Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޔާމީނުގެ ޖަލު ޙުކުމުގެ އިސްތިއުނާފު

ޔާމީނުގެ ފަރާތުން އައު ހެއްކެއްގެ ގޮތުން މުއައްވިޒުކަމަށް ބުނާ މީހާގެ އޯޑިއޯ، ޝަރީއަތުގެ ގިނަ ސުވާލުތަކެއް

ބައެއް ހެކިން ދޫކޮށްލަން ވެސް ނިންމާފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 4 އޮކްޓޯބަރު 2021 | ހޯމަ 05:07
ރައީސް ޔާމީނުގެ ޖަލު ޙުކުމުގެ އިސްތިއުނާފު އަޑުއެހުން ސުޕްރީމް ކޯޓުގައި މިހާރު ކުރިއަށްދޭ

ރައީސް ޔާމީނުގެ ޖަލު ޙުކުމުގެ އިސްތިއުނާފު އަޑުއެހުން ސުޕްރީމް ކޯޓުގައި މިހާރު ކުރިއަށްދޭ

ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމްގެ މައްޗަށް އިއްވާފައިވާ ހުކުމާ ގުޅިގެން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފައިވާ މައްސަލައިގައި ޔާމީނުގެ ފަރާތުން އިތުރު ހެކިތައް ސުޕްރީމް ކޯޓަށް ހުށަހަޅުއްވައިފިއެވެ.

ހޯމަ ދުވަހުގެ އަޑުއެހުމުގައި އޮތީ ރައީސް ޔާމީނުގެ ފަރާތުން ހުށައަޅަން ބޭނުންވާ އައު ހެކިތަކާ ގުޅޭގޮތުން ޚުލާސާ ގޮތެއްގައި ވާހަކަ ދެއްކުމާއި، ޔާމީނުގެ ފަރާތުން ހުށައަޅާފައިވާ ހުށައެޅުންތަކާމެދު ވާހަކަ ދައްކަވައި ގޮތެއް ނިންމުމެވެ. އެއަށްފަހު މައްސަލައިގެ އެންމެ ފަހުން ދައްކަން ހުރި ވާހަކަތައް ޚުލާސާ ގޮތެއްގައި ދެއްކެވުމަށް ފުރުސަތު ދެވިގެންދާނެކަން ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވިދާޅުވިއެވެ.

Advertisement - newsAdvertisement

މަހާޒް ވިދާޅުވީ، ޔާމީނުގެ ފަރާތުން 14 ހެއްކެއް ހުށައަޅުއްވާފައިވާ ކަމަށެވެ. އެ ހެކިތަކުގަައި ހިމެނޭ އޭސީސީގެ ރިޕޯޓާ ބެހޭގޮތުން އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ސުވާލުކޮށްފައިވާކަން ފާހަގަ ކުރައްވައި ފަނޑިޔާރު މަހާޒް ވިދާޅުވީ، އެ ހެއްކާބެހޭގޮތުން އިތުރަށް ވާހަކަ ދެއްކެވުމުގެ ފުރުސަތު ނެތް ކަމަށެވެ. އަދި އޯޑިއޯ، ވީޑިއޯ އަދި ޝަފަހީ ހެކިން ހިމެނޭއިރު، 3 ފަނޑިޔާރެއްގެ އޯޑިއޯތަކެއް ހިމެނޭކަންވެސް ފަނޑިޔާރު މަހާޒް ފާހަގަ ކުރެއްވިއެވެ. ނަމަވެސް މި އަޑުއެހުމުގައި ވާހަކަ ދައްކަވަމުން ޔާމީނުގެ ވަކީލު ޝިޔާޒް ވަނީ ބައެއް ހެކިން ދޫކޮށްލަން ނިންމާފައިވާކަން ފާހަގަ ކުރައްވާފައެވެ.

ރައީސް ޔާމީނުގެ ފަރާތުން ހުށައެޅުއްވި އައު ހެކިތައް:

-އަދީބުގެ ވީޑިއޯ ރެކޯޑިންގ އެއް:އަދީބުގެ ވީޑިއޯ ރެކޯޑިންގ އަކީ ރައީސް ޔާމީނުގެ ފައިސާގެ ކަންކަން ބަލަހައްޓަވަނީ އޭނާ ކަމަށް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވި ރެކޯޑިންގ އެކެވެ. ނަމަވެސް ސުޕްރީމް ކޯޓަށް އައު ހެކިތަކެއް ހުށައަޅަން އޮންނަނީ ކީއްވެތޯއާއި، މި ހެކި އެ ސަބަބުތަކަށް ފެތޭތޯ ފަނޑިޔާރު މަހާޒް ސުވާލު ކުރެއްވުމުން ވަކީލުންނަށް އެއަށް ޖަވާބު ދެވިފައެއް ނުވެއެވެ. އެއާއެކު ފަނޑިޔާރު މަހާޒް ވަނީ އެ ސަބަބުތަކާއި އެކަން ބަޔާންކޮށްފައިވާ ގަޒިއްޔާ ވަކީލުންނަށް ކިޔާދެއްވާފައެވެ. އަދި ޝަރީއަތުގެ މަޖިލީހަށް ވަޑައިގަންނަވާއިރު ދިރާސާ ކުރައްވައިގެން ވަޑައިގެންނެވުމަށް ފަނޑިޔާރު މަހާޒް އެދިވަޑައިގެންނެވިއެވެ.

-މުޙައްމަދު އިސްމާއިލް އަދި މުޙައްމަދު ޝާހިދު:މިއީ އަދީބުގެ އަތުގައި ޔާމީނުގެ ފައިސާ ހުރިކަން އިތުރަށް ސާބިތުކޮށްދިނުމަށް ހުށައަޅާފައިވާ ޝަފަހީ 2 ހެކިންނެވެ.

-މުއައްވިޒު ރަޝީދުގެ އަޑުކަމަށް ބަޔާންކޮށްފައިވާ އޯޑިއޯއެއް :މައްސަލައިގެ ޙުކުމުގެ ފެކްޓްތަކަށް މި އޯޑިއޯއިން އަސަރުތަކެއް ކުރާކަމަށް ވަކީލު ވިދާޅުވިއެވެ. ނަމަވެސް އެއީ މުއައްވިޒުގެ އަޑުކަން ޔަޤީން ކުރެވޭތޯ ފަނޑިޔާރު ސުވާލު ކުރެއްވުމުން ވަކީލުން ވިދާޅުވީ، އެކަން ޔަޤީން ނުވާ ކަމަށާއި، ނަމަވެސް އެއީ މުއައްވިޒުކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ. ނަމަވެސް ފަނޑިޔާރު މަހާޒް ވަނީ ޝަރީއަތުން އެކަން ކަށަވަރު ކުރާނީ ކިހިނެއްތޯއާއި، އެ ހެކީގެ ކްރެޑިބިލިޓީއާމެދު ސުވާލު އުފައްދަވާފައެވެ. އަދި ހެކިބަސް ދެއްވުމަށް ޕްރެޝަރތަކެއް އައިކަން އެ އޯޑިއޯގައި ފާހަގަކޮށްފައިވާއިރު، އެއީ ކޮންކަހަލަ ޕްރެޝަރ ތަކެއްތޯ ފަނޑިޔާރު ސުވާލު ކުރެއްވިއެވެ. ނަމަވެސް އެއީ ކޮން ކަހަލަ ޕްރެޝަރތަކެއްކަން އެނގިވަޑައިނުގަންނަވާ ކަމަށާއި، ޕްރެޝަރތަކެއް އޮތްކަން އޯޑިއޯއިން ދޭހަވާކަމަށް ވަކީލު ޝިޔާޒް ވިދާޅުވިއެވެ. އެކަމާ ގުޅޭގޮތުން އިތުރަށް ވާހަކަ ދައްކަވަމުން ޔާމީނުގެ ވަކީލު އަލީ ޝާހު ވިދާޅުވީ، އެއީ މުއައްވިޒުގެ އޯޑިއޯއެއްކަން އޭނާ އިންކާރު ކޮށްފައި ނުވާ ކަމަށެވެ. ޝާހު ވިދާޅުވީ، ލީކުވެފައިވާ އޯޑިއޯތަކުގެ މައްސަލަ ދައުލަތުގެ ކަމާބެހޭ އިދާރާތަކުންވެސް ތަހުގީގު ކުރަމުންދާއިރު އެކަން ސަމާލުކަމަށް ގެންނަންޖެހޭ ކަމަށެވެ.

- އޭސީސީގެ ކުރީގެ ރައީސް ޙަސަން ލުތުފީގެ ފަރާތުން ހެކިބަސް ދެއްވަން އިންކާރުކުރައްވައި ކްރިމިނަލް ކޯޓަށް ފޮނުއްވި ސިޓީގެ އިބާރަތް:އެ ސިޓީގައި މުއައްވިޒާއި ޙަސަން ލުތުފީގެ ފަރާތުން އެއްވެސް އިރެއްގައި ޔާމީނާއި ބައްދަލު ކުރައްވާފައި ނުވާކަމަށް ބަޔާންކޮށްފައިވާކަމަށް ވަކީލު ވިދާޅުވިއެވެ. އެ ސިޓީ ހައިކޯޓަށް ހުށަނޭޅުއްވީ ކީއްވެތޯ ފަނޑިޔާރު ސުވާލު ކުރެއްވުމުން ވަކީލު ވިދާޅުވީ، އޭރު ހައިކޯޓުން މައްސަލަ ނިންމެވިއިރު ފައިލްއާއެކު އެ ލިއެކިއުން ފޮނުއްވިފައި ނުވާ ކަމަށެވެ. އަދި އެ ސިޓީ ވަކިން ހޯދުމަށް ފަހުން އިތުރު މަސައްކަތެއްވެސް ކުރެވިފައިނުވާކަން ވަކީލު ފާހަގަ ކުރެއްވިއެވެ.

ދައުލަތުން ހެކިތަކާއި ގުޅޭގޮތުން ވާހަކަ ދެއްކެވުން:

މި ހެކިތަކާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ދައުލަތުގެ ވަކީލާ ވިދާޅުވީ، ސުޕްރީމް ކޯޓަށް އައު ހެކި ހުށައެޅުއްވުމަށް އޮންނަ އުސޫލަށް ފުރަތަމަ ބަލާލަން ޖެހޭ ކަމަށެވެ. އެގޮތުން ސުޕްރީމް ކޯޓުގެ ޤަވާއިދެއްގައި އެކަން ބަޔާންކޮށްފައިވާކަން ފާހަގަ ކުރައްވައި ދައުލަތުގެ ވަކީލާ ވިދާޅުވީ، މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ހުއްދައާއެކު އިތުރު ހެކިތައް ހުށައެޅުއްވިދާނެ ކަމަށެވެ. އަދި އައު ހެކި ހުށައެޅޭނެ ޙާލަތްތަކާއި ޝަރުތުތައް ސުޕްރީމް ކޯޓުގެ ކުރީގެ ނިންމުމެއްގައި ބަޔާންކޮށްފައިވާއިރު، އައު ހެކި ހުށައެޅޭނީ އިސްތިސްނާ ޙާލަތްތަކެއްގައިކަން ބަޔާންކޮށްފައިވާކަމަަށް ވަކީލާ ވިދާޅުވިއެވެ. އަދި އެ ޙާލަތުގައިވެސް ފުރިހަމަވާންޖެހޭ 3 އުންސުރެއް ހިމެނޭ ކަމަށާއި، އޭގެ ތެރެއިން އެއްވެސް އުންސުރެއް ހަމަ ނުވާނަމަ، އެ ހެއްކެއް ބަލައިނުގަނެވޭނެކަން އެ ގަޒިއްޔާގައި ނިންމަވާފައިވާކަމަށް ދައުލަތުގެ ވަކީލާ ވިދާޅުވިއެވެ. އެއީ ކްރެޑިބިލިޓީ، ނޮން އެވެއިލެބިލިޓީ އަދި ރިލެވެންސީއެވެ.

އެގޮތުން ބަލާއިރު، ނޮން އެވެއިލެބިލިޓީ އަދި ކްރެޑިބިލިޓީގެ އުންސުރު އަދީބުގެ ވީޑިއޯ ރެކޯޑިންގ އާއި، މުޙައްމަދު އިސްމާއިލް އަދި މުޙައްމަދު ޝާހިދުގެ ހެކީގައި ފުރިހަމަނުވާކަން ވަކީލާ ފާހަގަ ކުރެއްވިއެވެ. މިއީ ސުޕްރީމް ކޯޓުގެ މަރުޙަލާގެ ކުރިންވެސް ހުށައެޅެން އޮތް ހެކިތަކަށްވާއިރު، ނޮން އެވެއިލެބިލިޓީ އުންސުރު ފުރިހަމަ ނުވަނީ އެހެންވެކަން ފާހަގަ ކުރައްވައި ދައުލަތުގެ ވަކީލާ ވަނީ އެ ހެކިން ބަލައިނުގަތުމަށް އެދިވަޑައިގަންނަވާފައެވެ. އަދި ތަހުގީގު މަރުޙަލާއާއި، ސުޕްރީމް ކޯޓުގެ ކުރީގެ 2 މަރުޙަލާގައިވެސް އެ ހެކިތައް ހުށައަޅުއްވާފައިނުވާތީ ކްރެޑިބިލިޓީގެ އުންސުރު ފުރިހަމަ ނުވާކަން ވަކީލާ ފާހަގަ ކުރެއްވިއެވެ.

މުއައްވިޒު ރަޝީދުގެ އަޑުކަމަށް ބަޔާންކޮށްފައިވާ އޯޑިއޯއާއި ގުޅޭގޮތުން ވަކީލާ ވިދާޅުވީ، ކްރެޑިބިލިޓީ އަދި ރިލެވެންސީގެ އުންސުރު ފުރިހަމަ ނުވާ ކަމަށެވެ. ސަބަބަކީ އެއީ މުއައްވިޒުގެ އޯޑިއޯކަންވެސް ކަށަވަރު ކުރެވިފައި ނުވާތީ ކަމަށާއި، މުއައްވިޒަކީވެސް ޝަރީއަތަށް ހާޒިރު ކުރެވި ހެކިބަސް ދީފައިވާ މީހަކަށްވާތީކަން ވަކީލާ ފާހަގަ ކުރެއްވިއެވެ.

އޭސީސީގެ ކުރީގެ ރައީސް ޙަސަން ލުތުފީގެ ފަރާތުން ހެކިބަސް ދެއްވަން އިންކާރުކުރައްވައި ކްރިމިނަލް ކޯޓަށް ފޮނުއްވި ސިޓީއާއި ގުޅޭގޮތުން ވަކީލާ ވިދާޅުވީ، ނޮން އެވެއިލެބިލިޓީ އަދި ރެލެވެންސްގެ އުންސުރު ފުރިހަމަ ނުވާ ކަމަށެވެ. ސަބަބަކީ މިއީ ކުރިންވެސް ހުށައެޅެން އޮތް ހެއްކެއްކަމަށްވުމާއި، މި ހެކީގެ ސަބަބުން މައްސަލައިގެ މައުޟޫއަށް އެއްވެސް އަސަރެއް ނުކުރާނެތީ ކަމަށެވެ.

ދައުލަތުގެ ވަކީލާ ހެއްކާއި ގުޅޭގޮތުން ވާހަކަ ދެއްކެވުމުން ރައީސް ޔާމީނު ވިދާޅުވީ، ހެކިތައް ހުށައަޅުއްވާފައިވަނީ ހެޔޮ ނިޔަތުގައި ކަމަށާއި، އެމަނިކުފާނަކީ ބޮޑު ޙުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ބޭފުޅެއް ކަމަށެވެ. އަދި ހައިކޯޓުގެ މަރުޙަލާގައި ބައެއް ފުރުސަތުތައް ގެއްލިފައިވާކަން ރައީސް ޔާމީނު ފާހަގަ ކުރެއްވިއެވެ.

މި ހެކިތަކާއި މެދު ޝަރީއަތުން އަދި ގޮތެއް ނިންމެވުން އޮންނާނެއެވެ.

ރައީސް ޔާމީންޔާމީންދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު

ކޮމެންޓް

އިތުރަށް ކިޔާލަން

ޑިމޮކްރެޓިކް ނިޒާމެއް އޮތް ނަމަވެސް ވާދަވެރި ސިޔާސީ މީހުން ބަންދުކުރުމުގެ ސަގާފަތަށް ބަދަލެއް ނާދޭ: ޔާމީން

ޑިމޮކްރެޓިކް ނިޒާމެއް އޮތް ނަމަވެސް ވާދަވެރި ސިޔާސީ މީހުން ބަންދުކުރުމުގެ ސަގާފަތަށް ބަދަލެއް ނާދޭ: ޔާމީން

17 އޮކްޓޯބަރު 2025
ހައްގެއް ހޯދަން ޓަކި ޖަހާލާނެ ދޮރެއް ވެސް މިއަދަކު މި ގައުމުގައި ނެތެވެ.

ހައްގެއް ހޯދަން ޓަކި ޖަހާލާނެ ދޮރެއް ވެސް މިއަދަކު މި ގައުމުގައި ނެތެވެ.

28 ޖޫން 2025
ކޮމެޓީގެ އިއްތިފާގުން ސަމީލް އާއި ހަމީދު ސުޕްރީމް ކޯޓަށް އައްޔަން ކުރަން ފާސް ކޮށްފި

ކޮމެޓީގެ އިއްތިފާގުން ސަމީލް އާއި ހަމީދު ސުޕްރީމް ކޯޓަށް އައްޔަން ކުރަން ފާސް ކޮށްފި

04 ޖޫން 2025
މަހާޒް އާއި އަލްމިރަލްދާ ވަކި ކުރުމާ ދެކޮޅަށް، ހައި ކޯޓު އަދި ދަށު ކޯޓުގެ ފަނޑިޔާރުން ވޯޓު ދެއްވައިފި

މަހާޒް އާއި އަލްމިރަލްދާ ވަކި ކުރުމާ ދެކޮޅަށް، ހައި ކޯޓު އަދި ދަށު ކޯޓުގެ ފަނޑިޔާރުން ވޯޓު ދެއްވައިފި

05 މެއި 2025
މެންބަރުކަން ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި ބަދަލުގެ މައްސަލަ މާދަމާ ހެނދުނު 11:00ގައި

މެންބަރުކަން ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި ބަދަލުގެ މައްސަލަ މާދަމާ ހެނދުނު 11:00ގައި

16 ފެބުރުއަރީ 2025

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު