Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޗެކް ރިޕަބްލިކްގެ ކޮންސިއުލޭޓެއް ރާއްޖޭގައި

ޗެކް ރިޕަބްލިކްގެ ކޮންސިއުލޭޓެއް ރާއްޖޭގައި ހުޅުވައިފި

މި އޮފީސް ހުޅުއްވައިދެއްވީ ޗެކް ރިޕަބްލިކުން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު މިލާން ހޮވޮރކާއި ރާއްޖޭގެ ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރު

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 7 އޮކްޓޯބަރު 2021 | ބުރާސްފަތި 11:45
ޗެކް ރިޕަބްލިކްގެ ކޮންސިއުލޭޓް އޮފީސް ހުޅުވަނީ

ޗެކް ރިޕަބްލިކްގެ ކޮންސިއުލޭޓް އޮފީސް ހުޅުވަނީ

ޗެކް ރިޕަބްލިކްގެ ކޮންސިއުލޭޓެއް ރާއްޖޭގައި ހުޅުވައިފިއެވެ.

ބުރާސްފަތި ދުވަހު ބޭއްވި ރަސްމިއްޔާތުގައި މި އޮފީސް ހުޅުއްވައިދެއްވީ، ޗެކް ރިޕަބްލިކްގެ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު މިލާން ހޮވޮރކް އާއި، ފޮރިން ސެކެޓްރީ އަބްދުލްޣަފޫރު މުހައްމަދެވެ.

Advertisement - newsAdvertisement

އޮފީސް ހުޅުއްވައިދެއްވަމުން ސަފީރު މިލާން ވިދާޅުވީ ރާއްޖޭގައި ހުޅުވުނު މި އޮފީހުގެ ސަބަބުން ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާވެ، ބަދަހިވެގެންދާނެ ކަމަށެވެ. އަދި އެކި ދާއިރާތަކުން ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށާއި ރާއްޖޭގައި ދިރިއުޅޭ ޗެކް ރިޕަބްލިކްގެ ރައްޔިތުންނަށް ވެސް ލުއިފަސޭހަތައް ވެގެންދާނެ ކަމަށެވެ. 

ފޮރިން ސެކެޓްރީ އަބްދުލްޣަފޫރު މުހައްމަދު ވިދާޅުވީ މި އޮފީސް މެދުވެރިކޮށް ޗެކް ރިޕަބްލިކަށް ދާން ބޭނުންވާ މީހުންނަށް އެއްވެސް ދަތި ކަމަކާއި ނުލާ ވިސާ ލިބޭނެ ކަމަށެވެ. އަދި ޗެކް ރިޕަބްލިކް އާއި ބެހޭގޮތުން ބޭނުންވާ މައުލޫމާތު ވަގުތުން ވަގުތަށް ލިބިގެން ދާނެ ކަމަށެވެ.

ފޮރިން ސެކެޓްރީ އިތުރަށް ވިދާޅުވީ ކުރިއަށް އޮތްތާގައި މި އޮފީހުގެ ސަބަބުން ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާވެ، ދެ ގައުމުގެ ރައްޔިތުންނަށް ވެސް އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ޚާރިޖީ ވުޒާރާ

އިތުރަށް ކިޔާލަން

29 ޖޫން 2025

ރައީސް، ގަތަރުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ އުފައްދަވައިފި

29 ޖޫން 2025
ރައީސް، ގަތަރުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ އުފައްދަވައިފި
29 ޖެނުއަރީ 2025

ޑިޕްލޮމެސީގެ ސިފައެއް ނެތް ރާއްޖޭގެ ޓޮޕް ޑިޕްލޮމެޓް

29 ޖެނުއަރީ 2025
ޑިޕްލޮމެސީގެ ސިފައެއް ނެތް ރާއްޖޭގެ ޓޮޕް ޑިޕްލޮމެޓް
03 ނޮވެމްބަރު 2024

ޕާކިސްތާނުގައި ހުންނަވާ ސަފީރު ތާލިބާނުގެ މަންދޫބަކާއި ބައްދަލުކުރުމުން އެޅި ފިޔަވަޅު ސާފެއް ނޫން

03 ނޮވެމްބަރު 2024
ޕާކިސްތާނުގައި ހުންނަވާ ސަފީރު ތާލިބާނުގެ މަންދޫބަކާއި ބައްދަލުކުރުމުން އެޅި ފިޔަވަޅު ސާފެއް ނޫން
03 އޮކްޓޯބަރު 2024

ބޭރަށް ކިޔަވަންދާ ދަރިވަރުން ކިޔަވަންދާ ގައުމެއްގައި ހުންނަ އެމްބަސީއެއްގައި ރަޖިސްޓްރީވުމަށް އިލްތިމާސްކޮށްފި

03 އޮކްޓޯބަރު 2024
ބޭރަށް ކިޔަވަންދާ ދަރިވަރުން ކިޔަވަންދާ ގައުމެއްގައި ހުންނަ އެމްބަސީއެއްގައި ރަޖިސްޓްރީވުމަށް އިލްތިމާސްކޮށްފި
20 ސެޕްޓެމްބަރު 2024

ޔޫކޭއަށް ދަތުރުކުރާ ދިވެހިން ހާއްސަ ހުއްދައެއް ނަގައި އީޓީއޭއަށް 10 ޕައުންޑް ދައްކަންޖެހޭ

20 ސެޕްޓެމްބަރު 2024
ޔޫކޭއަށް ދަތުރުކުރާ ދިވެހިން ހާއްސަ ހުއްދައެއް ނަގައި އީޓީއޭއަށް 10 ޕައުންޑް ދައްކަންޖެހޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު