Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިންޑިއާއަށް ބޭސްފަރުވާއަށް ދިޔުން

ދިވެހިންނަށް، ވިސާ ނުނަގައި އިންޑިއާއަށް ބޭސްފަރުވާއަށް ދެވޭނެ ގޮތް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފޮރިން މިނިސްޓަރ ވިދާޅުވެއްޖެ

ވިސާ ހޯދުމުގައި ކުރިމަތިވާ ތަކުލީފުތައް އެނގިވަޑައިގަންނަވާކަމަށް ވިދާޅުވި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 9 އޮކްޓޯބަރު 2021 | ހޮނިހިރު 15:14
ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު

ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު

ދިވެހިންނަށް ވިސާ ނުނަގާ އިންޑިއާއަށް ބޭސްފަރުވާއަށް ދެވޭނެ ގޮތް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޝާހިދު ވިދާޅުވީ ބޭސްފަރުވާ ކުރުމަށް އިންޑިއާއަށް ދާން ބޭނުންވާ ދިވެހިންނަށް ވިސާ ހޯދުމުގައި ކުރިމަތިވާ ތަކުލީފުތައް އެނގިވަޑައިގަންނަވާ ކަމަށެވެ. އެގޮތުން މިހާތަނަށް ވެސް އިންޑިއާގެ ބޯޑަރު ބަންދުކޮށްފައި އޮތުމުން ދިވެހިންނަށް ވިސާދިނުން އިންޑިއާ ސަރުކާރުން ހަމަޖައްސާފައިވަނީ ޚާއްސަ އުސޫލެއްގެ ދަށުން ކަމަށެވެ. އަދި ރައްޔިތުންނަށް މިހާރު ކުރިމަތިވާ އުނދަގޫތަކަށް ހައްލު ހޯދުމަށް މެދުކެނޑުމެއްނެތި އިންޑިއާ ސަރުކާރާ ވާހަކަ ދައްކަވަމުންދާ ކަމަށާއި, ވަރަށް އަވަހަށް މިކަމަށް ހައްލު ލިބިގެންދާނެ ކަމުގެ ޔަޤީންކަން އެބައޮތް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިނިސްޓަރ ޝާހިދު މިފަދައިން ވިދާޅުވެ ޓުވީޓް ކުރައްވާފައިވާއިރު, ރާއްޖެއެމްވީއަށް އެމަނިކުފާނު ވިދާޅުވީ, އެ ޚާއްސަ އުސޫލަކީ ކޮބައިތޯ ވަރަށް ގިނަ މީހުން ސުވާލު އުފައްދަމުންދާ ކަމަށެވެ. އެގޮތުން ދިވެހިންނަށް ވިސާ ނުނަގާ ބޭސްފަރުވާއަށް ދެވޭނެ ގޮތް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވިދާޅުވިއެވެ.

އިންޑިއާގެ ބޯޑަރު މިދިޔަ އަހަރުގެ މާޗް މަހު ބަންދުކޮށްފައިވާއިރު, ކޮވިޑް-19އާ ގުޅިގެން ފަތުުރުވެރިންނަށް އިންޑިއާގެ ބޯޑަރު ބަންދުކޮށްފައި އޮންނަތާ އަހަރަކަށްވުރެ ގިނަ ދުވަސްފަހުން އަންނަ ހަފްތާގައި އެ ގައުމު ހުޅުވާލަން ވަނީ ނިންމާފައެވެ. އެގައުމުގެ ޔޫނިއަން މިނިސްޓަރ އޮފް ސްޓޭޓް ފޯރ ޓޫރިޒަމް ޝްރިޕާދް ނައިކް ވިދާޅުވީ އިންޑިއާއިން ބައިނަލްއަގްވާމީ ފްލައިޓުތަކުގައި ފަތުރުވެރިންނަށް ދަތުރު ކުރުމުގެ ހުއްދަ މި މަހުގެ 15 ހިސާބުގައި ދޭނެ ކަމަށެވެ.

އިންޑިއާއަށް ފަތުރުވެރިން ދިއުން މެދުކެނޑިފައިވަނީ ދުނިޔޭގައި ހަލުވިކަމާއެކީ ފެތުރެމުންދާ ކޮވިޑް-19އާ ގުޅިގެން އެޅި ފިޔަވަޅުތަކާއެކު އެ ގައުމުގެ ބޯޑަރު މިދިޔަ އަހަރުގެ މާޗް މަހު ބަންދު ކުރުމުންނެވެ.

އިންޑިއާޚާރިޖީ ވުޒާރާ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި

11 ޑިސެމްބަރު 2025
އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި
02 ޑިސެމްބަރު 2025

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި
17 ނޮވެމްބަރު 2025

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މަރަން ހުކުމް ކޮށްފި

17 ނޮވެމްބަރު 2025
ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މަރަން ހުކުމް ކޮށްފި
17 ނޮވެމްބަރު 2025

އިންޑިޔާ ގައި މާބަނޑު މީހުންގެ ހޮސްޕިޓަލެއްގެ ސީސީޓީވީ ހެކްކޮށްގެން ވަގަށް ނެގި ގިނަ އަދަދެއްގެ ވީޑިއޯތަކެއް ޓެލެގްރާމްގައި ވިއްކައިފި

17 ނޮވެމްބަރު 2025
އިންޑިޔާ ގައި މާބަނޑު މީހުންގެ ހޮސްޕިޓަލެއްގެ ސީސީޓީވީ ހެކްކޮށްގެން ވަގަށް ނެގި ގިނަ އަދަދެއްގެ ވީޑިއޯތަކެއް ޓެލެގްރާމްގައި ވިއްކައިފި
15 ނޮވެމްބަރު 2025

އިންޑިއާގެ ކަޝްމީރުގެ ޕޮލިސް ސްޓޭޝަނެއްގައި އެއްޗެއް ގޮވައި 7 މީހަކު މަރުވެ، 27 މީހަކު ޒަހަމްވެއްޖެ

15 ނޮވެމްބަރު 2025
އިންޑިއާގެ ކަޝްމީރުގެ ޕޮލިސް ސްޓޭޝަނެއްގައި އެއްޗެއް ގޮވައި 7 މީހަކު މަރުވެ، 27 މީހަކު ޒަހަމްވެއްޖެ
11 ނޮވެމްބަރު 2025

އިންޑިއާގެ ރެޑް ފޯޓް ގައި ގޮއްވާލި ކާރުގެ ވެރިމީހާ ހައްޔަރު ކޮށްފި

11 ނޮވެމްބަރު 2025
އިންޑިއާގެ ރެޑް ފޯޓް ގައި ގޮއްވާލި ކާރުގެ ވެރިމީހާ ހައްޔަރު ކޮށްފި
10 ނޮވެމްބަރު 2025

ދިއްލީގެ މަޝްހޫރު ރެޑް ފޯޓް ކައިރީގައި ކާރެއް ގޮއްވާލުމުން އެތައް ބަޔަކު މަރުވެ، ގިނަ ބަޔަކު ޒަޚަމް ވެއްޖެ

10 ނޮވެމްބަރު 2025
ދިއްލީގެ މަޝްހޫރު ރެޑް ފޯޓް ކައިރީގައި ކާރެއް ގޮއްވާލުމުން އެތައް ބަޔަކު މަރުވެ، ގިނަ ބަޔަކު ޒަޚަމް ވެއްޖެ
29 އޮކްޓޯބަރު 2025

ހަނގުރާމައިގެ ހާލަތަށް ތައްޔާރުވެގެން ތިބެން ޖެހޭ: ރަޖްނާތު ސިންހް

29 އޮކްޓޯބަރު 2025
ހަނގުރާމައިގެ ހާލަތަށް ތައްޔާރުވެގެން ތިބެން ޖެހޭ: ރަޖްނާތު ސިންހް
15 އޮކްޓޯބަރު 2025

އިންޑިޔާ ގައި އުފައްދާފައިވާ ތިން ވައްތަރެއްގެ ކޯފް ސިރަޕް ތަޣައްޔަރުވެފައިވާ ކަމަށް ބުނެ ޑަބްލިޔުއެޗްއޯ އިން އިންޒާރެއް ނެރެފި

15 އޮކްޓޯބަރު 2025
އިންޑިޔާ ގައި އުފައްދާފައިވާ ތިން ވައްތަރެއްގެ ކޯފް ސިރަޕް ތަޣައްޔަރުވެފައިވާ ކަމަށް ބުނެ ޑަބްލިޔުއެޗްއޯ އިން އިންޒާރެއް ނެރެފި
14 އޮކްޓޯބަރު 2025

އިންޑިއާ އަށް އެތެރެވުމުގެ ކުރިން "އީ-އެރައިވަލް ކާޑު" ފުރަން ޖެހޭ ގޮތައް ހަދައިފި

14 އޮކްޓޯބަރު 2025
އިންޑިއާ އަށް އެތެރެވުމުގެ ކުރިން "އީ-އެރައިވަލް ކާޑު" ފުރަން ޖެހޭ ގޮތައް ހަދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު