Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުޕާކިސްތާނުގެ އަންހެނަކަށް 210 އަހަރު

210 އަހަރު ފުރުން ބުއްދި ގަބޫލެއް ނުކުރޭ

3 އޮކްޓޯބަރު 2021 | އާދީއްތަ 11:03

މިވަގުތު ދުނިޔޭގައި ހުރި އެންމެ އުމުރުން ދުވަސްވީ މީހާއަށް 118 އަހަރު

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 3 އޮކްޓޯބަރު 2021 | އާދީއްތަ 11:03
210 އަހަރު ފުރުނު ކަމަށް ބުނާ ޕާކިސްތާނުގެ އަންހެން މީހާ

210 އަހަރު ފުރުނު ކަމަށް ބުނާ ޕާކިސްތާނުގެ އަންހެން މީހާ

ދިރާސާތަކުން ދައްކާގޮތުގައި މީހަކަށް ދުނިޔޭގައި އެންމެ ގިނަވެގެންވެސް އުޅެވޭނީ 150 އަހަރު ވަންދެންނެވެ. މިހާތަނަށް އައިއިރު އުމުރު ދިގު އެތައް ބަޔަކު ދުނިޔޭގައި އުޅެފައިވާއިރު، ދުނިޔޭގައި އެންމެ ގިނަ ދުވަސްވަންދެން އުޅުނު މީހާކަމަށް ރެކޯޑުކޮށްފައިވަނީ ޖީން ކަލްމަންޓް ނަމަކަށް ކިޔާ ފްރާންސްއަށް ނިސްބަތްވާ އަންހެނެކެވެ. އެމީހާ ދުނިޔޭގައި އުޅުނީ 122 އަހަރު ވަންދެންނެވެ. އެއީ 1875 ވަނަ އަހަރުން 1997 ވަނަ އަހަރަށެވެ. މިއީ ރަސްމީ ލިޔެކިޔުންތަކުން ބުނާ ގޮތެވެ.

ރަސްމީ ރެކޯޑުތަކުން ދައްކާގޮތުން މިވަގުތު ދުނިޔޭގައި ހުރި އެންމެ އުމުރުން ދުވަސްވީ މީހާއަކީ ޖަޕާނަށް ނިސްބަތްވާ އަންހެނެއް ކަމަށްވާ ކޭން ޓަނަކާއެވެ. ޓަނަކާ އުފަންވީ 2 ޖެނުއަރީ 1903 ވަނަ އަހަރުއެވެ. 2021 ވަނަ އަހަރު އޭނާއަށް 118 އަހަރު ފުރިއްޖެއެވެ.

މިއީ މިވަގުތު ދުނިޔޭގައި ހުރި އެންމެ އުމުރުން ދުވަސްވީ މީހާއަށްވާއިރު، 150 އަހަރަށްވުރެ ގިނަ ދުވަހު މީހަކު ދުނިޔޭގައި ހުރެދާނެކަމީ ގިނަ ބައެއްގެ ބުއްދި ގަބޫލުކުރާ ކަމެއް ނޫނެވެ. މި ވާހަކަ އެންމެ ބޮޑަށް ދެކެވެންފެށީ ޕާކިސްތާނަށް ނިސްބަތްވާ އަންހެނެއްގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވި ހިސާބުންނެވެ. މިއާއެކު އެމީހާ ކަމަށްބުނާ މީހެއްގެ ފޮޓޯތަކެއްވެސް ވަނީ އާންމުވެފައެވެ. ވީޑިއޯއާއި ފޮޓޯތަކުން ފެންނަ ފެނުމަށް އެމީހާއަކީ ވަރަށް އުމުރުން ދުވަސްވީ މީހެކެވެ. އޭގައި ބުނާގޮތުން އެމީހާގެ އުމުރަކީ 210 އަހަރެވެ.

މި ވީޑިއޯއާއި ގުޅިގެން އެކި މީހުން އެކި ވާހަކަތައް ދައްކަމުންދާއިރު، ކުރީ ޒަމާނަކީ އުފަން ތާރީޚާ އެފަދަ މައުލޫމާތުތައް ގަނޑެއްގައި ލިޔެގެން ރެކޯޑުކުރި ޒަމާނެއް ނޫނެވެ. އެހެންވުމުން އެމީހާގެ އުމުރު ކުރިން ނޭނގުނީ ކަމަށް ވެދާނެ ކަމަށް ބައެއް މީހުން ބުނެއެވެ. ޕާކިސްތާނުގެ ބައެއް މީހުން ބުނެފައިވާގޮތުގައި މިގޮތަށް ޕާކިސްތާނުގައި އުމުރު ނޭނގޭ ކިތަންމެ ބަޔަކު އެބަތިއްބެވެ. އަނެއްބަޔަކު ގެންދަނީ މިއީ ސީދާ ދޮގެއް ކަމަށް ބުނަމުންނެވެ. އަދި އެ ވީޑިއޯއިން ފެންނަ މީހާއަކީ 103 އަހަރުގެ މީހެއް ކަމަށް ބުނަމުންނެވެ.

މި ވީޑިއޯއާއިމެދު ސުވާލު އުފައްދައި ވާހަކަދެއްކި ގިނަ މީހުން ބުނިގޮތުގައި އާންމުވެފައިވާ ވީޑިއޯއާއި ފޮޓޯތަކުން ފެންނަނީ އެކި އަންހެނުންނެވެ. އަދި ދުނިޔޭގެ ރެކޯޑުތަކުން ދައްކާގޮތުން ދުނިޔޭގައި އެންމެ ގިނަ ދުވަސްވީ ޓަނަކާ ކަމަށް އެމީހުން ބުނެއެވެ. އަދި އެހާ ގިނަ ދުވަސްވަންދެން އެމީހާ ދުނިޔޭގައި ހުރިކަން މީގެ ކުރިން ނޭނގުނީ ކީއްވެތޯއާއި، އެމީހާގެ ލޮލުގެ ފެނުމާއި، އަޑު އިވުމުގެ ހިއްސަށް ކިހާ ބޮޑަކަށް އަސަރުކޮށްފައިވާނެތޯ މީހުން ސުވާލުކޮށްފައިވެއެވެ.

މިކަން މިހާރު ވަނީ މީޑިއާގެ ސަމާލުކަމަށްވެސް އައިސްފައެވެ. މިކަމުގެ ތެދު ދޮގު ބަލައި، ބޭރުގެ ބައެއް ނޫސްތަކުގައި ވަނީ މިކަން ދޮގުކޮށްފައެވެ. އެއީ 210 އަހަރުގެ މީހެއް ނޫން ކަމާއި، ފޮޓޯތަކުންނާއި، ވީޑިއޯތަކުން ފެންނަނީ އެކެއް ނޫން ކަމަށް އެމީހުންވެސް ބުނެފައިވެއެވެ. މިތަނުން އެއް ފޮޓޯއަކީ 256 އަހަރު ދުނިޔޭގައި އުޅުނުކަމަށް ބުނާ ޗައިނާއަށް ނިސްބަތްވާ ލީ ޗީ ޔޫން ގެ ފޮޓޯއެއް ކަމަށް ނޫސްތަކުން ބުނެއެވެ. ބައެއް ނޫސްތަކުން ވަނީ މިއީ ތެދަކަށްވުމާއި، ދޮގަކަށްވުންވެސް އެކަށީގެންވާ ކަމަށްބުނެ ރިޕޯޓުކޮށްފައެވެ. ސަބަބަކީ އެމީހާ އުފަންވި ތާރީޚް އެނގެން ނެތްކަމަށް ބުނަމުންދާތީއެވެ.

ކޮންމެއަކަސް މިވަގުތު މިކަމާއި ގުޅޭގޮތުން ދަނީ އެކި ވާހަކަތައް ދައްކަމުންނެވެ. ހުރިހާ އެންމެންގެ ސަމާލުކަން މިކަމަށް ހުއްޓިފައިވާއިރު، މި މީހާއާ ބެހޭ އިތުރު އެހެން މައުލޫމާތެއްވެސް އާންމުކޮށްފައިނުވާއިރު، މިއީ މީހުންގެ ސަމާލުކަން ހޯދުމަށް ބަޔަކު ކޮށްފައިވާ ކަމެކޭވެސް މީހުން ބުނެއެވެ. މުޅި ސޯޝަލް މީޑިއާވެސް އޮތީ ސުވާލު މާކެއްގެ ތެރޭގައެވެ. އެހެންނަމަވެސް މެޑިކަލް ގޮތުންނާއި، އެހެނިހެން ގޮތްގޮތުން ބެލިޔަސް މިއީ ބުއްދި ގަބޫލުކުރާ ކަމެއް ނޫނެވެ.

އެންމެ ގިނަ ދުވަސްވީ އަންހެން މީހާ

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

05 ޖެނުއަރީ 2022

އެންމެ އުމުރުން ދޮށީ މީހާގެ އުންމީދަކީ 120 އަހަރު ދުނިޔޭގައި އުޅުން

05 ޖެނުއަރީ 2022
އެންމެ އުމުރުން ދޮށީ މީހާގެ އުންމީދަކީ 120 އަހަރު ދުނިޔޭގައި އުޅުން
25 ޖޫން 2017

ފައިތިލައިގައި އާދަޔާ ހިލާފު އައިބެއް ހުރި ކުއްޖާއަށް 18 އަހަރު ފަހުން ހިތްހަމަ ޖެހުމާއި އައު އުއްމީދެއް!

25 ޖޫން 2017
ފައިތިލައިގައި އާދަޔާ ހިލާފު އައިބެއް ހުރި ކުއްޖާއަށް 18 އަހަރު ފަހުން ހިތްހަމަ ޖެހުމާއި އައު އުއްމީދެއް!
11 ޖޫން 2017

ޔާމީންގެ މަރަށް 50 ދުވަސް:އިންސާފު ލިބޭނެ ކަމަށް އާއިލާއިން ގަބޫލެއް ނުކުރޭ

11 ޖޫން 2017
ޔާމީންގެ މަރަށް 50 ދުވަސް:އިންސާފު ލިބޭނެ ކަމަށް އާއިލާއިން ގަބޫލެއް ނުކުރޭ
06 ޖޫން 2017

ޓްވީޓާރ އަށް އެޑިޓް ބަަޓަންއެއް މިއަހަރު ފެނިދާނެބާ!

06 ޖޫން 2017
ޓްވީޓާރ އަށް އެޑިޓް ބަަޓަންއެއް މިއަހަރު ފެނިދާނެބާ!
20 މެއި 2017

އެސްއީޒެޑަށް ތިން އަހަރު، އިންވެސްޓަރުން ކޮބާ؟

20 މެއި 2017
އެސްއީޒެޑަށް ތިން އަހަރު، އިންވެސްޓަރުން ކޮބާ؟
26 އެޕްރީލު 2017

"ގަބޫލެއް ނުކުރޭ ޔާމީނު މަރުވިކަމަށް، ހީވަނީ ހަމަ ދެންމެވެސް ގެއަށް ވަދެދާނެއޭ"

26 އެޕްރީލު 2017
"ގަބޫލެއް ނުކުރޭ ޔާމީނު މަރުވިކަމަށް، ހީވަނީ ހަމަ ދެންމެވެސް ގެއަށް ވަދެދާނެއޭ"
30 މާރިޗު 2017

ޝަރީއަތް ނިމެންދެން ވާނުވާގައި ހަ އަހަރު: ދެ ފަރާތަށް ވެސް ދެވޭ އަނިޔާއެއް؟

30 މާރިޗު 2017
ޝަރީއަތް ނިމެންދެން ވާނުވާގައި ހަ އަހަރު: ދެ ފަރާތަށް ވެސް ދެވޭ އަނިޔާއެއް؟
19 ފެބުރުއަރީ 2017

19 އަހަރު ފަހުން ވެސް "އަމާނާތަށް" ބެލުންތެރިންގެ ބޮޑު ތަރުހީބެއް

19 ފެބުރުއަރީ 2017
19 އަހަރު ފަހުން ވެސް "އަމާނާތަށް" ބެލުންތެރިންގެ ބޮޑު ތަރުހީބެއް
14 ފެބުރުއަރީ 2017

ނިމިދިޔަ އަހަރު ސަތޭކައަށް ވުރެ ގިނަ ނޫސްވެރިން މަރާލި އަހަރެއް

14 ފެބުރުއަރީ 2017
ނިމިދިޔަ އަހަރު ސަތޭކައަށް ވުރެ ގިނަ ނޫސްވެރިން މަރާލި އަހަރެއް
07 ފެބުރުއަރީ 2017

"ބަޣާވާތަށް" ފަސް އަހަރު: އެ ދުވަހަށް ވުރެ މިއަދުގެ ހާލަތު މާ ގޯސް!

07 ފެބުރުއަރީ 2017
"ބަޣާވާތަށް" ފަސް އަހަރު: އެ ދުވަހަށް ވުރެ މިއަދުގެ ހާލަތު މާ ގޯސް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް