Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޝާހިދު ރާއްޖެ ވަޑައިގަތުން

ރައީސް ސޯލިހު މިހުރިހާ ކަމެއް ބަލައިގެންނެވުމުން ވަރަށް އުފާވޭ: ޝާހިދު

7 އޮކްޓޯބަރު 2021 | ބުރާސްފަތި 08:38

ރާއްޖެ އދ. ގައި ބައިވެރިވިތާ 56 އަހަރު ވަނީ ފުރިފައި

އަމްނާ އިމާދު
އަމްނާ އިމާދު | 7 އޮކްޓޯބަރު 2021 | ބުރާސްފަތި 08:38
ޝާހިދަށް ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބު އަރުއްވި ރަސްމިއްޔާތުގެ ތެރެއިން،

ޝާހިދަށް ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބު އަރުއްވި ރަސްމިއްޔާތުގެ ތެރެއިން،

އދ.ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސްގެ ހައިސިއްޔަތުން ރާއްޖެ ވަޑައިގެންނެވުމާއެކު، ދައުލަތު އެންމެ މަތީވެރިޔާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެކަން ޝަރަފުވެރިކަމާއެކު ގަބޫލުފުޅު ކުރައްވައި ބަލައިގެންނެވުމުން އާދަޔާ ޚިލާފު އުފާވެރިކަމުގެ އިހުސާސެއް ކުރެވުނު ކަމަށް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެ ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ޝާހިދު ވިދާޅުވީ އދ.އަކީ ދުނިޔޭގެ 193 ގައުމު ބައިވެރިވާ ޖަމުޢިއްޔާއެއް ކަމަށެވެ. ރާއްޖެ އދ. ގައި ބައިވެރިވުމަށް ކުރި މަސައްކަތް ވަރަށް ގާތުން ފެނުނު ކަމަށާއި، އެ މަސައްކަތް ފެށި ހިސާބުން ބައެއް މީހުން ސުވާލު އުފެއްދި ކަމަށް ޝާހިދު ވިދާޅުވިއެވެ. ނަމަވެސް އެކަން ކާމިޔާބު ކުރެވި، އދ. ގައި ބައިވެރިވިތާ 56 އަހަރުވެފައިވާކަން ޝާހިދު ފާހަގަކުރެއްވިއެވެ.

Advertisement - newsAdvertisement

ޝާހިދު ވިދާޅުވީ އދ.ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސްގެ ހައިސިއްޔަތުން ރާއްޖެ ވަޑައިގެންނެވުމާއެކު، ދައުލަތުގެ އެންމެ މަތީވެރިޔާ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެކަން ބަލައިގެންނެވުމުން އާދަޔާ ޚިލާފު އެހެން ކަހަލަ އިހުސާސަތަކެއް ކުރި ކަމަށެވެ.

ރައީސް ސޯލިހުގެ ދައުވަތަކަށް ޝާހިދު ރާއްޖެ ވަޑައިގެންނެވީ މި މަހުގެ 6 ވީ ބުދަ ދުވަހުގެ ވަގުތެއްގައެވެ. މި ދަތުރުފުޅުގައި ރައީސް ސޯލިހުއާ ބައްދަލުކުރައްވާފައިވެއެވެ.

އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޝާހިދު ރާއްޖެވަޑައިގަތުމަށް ދައުވަތު ދެއްވީ އދ.ގެ އާންމު މަޖިލީހުގައި ތަގުރީރު ކުރެއްވުމަށް އެމެރިކާއަށް ރައީސް ސޯލިހު މި ދިޔަ މަހު ކުރެއްވި ދަތުރުފުޅުގައި ޝާހިދާއެކު ބޭއްވި ބައްދަލުކުރެއްވުމުގައެވެ. އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސްގެ މަގާމަށް ޝާހިދު ހޮވިވަޑައިގަތީ މި އަހަރުގެ ޖޫން މަހުގައެވެ.

އާއްމު މަޖިލީހުގެ ރިޔާސަތާ އެމަނިކުފާނު ހަވާލުވެވަޑައިގެންނެވީ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހުއެވެ.

އދ. ގެ އާންމު މަޖިލީހުގެ ރައީސް ކަމުގެ އިންތިޚާބު, މިނިސްޓަރ ޝާހިދު ކާމިޔާބު ކުރައްވާފައިވަނީ 143 ވޯޓުންނެވެ. މެންބަރު 193 ގައުމުން ބައިވެރިވި މި ވޯޓުގައި ރައީސަކު ހޮވާފައި މިވަނީ ސިއްރު ވޯޓަކުންނެވެ.

ޢަބްދުﷲ ޝާހިދުރައީސް ސޯލިހު

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

އިތުރަށް ކިޔާލަން

10 ނޮވެމްބަރު 2025

ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު ހުޅުވުމުން ރައީސް ޞާލިހު އާއި ޝާހިދުގެ ޝުކުރު އިންޑިއާ އަށް

10 ނޮވެމްބަރު 2025
ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު ހުޅުވުމުން ރައީސް ޞާލިހު އާއި ޝާހިދުގެ ޝުކުރު އިންޑިއާ އަށް
04 އޮކްޓޯބަރު 2025

ސައްދާމް ހުސައިން އިރާގުގެ ރައްޔިތުންނާއި ދެކޮޅަށް ކެމިކަލް ވެޕަން ބޭނުންކުރި ފަދައިން މުޢިއްޒު އެވަނީ ދިވެހި ރައްޔިތުންނާއި ދެކޮޅަށް އެފަދަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްފައި: އަބްދުﷲ ޝާހިދު

03 އޮކްޓޯބަރު 2025

ޕްރައިވެޓް ސެކްޓަރ އަކީ މިސަރުކާރުން ގަބޫލުކުރާ ސެކްޓަރ އެއް ނޫން: އަބްދުﷲ ޝާހިދު

03 އޮކްޓޯބަރު 2025
ޕްރައިވެޓް ސެކްޓަރ އަކީ މިސަރުކާރުން ގަބޫލުކުރާ ސެކްޓަރ އެއް ނޫން: އަބްދުﷲ ޝާހިދު
03 އޮކްޓޯބަރު 2025

މިއީ އޮޅުވާލުމާ، ފޮރުވުމާ ލޫޓުވުމުގެ ސަރުކާރެއް: އަބްދުﷲ ޝާހިދު

03 އޮކްޓޯބަރު 2025
މިއީ އޮޅުވާލުމާ، ފޮރުވުމާ ލޫޓުވުމުގެ ސަރުކާރެއް: އަބްދުﷲ ޝާހިދު
11 ސެޕްޓެމްބަރު 2025

"ފީއަލީގައި ތަރައްގީކުރި އައުޓްޑޯ ވޮލީ ކޯޓު ހުޅުވުމަށް އެމްޑީޕީގެ ރައީސް ޝާހިދު އަދި ކުރީގެ ނައިބް ރައީސް ވަޑައިގަންނަވާތީ ރަސްމިއްޔާތު ކެންސަލްކުރަން ސަރުކާރުން އެންގި"

11 ސެޕްޓެމްބަރު 2025
"ފީއަލީގައި ތަރައްގީކުރި އައުޓްޑޯ ވޮލީ ކޯޓު ހުޅުވުމަށް އެމްޑީޕީގެ ރައީސް ޝާހިދު އަދި ކުރީގެ ނައިބް ރައީސް ވަޑައިގަންނަވާތީ ރަސްމިއްޔާތު ކެންސަލްކުރަން ސަރުކާރުން އެންގި"
18 ޖުލައި 2025

ޑޮލަރުގެ އަގުބޮޑުވެ އިގްތިސާދީ އަނދަވަޅަކަށް ވެއްޓެމުންދާއިރު ގަވަރުނަރު ޒިންމާ އަދާކުރުމަށް ޝާހިދު ގޮވާލައްވައިފި

18 ޖުލައި 2025
ޑޮލަރުގެ އަގުބޮޑުވެ އިގްތިސާދީ އަނދަވަޅަކަށް ވެއްޓެމުންދާއިރު ގަވަރުނަރު ޒިންމާ އަދާކުރުމަށް ޝާހިދު ގޮވާލައްވައިފި
01 މެއި 2025

ޒުވާނުން ކުރަމުންދިޔަ އިހުތިޖާޖަށް ފުލުހުން ވަދެ ބާރުގެ ބޭނުންކޮށް އަނިޔާކުރުން ޝާހިދު އާއި ފައްޔާޒު ކުށްވެރި ކުަރައްވައިފި

01 މެއި 2025
ޒުވާނުން ކުރަމުންދިޔަ އިހުތިޖާޖަށް ފުލުހުން ވަދެ ބާރުގެ ބޭނުންކޮށް އަނިޔާކުރުން ޝާހިދު އާއި ފައްޔާޒު ކުށްވެރި ކުަރައްވައިފި
31 ޖެނުއަރީ 2025

"ރައީސުލްޖުމްހޫރިއްޔާ ކުރައްވަންވީ ކަމަކީ ޚާރިޖީ ދާއިރާގައި ތިބި ސިޔާސީ މީހުން ވަކިކޮށްފަ ގެއަށް ފޮނުވާލެއްވުން"

31 ޖެނުއަރީ 2025
"ރައީސުލްޖުމްހޫރިއްޔާ ކުރައްވަންވީ ކަމަކީ ޚާރިޖީ ދާއިރާގައި ތިބި ސިޔާސީ މީހުން ވަކިކޮށްފަ ގެއަށް ފޮނުވާލެއްވުން"
25 ނޮވެމްބަރު 2024

2028ގެ ޕްރައިމަރީ ވާހަކަ ދައްކަން އަވަސް، މުޅި ފޯކަސްއަކީ މިސަރުކާރު ޖަވާބުދާރީކުރުވުން: ޝާހިދު

25 ނޮވެމްބަރު 2024
2028ގެ ޕްރައިމަރީ ވާހަކަ ދައްކަން އަވަސް، މުޅި ފޯކަސްއަކީ މިސަރުކާރު ޖަވާބުދާރީކުރުވުން: ޝާހިދު
21 ނޮވެމްބަރު 2024

ރާއްޖޭގެ ޑިމޮކްރަސީގެ އިރު އޮއްސިފައިވާ ކަމަށާއި، މިފެންނަނީ މި ސަރުކާރު ބަލިވަމުންދާ މަންޒަރު: ޝާހިދު

21 ނޮވެމްބަރު 2024
ރާއްޖޭގެ ޑިމޮކްރަސީގެ އިރު އޮއްސިފައިވާ ކަމަށާއި، މިފެންނަނީ މި ސަރުކާރު ބަލިވަމުންދާ މަންޒަރު: ޝާހިދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް