Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް-19 އެމެރިކާގެ ހާލަތު

އެމެރިކާގައި ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު ހަތް ލައްކައަށް

އެމެރިކާއަކީ މުޅި ދުނިޔޭގައިވެސް އެންމެ ގިނަ އަދަދެއްގެ މީހުންނަށް ކޮވިޑް ޖެހި އަދި އެބަލީގައި މަރުވެގެން ރިޕޯޓްކުރަމުން އަންނަ ގައުމު

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 2 އޮކްޓޯބަރު 2021 | ހޮނިހިރު 02:49
އެމެރިކާގައި ކޮވިޑް ޖެހިގެން މަރުވާ މީހުންގެ ހަނދާނުގައި ހަދާފައި ހުރި ތަނެއް

އެމެރިކާގައި ކޮވިޑް ޖެހިގެން މަރުވާ މީހުންގެ ހަނދާނުގައި ހަދާފައި ހުރި ތަނެއް

އެމެރިކާގައި ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު ހަތް ލައްކައަށް އަރައިފިއެވެ.

ހުކުރު ދުވަހު އެގައުމުގައި ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު ހަތް ލައްކައަށް އެރިއިރު އެމެރިކާގައި އުމުރުން ދުވަސްވީ މީހުންނާއި ފުރާނަ ނުރައްކަލަށް ހުށަހެޅޭފަދަ ދާއިރާތަކުގައި މަސައްކަތްކުރާ މީހުންނަށް އަމާޒުކޮށްގެން ބޫސްޓަރ ޝޮޓް ޖަހަން ވަނީ ފަށާފައެވެ. އެމެރިކާގައި ފާއިތުވި ހަފްތާގައި ދުވާލެއްގެ މައްޗަށް ދެ ހާސް މީހުން ކޮވިޑް ޖެހިގެން މަރުވެފައިވެއެވެ.

އެމެރިކާއަކީ މުޅި ދުނިޔޭގައިވެސް އެންމެ ގިނަ އަދަދެއްގެ މީހުންނަށް ކޮވިޑް ޖެހި އަދި އެބަލީގައި މަރުވެގެން ރިޕޯޓްކުރަމުން އަންނަ ގައުމެވެ. އެގޮތުން މުޅި ދުނިޔޭގައި ކޮވިޑް ޖެހިފައިވާ މީހުންގެ 19 އިންސައްތަ އެމެރިކާއިން ހިއްސާކުރާއިރު އެބަލީގައި މަރުވަމުންދާ މީހުންގެ 14 އިންސައްތަ އެމެރިކާ ހިއްސާކުރެއެވެ. މުޅި ދުނިޔެއަށް ބަލާއިރު ކޮވިޑް ޖެހިގެން މަރުވި މީހުންގެ ޖުމްލަ އަދަދު 5 މިލިއަނަށް އަރަނީއެވެ.

ހަލުވި މިނުގައި ފެތުރެމުން އަންނަ ޑެލްޓާ ވޭރިއަންޓާއެކު އެމެރިކާގައި ކޮވިޑްގެ ހާލަތު ގޯސްވެގެންދިޔައެވެ. އަދި ސެޕްޓެމްބަރ މަހުގެ މެދު ތެރޭ ޕީކުގައި ހުރުމަށްފަހު މިހާރުވަނީ ކޭސްތަކުގެ އަދަދު ކުރިޔަށްވުރެ މަދުވެފައެވެ. ނަމަވެސް ފާއިތުވި ހަތް ދުވަހުގެ ޑާޓާތަކަށް ބެލިނަމަވެސް ދުވާލެއްގެ މައްޗަށް 117،625 މީހުންނަށް ވަނީ ކޮވިޑް ޖެހިފައެވެ.

އެމެރިކާގެ އިންފެކްޝިއަސް ޑިޒީސް އެކްސްޕަރޓް ޑރ އެންތޮނީ ފައުޗީ ވިދާޅުވެފައިވަނީ ކޮވިޑްގެ ޕެންޑަމިކް ނިމުމަކަށް ގެނެވޭނީ ދުވާލަކު ކޮވިޑް ޖެހޭ މީހުންގެ އަދަދު 10،000ށް ތިރިކުރެވިގެންކަމަށެވެ.

ފާއިތުވި ހަފްތާތަކުގައި ކޮވިޑް ޖެހިގެން ހޮސްޕިޓަލްތަކުގައި އެޑްމިޓްކުރާ މީހުންގެ އަދަދު ވަނީ ދަށްވެފައެވެ. ވަކިން ޚާއްސަކޮށް ކޭސްތަކުގެ އަދަދު އިތުރުވެ ސިއްހީ ނިޒާމަށް ބާރުބޮޑު ކުރި ދެކުނުގެ ބައެއް ސްޓޭޓްތަކުގައި މިހާރު ވަނީ ހާލަތު ރަނގަޅުވެފައެވެ.

އެމެރިކާގައި ކޮވިޑް ވެކްސިންގެ ބޫސްޓަރ ޑޯޒް ޖެހުން ކުރިޔަށްދާއިރު ހޯމަ ދުވަހު އެގައުމުގެ ރައީސް ޖޯ ބައިޑަން ވަނީ މިސާލު ދެއްކެވުމުގެ ގޮތުން ބޫސްޓަރ ޝޮޓް ޖައްސަވާފައެވެ.

ބޫސްޓަރ ޝޮޓް ޖެހުމާމެދު ސައިންސްވެރިންގެ މެދުގައި ވަނީ ޚިޔާލުތަފާތުވުންތައް އުފެދިފައެވެ. އެމެރިކާގެ ސައިންވެސްވެރިންގެ މެދުގައިވެސް އެކަމުގައި ޚިޔާލު ތަފާތުވުންތައް އުފެދިފައިވާއިރު އޮގަސްޓް މަހު އެގައުމުގައި ބޫސްޓަރ ޝޮޓް ދޭނެކަން ވަނީ ހާމަކޮށްފައެވެ. އެއީ ހަލުވި މިނުގައި ފެތުރެމުންދިޔަ ޑެލްޓާ ވޭރިއަންޓްގެ ސަބަބުން ކޮވިޑް ފެތުރުން ކޮންޓްރޯލްކުރުމުގެ ގޮތުންނެވެ.

އެމެރިކާގެ އާބާދީގެ 56 އިންސައްތަ މީހުން ވަނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައެވެ. އަދި 65 އިންސައްތަ މީހުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައެވެ.

ކޮވިޑް-19އެމެރިކާ

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

އެޕްސްޓީން އާއި ރައީސް ޓްރަމްޕް ގެ ގާތް ގުޅުން ހާމަވާ އިތުރު ފޮޓޯ ތަކެއް ރިލީޒްކޮށްފި

13 ޑިސެމްބަރު 2025
އެޕްސްޓީން އާއި ރައީސް ޓްރަމްޕް ގެ ގާތް ގުޅުން ހާމަވާ އިތުރު ފޮޓޯ ތަކެއް ރިލީޒްކޮށްފި
11 ޑިސެމްބަރު 2025

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ
07 ޑިސެމްބަރު 2025

އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް

07 ޑިސެމްބަރު 2025
އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް
03 ޑިސެމްބަރު 2025

އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ

03 ޑިސެމްބަރު 2025
އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ
03 ޑިސެމްބަރު 2025

ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި

03 ޑިސެމްބަރު 2025
ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު