Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ދިވެހިރާއްޖޭގެ ޤައުމީ ދުވަސް

ފުރިހަމަ ކާމިޔާބީއަކަށްޓަކައި ޤުރުބާނީތަކެއް ވާންޖެހޭ، ބޮޑުތަކުރުފާނުގެ ޖިހާދުންވެސް ދައްކައިދެނީ މި ނަމޫނާ: ޢިމްރާން

ޤައުމެއް ޤައުމެއްގެ ގޮތުގައި ދެމި އޮންނަން ކާބަފައިންގެ ޤުރުބާނީތަކަށް ފަޚުރުވެރިވާ ބަޔަކު އުޅެންޖެހޭ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 7 އޮކްޓޯބަރު 2021 | ބުރާސްފަތި 18:17
ގައުމީ ދުވަހާ ގުޅިގެން އުތީމުގައި ބޭއްވި ޚާއްސަ ޖަލްސާގެ ތެރެއިން

ގައުމީ ދުވަހާ ގުޅިގެން އުތީމުގައި ބޭއްވި ޚާއްސަ ޖަލްސާގެ ތެރެއިން

ފުރިހަމަ ބޮޑު ކާމިޔާބީއެއް ގެނެވޭނީ އަމިއްލަ ނަފުސުން ޤުރުބާނީތަކެއް ވެގެން ކަމަށާއި, ބޮޑުތަކުރުފާނުގެ ޖިހާދުންވެސް ފެންނަން އޮތް ޙަޤީޤަތަކީ އެއީކަމަށް ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ޤައުމީ ދުވަހުގެ މުނާސަބަތުގައި, ބޮޑުތަކުރުފާނު ނިސްބަތްވެވަޑައިގަންނަވާ ހއ. އުތީމުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

Advertisement - newsAdvertisement

މިނިސްޓަރ ވިދާޅުވީ ފުރިހަމަ ބޮޑު ކާމިޔާބީއެއް ގެނެވޭނީ އަމިއްލަ ނަފުސުން ޤުރުބާނީތަކެއް ވެގެން ކަމީ ދުނިޔޭގެ ފެންވަރުގެ ކާމިޔާބީތައް ހޯދާފައިވާ މީހުންވެސް އެއްބަސްވެވަޑައިގަންނަވާ ހަގީގަތެއް ކަމަށެވެ. ބޮޑުތަކުރުފާނުގެ މުޅި ވާހަކައަށް ބަލާއިރުވެސް ފެންނަނީ ވެވަޑައިގެންނެވި ބޮޑު ޤުރުބާނީކަމަށް ވިދާޅުވިއެވެ. މާތްވެގެންވާ އިސްލާމް ދީނާއި, ދިވެހި ޤައުމަށްޓަކައި އެވަޑައިގެންނެވި މަތިވެރި ޤުރުބާނީ ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ, އިންސާނަކަށް ތައްޔާރުވެވަޑައިގެންނެވޭނީ އެހާވަރެއްގެ ޤުރުބާނީއަކަށް ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ޤައުމެއް ޤައުމެއްގެ ގޮތުގައި ދެމިއޮންނާނީ ޤައުމަށްޓައި ކާބަފައިން ވެވަޑައިގެންފައިވާ ބޮޑެތި ޤުރުބާނީތަކާއި ޒިކުރާ އާކޮށް, އެޤުރުބާނީ ތަކަށް ފަޚުރުވެރިވާ ބަޔަކު ޤައުމުގައި ދެމިތިބެގެންކަމަށެވެ. އަދި ކާބަފައިން ހިފަހައްޓާފައިވާ މަތިވެރި ހަމަތަކާއި, ސިފަތައް ބަލައިގަނެ ދަމަހައްޓައިގެންކަމަށެވެ. ކާބަފައިންގެ ފުށުން ވާރުތަކޮށްފައިވާ ހިތްވަރާއި ޢަޒުމާއި, ރިވެތި އަޚުލާޤީ ސިފަތަކުގެ މައްޗަށް ހެދިބޮޑުވާ ޖީލުތައް ބިނާކޮށް ތަރުބިއްޔަތުކޮށްގެންކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ ޤައުމަށްޓަކައި ޤުރުބާންވާން ތައްޔާރަށްތިބި އެތައް ދަރިންތަކެއް އެބަތިބިކަމަށާއި, އެކަމަކު އެދަރިން ދަރިންނަށް ހަދަންޖެހޭކަމަށެވެ. މިނިސްޓަރ މިސާލު ނެންގެވީ "މީހުން މީހުނަށް ވާނީ މީހުނަށް ހެދީމާ" ކަމަށް މުޙައްމަދު ތަކުރުފާނު ވިދާޅުވެ އަމަލުން ދެއްކެވި މިސާލުންނެވެ. މިނިސްޓަރ ޢިމްރާން ވިދާޅުވީ އަޅުގަނޑުމެންގެ މިއަދުގެ ހާލަތާމެދު ވިސްނާ ފިކުރުކޮށް, އަޅުގަނޑުމެންގެ ޤައުމައިގެން ކުރިއަށްދިއުމަށް މުހިންމު މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ. އަދި އަޅުގަނޑުމެންގެ ދަރިން އެގޮތުގައި ބިނާކޮށް ތަރުބިއްޔަތުކުރަން ޖެހޭކަމަށެވެ.

7 އޮކްޓޯބަރަކީ ދިވެހިރާއްޖޭގެ ތާރީޚުގެ ފަތްފުށްތަކަށް ރަނގަޅަށް ނަޒަރު ހިންގާލާއިރު އެތާރީޚުގެ ފަށްފުށްތަކުގެ ތެރޭގައި އެންމެ ވިދާ އެންމެ ބަބުޅާ އެންމެ އުޖާލާ އެއްދުވަސްކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި މިއީ 15 އަހަރާއި 6 މަސްދުވަހާއި 14 ދުވަހުގެ އަޅުވެތިކަމުގެ ވޭނާ ކެކުޅުމާއި, ވޭނާއި, ހިތާމަ އާހުގެ އަޑުތަކުން މިންޖުވެ މިނިވަން ދިވެހި އިސްލާމީ ޖައްވަކަށް އަލުން އާރޯކަމާއެކު ނޭވާލާން ފެށިތާ 462 ނުވަތަ 448 އަހަރު ފުރޭ ދުވަސްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. 1946 ވަނަ އަހަރުން ފެށިގެން މެދުކެނޑުމެއްނެތި ޤައުމީ ދުވަހުގެ ގޮތުގައި ރަބީޢަލްއައްވަލު މަހުގެ އެއްވަނަ ދުވަސް ފާހަގަކުރަނީ މާތްވެގެންވާ އިސްލާމް ދީނާއި, ދިވެހި ޤައުމުގެ މިނިވަންކަމާއި އިސްތިޤުލާލު ދެމެހެއްޓުމުގައި ދެގޮތެއްނުވެ ދިވެހިން ސާބިތުވެ ތިބޭނެކަމުގެ ރަމްޒެއްގެ ގޮތުގައިކަމަށްވެސް ވިދާޅުވިއެވެ.

ހޯމް މިނިސްޓަރު، އިމްރާން އަބްދުﷲްަގައުމީ ދުވަސް

ކޮމެންޓް

އިތުރަށް ކިޔާލަން

މުޅި އުންމަތް އެއްބައިވެ އެކަތިގަނޑަކަށްވާންވީ ވަގުތު މިއޮތީ ޖެހިފަ - އިމްރާން

މުޅި އުންމަތް އެއްބައިވެ އެކަތިގަނޑަކަށްވާންވީ ވަގުތު މިއޮތީ ޖެހިފަ - އިމްރާން

10 އޮކްޓޯބަރު 2023
އިމްރާން ތުރުކީއަށް ވަޑައިގަންނަވަނީ

އިމްރާން ތުރުކީއަށް ވަޑައިގަންނަވަނީ

06 އޮކްޓޯބަރު 2023
އިދިކޮޅު ފަރާތްތަކުން ވަނީ ވެރިކަން ލިބިއްޖެނަމަ ފުރަތަމަ މަސް ތެރޭގައި ވެސް ޖަލަށް ލާނެ މީހުންގެ ލިސްޓެއް ހަދާފައި - އިމްރާން

އިދިކޮޅު ފަރާތްތަކުން ވަނީ ވެރިކަން ލިބިއްޖެނަމަ ފުރަތަމަ މަސް ތެރޭގައި ވެސް ޖަލަށް ލާނެ މީހުންގެ ލިސްޓެއް ހަދާފައި - އިމްރާން

17 ސެޕްޓެމްބަރު 2023
"ނުހަނު ގަދަ ހިތްވަރާއި އަޒުމާއެކީ ޖެއްސެވި އުންޑައަކުން، ނުހަނު ބޮޑު ޕޯޗުގީޒުގެ ލަޝްކަރެއް ދިޔައީ ބުރައިގެންތާ"

"ނުހަނު ގަދަ ހިތްވަރާއި އަޒުމާއެކީ ޖެއްސެވި އުންޑައަކުން، ނުހަނު ބޮޑު ޕޯޗުގީޒުގެ ލަޝްކަރެއް ދިޔައީ ބުރައިގެންތާ"

16 ސެޕްޓެމްބަރު 2023
ސަރުކާރުގެ އެންމެ އިސް ވާޖިބަކީ، އުތީމު މަހާރަދުން ހޯއްދަވައިދެއްވި މިނިވަންކަން ދިފާޢުކޮށް ރައްކާތެރިކުރުން: ރައީސް

ސަރުކާރުގެ އެންމެ އިސް ވާޖިބަކީ، އުތީމު މަހާރަދުން ހޯއްދަވައިދެއްވި މިނިވަންކަން ދިފާޢުކޮށް ރައްކާތެރިކުރުން: ރައީސް

16 ސެޕްޓެމްބަރު 2023

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު