Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ނެޝަނަލް ޑައެބިޓީސް ސެންޓަރ

ނެޝަނަލް ޑައެބިޓީސް ސެންޓަރުގައި މިހާތަނަށް ރަޖިސްޓްރީކޮށްފައިވަނީ 855 މީހުން

ސްކްރީނިންގގެ އިތުރު ޕްރޮގްރާމްތަކެއް ރާއްޖޭގެ އެކި ހިސާބުތަކުގައި ކުރިއަށް ގެންދިއުމަށް ރާވާފައިވޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 3 އޮކްޓޯބަރު 2021 | އާދީއްތަ 14:12
ނެޝަނަލް ޑައެބިޓީސް ސެންޓަރ

ނެޝަނަލް ޑައެބިޓީސް ސެންޓަރ

ނެޝަނަލް ޑައެބިޓީސް ސެންޓަރުގައި މިހާތަނަށް ރަޖިސްޓްރީކޮށްފައިވަނީ 855 މީހުން ކަމަށް އެ ސެންޓަރުން ބުނެފިއެވެ.

ނެޝަނަލް ޑައެބިޓީސް ސެންޓަރަށް 1 އަހަރު ފުރުމާ ގުޅިގެން ރާއްޖެއެމްވީއަށް ދެއްވި އިންޓަވިއުގައި ޑރ. އަޙުމަދު އަޝްރަފް ވިދާޅުވީ މިހާތަނަށް ސެންޓަރުގައި 855 މީހުން ރަޖިސްޓްރީކޮށްފައިވާ ކަމަށާއި އޭގެތެރޭގައި އައުޓްރީޗް ސެންޓަރުން ފަރުވާ ހޯދާ މީހުންނާއި ސެންޓަރަށް އައިސް ފަރުވާ ހޯދާ މީހުން ހިމެނޭ ކަމަށެވެ. ބަލިވެއިނުމާ ގުޅިގެން ޑައެބިޓީސް މެދުވެރިވާ 65 މީހުން ރަޖިސްޓްރީ ކުރެވިފައިވާއިރު ޓައިޕް ޓޫގެ 714 މީހުން އަދި ޓައިޕް ވަންގެ 17 މީހުން ރަޖިސްޓްރީ ކުރެވިފައިވާ ކަމަށެވެ.  

Advertisement - newsAdvertisement

ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް މި ސެންޓަރުގެ ޚިދުމަތް ފޯރުކޮށްދިނުމަކީ އަމާޒުކަން ފާހަގަކުރައްވައި ޑރ. އަޝްރަފް ވިދާޅުވީ, ދާދިފަހުން ހދ. ކުޅުދުއްފުށީގައި ބޭއްވި ސްކްރީނިންގ ޕްރޮގްރާމުގެ ތެރެއިން 52 މީހުންނަށް ޚިދުމަތް ފޯރުކޮށްދީފައިވާ ކަމަށެވެ.

ސްކްރީނިންގެ އިތުރު ޕްރޮގްރާމުތަކެއް ރާއްޖޭގެ އެކި ހިސާބުތަކުގައި ކުރިއަށް ގެންދިޔުމަށް ރާވާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ. އެގޮތުން ލ. އަތޮޅާއި ގދ. އަތޮޅުގައި މި ޕްރޮގްރާމުތައް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް ޑރ. އަޝްރަފް ވިދާޅުވިއެވެ.

ޑރ. އަޝްރަފް އިތުރަށް ވިދާޅުވީ އެންމެ ބޮޑު ގޮންޖެހުމެއް ދިމާވަނީ ހަކުރުބައްޔަށް އާންމުންގެ ހޭލުންތެރިކަން އިތުރު ކުރުމަށް ކަމަށާއި ބައްޔަށް ބޭސްކުރާ މީހުންގެ ތެރޭގައި ވެސް ދިމާވެދާނެ ނުރައްކާތެރިކަމަށް ހޭލުންތެރިކަން ކުޑަކަމަށް ވިދާޅުވިއެވެ.

ފަރުވާ ހޯދަން ޖެހޭ މީހުން ސެންޓަރުގައި ރަޖިސްޓްރީ ކުރުމާއި ބޭސް ލިބޭނެ ފަސޭހަ ނިޒާމެއް ގާއިމުކޮށްދިނުމަށް ސެންޓަރުން ގިނަ މަސައްކަތްތަކެއް ކުރާ ކަމަށް ވެސް ޑރ. އަޝްރަފް ވިދާޅުވިއެވެ.

މަގުސަދަކީ ޑައެބިޓީސް ހުންނަ ހުރިހާ މީހުން ސެންޓަރުގައި ރަޖިސްޓްރީކޮށް، ފަސޭހަކަމާއެކު ސެންޓަރުން ޚިދުމަތް ލިބޭނެ މަގުފަހިކޮށްދިނުން ކަމަށާއި ދެ ތިން ދުވަސް ތެރޭގައި ޚިދުމަތް ހޯދާ ބަލިމީހުންނަށް ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމު ހަމަޖެއްސުން ކަމަށް ވެސް ވިދާޅުވިއެވެ.

ޑައެބިޓީސް އަކީ ވަރަށް ގިނަ އެހެނިހެން ބަލިތަކަށް މަގުފަހިކޮށްދޭ ބައްޔެކެވެ. އަދި ބަލި ކޮންޓްރޯލް ނުކުރެވިއްޖެނަމަ ބައެއް ބަލިތައް ކަމުގައިވާ ހިތުގެ ބަލި ޖެހުމާއި ސްޓްރޯކް ޖެހުމަށް މަގުފަހިވެގެންދެއެވެ.  

ނެޝަނަލް ޑައެބިޓީސް ސެންޓަރުން ބުނީ ރާއްޖޭގައި އެންމެ ގިނައިން ޓައިޕް ޓޫގެ ޑައެބިޓީސް ކަމަށާއި އެހެންނަމަވެސް މިފަދަ މީހުންނަށް ބޭސް ބޭނުންކޮށްގެން ހަކުރު ހުންނަ މިންވަރު ކޮންޓްރޯލް ކުރެވޭނެ ކަމަށެވެ.

އައިޖީއެމްއެޗްނެޝެނަލް ޑައިބެޓީސް ސެންޓަރ

ކޮމެންޓް

އިތުރަށް ކިޔާލަން

ވެމްކޯގެ މުވައްޒަފަކަށް ޑީސަލް ބޮވި އައިޖީއެމްއެޗްގައި ފަރުވާ ދެނީ

ވެމްކޯގެ މުވައްޒަފަކަށް ޑީސަލް ބޮވި އައިޖީއެމްއެޗްގައި ފަރުވާ ދެނީ

12 ޑިސެމްބަރު 2025
އައިޖީއެމްއެޗް އިން ތަކެތި ހުސްވަނީ ސަޕްލަޔަރުންނަށް ދޭންޖެހޭ ފައިސާ ނުދީ ބިލުތައް ބިލިއަނުން އަރާތީ: މެންބަރު ޝަމްހީދު

އައިޖީއެމްއެޗް އިން ތަކެތި ހުސްވަނީ ސަޕްލަޔަރުންނަށް ދޭންޖެހޭ ފައިސާ ނުދީ ބިލުތައް ބިލިއަނުން އަރާތީ: މެންބަރު ޝަމްހީދު

01 ޑިސެމްބަރު 2025
ލޭގެ ޓެސްޓެއް ހެދުމަށް ބޭނުންވާ އާލާތްތައް ނެތުމުން އައިޖީއެމްޗް އިން ޓެސްޓް ނުހެދުނު ކަމަށް ބުނާ މައްސަލަ އެއް މަޖިލީހަށް

ލޭގެ ޓެސްޓެއް ހެދުމަށް ބޭނުންވާ އާލާތްތައް ނެތުމުން އައިޖީއެމްޗް އިން ޓެސްޓް ނުހެދުނު ކަމަށް ބުނާ މައްސަލަ އެއް މަޖިލީހަށް

30 ނޮވެމްބަރު 2025
ސިނަމާލެ ބުރިޖު ގެ ހައިވޭ ގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަންހެނަކާ ފިރިހެނެކަށް އަނިޔާ ވެއްޖެ

ސިނަމާލެ ބުރިޖު ގެ ހައިވޭ ގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަންހެނަކާ ފިރިހެނެކަށް އަނިޔާ ވެއްޖެ

29 ނޮވެމްބަރު 2025
ސިވިލްސަރވިސް ބައެއް މުވައްޒަފުންގެ ކަންބޮޑުވުން: ޑިޕްލޮމާ އޮތް މީހެއްގެ މުސާރަ އަށްވުރެ ޑިޕްލޮމާ ނެތް މީހާގެ މުސާރަ ބޮޑު

ސިވިލްސަރވިސް ބައެއް މުވައްޒަފުންގެ ކަންބޮޑުވުން: ޑިޕްލޮމާ އޮތް މީހެއްގެ މުސާރަ އަށްވުރެ ޑިޕްލޮމާ ނެތް މީހާގެ މުސާރަ ބޮޑު

05 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

20 އެޕްރީލު
ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް
20251 އަހަރު ކުރިން
ރާއްޖެ

ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު