްބަރު 2025
ޕީއެންސީ ޖަލްސާއަށް ރާއްޖޭގެ ހުރިހާ ރަށަކުން ފެނަކަ މުވައްޒަފުން މާލެ ގެނައުމަށް އަންގައިފި
29 އޮކްޓޯބަރު 2025

ފެނަކާއިގެ ، ކޮރަޕްޝަނާއި ފަސާދައިގެ އަމަލު ހިންގި މުވައްޒަފުންގެ ތެރޭގައި، އެކުންފުނީގެ 13 އެޗްއޯޑީން

29 އޮކްޓޯބަރު 2025
ފެނަކާއިގެ ، ކޮރަޕްޝަނާއި ފަސާދައިގެ އަމަލު ހިންގި މުވައްޒަފުންގެ ތެރޭގައި، އެކުންފުނީގެ 13 އެޗްއޯޑީން
07 އޮކްޓޯބަރު 2025

ފެނަކައިގެ ހާއްސަ އޮޑިޓް ރިޕޯޓު ސިފަވަނީ އަދީބް ފައިލް ކިޔާ ފައިލްއާއި އެފްއައިޔޫ ރިޕޯޓު ނިވާކުރަން އަޅާ ސަތަރިގަނޑެއްގެ ގޮތުގައި: ޒިޔާދު

07 އޮކްޓޯބަރު 2025
ފެނަކައިގެ ހާއްސަ އޮޑިޓް ރިޕޯޓު ސިފަވަނީ އަދީބް ފައިލް ކިޔާ ފައިލްއާއި އެފްއައިޔޫ ރިޕޯޓު ނިވާކުރަން އަޅާ ސަތަރިގަނޑެއްގެ ގޮތުގައި: ޒިޔާދު
06 އޮކްޓޯބަރު 2025

އަންގާރަ ދުވަހުގެ މަޖިލިސް ގައިވެސް ފެނަކަ އޮޑިޓް ރިޕޯޓުގައިވާ ކޮރަޕްޝަންގެ އަމަލުތައް ތަހުގީގުކޮށް ފިޔަވަޅުއެޅުން އަވަސްކުރުމަށް ބަހުސްކުރުން

06 އޮކްޓޯބަރު 2025
އަންގާރަ ދުވަހުގެ މަޖިލިސް ގައިވެސް ފެނަކަ އޮޑިޓް ރިޕޯޓުގައިވާ ކޮރަޕްޝަންގެ އަމަލުތައް ތަހުގީގުކޮށް ފިޔަވަޅުއެޅުން އަވަސްކުރުމަށް ބަހުސްކުރުން
03 އޮކްޓޯބަރު 2025

މުއިއްޒު ސަރުކާރުން 24 ބައު އިންޖީނު ގަނެ 46.9 މިލިއަން ރުފިޔާގެ ޚިޔާނަތް ހިންގި ގޮތުގެ ރިޕޯޓު ލީކު ކޮށްލައިފި

03 އޮކްޓޯބަރު 2025
މުއިއްޒު ސަރުކާރުން 24 ބައު އިންޖީނު ގަނެ 46.9 މިލިއަން ރުފިޔާގެ ޚިޔާނަތް ހިންގި ގޮތުގެ ރިޕޯޓު ލީކު ކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް