Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބްރޯޑްކާސްޓިންގ ދުވަސް

ހައްގުތަކާ ގުޅުންހުރި ވާހަކަތައް ގެނެސްދޭއިރު، ބަލައި ދިރާސާ ކުރުމަށްފަހު ގެނައުން މުހިންމު: މަރީ

ޚާއްސަކޮށް އަންހެނުންގެ ވާހަކަތަކާއި ކުޑަކުދިންގެ ވާހަކަތައް ގެނެސްދޭއިރު އިތުރަށް ސަމާލުވުމަށް އެދިވަޑައިގެންނެވި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 4 އޮކްޓޯބަރު 2021 | ހޯމަ 14:38
ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސާ މަރިޔަމް ވަޙީދާ

ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސާ މަރިޔަމް ވަޙީދާ

ހައްގުތަކާ ގުޅުންހުރި ވާހަކަތައް ގެންނައިރު, ބަލައި ދިރާސާ ކުރުމަށްފަހު ގެނެސްދިނުމަށް ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސާ މަރިޔަމް ވަޙީދާ (މަރީ) އެދިވަޑައިގެންފިއެވެ.

ބްރޯޑްކާސްޓިން ދުވަހާ ގުޅިގެން ރާއްޖެއެމްވީއަށް ދެއްވި އިންޓަވިއުއެއްގައި މަރީ ވިދާޅުވީ, ހައްގުތަކުގެ ވާހަކަތައް ގަދަޔަށް ދެކެވޭ ދުވަސްވަރެއްގައި ހައްގުތަކާ ގުޅުން ހުރި ވާހަކަތައް ގެނެސްދޭއިރު, ބަލައި ދިރާސާ ކުރުމަށްފަހު ގެނެސްދިނުމަކީ ކޮމިޝަންގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ. ޚާއްސަކޮށް އަންހެނުންގެ ވާހަކަތަކާއި ކުޑަކުދިންގެ ވާހަކަތައް ގެނެސްދޭއިރު އިތުރަށް ސަމާލުވުމަށް އެދިވަޑައިގެންނެވިއެވެ.

Advertisement - newsAdvertisement

ކޮމިޝަނުން މިހާރު ކުރަމުން ގެންދާ މުހިންމު މަސައްކަތްތަކަށް އަލިއަޅުއްވާ ލައްވާ މަރީ ވިދާޅުވީ ރާއްޖޭގެ ބްރޯޑްކާސްޓިންގގެ ޤާނޫނާއި ރީބްރޯޑްކާސްޓިންގގެ ޤާނޫނާއި ޤަވާއިދުތައް އިސްލާހު ކުރުމަށް މަޖިލީހަށް ހުށަހަޅާފައިވާނެ ކަމަށެވެ. އަދި އެ ކޮމިޝަނަށް ހުށަހެޅޭ މައްސަލަތައް ބެލުމަށް ހުންނަ ދަތިތައް ދެނެގަނެ، ކަމާ ގުޅުންހުރި ފަރާތްތަކާއެކު ފަސޭހަ ނިޒާމެއްގެ ތެރެއިން ކަންތައްތައް ކުރެވޭނެ މަގު ފަހިކުރުމަށް ފަހުމުނާމާއެއްގައި ސޮއިކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އިންޓަރނޭޝަނަލް އޯގަނައިޒޭޝަންތަކާ ގުޅިގެން ބްރޯޑްކާސްޓަރުންނަށް ޓްރެއިނިންގ ފްރޮގްރާމްތައް ވެސް ހިންގުމަށް މަސައްކަތްކުރާ ކަމަށާއި ބްރޯޑްކާސްޓިންގ އެވޯޑުތައް ތައާރަފުކުރުމުގެ މަސައްކަތް މިދިޔަ އަހަރު ފެށި ކަމަށެވެ. އެހެންނަމަވެސް ކޮވިޑާއި ގުޅިގެން އެކަމަށް ހުރަސްތަކެއް ކުރިމަތިވި ކަމަށާއި އަންނަ އަހަރުގެ ކުރީކޮޅު މިއެވޯޑު ދިނުމުގެ މަސައްކަތް ކޮމިޝަނުން ފަށާނެ ކަމަށް ވިދާޅުވިއެވެ.

ކޮމިޝަނަށް އައުމާއެކު ބްރޯޑްކާސްޓަރުންނާ ދެމެދު އޮތް ގުޅުން ބަދަހިކުރުމަށް ވަރަށް މަސައްކަތް ކުރެއްވިކަން ފާހަގަކުރައްވައި މަރީ ވިދާޅުވީ, ކުރީގައި ހުށަހަޅާފައިވާ ކޭސްތަކުގައި ބްރޯޑްކާސްޓަރުންގެ ތެރޭގައި ހިތްހަމަނުޖެހޭ ކަންތައް ރިވިއު ކުރުމުގެ ފުރުސަތު ކޮމިޝަނުން ހުޅުވާލައި, ބްރޯޑްކާސްޓިންގް ލައިސެންސް އެންމެންނަށް ހުޅުވާލި ކަމަށެވެ. އަދި ކޮމިޝަނާއި ބްރޯޑްކާސްޓަރުންނާ ދެމެދު އޮންނަ ގުޅުން ބަދަހިވަމުން އަންނަ ކަމަށް ވެސް ވިދާޅުވިއެވެ.

މިފަހަރު ބްރޯޑްކާސްޓިންގ ދުވަހުގެ ތީމްއަކީ "ދުރަށް ފޮނުވާއިރު ލޯތްބާއި އިޙްތިރާމާއެކީގައި މައުލޫމާތު ފޮނުވުން" ކަމަށްވާއިރު އެއީ ވަރަށް މާނަ ފުން މެސެޖެއް ކަމަށް މަރީ ވިދާޅުވިއެވެ. ބްރޯޑްކާސްޓް ކުރާއިރު އޭގެ ބާރު ވަރަށް ބޮޑަށް ފޯރާ ކަމަށާއި އެހެންކަމުން ދެފުށް ފެންނަ ގޮތަށް ޕްރޮގްރާމުތައް ގެނެސްދީ، ލޯތްބާއި އިޙްތިރާމް ޤާއިމުކޮށް، ޤާނޫނާ އެއްގޮތަށް ބްރޯޑްކާސްޓް ކުރުން ވަރަށް މުހިންމު ކަމަށް ފާހަގަކުރެއްވިއެވެ.  

ދުވަހުގެ ތަހުނިޔާ ފޮނުއްވަމުން މަރީ ވަނީ ބްރޯޑްކާސްޓަރުން ކުރާ މަސައްކަތް ބަލައިގަންނަ ކަމަށް ވިދާޅުވެފައެވެ. އަދި ޕެންޑަމިކް ތެރޭގައި ސްޓޭޝަންގައި ތިބިގެން ބްރޯޑްކާސްޓަރުންނާއި މިދާއިރާގެ އެންމެން ކުރި މަސައްކަތަކީ ފުރިހަމަ ނަމޫނާ މަސައްކަތެއް ކަމަށް ވިދާޅުވިއެވެ.

ބްރޯޑްކޮމް

އިތުރަށް ކިޔާލަން

01 ސެޕްޓެމްބަރު 2025

ނޫސްވެރިން އެކްރެޑިޓް ކުރުމަށް އައު އުސޫލެއް ގެޒެޓް ކޮށްފި

01 ސެޕްޓެމްބަރު 2025
ނޫސްވެރިން އެކްރެޑިޓް ކުރުމަށް އައު އުސޫލެއް ގެޒެޓް ކޮށްފި
31 އޯގަސްޓު 2025

މިނިވަން މީޑިއާ މަތިން ހަނދުމަފުޅުވީ މަގާމު ގެއްލިދާނެތީތޯ؟

31 އޯގަސްޓު 2025
މިނިވަން މީޑިއާ މަތިން ހަނދުމަފުޅުވީ މަގާމު ގެއްލިދާނެތީތޯ؟
21 އޯގަސްޓު 2025

ޗެނަލް-13 ބްރޯޑްކާސްޓްކުރުން ގަޑި އިރަކަށް މެދުކަނޑާލުމަށް ބްރޯޑްކޮމް އިން އަންގައިފި

21 އޯގަސްޓު 2025
ޗެނަލް-13 ބްރޯޑްކާސްޓްކުރުން ގަޑި އިރަކަށް މެދުކަނޑާލުމަށް ބްރޯޑްކޮމް އިން އަންގައިފި
27 ޖެނުއަރީ 2025

ބްރޯޑްކޮމްއިން ފޮނުވި ސިޓީގެ ޖަވާބު

27 ޖެނުއަރީ 2025
ބްރޯޑްކޮމްއިން ފޮނުވި ސިޓީގެ ޖަވާބު
19 ނޮވެމްބަރު 2024

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައްވައިފި

19 ނޮވެމްބަރު 2024
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު