Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމިނިމަމް ވޭޖް

މިނިމަމް ވޭޖް: ބޯޑުގެ މެމްބަރުން ތަފާތު ހަ ޕްރޮޕޯޒަލެއް ހުށަހަޅާފައިވޭ، ބަހުސް ދަނީ ކުރިއަށް

އިތުރު ޕްރޮޕޯޒަލެއް މެމްބަރުން ހުށަނާޅުއްވާނެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 29 ސެޕްޓެމްބަރު 2021 | ބުދަ 11:13
ވެލާނާގެއަކީ ސަރުކާރުގެ ގިނަ އޮފީސްތަކެއް ހިންގާ އިމާރާތެއް

ވެލާނާގެއަކީ ސަރުކާރުގެ ގިނަ އޮފީސްތަކެއް ހިންގާ އިމާރާތެއް

ވަޒީފާ އަދާކުރާ ފަރާތްތަކަށް ދޭ، އެންމެ ކުޑަ އުޖޫރަ ނުވަތަ މިނިމަމް ވޭޖް ކަނޑައެޅުމަށް ބޯޑުގެ މެމްބަރުން ތަފާތު ހަ ޕްރޮޕޯޒަލެއް ހުށަހަޅާފައިވާ ކަމަށް މިނިމަމް ވޭޖް ބޯޑުން ބުނެފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން މިނިމަމް ވޭޖް ބޯޑުގެ ޗެއާމަން ރިޔާޒް މަންސޫރު ވިދާޅުވީ މިހާރު ކުރިއަށްދަނީ ބޯޑުގެ މެމްބަރުން ހުށަހަޅާފައިވާ ހަ ޕްރޮޕޯޒަލަށް ބަހުސް ކުރުމުގެ މަރުހަލާ ކަމަށެވެ. އަދި އިތުރު ޕްރޮޕޯޒަލެއް މެމްބަރުން ހުށަނާޅުއްވާނެ ކަމަށާއި މިހާރު ހުށަހަޅާފައިވާ ޕްރޮޕޯޒަލްތަކަށް އިސްލާހު ހުށަހަޅާނެ ކަމަށް ރިޔާޒް ވިދާޅުވިއެވެ. އަދި ލަފާކުރެވޭ ގޮތުގައި އަންނަ އޮކްޓޯބަރު މަހުގެ 10 ދުވަހު މިނިސްޓަރަށް ލަފާ އެރުވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

2021 ވަނަ އަހަރު ނިމުމުގެ ކުރިން އެންމެ ކުޑަ އުޖޫރަ ނުވަތަ މިނިމަމް ވޭޖް ކަނޑައަޅަންވާނެ ކަމަށް ވަޒީފާއާ ބެހޭ ގާނޫނުން އިކޮނޮމިކް މިނިސްޓަރަށް ލާޒިމް ކުރެއެވެ. މިދިޔަ އަހަރު ރައްޔިތުންގެ މަޖިލީހުން ވަނީ ވަޒީފާއާ ބެހޭ ގާނޫނަށް ބޮޑެތި އިސްލާހުތަކެއް ގެނެސްފައެވެ. އެއް އިސްލާހަކީ މިނިމަމް ވޭޖް ކަނޑައެޅުމެވެ. ގާނޫނު ބުނާގޮތުން ރާއްޖޭގައި މަސައްކަތްކުރާ މީހުންނަށް މުސާރައިގެ ގޮތުގައި އެންމެ ކުޑަމިނުން ދޭންޖެހޭ އުޖޫރަ ގާނޫނުގައި ބުނާ ގޮތުގެމަތިން މިނިސްޓަރު ކަނޑައަޅަންޖެހޭނެއެވެ. މިކަމާ ގުޅިގެން މިނިސްޓަރު ކުރާ ފުރަތަމަ އަމުރަށް 2021 ވަނަ އަހަރު ނިމުމުގެ ކުރިން ވަޒީފާދޭ ފަރާތްތަކުން އަމަލުކުރަންވާނެ ކަމަށް ގާނޫނުގައި ވަނީ ބުނެފައެވެ. ވަޒީފާއާ ބެހޭ ގާނޫނުގައި ވަނީ 2021 ވަނަ އަހަރު ނިމުމުގެ ކުރިން 9 ސިނާއަތަކަށް އެންމެ ކުޑަ މުސާރަ ނުވަތަ މިނިމަމް ވޭޖު ކަނޑަޅުން ލާޒިމުވާނެ ގޮތަށެވެ.

އެންމެ ކުޑަ އުޖޫރަ ކަނޑައަޅާނެ ސިނާއަތްތަކަކީ މަސްވެރިކަމާއި ދަނޑުވެރިކަމުގެ ސިނާއަތާއި ފަތުރުވެރިކަމުގެ ސިނާއަތާއި ކޮންސްޓްރަކްޝަން ސިނާއަތާއި ދަތުރުފަތުރުގެ ސިނާއަތާއި ސިއްހީ ޚިދުމަތުގެ ދާއިރާއާއި ތައުލީމީ ޚިދުމަތުގެ ދާއިރާގެ އިތުރުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި އިންފޮމޭޝަން، ކޮމިއުނިކޭޝަން، ޓެކްނޮލޮޖީ އަދި މެރިޓައިމް ޝިޕިން ސިނާއަތެވެ.

މިނިމަމް ވޭޖް ކަނޑައެޅުމަށްޓަކައި މިނިސްޓަރަށް ލަފާ ދިނުމަށް 11 މެމްބަރުން އެކުލެވޭ ބޯޑެއް އޮވެއެވެ. ވަޒީފާއާ ބެހޭ ގާނޫނަށް މި އިސްލާހު ގެނައުމުގެ ކުރިން ސަރުކާރުން ވަނީ 4000 އާއި 8000 ރުފިޔާ އާ ދެމެދުގެ އަދަދެއް މިނިމަމް ވޭޖްގެ ގޮތުގައި ކަނޑައެޅުމަށް ހުށަހަޅާފައެވެ. އެކަމާ ގުޅިގެން ބޮޑެތި މަޝްވަރާތަކެއް ވެސް ކޮށްފައިވެއެވެ. މިނިމަމް ވޭޖް ބޯޑުގެ ލަފާގައި ވަނީ، އެންމެ ކުޑަ އުޖޫރައަކީ އަސާސީ މުސާރައިގެ ގޮތުގައި 6،400ރ. ކަނޑައެޅުމަށެވެ. އަދި ސިވިލް ސަރވިސްގައި މަސައްކަތްކުރާ މުވައްޒަފުންނާއި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް 6،400ރ.-8،600ރ. ދެމެދުގެ އަދަދެއް ކަނޑައެޅުމަށެވެ.  

މިނިމަމް ވޭޖް ކަނޑައެޅުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހުގެ ރިޔާސީ ވައުދުފުޅެކެވެ.

މިނިމަމް ވޭޖް

އިތުރަށް ކިޔާލަން

24 ޖޫން 2025

މައުޟޫޢު އާއި ގުޅުނަސް ނުގުޅުނަސް، ވަޒީރު ހައިދަރުގެ ޖަވާބެއް ނެތް!

24 ޖޫން 2025
މައުޟޫޢު އާއި ގުޅުނަސް ނުގުޅުނަސް، ވަޒީރު ހައިދަރުގެ ޖަވާބެއް ނެތް!
21 މާރިޗު 2024

"މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑު" އަލުން އެކުލަވާލަނީ

21 މާރިޗު 2024
"މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑު" އަލުން އެކުލަވާލަނީ
02 ފެބުރުއަރީ 2022

މިނިމަމް ވޭޖާއެކު ފެނަކައިގެ މުވައްޒަފުންގެ މުސާރައަށް ކުރިއެރުން

02 ފެބުރުއަރީ 2022
މިނިމަމް ވޭޖާއެކު ފެނަކައިގެ މުވައްޒަފުންގެ މުސާރައަށް ކުރިއެރުން
13 ނޮވެމްބަރު 2021

މިނިމަމް ވޭޖާއެކު ހާލަތު ބަދަލުވާނެތަ؟

13 ނޮވެމްބަރު 2021
މިނިމަމް ވޭޖާއެކު ހާލަތު ބަދަލުވާނެތަ؟
08 ނޮވެމްބަރު 2021

މަސައްކަތްތެރިންނަށް އަބަދުވެސް ކަންކަން ކަށަވަރުކޮށްދިނުމަކީ އެމްޑީޕީގެ އަމާޒެއް: ރައީސް ނަޝީދު

08 ނޮވެމްބަރު 2021
މަސައްކަތްތެރިންނަށް އަބަދުވެސް ކަންކަން ކަށަވަރުކޮށްދިނުމަކީ އެމްޑީޕީގެ އަމާޒެއް: ރައީސް ނަޝީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު