Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް ނަޝީދުގެ ވެރިކަން ވައްޓާލި މައްސަލަ

ރައީސް ނަޝީދުގެ ވެރިކަން ވައްޓާލި މައްސަލަ އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕަރސަން އޮފީހުން ތަހުގީގު ކުރަން ޖެހޭ: ވަކީލު ނިޝާން

30 ސެޕްޓެމްބަރު 2021 | ބުރާސްފަތި 08:44

ސާބިތު ކުރެވޭ މިންވަރަށް ހެއްކާއި ގަރީނާ ލިބޭނެ

އަމްނާ އިމާދު
އަމްނާ އިމާދު | 30 ސެޕްޓެމްބަރު 2021 | ބުރާސްފަތި 08:44
7 ފެބްރުއަރީ 2012 ގައި ރައީސް ނަޝީދު ޖުމްހޫރީ މައިދާނަށް ވަޑައިގެން މުޒާހަރާގެ ބައިވެރިންނާއި ވާހަކަދައްކަވަނީ،

7 ފެބްރުއަރީ 2012 ގައި ރައީސް ނަޝީދު ޖުމްހޫރީ މައިދާނަށް ވަޑައިގެން މުޒާހަރާގެ ބައިވެރިންނާއި ވާހަކަދައްކަވަނީ،

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަގާވާތަކުން ވައްޓާލި މައްސަލަ އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕަރސަން އޮފީހުން ތަހުގީގު ކުރަން ޖެހޭ ކަމަށް މަޝްހޫރު ގާނޫނީ ވަކީލު މުހައްމަދު ނިޝާން އިބްރާހީމް ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހުގެ ރޭ ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ނިޝާން ވިދާޅުވީ ރައީސް ނަޝީދުގެ ވެރިކަން ވައްޓާލާފައިވަނީ ހަރާމް ބަގާވާތަކުން ކަމަށާއި، މިހާރު އެމައްސަލަ ތަހުގީގުކޮށްފިނަމަ އެކަމުގައި އުޅުނު މީހުން ހޯދޭނެ ކަމަށެވެ. އެގޮތުން ޖިނާއީ ދައުވާ ކުރެވޭ މިންވަރަށް ހެކިތައް އެބަހުރި ކަމަށް ނިޝާން ވިދާޅުވިއެވެ. އަދި ވިދާޅުވީ ސާބިތު ކުރެވޭ މިންވަރަށް ވެސް ހެއްކާއި ގަރީނާ ލިބޭނެ ކަމަށެވެ.

ނިޝާން ވިދާޅުވީ އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕަރސަން އޮފީހަކީ މިފަދަ މައްސަލަތައް ބެލުމުގެ ޒިންމާ މަތިކޮށްފައިވާ އޮފީސް ކަމަށްވާއިރު، އަމިއްލަ އިސްނެގުމުގެ މަތިން މި މައްސަލަ ބަލަން ޖެހޭޭ ކަމަށެވެ. އަދި މިއަދާ ހަމައަށް އައިރު މި މައްސަލަ ތަހުގީގުކުރުމުގެ ވިސްނުން ވެސް ނުގެންގުޅޭ ކަމަށާއި، އެކަން ކުއްވެރިކުރާ ކަމަށް ނިޝާން ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ވެރިކަން ބަގާވާތަކުން ވައްޓާލި މައްސަލައަކީ ރައްޔިތުންގެ މަސްލަހަތާ ގުޅިފައިވާ މައްސަލައެއްކަން ފާހަގަކުރައްވައި ނިޝާން ވިދާޅުވީ މިފަދަ މައްސަލައެއް ތަކުރާރުވިޔަ ނުދިނުމަށް މި މައްސަލަ ތަހުގީގު ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. ނިޝާން ވިދާޅުވީ ތަހުގީގެއް ކުރަނީ ދެބޭނުމެއްގައި ކަމަށާއި، އެއްބޭނުމަކީ އެކަން ހިނގައިދިޔަ ގޮތް ހޯދުން ކަމަށެވެ. އަދި ދެވަނަ ބޭނުމަކީ އެފަދަ ކަމެއް ތަކުރާރުވެދާނެ ހުރިހާ ދޮރުތަކެއް ބަންދުކުރުން ކަމަށް ނިޝާން ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ވެރިކަން ބަގާވާތަކުން ވައްޓާލި މައްސަލަ އޮމްބަޑްސްޕަރސަން އޮފީހަށް ހުށަހަޅާފައިނުވި ނަމަވެސް 7 ފެބްރުއަރީ 2012ގައި ސަލާމަތީ ބާރުތަކުން ޓީވީ މޯލްޑިވްސްއަށް ވަދެ، އެތަނަށް ޓެރަރިސްޓު ހަމަލާއެއް ދިން މައްސަލަ އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕަރސަން އޮފީހަށް ހުށަހަޅާފައިވެއެވެ.

މި މައްސަލަ އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕަރސަން އޮފީހަށް ހުށަހަޅާފައިވަނީ ރައީސް ނަޝީދުގެ ފަރާތްޕުޅުން މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑާ) އެވެ. ޓީވީއެމަށް ގަދަކަމުން ވަދެ ބްރޯޑްކާސްޓިން ހުއްޓުވައި، ތަން ހިސޯރު ކޮށްފައިވަނީ ރައީސް ނަޝީދުގެ ވެރިކަން ބަދަލުކޮށް އެއިރު އެކަމުގެ އަޑީގައި ތިބި ސިޔާސީ ބައެއްގެ އޯޑަރަށް ދިވެހި ފުލުހުންނާއި ސިފައިންނެވެ.

7 ފެބްރުއަރީ 2012 ވަނަ ދުވަހު, ރައީސުލްޖުމްހޫރިއްޔާއާއި އަދި ދިވެހި ދައުލަތާ ދެކޮޅަށް ބަޔަކު ނުކުމެ ވަނީ ގާނޫނު އަސާސީއާ ޚިލާފަށް އޭރުގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދުގެ ވެރިކަން ބަދަލުކޮށް ސިޔާސީ ބައެއް ފަރާތްތަކުން ވަނީ ބަގާވާތެއް ކޮށްފައި ކަމަށް ގިނަ ބަޔަކު ބުނެއެވެ.

ރައީސް ނަޝީދުގެ ފަރާތްޕުޅުން މި މައްސަލަ އޮމްބަޑްސްޕާސަންގެ އޮފީހަށް ހުށަހަޅާފައިވާ އިރު، މި މައްސަލަ ރައްދުވާ ފަރާތެއްގެ ގޮތުގައި ހިމެނެނީ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނެޝަނަލް ސެކިއުރިޓީ، މޯލްޑިވްސް ޕޮލިސް ސަރވިސް އަދި މިނިސްޓްރީ އޮފްް ހޯމްއެފެއާޒެވެ.

ރައީސް ނަޝީދުބަގާވަތް

އިތުރަށް ކިޔާލަން

18 ސެޕްޓެމްބަރު 2024

ބީއެމްއެލް ބަޣާވާތް: މިހާތަނަށް އެއްވެސް މީހަކާ ސުވާލުކޮށްފައިނުވޭ

18 ސެޕްޓެމްބަރު 2024
ބީއެމްއެލް ބަޣާވާތް: މިހާތަނަށް އެއްވެސް މީހަކާ ސުވާލުކޮށްފައިނުވޭ
27 އޯގަސްޓު 2024

ރޭވިގެން އުޅުނީ ބަޣާވާތެއް ކުރަން: ރައީސް މުއިއްޒު

27 އޯގަސްޓު 2024
ރޭވިގެން އުޅުނީ ބަޣާވާތެއް ކުރަން: ރައީސް މުއިއްޒު
12 ނޮވެމްބަރު 2023

ގަރާރެއްގެ ސިފަ ނެތް ކަމަށް ބުނެ ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައާއި ދެކޮޅަށް ޑިމޮކްރެޓްސްއިން ތެދުވެއްޖެ

12 ނޮވެމްބަރު 2023
ގަރާރެއްގެ ސިފަ ނެތް ކަމަށް ބުނެ ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައާއި ދެކޮޅަށް ޑިމޮކްރެޓްސްއިން ތެދުވެއްޖެ
08 އޮކްޓޯބަރު 2023

ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅަން އެމްޑީޕީ ޕީޖީ ގްރޫޕުން ފާސްކޮށްފި

08 އޮކްޓޯބަރު 2023
ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅަން އެމްޑީޕީ ޕީޖީ ގްރޫޕުން ފާސްކޮށްފި
17 ސެޕްޓެމްބަރު 2023

ނަޝީދުއާއި ބައްދަލު ކުރެއްވުމަށް ޔާމީން ދެކޮޅު ހައްދަވައިފި

17 ސެޕްޓެމްބަރު 2023
ނަޝީދުއާއި ބައްދަލު ކުރެއްވުމަށް ޔާމީން ދެކޮޅު ހައްދަވައިފި
10 ސެޕްޓެމްބަރު 2023

ރައްޔިތުން މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ އަނބުރާ ނަގަން ނިންމައިފި

10 ސެޕްޓެމްބަރު 2023
ރައްޔިތުން މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ އަނބުރާ ނަގަން ނިންމައިފި
24 މެއި 2023

މިފްކޯ އިން ތައިލެންޑަށް ވިއްކާ މަހުގެ ހިސާބުތައް ފިޝަރީޒް މިނިސްޓްރީގައި ނެތްކަމަށް ބުނުމުން ނަޝީދުގެ ފާޑުކިޔުން ވަޒީރަށް

24 މެއި 2023
މިފްކޯ އިން ތައިލެންޑަށް ވިއްކާ މަހުގެ ހިސާބުތައް ފިޝަރީޒް މިނިސްޓްރީގައި ނެތްކަމަށް ބުނުމުން ނަޝީދުގެ ފާޑުކިޔުން ވަޒީރަށް
08 މެއި 2023

ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟

08 މެއި 2023
ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟
07 އެޕްރީލު 2023

މެމްބަރު ގާސިމާއި ކުރީގެ ރައީސް ނަޝީދު ބައްދަލުކުރައްވައިފި

07 އެޕްރީލު 2023
މެމްބަރު ގާސިމާއި ކުރީގެ ރައީސް ނަޝީދު ބައްދަލުކުރައްވައިފި
17 މާރިޗު 2023

މެއި 6 ހަމަލާގެ ޝަރީއަތް: ނާޒިމް، ޔާސީން އަދި ޒޫމާލްގެ މައްސަލަ އާދިއްތަ ދުވަހު

17 މާރިޗު 2023
މެއި 6 ހަމަލާގެ ޝަރީއަތް: ނާޒިމް، ޔާސީން އަދި ޒޫމާލްގެ މައްސަލަ އާދިއްތަ ދުވަހު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް