Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމުވައްޒަފުންގެ މުސާރަ ބޮޑުކުރުން

އެމްއޭސީއެލްގެ މުވައްޒަފުންގެ މުސާރަ އަންނަ މަހުން ފެށިގެން ބޮޑުކުރަނީ

29 ސެޕްޓެމްބަރު 2021 | ބުދަ 03:32

މުސާރަ ބޮޑު ކުރާނީ ފަސް އިންސައްތައިން ފެށިގެން ވިހި އިންސައްތައާ ހަމައަށް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 29 ސެޕްޓެމްބަރު 2021 | ބުދަ 03:32
އެމްއޭސީއެލްގެ މުވައްޒަފުން

އެމްއޭސީއެލްގެ މުވައްޒަފުން

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ މުވައްޒަފުންގެ މުސާރަ އަންނަ މަހުން ފެށިގެން ބޮޑުކުރަން ނިންމައިފިއެވެ.

އެމްއޭސީއެލުން ނެރުނު ބަޔާނެއްގައި ބުނީ މުވައްޒަފުންގެ މުސާރަ ބޮޑު ކުރާނީ ފަސް އިންސައްތައިން ފެށިގެން 20 އިންސައްތައާ ހަމައަށް ކަމަށެވެ. އެގޮތުން ދަށް މުސާރަ ލިބޭ މީހުންގެ މުސާރަ އަށް 20 އިންސައްތަ އިތުރުކޮށްދޭއިރު ބޮޑެތި މުސާރަތައް ލިބޭ މީހުންނަށް އިތުރުކޮށްދޭނީ ފަސް އިންސައްތައަށް ކަމަށް ވަނީ ބުނެފައެވެ.

Advertisement - newsAdvertisement

އެ ކުންފުނިން ބުނީ މުސާރައަށް ގެންނަ ބަދަލަކީ ކޮވިޑް-19ގެ ތެރޭގައި އެ ކުންފުނީގެ މުވައްޒަފުން ކުރި ބުރަ މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ގެންނަ ބަދަލެއް ކަމަށާއި، މިއީ ރާއްޖޭގެ އެންމެ ބޮޑު އެއް ކުންފުނީގެ ހައިސިއްޔަތުން މުވައްޒަފުންގެ މުސާރަ ވަކި މިންގަނޑެއްގައި ހިފެހެއްޓުމަށް ގެންނަން ޖެހޭ މުހިންމު ބަދަލެއް ކަމަށެވެ.

އެމްއޭސީއެލްގެ މުވައްޒަފުންގެ މުސާރަތަކަށް ބަދަލު އައި ނަމަވެސް ސީނިއަރ މަގާމުތަކުގައި ތިބި ބިދޭސީ މުވައްޒަފުންގެ މުސާރައަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ކޮވިޑުގެ ހާލަތުގައި ދަތިތައް ކުރިމަތިވިކަމުގައިވީ ނަމަވެސް އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަންދީ،، ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ގައިޑްލައިންތަކާ އެއްގޮތަށް ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދީފައިވާ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

އެގޮތުން ފަތުރުވެރިންނާއި އެހެނިހެން ދަތުރުވެރިންނަށް ރައްކާތެރި ގޮތެއްގެ މަތިން ޚިދުމަތް ފޯރުކޮށްދޭ ތަނަކަށް ހެދުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައިވާކަން ފާހަގަކޮށް އެ ކުންފުނިން ބުނީ ދަތުރުވެރިންނަށް ވީހާވެސް ތަކުލީފު ކުޑަވާނެ ގޮތަކަށް އިންތިޒާމުތައް ހަމަޖެއްސި ކަމަށެވެ.

އެމްއޭސީއެލް

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

23 އޮކްޓޯބަރު 2025

ގާނޫނާ ހިލާފަށް ސަރުކާރު ކުރަމުންދާ ކަންކަމުގައި ބައިވެރިނުވުމަކީ ކޮންމެ މުވައްޒަފެއްގެ މައްޗަށް މިއަދު އޮތް ޒިންމާއެއް: ފައްޔާޒު

23 އޮކްޓޯބަރު 2025
ގާނޫނާ ހިލާފަށް ސަރުކާރު ކުރަމުންދާ ކަންކަމުގައި ބައިވެރިނުވުމަކީ ކޮންމެ މުވައްޒަފެއްގެ މައްޗަށް މިއަދު އޮތް ޒިންމާއެއް: ފައްޔާޒު
22 އޮކްޓޯބަރު 2025

އެމްއޭސީއެލް އިން ބިންހިއްކަން ނިންމި ހިސާބުން އެއީ ބުއްދި ގަބޫލު ކުރެވޭ ކަމެއް ނޫންކަމަށް ބުނެ ފާޑުކިޔާފައި ވަނިކޮށް ރިޔާޒް ކުންފުނީގެ ބޯޑުން ވަކި ކޮށްފި

22 އޮކްޓޯބަރު 2025
އެމްއޭސީއެލް އިން ބިންހިއްކަން ނިންމި ހިސާބުން އެއީ ބުއްދި ގަބޫލު ކުރެވޭ ކަމެއް ނޫންކަމަށް ބުނެ ފާޑުކިޔާފައި ވަނިކޮށް ރިޔާޒް ކުންފުނީގެ ބޯޑުން ވަކި ކޮށްފި
21 އޮކްޓޯބަރު 2025

އެމްއޭސީއެލްއާއި ހަވާލުކުރީ 5 ތަރީގެ ރިސޯޓަކާއި ހޮޓެލް ސްކޫލެއް ތަރައްގީކުރަން

21 އޮކްޓޯބަރު 2025
އެމްއޭސީއެލްއާއި ހަވާލުކުރީ 5 ތަރީގެ ރިސޯޓަކާއި ހޮޓެލް ސްކޫލެއް ތަރައްގީކުރަން
21 އޮކްޓޯބަރު 2025

މި ސަރުކާރުން ޗައިނާ ކުންފުންޏަކާއި ހަވާލުކޮށްފައި އޮތް ކައްދޫ އެއަރޕޯޓް ތަރައްގީކުރަން އެމްއޭސީއެލްއާ ވެސް ހަވާލުކޮށްފި

21 އޮކްޓޯބަރު 2025
މި ސަރުކާރުން ޗައިނާ ކުންފުންޏަކާއި ހަވާލުކޮށްފައި އޮތް ކައްދޫ އެއަރޕޯޓް ތަރައްގީކުރަން އެމްއޭސީއެލްއާ ވެސް ހަވާލުކޮށްފި
17 އޮކްޓޯބަރު 2025

ރައީސް ޞާލިހުގެ ސަރުކާރުން ހަނިމާދޫގައި ތަރައްގީކުރަން ފެށި އެއަރޕޯޓުގެ އައު ޓާމިނަލް ބޭނުންކުރަން ފަށައިފި

17 އޮކްޓޯބަރު 2025
ރައީސް ޞާލިހުގެ ސަރުކާރުން ހަނިމާދޫގައި ތަރައްގީކުރަން ފެށި އެއަރޕޯޓުގެ އައު ޓާމިނަލް ބޭނުންކުރަން ފަށައިފި
17 އޮކްޓޯބަރު 2025

އެމްޓީސީސީ އޮތީ މިހާރު ބަނގުރޫޓުވެފައި، ސަރުކާރުން ދަނީ އެކަން ފޮރުވަމުން: އަމްރު

17 އޮކްޓޯބަރު 2025
އެމްޓީސީސީ އޮތީ މިހާރު ބަނގުރޫޓުވެފައި، ސަރުކާރުން ދަނީ އެކަން ފޮރުވަމުން: އަމްރު
14 އޮކްޓޯބަރު 2025

ބިލެތްފަހީގެ އެއަރޕޯޓުގެ ބިންހިއްކަން ކުރިން ހަވާލު ކުރި ކޮންޓްރެކްޓަށް ވީ ގޮތެއް ނޭނގޭ، ދެ އަހަރު ފަހުން އަލުން އެ މަސައްކަތް އެމްއޭސީއެލް އާ ހަވާލު ކޮށްފި!

14 އޮކްޓޯބަރު 2025
ބިލެތްފަހީގެ އެއަރޕޯޓުގެ ބިންހިއްކަން ކުރިން ހަވާލު ކުރި ކޮންޓްރެކްޓަށް ވީ ގޮތެއް ނޭނގޭ، ދެ އަހަރު ފަހުން އަލުން އެ މަސައްކަތް އެމްއޭސީއެލް އާ ހަވާލު ކޮށްފި!
09 އޮކްޓޯބަރު 2025

ނޮވެމްބަރު 9 ގައި ހަނިމާދޫ އެއަރޕޯޓުގެ އައު ޓާމިނަލް ހުޅުވަނީ

09 އޮކްޓޯބަރު 2025
ނޮވެމްބަރު 9 ގައި ހަނިމާދޫ އެއަރޕޯޓުގެ އައު ޓާމިނަލް ހުޅުވަނީ
26 ސެޕްޓެމްބަރު 2025

މި ސަރުކާރުގައި އެމްއޭސީއެލް ވަނީ ފެނަކައާ އެއް ދަރަޖައަކަށް ވައްޓާލާފައި: އަމްރު

26 ސެޕްޓެމްބަރު 2025
މި ސަރުކާރުގައި އެމްއޭސީއެލް ވަނީ ފެނަކައާ އެއް ދަރަޖައަކަށް ވައްޓާލާފައި: އަމްރު
24 ސެޕްޓެމްބަރު 2025

ވީއައިއޭ ޕާކިން ޒޯން ކައިރީ އޮންނަ މަގުން އެއްކޮޅަށް ދުއްވޭ ގޮތަށް ހަދައި، ޓްރެފިކް ފްލޯއަށް ބަދަލުތަކެއް

24 ސެޕްޓެމްބަރު 2025
ވީއައިއޭ ޕާކިން ޒޯން ކައިރީ އޮންނަ މަގުން އެއްކޮޅަށް ދުއްވޭ ގޮތަށް ހަދައި، ޓްރެފިކް ފްލޯއަށް ބަދަލުތަކެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް