Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޖާބިރު ދީނީ މިނިވަންކަމަށް ގޮވާލެއްވުން

ދީނީ މިނިވަންކަމަށް ގޮވާލައި ޖާބިރު ދެއްކެވި ވާހަކަ މަޖިލީހުން ބަލަނީ

ޖާބިރު ދައްކަވާފައިވާ ވާހަކަތަކަށް ބެލުމަށްފަހު ފިޔަވަޅެއް އަޅަންޖެހޭތޯ ބަލާނެ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 29 ސެޕްޓެމްބަރު 2021 | ބުދަ 18:38
ކާށިދޫ ދާއިރާގެ މެމްބަރ ޢަބްދުﷲ ޖާބިރު

ކާށިދޫ ދާއިރާގެ މެމްބަރ ޢަބްދުﷲ ޖާބިރު

ރާއްޖޭގައި އެހެން ދީންތަކުގެ މީހުން އައިސް އަޅުކަން ކުރެވޭގޮތަށް ހަމަޖެހިފައި އޮންނާނެކަމަށް ވިދާޅުވެ ކާށިދޫ ދާއިރާގެ މެމްބަރ ޢަބްދުﷲ ޖާބިރު ދެއްކެވި ވާހަކަ ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބަލަން ފަަށައިފިއެވެ.

ބުދަ ދުވަހު ކުރިޔަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހެއްކާ ބެހޭ ބިލަށް ވާހަކަދައްކަވަމުން ޖާބިރު ވަނީ ހޮނޑައިދޫ މައްސަލައާ ގުޅޭގޮތުން އެންމެ ފުރަތަމަ ވާހަކަދައްކަވާފައެވެ. އެއަށްފަހު ޖާބިރު ވިދާޅުވީ ރާއްޖޭގައި ތިބި މީހުންނަކީ އެކި ގައުމުތަކުން އައިސްފައިތިބި މީހުންކަމަށެވެ. އަދި ޒަމާނާ އެއްގޮތަށް ރީތި އެއްޗެހި ލައިގެން ތިއްބަސް ތަހުޒީބުވާންޖެހޭ ކަމަށް ވިދާޅުވެ ޖާބިރު ވަނީ ރާއްޖޭގައި "ޔުނިވަރސަލް ޕްރެކްޓިސް"އަށް ޖާގަދޭންވާނެކަމަށް ވިދާޅުވެފައެވެ.

Advertisement - newsAdvertisement

ޖާބިރު މިމޭރުމުން ވާހަކަދައްކަވާފައި ވާއިރު ރާއްޖޭގެ ގިނަ ދީނީ ޢިލްމުވެރިންގެ އިތުރުން އާންމުންވެސް ގެންދަނީ ޖާބިރު ދެއްކި ވާހަކަ ކުށްވެރިކުރަމުންނެވެ.

ޖާބިރު ދެއްކެވި ވާހަކަ މަޖިލީހުގެ އިދާރާއިން އިސްނަގައިގެން ބަލަމުން އަންނައިރު އެކަމާ ގުޅޭގޮތުން "ރާއްޖެ އެމްވީ"އަށް މައުލޫމާތު ދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޔުނިކޭޝަންސް ޑިރެކްޓަރ ޙަސަން ޒިޔާއު ވިދާޅުވީ, އެކަން މަޖިލީހުގެ އިދާރާއިން ބަލަމުން އަންނަކަމަށެވެ. ޖާބިރު ދައްކަވާފައިވާ ވާހަކަތަކަށް ބެލުމަށްފަހު ފިޔަވަޅެއް އަޅަންޖެހޭތޯ ބަލާނެކަމަށް ޒިޔާއު ވިދާޅުވިއެވެ. ނަމަވެސް އެމައްސަލަ ބަލާ ނިމޭނެ ދުވަހެއް ނޭނގޭކަމަށް ޒިޔާއު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގައި މެމްބަރަކު ދައްކަވާ ވާހަކަތަކަށް ގާނޫނު އަސާސީން އިމްތިޔާޒުތަކެއް ލިބިފައިއޮވެއެވެ. އެގޮތުން މަޖިލީހުގެ މެމްބަރުންނަށް ލިބިދީފައިވާ އިމްތިޔާޒްތަކުގެ ދަށުން, މެމްބަރަކު މަޖިލީހުގެ ޖަލްސާއެއްގައި ނުވަތަ ކޮމިޓީއެއްގައި ދައްކަވާ އެއްވެސް ވާހަކައަކާ ގުޅިގެން ތަހުގީގެއް ހިންގައި، ދަޢުވާކޮށް، ކޯޓަށް ހާޒިރު ނުކުރެވޭނެ ކަމަށް ގާނޫނު އަސާސީގައި ވަނީ ބަޔާންކޮށްފައެވެ. ނަމަވެސް އެ އިމްތިޔާޒް ލިބޭނީ އިސްލާމްދީނުގެ އަސްލަކާ ޚިލާފުނުވާ ގޮތަށް މެމްބަރުން ދައްކަވާ ވާހަކަތަކަށްކަމަށްވެސް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވެއެވެ.

ގާނޫނު އަސާސީގެ 90 ވަނަ މާއްދާއަކީ އިމްތިޔާޒާ ގުޅުންހުރި މާއްދާއެވެ. އެމާއްދާގެ ހ ގައި ބުނަނީ:

ރައްޔިތުންގެ މަޖިލިސްއަބްދުﷲ ޖާބިރު

އިތުރަށް ކިޔާލަން

16 މެއި 2024

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް

16 މެއި 2024
ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް
14 މެއި 2024

92 އިންސައްތަ މަސައްކަތް ނިންމާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތާރީޚުގެ ތެރެއަށް

14 މެއި 2024
92 އިންސައްތަ މަސައްކަތް ނިންމާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތާރީޚުގެ ތެރެއަށް
13 މެއި 2024

މަޖިލީހުގެ ތާރީޚުގައި އެންމެ ގިނަ މަސައްކަތްކުރީ 19 ވަނަ މަޖިލީހުން: އަސްލަމް

13 މެއި 2024
މަޖިލީހުގެ ތާރީޚުގައި އެންމެ ގިނަ މަސައްކަތްކުރީ 19 ވަނަ މަޖިލީހުން: އަސްލަމް
29 އެޕްރީލު 2024

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރަން ޤާނޫނަށް ގެނައި އިސްލާހު ފާސްކޮށްފި

29 އެޕްރީލު 2024
ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރަން ޤާނޫނަށް ގެނައި އިސްލާހު ފާސްކޮށްފި
28 އެޕްރީލު 2024

'ސުޕަރ މެޖޯރިޓީ' ގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނަން: ސަރުކާރު

28 އެޕްރީލު 2024
 'ސުޕަރ މެޖޯރިޓީ' ގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނަން: ސަރުކާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު