Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކިނޮޅަހުގެ ބަނދަރު

ކިނޮޅަހުގެ ބަނދަރަށް ދިމާވެފައިވާ މައްސަލަ ހައްލު ކުރުމަށް އެމްޓީސީސީއަށް

7 އޮކްޓޯބަރު 2021 | ބުރާސްފަތި 14:27

އަލުން ޑިޒައިން ބަދަލުކުރުމަށްފަހު ބީލަން ހުށަހެޅުނީ 13 ޖުލައި 2021ގައި

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 7 އޮކްޓޯބަރު 2021 | ބުރާސްފަތި 14:27
ކިނޮޅަހުގެ ބަނދަރަށް ވެލި އަރާފައި

ކިނޮޅަހުގެ ބަނދަރަށް ވެލި އަރާފައި

ރ. ކިނޮޅަހުގެ ބަނދަރަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީން މަސައްކަތް ފަށާފައިވާ ކަމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ބުނެފިއެވެ

މިނިސްޓްރީން ބުނީ، އެރަށުގެ ބަނދަރަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށް މަޝްރޫޢުގެ ޑިޒައިން މައްސަލަ މިހާރު ނިމިފައިވާކަމަށެވެ. އެ މަސައްކަތް ހަވާލުކުރާނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމަށް ފިނޭންސް މިނިސްޓްރީން 2 މާރޗު 2021ގައި ހުޅުވަލިއެވެ. އެހެންނަމަވެސް ކުރިން ކައުންސިލުން ފާސްކޮށްފައިވާ ޑިޒައިނަށް އިތުރު ބަދަލު ގެނައުމަށް ކައުންސިލުން އެދުމުން، ބީލަން މަރުހަލާ ލަސްވާނެކަން ފާހަގަކޮށް، އަލުން ޑިޒައިން ބަދަލުކުރުމަށްފަހު ބީލަން ހުށަހެޅުނީ 13 ޖުލައި 2021ގައި ކަމަށެވެ.

Advertisement - newsAdvertisement

ބީލަމަށް ހުޅުވާލުމުން، ބީލަން ހުށަހެޅި އެއްވެސް ފަރާތަކަށް ބީލަން ކާމިޔާބު ކުރެވިފައި ނުވާކަމަށް މިނިސްްޓްރީން މައުލޫމާތުދެއެވެ. ފިނޭންސުން އެކަން އަންގާފައިވަނީ 27 ސެޕްޓެމްބަރ 2021 ގައި ކަމަށްވެސް މިނިސްޓްރީން މައުލޫމާތުދެއެވެ. އޭގެފަހުން އެރަށުގެ ބަނދަރު ހެދުމުގެ މަސައްކަތް މިހާރު ސީދާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީއަށް ހަވާލުކުރުމުގެ މަސައްކަތް މިނިސްޓްރީން ކުރަމުން އަންނަ ކަމަށެވެ. އަދި މި ވަގުތު އެރަށުގެ ބަނދަރަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށް 10 އޮކްޓޯބަރ 2021ގައި އެމްޓީސީސީން އެ ރަށަށް ދިއުމަށް ހަމަޖެހިފައިވާ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

ކިނޮޅަހުގެ ބަނދަރަށް ވެލި އެޅުމުގެ މައްސަލަ ދިމާވަމުން އަންނަތާ އެތައް އަހަރެއް ވެފައިވާ ކަމަށް އެ ރަށު ކައުންސިލުން ވަނީ ބުނެފައެވެ. ކިނޮޅަހުގެ އުތުރު ފަރާތުގައި ބަނދަރު ހަދާފައި ވަނީ 2010 ވަނަ އަހަރުއެވެ. މި ބަނދަރު ހެދީ އެ ރަށުގެ އުތުރު ފަރާތުގައި އޮންނަ ބޮޑު ދޮންވެލިގަނޑުން ބައެއް ނެގުމަށް ފަހު، ބަނދަރާއި ދޮންވެލިގަނޑު ވަކިކުރުމަށްޓަކައި, އެ ދެމެދުގައި އިންފާރެއްގެ ގޮތުގައި ހިލަ ޖެހުމަށް ފަހުގައެވެ. އެކަމަކު އޭގެ އަހަރެއްހާ ދުވަސް ފަހުން އެ އިންފާރު ހަލާކުވެ، ފަޅަށް ވެލި ވަންނަން ފެށިކަމަށް ކައުންސިލުން ބުނެއެވެ. އަދި 2012 ވަނަ އަހަރު ފެށިގެން މި މައްސަލަ ހައްލުކޮށްދޭން އެ ރަށުގެ ކައުންސިލުން ސަރުކާރުގައި ގެންދަނީ އެދެމުންނެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ, ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

02 އޯގަސްޓު 2025

މި ސަރުކާރުގެ ވިސްނުން ހުރީ ރާއްޖޭގެ އެންމެ ނިކަމެތި މީހާ ފެލާލައިގެން އާމްދަނީ ހޯދުމުގެ ވިސްނުން: ސައިފް

02 އޯގަސްޓު 2025
މި ސަރުކާރުގެ ވިސްނުން ހުރީ ރާއްޖޭގެ އެންމެ ނިކަމެތި މީހާ ފެލާލައިގެން އާމްދަނީ ހޯދުމުގެ ވިސްނުން: ސައިފް
09 މެއި 2024

ވިލިމާލޭގައި 10 ބުރިއަށް އިމާރާތްކުރެވޭ ގޮތަށް މާލޭ ޕްލޭނިންގ ގަވާއިދަށް ބަދަލު ގެނެސްފި

09 މެއި 2024
ވިލިމާލޭގައި 10 ބުރިއަށް އިމާރާތްކުރެވޭ ގޮތަށް މާލޭ ޕްލޭނިންގ ގަވާއިދަށް ބަދަލު ގެނެސްފި
04 ފެބުރުއަރީ 2024

ގުޅިފަޅާއި ގިރާވަރުފަޅުން ގޯތި ލިބުނު ހުރިހާ މީހުންނަށްވެސް ގޯތި ލިބުނުކަމުގެ ލިޔުން ދޭނެ: ރައީސް

04 ފެބުރުއަރީ 2024
ގުޅިފަޅާއި ގިރާވަރުފަޅުން ގޯތި ލިބުނު ހުރިހާ މީހުންނަށްވެސް ގޯތި ލިބުނުކަމުގެ ލިޔުން ދޭނެ: ރައީސް
05 ނޮވެމްބަރު 2023

ފްލެޓާއި ގުޅޭ ޝަކުވާ ހުށަހެޅުމަށް ހުޅުވާލަނީ

05 ނޮވެމްބަރު 2023
ފްލެޓާއި ގުޅޭ ޝަކުވާ ހުށަހެޅުމަށް ހުޅުވާލަނީ
04 ނޮވެމްބަރު 2023

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ލިބުނު މީހުންގެ ދާއިމީ ލިސްޓު އިއުލާންކޮށްފި

04 ނޮވެމްބަރު 2023
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ލިބުނު މީހުންގެ ދާއިމީ ލިސްޓު އިއުލާންކޮށްފި
26 އޮކްޓޯބަރު 2023

އައްޑޫ ސިޓީގައި 200 ހައުސިންގ ޔުނިޓް ތަރައްގީކުރާ ބިން ހަވާލުކޮށްފި

26 އޮކްޓޯބަރު 2023
އައްޑޫ ސިޓީގައި 200 ހައުސިންގ ޔުނިޓް ތަރައްގީކުރާ ބިން ހަވާލުކޮށްފި
24 އޮކްޓޯބަރު 2023

ބަންޑާރަ ގޯއްޗަށާއި ފުލެޓަށް އެދި 40,594 ފޯމް ހުށަހަޅައިފި

24 އޮކްޓޯބަރު 2023
ބަންޑާރަ ގޯއްޗަށާއި ފުލެޓަށް އެދި 40,594 ފޯމް ހުށަހަޅައިފި
12 އޮކްޓޯބަރު 2023

ނޮވެމްބަރު 17ގެ ކުރިން ފްލެޓް ލިސްޓު އާއްމުކޮށް، އެއްބަސްވުން ގާއިމްކުރުމުގެ މަސައްކަތް ފަށާނެ - ހައުސިންގ މިނިސްޓްރީ

12 އޮކްޓޯބަރު 2023
ނޮވެމްބަރު 17ގެ ކުރިން ފްލެޓް ލިސްޓު އާއްމުކޮށް، އެއްބަސްވުން ގާއިމްކުރުމުގެ މަސައްކަތް ފަށާނެ - ހައުސިންގ މިނިސްޓްރީ
18 ސެޕްޓެމްބަރު 2023

ގއ. ހުރެންދޫ ކޮލަމާފުށި ކައުންސިލާ ހަވާލުކޮށްފި

18 ސެޕްޓެމްބަރު 2023
ގއ. ހުރެންދޫ ކޮލަމާފުށި ކައުންސިލާ ހަވާލުކޮށްފި
14 ސެޕްޓެމްބަރު 2023

ފްލެޓް ލިސްޓަށް ލިބުނު ޝަކުވާތަކަށްފަހު ސްޓޭޓަސްއަށް އައި ބަދަލު ޕޯޓަލް އިން ފެންނާނެ

14 ސެޕްޓެމްބަރު 2023
ފްލެޓް ލިސްޓަށް ލިބުނު ޝަކުވާތަކަށްފަހު ސްޓޭޓަސްއަށް އައި ބަދަލު ޕޯޓަލް އިން ފެންނާނެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް