Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުތައް

ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުތައް ލަސްވާނަމަ ފިޔަވަޅު އަޅަނީ!

މިބަދަލު ނުގެންނަ ކަމަށްވާނަމަ މަޝްރޫއު ހިންގަން ހަވާލުކުރާ މީހުންނަށް އެކަމުގެ މުހިއްމު ކަމެއް ނުވިސްނޭނެ

އަމްނާ އިމާދު
އަމްނާ އިމާދު | 5 އޮކްޓޯބަރު 2021 | އަންގާރަ 02:39
ޕޯޓްފޯލިއޯ ޕާފޯމަންސް ރިވިއު ނިންމުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު އަމީރު ވާހަކަދައްކަވަނީ،

ޕޯޓްފޯލިއޯ ޕާފޯމަންސް ރިވިއު ނިންމުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު އަމީރު ވާހަކަދައްކަވަނީ،

ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުތަކުގެ މަސައްކަތް ނުފެށި، ލަސްވާނަމަ ފިޔަވަޅު އަޅާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

ވޯލްޑް ބޭންކުން ބޭއްވި "ޕޯޓްފޯލިއޯ ޕާފޯމަންސް ރިވިއު" ނިންމުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު އަމީރު ވިދާޅުވީ، ކަނޑައަޅާ ޓައިމްލައިންތަކާ އެއްގޮތަށް މަސައްކަތްތައް ކުރެވި، މަޝްރޫއުތައް ނިންމަން ޖެހޭ ކަމަށާއި، އެއީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި އެކަން އެގޮތަށް ނުވާނަމަ ޕްރޮޖެކްޓް މެނޭޖްމެންޓް ޔުނިޓް (ޕީއެމްޔޫ) ގައި ތިބޭ މުވައްޒަފުން ވަކިކޮށް، އާ މުވައްޒަފުންނާ އެމަޝްރޫއެއް ހިންގަން ހަވާލު ކުރާނެ ކަމަށް މިނިސްޓަރު އަމީރު ވިދާޅުވިއެވެ.

މިނިސްޓަރު އަމީރު ވިދާޅުވީ މިއީ ގެންނަން ޖެހޭ މުހިންމު ބަދަލެއް ކަމަށާއި، މިބަދަލު ނުގެންނަ ކަމަށްވާނަމަ މަޝްރޫއު ހިންގަން ހަވާލުކުރާ މީހުންނަށް އެކަމުގެ މުހިއްމު ކަމެއް ނުވިސްނޭނެ ކަމަށެވެ. އަދި ފިޔަވަޅެއް ނާޅާނަމަ އެ މީހުން ކޮންމެ މަހެއްގެ މުސާރަ ނަގައިގެން އެގޮތުގައި ތިބޭނެ ކަމަށާއި، އެކަން އާއްމުކަމެއްގެ ގޮތުގައި ހަދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ގެއްލޭ ކޮންމެ ދުވަހަކީ އެކަމުގެ ނޭދެވޭ އަސަރު ރައްޔިތުންނާއި ސަރުކާރަށް ކުރާނެ ދުވަހެއްގެ ގޮތުގައި މިނިސްޓަރު ސިފަކުރެއްވިއެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން މަސައްކަތް ކުރަމުންދާއިރު، ނިޒާމު އިތުރަށް ހަރުދަނާ ކުރަން ޖެހޭ ކަމަށެވެ. އެގޮތުން ސަރުކާރުގެ މަޝްރޫއުތައް ކުރިއަށް ގެންދިޔުމުގައި މިހާރަށް ވުރެ ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ކަންކަން ކުރިއަށް ގެންދަން ޚާއްސަ އިސްކަމެއް ދޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އަމީރު ވިދާޅުވީ ކުރިއަށް އޮތްތަނުގައި މަޝްރޫއުތައް ހިންގުމުގައި ވޯލްޑް ބޭންކްގެ ރެކޮމެންޑޭޝަންތަކާ އެއްގޮތަށް ގެންނަން ޖެހޭ ބަދަލުތައް ގެންނާނެ ކަމަށެވެ.

ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރުވޯލްޑް ބޭންކް

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ

11 ޑިސެމްބަރު 2025
ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ
18 އޮކްޓޯބަރު 2025

ޣައްޒާ އަލުން އާރާސްތު ކުރުމަށް 70 ބިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ލަފާ ކޮށްފި

18 އޮކްޓޯބަރު 2025
ޣައްޒާ އަލުން އާރާސްތު ކުރުމަށް 70 ބިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ލަފާ ކޮށްފި
23 ސެޕްޓެމްބަރު 2025

ރައީސް މުޢިއްޒު ނިލަންދޫގައި ކުނިކޮށްޓެއް ހުޅުވައިދެއްވައިފި

23 ސެޕްޓެމްބަރު 2025
ރައީސް މުޢިއްޒު ނިލަންދޫގައި ކުނިކޮށްޓެއް ހުޅުވައިދެއްވައިފި
29 ޖޫން 2025

ސަރުކާރުން އަމިއްލަ ފަރާތްތަކަށް ދޭން ޖެހޭ ފައިސާ ނުދޭ މައްސަލަ ވޯލްޑް ބޭންކުގެ ސަމާލު ކަމަށް

29 ޖޫން 2025
ސަރުކާރުން އަމިއްލަ ފަރާތްތަކަށް ދޭން ޖެހޭ ފައިސާ ނުދޭ މައްސަލަ ވޯލްޑް ބޭންކުގެ ސަމާލު ކަމަށް
20 މާރިޗު 2024

ޣައްޒާގެ އާބާދީގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މީހުންތިބީ ބަނޑުހައިހޫނުކަމުގައި: ވޯލްޑް ބޭންކް

20 މާރިޗު 2024
ޣައްޒާގެ އާބާދީގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މީހުންތިބީ ބަނޑުހައިހޫނުކަމުގައި: ވޯލްޑް ބޭންކް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު