Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
މެސީ ހިލޭ ކުޅެދިނުން

މެސީ ހިލޭ ކުޅެދޭނެ ކަމަށް އުއްމީދުކުރިން: ލަޕޯޓާ

ހިލޭ ކުޅެދިންނަމަ ސްޕެނިޝް ލީގުގެ މައްސަލައެއް ނޯންނާނެ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 9 އޮކްޓޯބަރު 2021 | ހޮނިހިރު 06:17
ބާސާ ދޫކޮށް ޕީއެސްޖީއަށް ބަދަލުވި އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ

ބާސާ ދޫކޮށް ޕީއެސްޖީއަށް ބަދަލުވި އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ

މިދިޔަ ހޫނު މުސުމުގެ ޓްރާންސްފާ ބާޒާރުގައި ބާސެލޯނާ ދޫކޮށްލުމުގެ ބަދަލުގައި، އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ އެ ޓީމަށް ހިލޭ ކުޅެދޭނެ ކަމަށް އުއްމީދުކުރި ކަމަށް ބާސާ ރައީސް ޔޮއާން ލަޕޯޓާ ވިދާޅުވެއްޖެއެވެ.

މި އަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހު ބާސާއާއެކު އުމުރުން 34 އަހަރުގެ މެސީ ހަދާފައި އޮތް އެއްބަސްވުން ވަނީ ހަމަވެފައެވެ. އެކަމަކު މުސާރަ ކުޑަކޮށް އައު އެއްބަސްވުމުެއްގައި ސޮއިކުރަން މެސީ މީގެ ކުރިން ނިންމި ކަމަށް ސްޕެއިނުގެ މީޑިއާތަކުން ރިޕޯޓުކުރިއެވެ. އަދި 2026 ވަނަ އަހަރުގެ ނިޔަލަށް ބާސާގައި މެސީ މަޑުކުރާނެ ކަމަށްވެސް އޭރު ރިޕޯޓުކުރިއެވެ.

އެކަމަކު އޭގެ ފަހުން ބާސާއިން ނެރުނު ބަޔާނެއްގައި ވަނީ އެއްބަސްވުން އާނުކުރެވުމާ ގުޅިގެން އެންމެ ފަހުން މެސީ ދޫކޮށްލަން ނިންމާފައިވާ ކަމަށް ބުނެފައެވެ. އެ ބަޔާނުގައި ބުނެފައިވާ ގޮތުން އެއްބަސްވުމުގައި ސޮއިކުރުމުގެ ހުރިހާ ކަމެއް ހަމަޖެހިފައި ވަނިކޮށް މައްސަލަތަކެއް ކުރިމަތިވީ ސްޕެނިޝް ލީގުގެ މާލީ ގަވާއިދުތަކުގެ ސަބަބުން ކަމަށެވެ. އެހެންކަމުން މެސީ ދޫކޮށްލުން ނޫން އެހެން ގޮތެއް މި ވަގުތު ނެތް ކަމަށްވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

ހުކުރު ދުވަހު ސްޕެއިނުގެ ރޭޑިއޯ އަކަށް ދެއްވި އިންޓަވިއުއެއްގައި ލަޕޯޓާ ވިދާޅުވީ މެސީވެސް ބާސާގައި މަޑުކުރަން ބޭނުންވި ކަމަށާއި، އެކަމަކު އޭނާ ޓީމު ދޫކޮށްލަން ނިންމީ ޕީއެސްޖީން ލިބިފައި އޮތް ހުށަހެޅުމުގެ ޕްރެޝަރުގެ އިތުރުން ބާސާ އިތުރު މާލީ އަދަވަޅަކަށް ވައްޓާލަން ބޭނުންނުވާތީ ކަމަށެވެ.

އެކަމަކުވެސް މެސީގެ ނިންމުން ބަދަލުކޮށް ބާސާއަށް ހިލޭ ކުޅެދޭން މަޑުކުރާނެ ކަމަށް އުއްމީދުކުރި ކަމަށާއި، އެގޮތުން މެސީ ހިލޭ ކުޅެދެން ހުރި ނަމަ ސްޕެނިޝް ލީގުގެވެސް މައްސަލައެއް ނޯންނާނެ ކަމަށެވެ. ނަމަވެސް މެސީ ފެންވަރުގެ ކުޅުންތެރިއަކު ގާތުގައި އެ ގޮތަށް ކަންތައް ކުރަން ބުނަން ބޭނުންނުވި ކަމަށްވެސް ލަޕޯޓާ ވަނީ ވިދާޅުވެފައެވެ.

މީގެ ކުރިން ބާސާ ދޫކޮށްލަން ނިންމައި ބޭއްވި ވަދާއީ ނޫސްވެރިންގެ ބައްދަލުވުމުގައި ރޮވިފައި ހުރެ މެސީވެސް ވަނީ އެ ޓީމު ދޫކޮށްލަން ޖެހުނު ގޮތް ނޫސްވެރިންނަށް ހިއްސާކޮށްފައެވެ. އެގޮތުން މެސީ ބުނީ 50 އިންސައްތަ މުސާރަ ކުޑަކޮށް އައު އެއްބަސްވުމުގައި ސޮއިކުރަން ހުރިހާ ކަމެއް ހަމަޖެހިފައި ވަނިކޮށް، އެއްބަސްވުން އާނުކުރެވުނީ ސްޕެނިޝް ލީގުގެ މާލީ ގަވާއިދުތަކުގެ ސަބަބުން ކަމަށެވެ.

ބާސާގައި 21 އަހަރު ހޭދަކުރުމަށްފަހު މެސީ ޕީއެސްޖީއަށް ބަދަލުވިއިރު، އޭނާ ވަނީ ޕީއެސްޖީއާއެކު ދެ އަހަރުގެ އެއްބަސްވުމެއް ހަދާފައެވެ. އެހެންކަމުން އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2023 ވަނަ އަހަރުގެ ހޫނު މޫސުމުގައެވެ. އަދި މި އެއްބަސްވުމުގެ ދަށުން ޕީއެސްޖީން ބޭނުންނަމަ މެސީ އިތުރު އެއް އަހަރަށް އެ ޓީމުގައި މަޑުކުރުވޭނެއެވެ. ރިޕޯޓުތައް ބުނާ ގޮތުން ޕީއެސްޖީއާއެކު މެސީ ހަދާފައިވާ އެއްބަސްވުމުގެ ދަށުން އޭނާއަށް އަހަރެއްގެ މައްޗަށް 35 މިލިޔަން ޔޫރޯގެ މުސާރާއެއް ލިބޭނެއެވެ.

ލިއޮނެލް މެސީޖޮއާން ލަޕޯޓާބާސެލޯނާ

ކޮމެންޓް

އިތުރަށް ކިޔާލަން

ރަޝްފޯޑުގެ ލަނޑުން މޮޅުވެ، ބާސެލޯނާ ގަދަ 16 އަށް

ރަޝްފޯޑުގެ ލަނޑުން މޮޅުވެ، ބާސެލޯނާ ގަދަ 16 އަށް

17 ޑިސެމްބަރު 2025
ރާހުލް ގާންދީއާ ބައްދަލުކޮށް، މެސީ ހަދިޔާ ކުރީ އާޖެންޓީނާގެ 10 ނަންބަރު ޖާޒީއެއް

ރާހުލް ގާންދީއާ ބައްދަލުކޮށް، މެސީ ހަދިޔާ ކުރީ އާޖެންޓީނާގެ 10 ނަންބަރު ޖާޒީއެއް

15 ޑިސެމްބަރު 2025
އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި

އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި

14 ޑިސެމްބަރު 2025
މެސީގެ އިންޑިއާ ދަތުރު، ދަނޑުގައި ހިނގި ހަމަ ނުޖެހުން ތަކަށް ޗީފް މިނިސްޓަރު މަމަތާ ބެނާޖީ މައާފަށް އެދިވަޑައިގެންފި

މެސީގެ އިންޑިއާ ދަތުރު، ދަނޑުގައި ހިނގި ހަމަ ނުޖެހުން ތަކަށް ޗީފް މިނިސްޓަރު މަމަތާ ބެނާޖީ މައާފަށް އެދިވަޑައިގެންފި

14 ޑިސެމްބަރު 2025
މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް

މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް

13 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

4 ފެބުރުއަރީ
އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!
20251 އަހަރު ކުރިން
ރިޕޯޓު

އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ
20242 އަހަރު ކުރިން
ރާއްޖެ

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!
20233 އަހަރު ކުރިން
ރިޕޯޓު

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!
20197 އަހަރު ކުރިން
ރިޕޯޓު

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ
20188 އަހަރު ކުރިން
ރިޕޯޓު

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު