Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިސްރާއީލް-ފަލަސްތީނު

އިސްރާއީލް-ޣައްޒާ ބޯޑަރު ސަރަހައްދުގައި ފަލަސްތީނު ރައްޔިތުން ހުކުރު ދުވަހު ބޮޑު މުޒާހަރާއެއް ބާއްވަނީ

އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން މަރުވި ފަލަސްތީނުގެ ރައްޔިތުންގެ އަދަދު ވަނީ 21 އަށް އަރާފައި

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 6 އެޕްރީލު 2018 | ހުކުރު 07:08
އިސްރާއީލުން މީގެ ކުރިން ދިން ހަމަލާއެއްގައި ޒަޚަމްވެފައިވާ ފަލަސްތީނު ރައްޔިތުންތަކެއް

އިސްރާއީލުން މީގެ ކުރިން ދިން ހަމަލާއެއްގައި ޒަޚަމްވެފައިވާ ފަލަސްތީނު ރައްޔިތުންތަކެއް

އިސްރާއީލް-ޣައްޒާ ބޯޑަރު ސަރަހައްދުގައި ފަލަސްތީނު ރައްޔިތުން ހުކުރު ދުވަހު ބޮޑު މުޒާހަރާއެއް ބާއްވަން ތައްޔާރުވަމުން އެބަގެންދެއެވެ.

"ގްރޭޓް މަރޗް އޮފް ރިޓާން"ގެ ނަމުގައި ހަ ހަފުތާގެ މުއްދަތަށް ފަލަސްތީނު ރައްޔިތުން ފެށި މުޒާހަރާގައި، ފަލަސްތީނު މީހުން ޑިމާންޑް ކުރަމުން ދަނީ އިސްރާއީލުގައި މިހާރު ދިރިއުޅޭ ފަލަސްތީނުގެ ރެފިއުޖީން އެ މީހުންގެ ގެދޮރަށް އަނބުރާ ގެނައުމަށެވެ. އިހްތިޖާޖް ނިންމަން ހަމަޖައްސާފައި ވަނީ މެއި 15 ވަނަ ދުވަހު ކަމަށްވާއިރު އެއީ ފަލަސްތީނުން ކިޔާ ގޮތުން ނަކްބާ ނުވަތަ ހަލާކުގެ ދުވަހެވެ. ނުވަތަ 1948 ވަނަ އަހަރު އިސްރާއީލް އުފެދުނު ދުވަހެވެ.

ހުކުރު ދުވަހު ފަލަސްތީނު ރައްޔިތުން އިސްރާއީލާ ދެކޮޅަށް ކުރާ ބޮޑު މުޒާހަރާއާ ބެހޭ ގޮތުން އިސްރާއީލުގެ ޑިފެންސް މިިނިސްޓަރު ވިދާޅުވެފައި ވަނީ "ގަވާއިދުތަކަށް އަމަލު ނުކުރާ މީހުންގެ ގަޔަށް ބަޑި ޖަހާނެ" ކަަމަށެވެ.

ޣައްޒާ ބޯޑަރު ސަރައްދުގައި ކުރަމުންދާ މުޒާހަރާ ނުހުއްޓި ކުރިއަށްދާއިރު މިހާތަނަށް އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން މަރުވި ފަލަސްތީނުގެ ރައްޔިތުންގެ އަދަދު ވަނީ 21 އަށް އަރާފައެވެ. ކޮންމެ އަހަރެއްގެ މަރޗް 30 ވަނަ ދުވަހު ފަލަސްތީނު ރައްޔިތުން "ލޭންޑް ޑޭ" ދުވަސް ފާހަގަކުރަނީ 1976 ވަނަ އިސްރާއީލުން ފަލަސްތީނު ރައްޔިތުންގެ ބިން ފޭރިގަނެފައިވާތީއެވެ.

އިތުރަށް ކިޔާލަން

07 މާރިޗު 2017

އުތުރުކޮރެއާގައި ތިބި މެލޭޝިއާ ރައްޔިތުން އެގައުމުން ފޭބުން މަނާކޮށްފި

07 މާރިޗު 2017
އުތުރުކޮރެއާގައި ތިބި މެލޭޝިއާ ރައްޔިތުން އެގައުމުން ފޭބުން މަނާކޮށްފި
02 މާރިޗު 2017

އުތުރު ކޮރެއާގެ ރައްޔިތުންނަށް ވިސާއާ ނުލާ މެލޭޝިއާ އަށް އެތެރެ ނުވެވޭގޮތް ހަދަނީ

02 މާރިޗު 2017
އުތުރު ކޮރެއާގެ ރައްޔިތުންނަށް ވިސާއާ ނުލާ މެލޭޝިއާ އަށް އެތެރެ ނުވެވޭގޮތް ހަދަނީ
11 ފެބުރުއަރީ 2017

ސަރުކާރުގެ ކަރަޕްޝަން ހައްދުފަހަނަ އަޅާ ގޮސް ރޫމޭނިއާ ރައްޔިތުން ރުޅިގަދަވެއްޖެ

11 ފެބުރުއަރީ 2017
ސަރުކާރުގެ ކަރަޕްޝަން ހައްދުފަހަނަ އަޅާ ގޮސް ރޫމޭނިއާ ރައްޔިތުން ރުޅިގަދަވެއްޖެ
10 ފެބުރުއަރީ 2017

ހަތްގައުމެއްގެ ރައްޔިތުން އެމެރިކާއަށް އެތެރެވުން މަނާ ކުރުމަށް ރައީސް ޓްރަމްޕް ނެރުއްވި އަމުރު ނިއުޅެމުންދާ ގޮތަށް، ކުރު ނަޒަރެއް!

10 ފެބުރުއަރީ 2017
ހަތްގައުމެއްގެ ރައްޔިތުން އެމެރިކާއަށް އެތެރެވުން މަނާ ކުރުމަށް ރައީސް ޓްރަމްޕް ނެރުއްވި އަމުރު ނިއުޅެމުންދާ ގޮތަށް، ކުރު ނަޒަރެއް!
10 ފެބުރުއަރީ 2017

ފަލަސްތީނު މީހަކު ބަޑިޖެހުމުގެ ސަބަބުން އިޒްރޭލުގެ ހަމީހުން ޒަޚަމްވެއްޖެ

10 ފެބުރުއަރީ 2017
ފަލަސްތީނު މީހަކު ބަޑިޖެހުމުގެ ސަބަބުން އިޒްރޭލުގެ ހަމީހުން ޒަޚަމްވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު