Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއދ.ގެ އާއްމު މަޖިލީހުގެ ރައީސް ރާއްޖޭގައި

ރައީސް އުންމީދު ކުރައްވާ ވަރުގެ ރިޔާސަތަކަށް ހެއްދެވުމަށް މަސައްކަތް ކުރާނަން - ޝާހިދު

ޒުވާނުންގެ ދައުރު އިތުރުކުރުމަށް ރައީސް ކުރައްވާ މަސައްކަތްޕުޅުގައި އުންމީދު ކުރައްވާވަރުގެ ނަތީޖާއެއް ނެރެދެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 6 އޮކްޓޯބަރު 2021 | ބުދަ 07:21
އދގެ އާއްމު މަޖިލީހުގެ 76ވަނަ ސެޝަންގެ ރައީސް އަބްދުﷲ ޝާހިދު ރާއްޖެ ވަޑައިގަތުން

އދގެ އާއްމު މަޖިލީހުގެ 76ވަނަ ސެޝަންގެ ރައީސް އަބްދުﷲ ޝާހިދު ރާއްޖެ ވަޑައިގަތުން

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް އުންމީދު ކުރައްވާ ވަރުގެ ރިޔާސަތަކަށް ހެއްދެވުމަށް މަސައްކަތްކުރައްވާނެ ކަމަށް އދ.ގެ އާއްމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ރިޔާސަތާ ހަވާލުވެވަޑައިގަތުމަށްފަހު ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅުގައި ބުދަ ދުވަހު ރާއްޖެ ވަޑައިގެން ރައީސާއެކު ބޭއްވެވި މަޝްވަރާ ބައްދަލުވުމަށްފަހު ދެއްވި ގުޅިފައިވާ ބަޔާނުގައި ޝާހިދު ވިދާޅުވީ، މިއަދު ރާއްޖޭގައި މި ފާހަގަކުރަނީ ޚާރިޖީ ސިޔާސަތުގައި ކާމިޔާބީއެއް ކަމަށެވެ. އެ މަނިކުފާނުގެ އުންމީދުގެ ރިޔާސަތުގައި ހިމެނޭ 5 ދޯދި ފެށެނީ ރާއްޖެއިން ކަމަށާއި، ދިވެހިންގެ ނަމާއި ފަޚުރު ދެމެހެއްޓުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

ދިވެއްސަކަށް މިފަދަ ފުރުސަތު ލިބިގެން މި ދިޔައީ ރައީސްގެ ޚާރިޖީ ސިޔާސަތުގެ ހަރުދަނާ ކަމުން ކަމަށް ޝާހިދު ވިދާޅުވިއެވެ. ރައީސްގެ ދުރު ވިސްނުންފުޅާއެކު ދުނިޔޭގެ ގައުމުތަކާ ގުޅުން ބަދަހި ކުރެއްވުމާއި، ޑިމޮކްރެސީ ވަރުގަދަ ކުރެއްވުމަށް ކުރެއްވި މަސައްކަތްޕުޅުތަކުގެ ސަބަބުން ކަމުގައި ޝާހިދު ވިދާޅުވިއެވެ. ރާއްޖެ ކުޑަ ނަމަވެސް ފަޚުރުވެރިކަމާއެކު ބައިނަލްއަގުއާމީ މުޖުތަމަޢުގައި ބަސްބުނަން ކެރޭ ގައުމަކަށް ރާއްޖެ ހެއްދެވުމަށް ރައީސް ކުރެއްވި މަސައްކަތްޕުޅުތަކުގެ ނަތީޖާ ކަމުގައި ވިދާޅުވިއެވެ.

މިންތީގެ ހަމަހަމަކަން ގާއިމުކުރުމާއި، ޒުވާނުންގެ ދައުރު އިތުރުކުރުމަށް ރައީސް ކުރައްވާ މަސައްކަތްޕުޅުގައި އުންމީދު ކުރައްވާވަރުގެ ނަތީޖާއެއް ނެރެދެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.

އެމަނިކުފާނު އދ.ގެ ރިޔާސަތާ ހަވާލުވެވަޑައިގެންނެވީ، ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހުއެވެ. ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި ޑިފެންސް މިނިސްޓަރާއި، މަޖިލީހުގެ ނައިބް ރައީސާއި، އުއްތަމަ ފަނޑިޔާރާ ވެސް ބައްދަލުކުރެއްވުމަށްވަނީ ހަމަޖެހިފައެވެ. އަދި ޒުވާނުންގެ އުންމީދުތަކާއި، ކަންބޮޑުވުންތަކާ ގުޅޭ ގޮތުން ޒުވާނުންނާއެކު ވެސް މަޝްވަރާ ކުރައްވާނެއެވެ.

ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދް / ޓްވިޓާރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުޔޫއެންޖީއޭ 76

އިތުރަށް ކިޔާލަން

20 ސެޕްޓެމްބަރު 2025

ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ

20 ސެޕްޓެމްބަރު 2025
ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ
31 އޮކްޓޯބަރު 2023

މާލޭ ހުކުރު މިސްކިތް ވަށައިގެން ކަލްޗަރަލް ޒޯނެއް ކަނޑައެޅުއްވުމަށް ރައީސް ސާލިހް ނިންމަވައިފި

31 އޮކްޓޯބަރު 2023
މާލޭ ހުކުރު މިސްކިތް ވަށައިގެން ކަލްޗަރަލް ޒޯނެއް ކަނޑައެޅުއްވުމަށް ރައީސް ސާލިހް ނިންމަވައިފި
31 އޮކްޓޯބަރު 2023

ރައީސް ޞާލިހު އިރުޝާދު ދެއްވީ ހުވާކުރާ ޖަލްސާ އަށް ހުރަސް އެޅޭ ކަމެއް ނުކުރަން - އަސްލަމް

31 އޮކްޓޯބަރު 2023
ރައީސް ޞާލިހު އިރުޝާދު ދެއްވީ ހުވާކުރާ ޖަލްސާ އަށް ހުރަސް އެޅޭ ކަމެއް ނުކުރަން - އަސްލަމް
13 އޯގަސްޓު 2023

ރައީސް ޞާލިހުގެ "އާ ޒުވާނުންގެ ޖީލު" ސިޔާސަތު ތައާރަފްކޮށްފި

13 އޯގަސްޓު 2023
ރައީސް ޞާލިހުގެ "އާ ޒުވާނުންގެ ޖީލު" ސިޔާސަތު ތައާރަފްކޮށްފި
13 އޯގަސްޓު 2023

ދެން އަންނަ ދައުރެއްގައި އިންވެސްޓަރުންނަށް ފަސޭހައިން ލޯނު ލިބޭނެ ގޮތް ހަމަޖައްސައިދޭނަން - ރައީސް

13 އޯގަސްޓު 2023
ދެން އަންނަ ދައުރެއްގައި އިންވެސްޓަރުންނަށް ފަސޭހައިން ލޯނު ލިބޭނެ ގޮތް ހަމަޖައްސައިދޭނަން - ރައީސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު