Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޒިކުރާ މިސްކިތުގެ މައްސަލަ

ޑރ ޒިޔާދު ބާޤިރުގެ ޝަރީއަތް: ރައީސް އަންގަވާ ހުރިހާ ކަމެއް ވަޒީރު ކުރަންޖެހޭތޯ ދައުލަތުން ސުވާލުކޮށްފި

އަޑުއެހުން ކުރިއަށްދަނީ އިބްރާހީމް ޢަބްދުﷲ ސަޢީދުގެ މައްސަލައާ ވެސް އެކު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 5 އޮކްޓޯބަރު 2021 | އަންގާރަ 10:25
ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި އިސްލާމިކް މިނިސްޓަރުކަން ކުރެއްވި، ޑރ. އަޙުމަދު ޒިޔާދު ބާޤިރު

ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި އިސްލާމިކް މިނިސްޓަރުކަން ކުރެއްވި، ޑރ. އަޙުމަދު ޒިޔާދު ބާޤިރު

ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި އިސްލާމިކް މިނިސްޓަރުކަން ކުރެއްވި، ޑރ. އަޙުމަދު ޒިޔާދު ބާޤިރުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ކޮރަޕްޝަނުގެ މައްސަލައިގެ އަޑުއެހުމެއް އަންގާރަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި މައްސަލައަކީ، އިސްލާމިކް މިނިސްޓްރީން ޒިކުރާ މިސްކިތް އިމާރާތްކުރުމަށް އެސްޖޭ ކޮންސްޓްރަކްޝަނާއެކު ވެފައިވާ އެއްބަސްވުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް އެކުލެވޭތީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން އެ މައްސަލަ ތަހުގީގުކޮށް ނިންމައި، މި މައްސަލާގައި ތުހުމަތު ކުރެވޭ މީހުންގެ މައްޗަށް ދައުވާ ކޮށްދިނުމަށް މިދިޔަ ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހު އޭސީސީން ޕްރޮސެކިއުޓަރ (ޕީޖީ)ގެ އޮފީހަށް ފޮނުވި މައްސަލައެކެވެ.

Advertisement - newsAdvertisement

ޑރ. ޒިޔާދުގެ މައްޗަށް އުފުލާފައިވާ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ކުށުގެ ދައުވާގެ އަޑުއެހުން ކުރިއަށް ގެންގޮސްފައިވަނީ, މި މައްސަލައިގައި އޭނާއާއެކު ދައުވާ އުފުލާފައިވާ މ. މުހައްމަދީއާބާދު އިބްރާހީމް ޢަބްދުﷲ ސަޢީދުގެ މައްސަލައާ ވެސް އެކުގައެވެ.

މި މައްސަލައިގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ވަނީ ހެއްކާ ގުޅޭގޮތުން ވާހަކަ ދައްކާފައެވެ. އަންގާރަ ދުވަހުގެ އަޑުއެހުމުގައި ޚުލާސާ ބަޔާން އިއްވުން ކުރިއަށް ގެންގޮސްފައިވާއިރު، ދައުލަތުގެ ވަކީލާ ވިދާޅުވީ، ވަޒީރެއްގެ ޙައިސިއްޔަތުން އެއްބަސްވުމުގެ ޒިންމާ ޑރ. ޒިޔާދު ބާޤިރު ނަންގަވަން ޖެހޭނެ ކަމަށެވެ. އެގޮތުން އެއްބަސްވުމުގައި ސޮއިކުރެއްވުމުގެ ކުރިން ބަންޑާރަނައިބުގެ އޮފީހުން ނުވަތަ މިނިސްޓްރީގެ ޤާނޫނީ ސެކްޝަނުން ނަމަވެސް، ޤާނޫނީ ލަފައެއް ހޯއްދަވާފައި ނުވާކަން ވަކީލާ ފާހަގަ ކުރެއްވިއެވެ.

އޭގެ އިތުރުން، މިއީ ރައީސް އޮފީހުން އަންގައިގެން ކުރި ކަމެއްކަން ދިފާއުން ފާހަގަކޮށްފައި ވީނަމަވެސް، ރައީސްގެ އެންގެވުމަށް ވަޒީރަކަށް ކޮންމެ ކަހަލަ ކަމެއްވެސް ކުރެވިދާނެތޯ ދައުލަތުން ސުވާލު އުފެއްދިއެވެ. އެގޮތުން މި މަޝްރޫއު އާންމުކޮށް ބީލަމަށް ހުޅުވާނުލައި ކުރިއަށް ގެންގޮސް، ޕްރޮޕޯސަލްގައިވާ އަދަދަށްވުރެ އިތުރަށް ފަންގިފިލާ ހިމަނައިގެން އެއްބަސްވުން ޙަވާލުކޮށްފައިވާއިރު، މިއީ ރަސްމީ ޙައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރެއްވުންކަން ދައުލަތުގެ ވަކީލާ ފާހަގަ ކުރެއްވިއެވެ. ޚުލާސާ ބަޔާން އިއްވަވަމުން ދައުލަތުން ވަނީ މި މައްސަލަ ސާބިތުވާކަމަށް ކަނޑައަޅުއްވައި ދެއްވުމަށް އެދިވަޑައިގަންނަވާފައެވެ.

ދިފާއުން ވެސް މި މައްސަލައިގެ ޚުލާސާ ބަޔާން އިއްވާފައިވާއިރު، ދެން އޮންނާނީ މި މައްސަލައިގެ ޙުކުމް ކުރުމެވެ. އެގޮތުން 30 ދުވަސް ތެރޭގައި މި މައްސަލައިގެ ޙުކުމް ކުރެއްވުމަށް އަޑުއެހުމެއް ބާއްވަވާނެކަމަށް މައްސަލަ ބައްލަވާ ފަނޑިޔާރު ވިދާޅުވިއެވެ.

ޒިކުރާ މިސްކިތު ކޮރަޕްޝަންޑރ ޒިޔާދު ބާގިރުކްރިމިނަލް ކޯޓް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

22 ފެބުރުއަރީ
ޒަކިއްޔާގެ މަރުގެ މައްސަލަ - ތުހުމަތު ކުރެވޭ މީހާ އަށް މިސްކިތުގެ ކާޕެޓް އެޅުމުގެ ފުރުސަތު ނުދޭން ނިންމައިފި
20251 އަހަރު ކުރިން
ރާއްޖެ

ޒަކިއްޔާގެ މަރުގެ މައްސަލަ - ތުހުމަތު ކުރެވޭ މީހާ އަށް މިސްކިތުގެ ކާޕެޓް އެޅުމުގެ ފުރުސަތު ނުދޭން ނިންމައިފި

ނަވަލްނީގެ މަރުގެ މައްސަލައިގައި ބޮޑެތި ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު ބައިޑަން ޕުޓިންއަށް ދެއްވައިފި
20242 އަހަރު ކުރިން
ދުނިޔެ

ނަވަލްނީގެ މަރުގެ މައްސަލައިގައި ބޮޑެތި ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު ބައިޑަން ޕުޓިންއަށް ދެއްވައިފި

ނިރުފެހި ގެއިން ފެނުނީ މަރުވި ބިދޭސީ މީހާގެ ފައި - ޕޮލިސް
20233 އަހަރު ކުރިން
ރާއްޖެ

ނިރުފެހި ގެއިން ފެނުނީ މަރުވި ބިދޭސީ މީހާގެ ފައި - ޕޮލިސް

އިންޑިއާ ސިފައިންގެ ބައެއްގެ ފޮށިތަކެއް އެމްއެންޑީއެފްގެ އުޅަނދަކަށް އަރުވާ މަންޒަރު ފެންނަ ފޮޓޯގެ ހަގީގަތް ހާމަކޮށްދީފި
20224 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ސިފައިންގެ ބައެއްގެ ފޮށިތަކެއް އެމްއެންޑީއެފްގެ އުޅަނދަކަށް އަރުވާ މަންޒަރު ފެންނަ ފޮޓޯގެ ހަގީގަތް ހާމަކޮށްދީފި

ޖަލު ޙުކުމުގެ އިސްތިއުނާފް އަޑުއެހުންތަކަށް ޔާމީންގެ ފަރާތްޕުޅުން ވަކާލާތު ކުރުމަށް ބޭރުގެ ވަކީލެއް ގެންނަނީ
20215 އަހަރު ކުރިން
ރާއްޖެ

ޖަލު ޙުކުމުގެ އިސްތިއުނާފް އަޑުއެހުންތަކަށް ޔާމީންގެ ފަރާތްޕުޅުން ވަކާލާތު ކުރުމަށް ބޭރުގެ ވަކީލެއް ގެންނަނީ

ވަގު ހިފަން ދަންތުރަޖެހުން: ބޮޑު ކުށެއް!
20197 އަހަރު ކުރިން
ރިޕޯޓު

ވަގު ހިފަން ދަންތުރަޖެހުން: ބޮޑު ކުށެއް!

ޕެޕަރސްޕްރޭ ޖެހުމުން ފިޓުޖެހި ހޭނެތުނު މީހާ މިހާރު އޮތީ ކޯމާއެއްގައި: އާއިލާ
20188 އަހަރު ކުރިން
ރާއްޖެ

ޕެޕަރސްޕްރޭ ޖެހުމުން ފިޓުޖެހި ހޭނެތުނު މީހާ މިހާރު އޮތީ ކޯމާއެއްގައި: އާއިލާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު