Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގައުމީ ދުވަހު ޝާހިދު ދެއްކެވި ވާހަކަފުޅު

ދުނިޔެއާ ވަކިވެގެން އުޅެންޖެހޭ ކަމަށް ވަކާލާތުކުރާ މީހުން ވަކާލާތު އެކުރަނީ ބޮޑުތަކުރުފާނު އުފެއްދެވި ގައުމިއްޔަތާއި ދެކޮޅަށް: އަބްދުﷲ ޝާހިދު

ޕޯޗުގީޒުންގެ އަތުން ރާއްޖެ މިނިވަންކުރެއްވުމުގައި ބޮޑުތަކުރުފާނު ރާއްޖެއިން ބޭރުގެ ފަރާތްތަކުގެ ޚިޔާލާއި އެހީތެރިކަން ހޯއްދެވި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 6 އޮކްޓޯބަރު 2021 | ބުދަ 21:36
އދ.ގެ 76ވަނަ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު

އދ.ގެ 76ވަނަ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު

ރާއްޖެއަކީ ދުނިޔެއާ ވަކިވެގެން އުޅެންޖެހޭނެ ބައެއް ކަަމަށް ވަކާލާތު ކުރާ މީހުން އެވަކާލާތު ކުރަނީ ބޮޑުތަކުރުފާނު ރާއްޖޭގައި އުފެއްދެވި ގައުމިއްޔަތާއި ދިމާ އިދިކޮޅަށް ރާއްޖެ ބަލިކަށިކޮށްލުމަށް ކަމަށް އދގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ގައުމީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝާހިދު ވިދާޅުވީ އެފަދަ ވާހަކަތަކަކީ ގަބޫލުކުރަންޖެހޭ ވާހަކަތަކެއް ނޫންކަމަށެވެ. ގައުމީ ދުވަސް އެބޭފުޅަކަށް ނިސްބަތްވާ ބޮޑުތަކުރުފާނުގެ އަމަލުފުޅުތަކުން މިސާލު ނަންގަވަމުން ޝާހިދު ވިދާޅުވީ ޕޯޗުގީޒުންގެ އަތުން ރާއްޖެ މިނިވަންކުރުމުގައި ބޮޑުތަކުރުފާނު ރާއްޖެއިން ބޭރުގެ ފަރާތްތަކުގެ ޚިޔާލާއި އެހީތެރިކަން ހޯއްދެވި ކަމަށެވެ. އެމަހާރަދުން ގައުމިއްޔަތު ބިނާކުރައްވާފައިވަނީ މުހިންމު ގައުމީ އަސާސްތަކުގެ މަތީގައި ކަމަށް ޝާހިދު ވިދާޅުވިއެވެ.

Advertisement - newsAdvertisement

އުތީމު މަހާރަދުން ގައުމިއްޔަތު ބިނާކޮށްދެއްވާފައި އޮތީ ބޭރުގެ ފަރާތްތަކާއި އެކުވެރިވެ އެކަތިގަނޑަކަށްވެ ގުޅުން ބާއްވައިގެން ކަމަށް ޝާހިދު ވިދާޅުވިއެވެ. މިއަދު ވަކިވެގަތުމަށް ރާއްޖެ ވަށާ ފަންފުޅަފި ޖަހައިގެން ތިބެން ބޭނުންވާ ބަޔަކު ވާހަކަދެއްކިޔަސް ދިވެހިރާއްޖޭގެ ހަގީގީ ގައުމިއްޔަތުގެ ބާނީގެ ޒިކުރާ އާކުރާއިރު ފެނިގެންދަނީ އެމަހާރަދުން އުޅުއްވި އަވައްޓެރި ގައުމުތަކާއެކު އެކުވެރިކަމާއެކު މަސައްކަތް ކުރެއްވުން ކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ރައީސް ސާލިހުގެ ޚާރިޖީ ސިޔާސަތަކީ ބޮޑުތަކުރުފާނުގެ އަސާސްތަކުގެ މަތީގައި ބިނާކުރައްވާފައިވާ ސިޔާސަތެއް ކަމަށެވެ. އދގެ އާންމު މަޖިލީހުގެ ރިޔާސަތާއި ހަމައަށް ރާއްޖެއަށް ދެވިފައިވަނީ 56 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ރައްޔިތުން ކުރި ބުރަ މަސައްކަތުގެ ސަބަބުން ކަމަށް ޝާހިދު ވިދާޅުވިއެވެ. އެކާމިޔާބީގެ ފަހަތުގައިވަނީ ރާއްޖޭގެ އެކިއެކި ސަރުކާރުތަކުން ކުރައްވާފައިވާ ބޮޑެތި މަސައްކަތްތައް ކަމަށް ޝާހިދު ވިދާޅުވިއެވެ. ރައީސް ސާލިހުގެ ޒައާމަތުގައި ކުރައްވަމުން ގެންދަވަނީ ދުނިޔެއާ ގުޅި ލާމެހުމުގެ މަސައްކަތް ކަމަށާއި އެކަމުގެ ނަތީޖާ ފެންނަމުންދާ ކަމަށް ޝާހިދު ވިދާޅުވިއެވެ.

ރައީސް ސާލިހު ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރު ރާއްޖެއަކީ ބިކަވެ ބާކީވެ އެކަހެރިވެފައިވާ ގައުމެއްކަމަށް ޝާހިދުވިއެވެ.

ްަގައުމީ ދުވަސްޢަބްދުﷲ ޝާހިދު

އިތުރަށް ކިޔާލަން

10 ނޮވެމްބަރު 2025

ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު ހުޅުވުމުން ރައީސް ޞާލިހު އާއި ޝާހިދުގެ ޝުކުރު އިންޑިއާ އަށް

10 ނޮވެމްބަރު 2025
ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު ހުޅުވުމުން ރައީސް ޞާލިހު އާއި ޝާހިދުގެ ޝުކުރު އިންޑިއާ އަށް
04 އޮކްޓޯބަރު 2025

ސައްދާމް ހުސައިން އިރާގުގެ ރައްޔިތުންނާއި ދެކޮޅަށް ކެމިކަލް ވެޕަން ބޭނުންކުރި ފަދައިން މުޢިއްޒު އެވަނީ ދިވެހި ރައްޔިތުންނާއި ދެކޮޅަށް އެފަދަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްފައި: އަބްދުﷲ ޝާހިދު

04 އޮކްޓޯބަރު 2025
ސައްދާމް ހުސައިން އިރާގުގެ ރައްޔިތުންނާއި ދެކޮޅަށް ކެމިކަލް ވެޕަން ބޭނުންކުރި ފަދައިން މުޢިއްޒު އެވަނީ ދިވެހި ރައްޔިތުންނާއި ދެކޮޅަށް އެފަދަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްފައި: އަބްދުﷲ ޝާހިދު
03 އޮކްޓޯބަރު 2025

ޕްރައިވެޓް ސެކްޓަރ އަކީ މިސަރުކާރުން ގަބޫލުކުރާ ސެކްޓަރ އެއް ނޫން: އަބްދުﷲ ޝާހިދު

03 އޮކްޓޯބަރު 2025
ޕްރައިވެޓް ސެކްޓަރ އަކީ މިސަރުކާރުން ގަބޫލުކުރާ ސެކްޓަރ އެއް ނޫން: އަބްދުﷲ ޝާހިދު
03 އޮކްޓޯބަރު 2025

މިއީ އޮޅުވާލުމާ، ފޮރުވުމާ ލޫޓުވުމުގެ ސަރުކާރެއް: އަބްދުﷲ ޝާހިދު

03 އޮކްޓޯބަރު 2025
މިއީ އޮޅުވާލުމާ، ފޮރުވުމާ ލޫޓުވުމުގެ ސަރުކާރެއް: އަބްދުﷲ ޝާހިދު
11 ސެޕްޓެމްބަރު 2025

"ފީއަލީގައި ތަރައްގީކުރި އައުޓްޑޯ ވޮލީ ކޯޓު ހުޅުވުމަށް އެމްޑީޕީގެ ރައީސް ޝާހިދު އަދި ކުރީގެ ނައިބް ރައީސް ވަޑައިގަންނަވާތީ ރަސްމިއްޔާތު ކެންސަލްކުރަން ސަރުކާރުން އެންގި"

11 ސެޕްޓެމްބަރު 2025
"ފީއަލީގައި ތަރައްގީކުރި އައުޓްޑޯ ވޮލީ ކޯޓު ހުޅުވުމަށް އެމްޑީޕީގެ ރައީސް ޝާހިދު އަދި ކުރީގެ ނައިބް ރައީސް ވަޑައިގަންނަވާތީ ރަސްމިއްޔާތު ކެންސަލްކުރަން ސަރުކާރުން އެންގި"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު