Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ވެކްސިން ދިނުން

ފުރަތަމަ ޑޯޒަށް އެލާޖިކްވި މީހުންނަށް ދެވަނަ ޑޯޒު ދެމުންދަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ޑޮކްޓަރުންގެ ހާޒިރުގައި!

މުޅި އާބާދީގެ ގާތްގަނޑަކަށް 61 އިންސައްތަ ދެޑޯޒު ފުރިހަމަ ކޮށްފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 1 އޮކްޓޯބަރު 2021 | ހުކުރު 04:10
އެޗްޕީއޭގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުގެ މެމްބަރު ޑރ. ނަޒްލާ މުޞްޠަފާ،

އެޗްޕީއޭގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުގެ މެމްބަރު ޑރ. ނަޒްލާ މުޞްޠަފާ،

ވެކްސިންގެ ފުރަތަމަ ޑޯޒާއެކު މާބޮޑަށް އެލަރޖިކްވެ، ސިއްހީ ގޮތުން މައްސަލަތައް ދިމާވި މީހުންނަށް ދެވަނަ ޑޯޒު ދެމުންދަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ޑޮކްޓަރުންގެ ހާޒިރުގައި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުގެ މެމްބަރު ޑރ. ނަޒްލާ މުޞްޠަފާ ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ޑރ. ނަޒްލާ ވިދާޅުވީ ވެކްސިނަށް ގިނަ ބަޔަކު ހޭލުންތެރިވެފައިވާ ކަމަށާއި، ވެކްސިން ޖެހުމަށް ގިނަ މީހުން ބާރު އަޅާ ކަމަށެވެ. އެގޮތުން ސެޕްޓެންބަރު މަހުގެ 27 ގެ ނިޔަލަށް މުޅި އާބާދީގެ ގާތްގަނޑަކަށް 71 އިންސައްތަ މީހުން ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހާފައިވާ ކަމަށާއި، ގާތްގަނޑަކަށް 61 އިންސައްތަ މީހުން ދެޑޯޒު ފުރިހަމަ ކޮށްފައިވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. އާބާދީގައި ކުޑަ ކުދިން ނިސްބަތުން ގިނަކަން ފާހަގަކުރައްވައި ޑރ. ނަޒްލާ ވިދާޅުވީ ވެކްސިންގެ ތަފާސްހިސާބުތައް ރަނގަޅު ކަމަށެވެ.

Advertisement - newsAdvertisement

ވެކްސިން ނުޖަހާ ތިބި އާބާދީއަށް އިޝާރާތް ކުރައްވައި ޑރ. ނަޒްލާ ވިދާޅުވީ މިހާރު 30 އިންސައްތަ މީހުން ވެކްސިން ނުޖަހާ ތިބީ ކޮންމެވެސް ސަބަބަކާ ހުރެގެން ކަމަށެވެ. އޭގެ ތެރޭގައި އެންމެ ގިނައީ ވެކްސިންގެ ފުރަތަމަ ޑޯޒާއެކު އެލާޖިކްވެ ސިއްހީ ގޮތުން މައްސަލަތައް ކުރިމަތިވި މީހުން ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. އަދި އެންޓިބައޯޓިކާއި، ތަދު ކަޑުވާ ބޭހަށް އެލާޖިކްވާ މީހުން ވެސް ހިމެނޭ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ އެލާޖިކްވި މީހުންގެ ގަޔަށް ދެވަނަ ޑޯޒު ޖަހަމުންދަނީ ޚާއްސަ އުސޫލެއްގެ ތެރެއިން ކަމަށެވެ. އެގޮތުން vaccine@health.gov.mv އީމެއިލް ކުރުމުން ޑޮކްޓަރުންގެ ޕެނަލުން އަކުން އެމީހަކާއި އިންޓަވިއު ކުރާނެ ކަމަށާއި، ވެކްސިން ޖަހާނީ ހޮސްޕިޓަލްގެ އެމަޖެންސީގައި ބޭއްވުމަށްފަހު ޑޮކްޓަރުންގެ ހާޒިރުގައި ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ދެ ޑޯޒު ފުރިހަމަ ކުރުމުން ގާތްގަނޑަކަށް 95 އިންސައްތަ ދިފާއީ ބާރު ލިބޭ ކަމަށާއި، ބައްޔަށް ޕޮޒިޓިވްވި ނަމަވެސް ހާލު ސިރީއަސް ނުވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. އެހެންކަމުން ވެކްސިން ފުރިހަމަ ކުރުމަށް ޑރ. ނަޒްލާ ވަނީ އިލްތިމާސްކުރައްވާފައެވެ.

ވެކްސިންޑރ.ނަޒްލާ މުސްތަފާ

ކޮމެންޓް

އިތުރަށް ކިޔާލަން

ހެޕަޓައިޓިސް ބީ ވެކްސިން އުފަންވުމާއެކު ދިނުމުގެ އުސޫލު ނިމުމަކަށް ގެނައުމަށް އެމެރިކާގެ ވެކްސިން ކޮމިޓީ އިން ފާސްކޮށްފި

ހެޕަޓައިޓިސް ބީ ވެކްސިން އުފަންވުމާއެކު ދިނުމުގެ އުސޫލު ނިމުމަކަށް ގެނައުމަށް އެމެރިކާގެ ވެކްސިން ކޮމިޓީ އިން ފާސްކޮށްފި

06 ޑިސެމްބަރު 2025
ޓްރަމްޕް ވިދާޅުވީ، މާބަނޑު އިރު ޕެރަސެޓަމޯލް ބޭނުން ކުރުމުންނާއި ކުޑަކުދިންނަށް ވެކްސިން ދިނުމުން އޯޓިޒަމްގެ ނުރައްކާ އޮންނަ ކަމަށް، ޑަބްލިޔުއެޗްއޯ އިން ބުނަނީ އެފަދަ ހެތްކެއް ނެތް ކަމަށް!

ޓްރަމްޕް ވިދާޅުވީ، މާބަނޑު އިރު ޕެރަސެޓަމޯލް ބޭނުން ކުރުމުންނާއި ކުޑަކުދިންނަށް ވެކްސިން ދިނުމުން އޯޓިޒަމްގެ ނުރައްކާ އޮންނަ ކަމަށް، ޑަބްލިޔުއެޗްއޯ އިން ބުނަނީ އެފަދަ ހެތްކެއް ނެތް ކަމަށް!

24 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
'ދުނިޔޭގެ ފުރަތަމަ' ގޮނޯރިއާ ވެކްސިން އިނގިރޭސިވިލާތުގައި ދޭން ފަށައިފި

'ދުނިޔޭގެ ފުރަތަމަ' ގޮނޯރިއާ ވެކްސިން އިނގިރޭސިވިލާތުގައި ދޭން ފަށައިފި

04 އޯގަސްޓު 2025
ރޯދަމަހު މާލޭގެ ސަރަހައްދުތަކުގައި ވެކްސިން ދިނުމަށް ހަމަޖެހިފައިވާ ގަޑިތަކަށް ބަދަލު ގެނެސްފި

ރޯދަމަހު މާލޭގެ ސަރަހައްދުތަކުގައި ވެކްސިން ދިނުމަށް ހަމަޖެހިފައިވާ ގަޑިތަކަށް ބަދަލު ގެނެސްފި

18 މާރިޗު 2024

އަހަރުތަކުން މިއަދު

19 ޖެނުއަރީ
ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު
20251 އަހަރު ކުރިން
ރާއްޖެ

ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟
20242 އަހަރު ކުރިން
މީހުން

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!
20233 އަހަރު ކުރިން
ކުޅިވަރު

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!
20224 އަހަރު ކުރިން
ރާއްޖެ

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު
20215 އަހަރު ކުރިން
ރާއްޖެ

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން
20197 އަހަރު ކުރިން
ރިޕޯޓު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު