Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއޭޖީ އޮފީހުގެ ތަފާސްހިސާބުތައް

ފާއިތުވެދިޔަ ތިން މަސް ދުވަހު 203 މައްސަލައެއްގެ ގާނޫނީ ލަފާ އޭޖީ އޮފީހުން ދީފި

3 އޮކްޓޯބަރު 2021 | އާދީއްތަ 07:20

އެއްބަސްވުންތަކުގައި ސޮއިކުރުމާ ގުޅޭ ގޮތުން 60 ލަފާ ދީފައިވޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 3 އޮކްޓޯބަރު 2021 | އާދީއްތަ 07:20
އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތު

އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތު

މި އަހަރުގެ ޖުލައި 1ން ފެށިގެން ސެޕްޓެމްބަރު މަހުގެ 30 ގެ ނިޔަަލަށް 203 މައްސަލައެއްގެ ގާނޫނީ ލަފާ އެޓާނީ ޖެނެރަލްގެ އޮފީހުން ދީފިއެވެ.

އެ އޮފީހުން އާންމުކުރި ތަފާސް ހިސާބުތަކަށް ބަލާއިރު ދައުލަތުގެ މުއައްސަސާތަކުން ލަފާ ހޯދުމަށްޓަކައި ޖުމްލަ 210 މައްސަލައެއް ހުށަހަޅާފައިވާއިރު 203 ކަމަކާ ގުޅޭ ގޮތުން ލަފާ ދީފައިވެއެވެ.

Advertisement - newsAdvertisement

އޭގެތެރެއިން ބިލް ތަސްދީގު ކުރުމާ ގުޅޭ ގޮތުން 5 ލަފާދީފައިވާއިރު އެއްބަސްވުންތަކުގައި ސޮއި ކުރުމާ ގުޅޭ ގޮތުން 60 ލަފާ ވަނީ ދީފައެވެ. ގަވާއިދުތަކާ ގުޅޭ ގޮތުން 42 ލަފާ ދީފައިވާއިރު އުސޫލުތަކާ ގުޅޭ ގޮތުން 8 ލަފާ ވަނީ ދީފައެވެ. އަދި އެހެނިހެން ކަންކަމާ ގުޅޭ ގޮތުން 8 ލަފާ ވަނީ ދީފައެވެ.

މިދިޔަ އަހަރު އޭޖީ އޮފީހުން ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފައެވެ. އެގޮތުން ދައުލަތުގެ މުއައްސަސާތަކުން ލަފާ ހޯދުމަށްޓަކައި ޖުމްލަ 842 މައްސަލައެއް ހުށަހަޅާފައިވާއިރު 841 ކަމަކާ ގުޅޭ ގޮތުން މިދިޔަ އަހަރު ވަނީ ލަފާ ދީފައެވެ. އޭޖީ އޮފީހުގެ މަސައްކަތްތަކާ ބެހޭގޮތުން މިދިޔަ އަހަރު އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތު ވިދާޅުވެފައިވަނީ އެ އަހަރަކީ ހުރިހާ ގޮތަކުން ވެސް ދަތި އުނދަގޫވި ދުވަސްވަރެއް ކަމަށެވެ. އެގޮތުން މަސައްކަތްތައް އައު ގޮތްތަކަކަށް ބައްޓަން ކުރަން ޖެހުނު ކަމަށާއި ޤާނޫނީ ލަފާ ދިނުމާއި މައްސަލަތަކާ ގުޅިގެން މުވައްޒަފުން ކުރި މަސައްކަތަށް ވެސް ތަޢުރީފު ޙައްޤު ކަމަށް ވިދާޅުވިއެވެ.

އޭޖީ އޮފީހުން ގިނަ މައްސަލަތަކަށް ލަފާ ދީފައިވާއިރު މިދިޔަ އަހަރު ވަނީ މޯލްޑިވްސް އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރު (އެމްއައިއޭސީ) ޤާއިމުކޮށް ޚިދުމަތް ދޭން ފަށާފައެވެ.

އާބިޓްރޭޝަން ސެންޓަރަކީ ރާއްޖޭގައި އާބިޓްރޭޝަން ކުރިއަރުވައި، އެކަމަށް މަގުފަހިކޮށްދިނުމާއި އެކަމާބެހޭ އުސޫލުތައް ކަނޑައަޅާ ސެންޓަރެވެ.

އޭޖީ އޮފީސް

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

07 މެއި 2024

އިޓްލޮސް މައްސަލައިގައި ބޭރުގެ މާހިރުންނާއެކު ވެފައިވާ އެއްބަސްވުމުގެ ތަފްސީލު ހާމަކުރެވެން ނެތީ އެމީހުން ދައުވާކޮށްފާނެތީ: ސަރުކާރު

07 މެއި 2024
އިޓްލޮސް މައްސަލައިގައި ބޭރުގެ މާހިރުންނާއެކު ވެފައިވާ އެއްބަސްވުމުގެ ތަފްސީލު ހާމަކުރެވެން ނެތީ އެމީހުން ދައުވާކޮށްފާނެތީ: ސަރުކާރު
20 ޑިސެމްބަރު 2023

އިޓްލޮސްގެ ނިންމުން ރިވިއު ކުރުމާއި ގުޅޭގޮތުން ކޮމިޓީއެއް އެކުލަވާލައިފި

20 ޑިސެމްބަރު 2023
އިޓްލޮސްގެ ނިންމުން ރިވިއު ކުރުމާއި ގުޅޭގޮތުން ކޮމިޓީއެއް އެކުލަވާލައިފި
14 ނޮވެމްބަރު 2023

ތިން ބިލެއް މަޖިލީހަށް ހުށައެޅުމަށް ރައީސް އޮފީހަށް ފޮނުވައިފި

14 ނޮވެމްބަރު 2023
ތިން ބިލެއް މަޖިލީހަށް ހުށައެޅުމަށް ރައީސް އޮފީހަށް ފޮނުވައިފި
07 އޯގަސްޓު 2023

ޔާމީނު ދައްކަވަންޖެހޭ 5 މިލިއަން ޑޮލަރު ނުދައްކަވާތީ އޭޖީ އޮފީހުން ކޯޓަށް

07 އޯގަސްޓު 2023
ޔާމީނު ދައްކަވަންޖެހޭ 5 މިލިއަން ޑޮލަރު ނުދައްކަވާތީ އޭޖީ އޮފީހުން ކޯޓަށް
05 ފެބުރުއަރީ 2023

މިއަހަރުގެ ފުރަތަމަ ދައުރުގައި 23 ބިލެއް ހުށަހެޅުމަށް އޭޖީ އޮފީހުން ނިންމައިފި

05 ފެބުރުއަރީ 2023
މިއަހަރުގެ ފުރަތަމަ ދައުރުގައި 23 ބިލެއް ހުށަހެޅުމަށް އޭޖީ އޮފީހުން ނިންމައިފި
24 އޮކްޓޯބަރު 2022

އިޓްލޮސްގައި ކުރިއަށްދާ މައްސަލާގައި ސިޔާސީ އެއްވެސް ކަމެއް ނުހިމެނޭ: މިއުވާން

24 އޮކްޓޯބަރު 2022
އިޓްލޮސްގައި ކުރިއަށްދާ މައްސަލާގައި ސިޔާސީ އެއްވެސް ކަމެއް ނުހިމެނޭ: މިއުވާން
24 އޮކްޓޯބަރު 2022

މޮރިޝަސްގެ ސިޔާދަތީ ބާރު އޮތްކަމަށް ގަބޫލުކުރިޔަސް އެއީ ރާއްޖޭގެ ސަރަހައްދުން ބައެއް ގެއްލެންޖެހޭ ސަބަބެއް ނޫން – މެންބަރުން

24 އޮކްޓޯބަރު 2022
މޮރިޝަސްގެ ސިޔާދަތީ ބާރު އޮތްކަމަށް ގަބޫލުކުރިޔަސް އެއީ ރާއްޖޭގެ ސަރަހައްދުން ބައެއް ގެއްލެންޖެހޭ ސަބަބެއް ނޫން – މެންބަރުން
24 އޮކްޓޯބަރު 2022

ޗާގޮސްގެ މައްސަލައިގައި މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބަލައިގަނެ ބަހުސްކުރަން ފަށައިފި

24 އޮކްޓޯބަރު 2022
ޗާގޮސްގެ މައްސަލައިގައި މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބަލައިގަނެ ބަހުސްކުރަން ފަށައިފި
24 އޮކްޓޯބަރު 2022

ޗާގޮސްގެ މައްސަލައިގައި ރާއްޖޭގެ ސިޔާސަތު ބަދަލުވެފައިވޭތޯ ރައްޔިތުންނަށް ސާފުކޮށްދިނުމަށް އެދި ގަރާރެއް ހުށަހަޅައިފި

24 އޮކްޓޯބަރު 2022
ޗާގޮސްގެ މައްސަލައިގައި ރާއްޖޭގެ ސިޔާސަތު ބަދަލުވެފައިވޭތޯ ރައްޔިތުންނަށް ސާފުކޮށްދިނުމަށް އެދި ގަރާރެއް ހުށަހަޅައިފި
24 އޮކްޓޯބަރު 2022

ޗާގޮސްގެ މައްސަލައިގައި މަޖިލީހަށް ކުއްލި މައްސަލައެއް

24 އޮކްޓޯބަރު 2022
ޗާގޮސްގެ މައްސަލައިގައި މަޖިލީހަށް ކުއްލި މައްސަލައެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް