Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިސްރާއީލު- ފަލަސްތީން

އިސްރާއީލުން ފަލަސްތީނުގެ ތިން ސަރަހައްދެއްގައި ދިން ހަމަލާތަކެއްގައި ތިން މީހުން ޝަހީދުކޮށްލައިފި

1 އޮކްޓޯބަރު 2021 | ހުކުރު 03:02

ތިން ސަރަހައްދަކީ ހުޅަނގު އައްސޭރި އަވަށެއް ކަމުގައިވާ ބުރްގިން، ޖޭރުއްސަލާމް އަދި ޣައްޒާ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 1 އޮކްޓޯބަރު 2021 | ހުކުރު 03:02
އިސްރާއީލުން ބަޑިޖަހާ ޝަހީދުކޮށްލި އިސްރާ އެމްބިޔުލަންސްގައި ގެންދިޔުމަށް މަސައްކަތްކުރަނީ

އިސްރާއީލުން ބަޑިޖަހާ ޝަހީދުކޮށްލި އިސްރާ އެމްބިޔުލަންސްގައި ގެންދިޔުމަށް މަސައްކަތްކުރަނީ

އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި އިސްރާއީލު ސިފައިން ދެމުންގެންދާ ހަމަލާތަކުގައި ތިން މީހުން ޝަހީދުކޮށްލައިފިއެވެ.

މި ތިން މީހުން ޝަހީދުކޮށްލާފައިވަނީ ފަލަސްތީނުގެ 3 ސަރަހައްދެއްގައި ދިން ހަމަލާތަކެއްގައެވެ. އެ ތިން ސަރަހައްދަކީ ހުޅަނގު އައްސޭރި އަވަށެއް ކަމުގައިވާ ބުރްގިން، ޖޭރުއްސަލާމް އަދި ޣައްޒާއެވެ. މިތަނުން އެންމެ ފުރަތަމަ ހަމަލާދީފައިވަނީ ހުޅަނގު އައްސޭރީގެ އަވަށެއްގައެވެ. އެސަރަހައްދުން އިސްރާއީލުން ހަމަލާދީ ޝަހީދުކޮށްލާފައިވަނީ އުމުރުން 22 އަހަރުގެ އަލާ ނަސީރު މުހައްމަދު ޒައްޔޫދުއެވެ.

ފަލަސްތީނުގެ މީޑިޔާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޒައްޔޫދު ޝަހީދުކޮށްލާފައިވަނީ އިސްރާއީލު ސިފައިން އެސަރަހައްދުގެ ގެތައް ބަލާފާސްކުރުމާ ގުޅިގެން ކުރިޔަށްދިޔަ ހަމަނުޖެހުންތަކެއްގައެވެ. އިސްރާއީލުގެ އަސްކަރިއްޔާއިން ކުރިޔަށްގެންދިޔަ މި ބަލާ ފާސްކުރުމަކީ މީހުން ހައްޔަރުކުރުމަށް ކުރިޔަށްގެންދިޔަ ބަލާފާސްކުރުންތަކެކެވެ.

ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނެފައިވަނީ ޒައްޔޫދުގެ ހަށިގަނޑަށް ހަތަރު ވަޒަނެއް އަރާފައިވާކަމަށެވެ. އެތަނުން ދެ ވަޒަން އަރާފައިވަނީ އޭނާގެ މެޔަށް ކަމަށާއި އަނެއް ވަޒަން ކަރަށް އަދި ހަތަރު ވަނަ ވަޒަން އަރާފައިވަނީ ކަނާތު ފައިގެ ފަލަމަސްގަނޑަށްކަމަށެވެ.

މަންޒަރުދުށް މީހުންނާ ހަވާލާދީ މީޑިޔާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޒައްޔޫދުގެ ގަޔަށް ބަޑިޖަހާފައިވަނީ ވަރަށް ކައިރިންނެވެ. އަދި އެއަށްފަހު އެމީހުން ޒައްޔޫދުގެ ކައިރިއަށް އައިސް އޭނާ ވަށާލިކަމަށާއި އޭނާ ކައިރިއަށް އެމްބިޔުލަންސްއަށް ނާދެވޭގޮތަށް ހުރަސް އެޅިކަމަށް ބުނެފައިވެއެވެ. އަދި އެމްބިޔުލަންސަށް ޒައްޔޫދާ ހަމައަށް އާދެވުނީ އިސްރާއީލް ސިފައިން އޭނާ މަރުވި ކަމަށް ޔަގީންކުރުމަށްފަހު ކަމަށް ވެސް މަންޒަރުދުށް މީހުންނާ ހަވާލާދީ މީޑިޔާތަކުގައި ވަނީ ރިޕޯޓްކޮށްފައެވެ.

މި ހަމަލާތަކުގައި އިތުރު ދެ މީހަކު ޒަޚަމްވެފައިވެއެވެ. އެމީހުންނަށް ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދާއިރު އިތުރު ދެމީހުން ހައްޔަރުކޮށްފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.

ދެވަނަ އަށް އިސްރާއީލުން ޝަހީދުކޮށްލާފައިވަނީ ޖޭރުއްސަލާމް ސަރަހައްދުން އުމުރުން 30 އަހަރުގެ އިސްރާ ޚުޒައިމާއެވެ. އިސްރާއަކީ ތިން ކުދިންގެ މަންމައެކެވެ. އިސްރާއީލުން ބުނެފައިވަނީ އިސްރާގެ ގަޔަށް ބަޑިޖެހީ އިސްރާއީލުގެ އޮފިސަރަކަށް ހަމަލާދިނުމަށް މަސައްކަތްކުރުމުންކަމަށެވެ.

ބުރާސްފަތި ދުވަހު ތިން ވަނައަށް ޝަހީދުކޮށްލި މީހަކީ އުމުރުން 41 އަހަރުގެ މުހައްމަދު އަބްދުލް އައްމާރުއެވެ. މީނާ ޝަހީދުކޮށްލާފައިވަނީ ޣައްޒާގައެވެ. ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނެފައިވަނީ މުހައްމަދު ޝަހީދުވީ އިސްރާއީލުން އޭނާއަށް ދިން ހަމަލާގައި ލިބުނު ޒަޚަމްތަކަށް ފަރުވާދެމުން ދަނިކޮށްކަމަށެވެ. މުހައްމަދަކީ ދޫނި މަރާ މީހެކެވެ.

ބުރާސްފަތި ދުވަހު ހިނގާދިޔަ ތިން ހާދިސާގައި ފަލަސްތީނުގެ ތިން މީހަކު ޝަހީދުކޮށްލާފައި މިވަނީ މިފަހުން އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނަށް އަމާޒުކޮށްދޭ ހަމަލާތައް އިތުރުވެފައި ވަނިކޮށެވެ. އެގޮތުން އާދިއްތަ ދުވަހު އިސްރާއީލުން ވަނީ ފަލަސްތީނުގެ ފަސް މީހަކު ޝަހީދު ކޮށްލާފައެވެ.

ފާއިތުވި މަސްތަކުގައި އިސްރާއީލުން އަންނަނީ ކޮންމެ ދުވަހަކުވެސް ފަލަސްތީނުގެ ރައްޔިތުން ދިރިއުޅޭ ސަރަހައްދުތަކުގައި ބަލައި ފާސްކުރުމުގެ ނަމުގައި މީހުން ދިރިއުޅޭ ގެތަކަށް ވަދެ ހަމަނުޖެހުންތައް ހިންގަމުންނެވެ.

އިޒްރޭލްފަލަސްތީން

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

5

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި
10 ޑިސެމްބަރު 2025

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!
09 ޑިސެމްބަރު 2025

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި
08 ޑިސެމްބަރު 2025

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް
08 ޑިސެމްބަރު 2025

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ
06 ޑިސެމްބަރު 2025

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި
01 ޑިސެމްބަރު 2025

ކޮރަޕްޝަންގެ ދައުވާ ތަކަށް ނަތަންޔާހޫ މާފު ދޭން އެދުމުން، އިސްރާއީލް ގައި މުޒާހަރާ ކޮށްފި

01 ޑިސެމްބަރު 2025
ކޮރަޕްޝަންގެ ދައުވާ ތަކަށް ނަތަންޔާހޫ މާފު ދޭން އެދުމުން، އިސްރާއީލް ގައި މުޒާހަރާ ކޮށްފި
29 ނޮވެމްބަރު 2025

ފަލަސްތީނު ގެ ޙައްޤުތައް ރައްކާތެރިކުރުމަށްޓަކައި ބައިނަލްއަޤްވާމީ ފެންވަރުގައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވައިފި

29 ނޮވެމްބަރު 2025
ފަލަސްތީނު ގެ ޙައްޤުތައް ރައްކާތެރިކުރުމަށްޓަކައި ބައިނަލްއަޤްވާމީ ފެންވަރުގައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވައިފި
11 ނޮވެމްބަރު 2025

ފަލަސްތީނު ރައްޔިތުންނަށް އަމާޒު ކޮށް މަރުގެ އަދަބު ދެވޭ ބިލެއްގެ ފުރަތަމަ ކިޔުން އިޒްރޭލުގެ ޕާލިމެންޓުން ފާސް ކޮށްފި

11 ނޮވެމްބަރު 2025
ފަލަސްތީނު ރައްޔިތުންނަށް އަމާޒު ކޮށް މަރުގެ އަދަބު ދެވޭ ބިލެއްގެ ފުރަތަމަ ކިޔުން އިޒްރޭލުގެ ޕާލިމެންޓުން ފާސް ކޮށްފި
10 ނޮވެމްބަރު 2025

2014 ވަނަ އަހަރު މަރާލި އިސްރާއިލުގެ ސިފައިންގެ މީހެއް ހަށިގަނޑު ހަވާލުކުރާނެ ކަމަށް ހަމާސްއިން ބުނެފި

10 ނޮވެމްބަރު 2025
2014 ވަނަ އަހަރު މަރާލި އިސްރާއިލުގެ ސިފައިންގެ މީހެއް ހަށިގަނޑު ހަވާލުކުރާނެ ކަމަށް ހަމާސްއިން ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް