Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިޓާލިއަން ލީގު

އެޓަލާންޓާ ބަލިކޮށް މިލާން ކުރިއަށް

ތާވަލުގެ ދެވަނައިގައި މިލާން އޮތީ 19 ޕޮއިންޓާއެކު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 3 އޮކްޓޯބަރު 2021 | އާދީއްތަ 22:31
އެޓަލާންޓާ އާއި މިލާން ބައްދަލުކުރި މެޗުގެ ތެރެއިން

އެޓަލާންޓާ އާއި މިލާން ބައްދަލުކުރި މެޗުގެ ތެރެއިން

އިޓާލިއަން ލީގުގައި އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުން އެޓަލާންޓާ ބަލިކޮށް ތާވަލުގެ ކުރިއަށް އޭސީ މިލާން ޖެހިލައިފިއެވެ.

ރަށުން ބޭރުގައި ކުޅުނު މެޗުން މިލާން މޮޅުވީ 3-0 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި މިލާނުން ވަނީ ދެ ލަނޑުގެ ލީޑެއް ނަގާފައެވެ. އެގޮތުން މެޗު ފަށައިގެން ފުރަތަމަ މިނެޓުގައި ކެޕްޓަން ޑޭވިޑޭ ކަލާބްރިއާ ވަނީ ލަނޑެއް ޖަހައި، މިލާނަށް ލީޑު ނަގައިދީފައެވެ. އަދި ފުރަތަމަ ހާފު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް އެޓަލާންޓޭގެ ރެމޯ ފްރެއުލާ ހެދި ގޯހެއްގެ ފައިދާ ނަގައި، ސަންޑްރޯ ޓޮނާލީ ވަނީ މިލާނަށް ލީޑު ފުޅާކޮށްދީފައެވެ.

މި މެޗުގައި މިލާނުން ޖެހި ތިންވަނަ ލަނޑު މެޗުގެ 78 ވަނަ މިނެޓުގައި ތެއޯ ހެނާންޑޭޒް ދިން ބޯޅައަކުން ކާމިޔާބުކޮށްދިނީ ރަފައެލް ލެއާއޯއެވެ. އެކަމަކު އޭގެ ފަހުން އެޓަލާންޓާއިން ވަނީ ކުޅުން ރަނގަޅުކޮށް ދެ ލަނޑު ޖަހައި، ފަރަގު ކުޑަކޮށްފައެވެ.

އެގޮތުން މެޗު ނިމެން ހަތަރު މިނެޓަށް ވެފައި ވަނިކޮށް ލިބުނު ޕެނަލްޓީއަކުން އެޓަލާންޓާގެ ފުރަތަމަ ލަނޑު ޖަހައިދިނީ ޑުވާން ޒަޕާޓާއެވެ. މިއީ އޭރިއާ ތެރެއިން މިލާނުގެ ޖޫނިއާ މެސިއަސްގެ އަތުގައި ބޯޅަ ޖެހުމުން، ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) ބެލުމަށްފަހު ދިން ޕެނަލްޓީއެކެވެ. އަދި މެޗުގެ އިތުރު ވަގުތުގައި ޒަޕާޓާ ތަނަވަސްކޮށްދިން ފުރުސަތަކުން މާރިއޯ ޕަސަލިޗް ވަނީ އެޓަލާންޓާއަށް ފަރަގު ކުޑަކޮށްދީފައެވެ.

މި މޮޅާއެކު ތާވަލުގެ ދެވަނައަށް މިލާން ޖެހިލިއިރު، އެ ޓީމަށް ވަނީ ކުޅުނު ހަތް މެޗުން 19 ޕޮއިންޓް ލިބިފައެވެ. ތާވަލުގެ އެއްވަނައިގައި އޮތް ނާޕޮލީއަށް ހަތް މެޗުން 21 ޕޮއިންޓް ލިބިފައިވާއިރު، އެންމެ ފަހުގެ ޗެމްޕިއަން އިންޓަ މިލާން އޮތީ ތާވަލުގެ ތިންވަނައިގައި ހަތް މެޗުން 17 ޕޮއިންޓާއެކުއެވެ.

އިޓާލިއަން ލީގުއޭސީ މިލާން

އިތުރަށް ކިޔާލަން

29 ސެޕްޓެމްބަރު 2025

ނަޕޯލީ ބަލިކޮށް، އޭސީ މިލާާން އެއް ވަނަ އަށް

29 ސެޕްޓެމްބަރު 2025
ނަޕޯލީ ބަލިކޮށް، އޭސީ މިލާާން އެއް ވަނަ އަށް
15 މެއި 2025

މިލާން ބަލިކޮށް ބޮލޯނިއާ އިޓާލިއަން ކަޕްގެ ޗެމްޕިއަންކަން ހޯދައިފި

15 މެއި 2025
މިލާން ބަލިކޮށް ބޮލޯނިއާ އިޓާލިއަން ކަޕްގެ ޗެމްޕިއަންކަން ހޯދައިފި
19 ފެބުރުއަރީ 2025

އޭސީ މިލާން ކަޓުވާލައި، ފެޔެނޫޑް ގަދަ 16 އަށް

19 ފެބުރުއަރީ 2025
އޭސީ މިލާން ކަޓުވާލައި، ފެޔެނޫޑް ގަދަ 16 އަށް
17 ފެބުރުއަރީ 2025

ޔުވެންޓަސް އަތުން ބަލިވެ، އެއް ވަނަ އަށް ޖެހިލަން ލިބުނު ފުރުސަތު އިންޓަރ މިލާނުން ނަގާލައިފި

17 ފެބުރުއަރީ 2025
ޔުވެންޓަސް އަތުން ބަލިވެ، އެއް ވަނަ އަށް ޖެހިލަން ލިބުނު ފުރުސަތު އިންޓަރ މިލާނުން ނަގާލައިފި
16 ފެބުރުއަރީ 2025

ފަހު ވަގުތު ލާޒިއޯއާ އެއްވަރުވެ، ނަޕޯލީ އަށް ފުރުސަތު ގެއްލިއްޖެ

16 ފެބުރުއަރީ 2025
ފަހު ވަގުތު ލާޒިއޯއާ އެއްވަރުވެ، ނަޕޯލީ އަށް ފުރުސަތު ގެއްލިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު