Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ"މާލީ ބަޣާވާތް"

ރޭވިގެން އުޅުނީ ބަޣާވާތެއް ކުރަން: ރައީސް މުއިއްޒު

27 އޯގަސްޓު 2024 | އަންގާރަ 02:38

މުއިއްޒު ވިދާޅުވީ ބަޣާވާތް ހިންގަން އުޅުނީ އެމްޑީޕީން އިސްވެ އޮވެގެން ކަމަށާއި އޭގެ އަޑީގައި ތިބި ބަޔަކު ހޯދާ އަދަބު ދޭނެ ކަމުގަ

ރާއްޖެ އެމްވީ | 27 އޯގަސްޓު 2024 | އަންގާރަ 02:38
ޕީއެންސީން ބޭއްވި ޖަގަހަ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަފުުޅުދައްކަވަނީ

ޕީއެންސީން ބޭއްވި ޖަގަހަ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަފުުޅުދައްކަވަނީ

ރުފިޔާ ކާޑުން ޑޮލަރު ނުލިބޭ ގޮތް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހެދުމާ ގުޅިގެން ސީދާ ބަޣާވާތެއް ހިންގަން އުޅުނު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

"މިއީ ރޭވިގެން ކުރި ކަމެއް،" ހޯމަ ދުވަހުގެރޭ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވިއެވެ.

ބަޣާވާތެއް ހިންގަން އުޅުނު ކަމުގެ ހެކި ހުރުމުން ފުލުހުން ތަހުގީގު ފަށާފައި ވާކަމަށާއި ފުލުހުން ކުރާނީ ޕްރޮފެޝަނަލް މަސައްކަތެއް ކަމަށާއި، މި ސަރުކާރުން ފުލުހުންގެ އިދާރާއަކަށް އަދި ސިފައިންގެ އިދާރާއަކަށް ސިޔާސީ ނުފޫޒެއް ނުފޯރުވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

ފުލުހުން ކުރާ ޕްރޮފެޝަނަލް މަސައްކަތުން ފެންނަ ކަމެއް ފެނުނީމާ، އެ ދާނީ ރައްޔިތުންނާ ވެސް ހިއްސާ ކުރަމުން ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ޑރ މުއިއްޒު ވިދާޅުވީ ބަޣާވާތް ހިންގަން އުޅުނީ އެމްޑީޕީން އިސްވެ އޮވެގެން ކަމަށާއި އޭގެ އަޑީގައި ތިބި ބަޔަކު ހޯދާ އަދަބު ދޭނެ ކަމުގައެވެ.

"އެހެންވީމާ ސަރުކާރު ޣައިރު ގާނޫނީ ގޮތަށް ބަދަލު ކުރުމަށް، އަދި އެ ނޫން ވެސް ގައިރު ގާނޫނީ ގޮތަކަށް ރައްޔިތުންގެ ނިންމުން ބަދަލުކުރަން ކުރާ މަސައްކަތް، ގާނޫނުއަސާސީގައި އޮންނަ ގޮތަކަށް ކުރަން ޖެހޭ ކޮންމެ ކަމެއް ކުރުމުގައި ފުރިހަމަ ބާރާއި އެކުގައި، ގާނޫނުއަސާސީގައި އޮންނަ ގޮތަށް ހުރިހާ ކަމެއް އަޅުގަނޑުމެން ކުރާނަން،" ރައީސް ބަޣާވާތާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ވިދާޅުވިއެވެ.

"މިކުރި ކަންތައް، ސަލާމަތް ބުއްދި ހުރި ކޮންމެ މީހަކު ވިސްނާލީމާ ހުރިހާ ޑޮޓްތަކެއް ގުޅިގެންދާކަން އެނގޭނެ....، މި ވާނީ އެޓެމްޕްޑެޓް ކޫއަކަށް،" ރައީސް ވިދާޅުވި އެވެ.

މި ޖަލްސާގައި ރައީސް މުއިއްޒުގެ ފިޝަރީޒް މިނިސްޓަރ އަހްމަދު ޝިޔާމް ވަނީ މިއީ "މާލީ ބަޣާވާތެއް" ކަމަށް ވިދާޅުވެފައެވެ. ޝިޔާމް ވެސް ވަނީ އެކަން އެމްޑީޕީގެ ބޮލުގައި އަޅުވާފައެވެ.

ޑޮލަރު ލިބުން ތާށިވެފައިވާތީ އެކަން ހައްލު ކުރުމަށް އެތައް މަޝްވަރާތަކެއް ސަރުކާރާ އެކު ބޭންކުން ކުރިކަމަށް އާދިއްތަ ދުވަހު ރައީސް އޮފީހުގައި އޮތް ނޫސް ކޮންފަރެންސްގައި ފިނޭންސް މިނިސްޓަރ މުހައްމަދު ޝަފީގު ވިދާޅުވި ނަމަވެސް، ސަރުކާރުން ބުނަމުން ދަނީ ބޭންކުގެ ނިންމުމަކީ ސަރުކާރުން ދިން ލަފަޔާ ދެކޮޅަށް ނިންމި ނިންމުމެއް ކަމަށެވެ.

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ޑރ. މުހައްމަދު މުއިއްޒުބަގާވަތް

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

11 ޑިސެމްބަރު 2025
މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ
10 ޑިސެމްބަރު 2025

ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

10 ޑިސެމްބަރު 2025
ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!
10 ޑިސެމްބަރު 2025

މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

10 ޑިސެމްބަރު 2025
މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް
07 ޑިސެމްބަރު 2025

މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

07 ޑިސެމްބަރު 2025
މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް
06 ޑިސެމްބަރު 2025

އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!

06 ޑިސެމްބަރު 2025
އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!
06 ޑިސެމްބަރު 2025

ރައީސް މުއިއްޒު ޒަކާތު ގެ ބިލު ތަސްދީގު ކުރައްވައިފި

06 ޑިސެމްބަރު 2025
ރައީސް މުއިއްޒު ޒަކާތު ގެ ބިލު ތަސްދީގު ކުރައްވައިފި
05 ޑިސެމްބަރު 2025

ބުޅަލުގެ ހައްގުތަކަށް ވަކާލާތު ކުރާ މީހުން ގެ ކަންބޮޑުވުން ހުރި ކަމަށް ރައީސް ވިދާޅުވިއިރު މިޔަރު މަސްވެރިކަން ހުއްދަކުރީ ވަކާލާތު ކުރާނެ މީހުން ނެތިގެން؟

05 ޑިސެމްބަރު 2025
ބުޅަލުގެ ހައްގުތަކަށް ވަކާލާތު ކުރާ މީހުން ގެ ކަންބޮޑުވުން ހުރި ކަމަށް ރައީސް ވިދާޅުވިއިރު މިޔަރު މަސްވެރިކަން ހުއްދަކުރީ ވަކާލާތު ކުރާނެ މީހުން ނެތިގެން؟
04 ޑިސެމްބަރު 2025

ޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ރައްކާތެރިކަމުގެ ޤާނޫނު، ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރައްވައިފި

04 ޑިސެމްބަރު 2025
ޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ރައްކާތެރިކަމުގެ ޤާނޫނު، ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރައްވައިފި
04 ޑިސެމްބަރު 2025

ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުން ނިމިފައިވާކަން ރައީސް އިއުލާން ކުރެއްވި ދުވަހަކީ ނުފޫޒު ފޯރުވުން ފެށުނު ދުވަސް: މެންބަރު އަމީން ފައިސަލް

04 ޑިސެމްބަރު 2025
ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުން ނިމިފައިވާކަން ރައީސް އިއުލާން ކުރެއްވި ދުވަހަކީ ނުފޫޒު ފޯރުވުން ފެށުނު ދުވަސް: މެންބަރު އަމީން ފައިސަލް
03 ޑިސެމްބަރު 2025

ރައީސް މުއިއްޒު ސަރުކާރުގެ ސިޔާސަތަކީ ރައްޔިތުން ޓެކުމާއި ފޭރުން: އިބްރާހިމް ރަޝީދު

03 ޑިސެމްބަރު 2025
ރައީސް މުއިއްޒު ސަރުކާރުގެ ސިޔާސަތަކީ ރައްޔިތުން ޓެކުމާއި ފޭރުން: އިބްރާހިމް ރަޝީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް