Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އެސްޑީއެފްސީ

އެސްޑީއެފްސީ އިން 2،700ށްވުރެ ގިނަ އެހީ

އެސްޑީއެފްސީ އިން ވަނީ ވިޔަފާރީތަކަށް 2132 އެހީ ދޫކޮށްފައި

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 28 ސެޕްޓެމްބަރު 2021 | އަންގާރަ 07:25
އެސްޑީއެފްސީ

އެސްޑީއެފްސީ

އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ގެންދަނީ ލޯނުތައް ދޫކުރަމުންދާ ގޮތުގެ ތަފްސީލާއި އަދި ރިކަވަރީ ލޯނުތައް ދޫކުރަމުންދާ ގޮތުގެ ތަފްސީލު ހާމަކުރަމުންނެވެ. މި ކޮވިޑުގެ ހާލަތުގައި ވެސް ގިނަ ވިޔަފާރީތަކަށް އެ ކުންފުނިން ވަނީ އެހީތެރިކަން ފޯރުކޮށްދީ، އެ ވިޔަފާރީތައް އަލުން އަނބުރާ ކޮޅަށް ޖެހުމަށްޓަކައި ލޯނުތައް ވެސް ދޫކޮށްފައެވެ. އެގޮތުން މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް އެ ކުންފުނިން ވަނީ 2،738 މީހަކަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.

ސެޕްޓެމްބަރު 8 ވަނަ ދުވަހުގެ ނިޔަލަށް އެސްޑީއެފްސީ އިން ވަނީ ވިޔަފާރީތަކަށް 2132 އެހީ ދޫކޮށްފައެވެ. އެއީ ގާތްގަޑަކަށް 367،060،446 ރުފިޔާއެވެ. އަދި އަމިއްލަ މަސައްކަތް ކުރާ 606 މީހުންނަށް 600،182،960 ރުފިޔާގެ އެހީ ވަނީ ދޫކޮށްފައެވެ.

އެސްޑީއެފްސީ އިން ސެޕްޓަމްބަރު 8 ވަނަ ދުވަހުގެ ނިޔަލަށް ދޫކޮށްފައިވާ އަދި އެޕްރޫވްކޮށްފައިވާ ބައެއް ލޯންތަކުގެ ތަފާސްހިސާބުތަކަށް ބަލާއިރު ޖުމްލަ 820 ލޯނެއް ވަނީ އެޕްރޫވްކޮށްފައެވެ. އަދި ޖުމްލަ 606 ލޯނެއް ވަނީ ދޫކޮށްފައެވެ.

އެކުންފުނިން ލޯނު ދޫކޮށްފައިވާ އަދި އެޕްރޫވްކޮށްފައިވާ ގޮތުގެ ތަފްސީލަށް ބަލާއިރު ޖުމްލަ 21 އަތޮޅަކަށް ވަނީ ލޯނު ދޫކޮށް އެޕްރޫވްކޮށްފައެވެ.

އެގޮތުން އެންމެ ގިނައިން ލޯނު އެޕްރޫވްކޮށްފައިވާ ބައެއް އަތޮޅުތަކަށް ބަލާއިރު މާލެސިޓީއަށް 275 ލޯނު، ލ. އަތޮޅަށް 62 ލޯނު، ކ. އަތޮޅަށް 56 ލޯނު އަދި ގދ. އަތޮޅަށް 53 ލޯނު ހިމެނެއެވެ.

މީގެއިތުރުން އެކުންފުނިން ބައެއް އަތޮޅުތަކަށް ދޫކޮށްފައިވާ ލޯނުތަކުގެ ތަފްސީލަށް ބަލާއިރު މާލެސިޓީއަށް 213 ލޯނު، ލ. އަތޮޅަށް 48 ލޯނު، ގދ. އަތޮޅަށް 43 ލޯނު، ކ. އަތޮޅަށް 36 ލޯނު އަދި ށ. އަތޮޅަށް 30 ލޯނު ހިމެނެއެވެ.

އެސްޑީއެފްސީ އިން ވިޔަފާރި އެހީގެ ލޯނުގެ ގޮތުގައި ސެޕްޓެމްބަރު 8 ވަނަ ދުވަހާއި ހަމައަށް ވަނީ ގިނަ ލޯނުތަކެއް ދޫކޮށް އަދި އެޕްރޫވްކޮށްފައެވެ. އެގޮތުން ޖުމްލަ 2147 ލޯނު އެޕްރޫވްކޮށްފައިވާއިރު 2132 ލޯނު ވަނީ ދޫކޮށްފައެވެ. ލޯނު ދޫކޮށްފައިވާ އަދި އެޕްރޫވްކޮށްފައިވާ ގޮތުގެ ތަފްސީލަށް ބަލާއިރު ޖުމްލަ 21 އަތޮޅަކަށް ވަނީ ލޯނު ދޫކޮށް އެޕްރޫވްކޮށްފައެވެ.

މާލެސިޓީއަށް ދޫކުރެވުނު އަދި އެޕްރޫވް ކުރެވުނު ލޯނުތަކުގެ އަދަދު ގިނަކަން ފާހަގަކޮށްލެވެއެވެ. އެގޮތުން މާލެސިޓީއަށް 1678 ލޯނު އެޕްރޫވްކޮށްފައިވާއިރު 1666 ލޯނު ވަނީ ދޫކޮށްފައެވެ. ށ. އަތޮޅަށް 77 ލޯނު އެޕްރޫވްކޮށްފައިވާއިރު ކ. އަތޮޅަށް 50 ލޯނު، ގދ. އަތޮޅަށް 47 ލޯނު އަދި ގއ. އަތޮޅަށް 37 ލޯނު ވަނީ އެޕްރޫވްކޮށްފައެވެ.

މި މުއްދަތުގެ ތެރޭގައި އެ ކުންފުނިން އެންމެ ގިނައިން ލޯނު ދޫކޮށްފައިވާ އަތޮޅުތަކަށް ބަލާއިރު މާލެސިޓީ ފިޔަވާ ށ. އަތޮޅަށް 77 ލޯނު، ކ. އަތޮޅަށް 49 ލޯނު، ގދ. އަތޮޅަށް 46 ލޯނު އަދި ގއ. އަތޮޅަށް 36 ލޯނު ވަނީ ދޫކޮށްފައެވެ.

އެސްޑީއެފްސީ އިން 2020 ވަނަ އަހަރު އެކުލަވާލި ރިލީފް އަދި ސްޓިމިއުލަސް ޕެކޭޖްތަކުން 31 މޭ 2021 ގެ ނިޔަލަށް ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް 419 ވިޔަފާރީއަކަށް 585،852،848 ރުފިޔާ އަދި 8،000،000 އެމެރިކާ ޑޮލަރު ވަނީ ދޫކޮށްފައެވެ. ހަމަ މި މުއްދަތުގައި އެސްޑީއެފްސީ އިން ވަނީ 1،457 ވިޔަފާރީއަކަށް 343،997،553 ރުފިޔާ ދޫކޮށްފައެވެ. އަދި އަމިއްލަ މަސައްކަތް ކުރާ 664 މީހަކަށް 19،877،000 ރުފިޔާ ދޫކޮށްފައިވާއިރު ޖުމްލަ 2،121 ލޯނު ވަނީ ދޫކޮށްފައެވެ.

މީގެއިތުރުން އެސްޑީއެފްސީ މެދުވެރިކޮށް އެކި ރެސްޓޯރެންޓް ވިޔަފާރީތަކަށް 156 މީހަކަށް 33،751،483 ރުފިޔާގެ ލޯނު އެޕްރޫވްކޮށްފައިވާއިރު 152 މީހަކަށް 32،298،247 ރުފިޔާގެ ލޯނު ވަނީ ދޫކޮށްފައެވެ. އަދި 31 މެއި 2021 ގެ ނިޔަލަށް ގެސްޓްހައުސް ވިޔަފާރީތަކަށް 22،056،213 ފައިސާގެ ލޯނު ވަނީ އެޕްރޫވްކޮށްފައެވެ. މި ލޯނު އެޕްރޫވްކޮށްފައިވަނީ 112 ގެސްޓްހައުސްއަކަށެވެ. 108 މީހަކަށް 21،279،520 ރުފިޔާގެ ލޯނު ވަނީ ދޫކޮށްފައެވެ.

ވިޔަފާރީ އެހީގެ ލޯނުތައް އެސްޑީއެފްސީ އިން އެޕްރޫވްކޮށްފައިވާއިރު މި ލޯނުތައް އެޕްރޫވްކޮށްފައިވަނީ އެކި ސެކްޓަރތަކަށް ބަހާލެވިގެންނެވެ. އެގޮތުން ކޯމާސްގެ ދާއިރާއަށް 52.77 އިންސައްތަ ލޯނު އެޕްރޫވްކޮށްފައިވާއިރު ކޮންސްޓްރަކްޝަންގެ ދާއިރާއަށް 15.59 އިންސައްތަ ލޯނު ވަނީ އެޕްރޫވްކޮށްފައެވެ. އަދި ޓުއަރިޒަމްގެ ދާއިރާއަށް 14.51 އިންސައްތަ ލޯނު، އަމިއްލަ މަސައްކަތް ކުރާ މީހުންނަށް 5.36 އިންސައްތަ ވަނީ އެޕްރޫވްކޮށްފައެވެ.

އަދި ޓްރާންސްޕޯޓުގެ ދާއިރާއަށް 5.23 އިންސައްތަ ލޯނު ވަނީ އެޕްރޫވްކޮށްފައެވެ. މެނުފެކްޗަރިންގގެ ދާއިރާއަށް 4.88 އިންސައްތަ ލޯނު ވަނީ އެޕްރޫވްކޮށްފައިވާއިރު 1.65 އިންސައްތަ ލޯނު ވަނީ ފިޝަރީޒް އަދި އެގްރިކަލްޗަރގެ ދާއިރާ އިން އެޕްރޫވްކޮށްފައެވެ.

އެސްޑީއެފްސީ އަކީ ދައުލަތުގެ 100 އިންސައްތަ ހިއްސާވާ ކުންފުންޏެކެވެ. އޭގެ ތެރޭގައި ފުވައްމުލަކު ސިޓީ، އައްޑޫ ސިޓީ އަދި މާލޭ ސިޓީގެ 15 އިންސައްތަ (ކޮންމެ ސިޓީއަކަށް %5) ހިއްސާ ހިމެނެއެވެ.

އެ ކޯޕަރޭޝަނަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ މާލީ އެހީ އާއި ފަންނީ ލަފާދިނުމުގެ ގޮތުން 2020 ވަނަ އަހަރުގެ މާޗް މަހުގެ ތެރޭގައި ހުޅުވިގެން ދިޔަ ކުންފުންޏެކެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހާއްސަ ކުރެވިގެން އެސްޑީއެފްސީއިން ދޫކުރާ ލޯނުތަކަކީ ކުޑަ އިންޓްރަސްޓް ރޭޓެއްގައި، ދިގުމުއްދަތަކަށް ބަހާލައިގެން ދައްކަން ޖެހޭ ލޯނުތަކެކެވެ. އެގޮތުން މަސްވެރިކަމާއި، ދަނޑުވެރިކަމާއި، އަމިއްލަ ވިޔަފާރިތަކަށް ހާއްސަ ލޯނުތަކެއް އެ ކުންފުނިން ވަނީ ތައާރަފްކޮށްފައެވެ.

އެސްޑީއެފްސީ

ކޮމެންޓް

އިތުރަށް ކިޔާލަން

މި ސަރުކާރުން ކާރުއެމްވީއަށް ފައިސާދީގެން ގެންނަން ބުނި ކާރުތައް ނުލިބޭ، ލޯނަށް މަހަކު 7000 ރުފިޔާ އެބަ ކަނޑާ: ޓެކްސީ ޑްރައިވަރު ސަލީމް

މި ސަރުކާރުން ކާރުއެމްވީއަށް ފައިސާދީގެން ގެންނަން ބުނި ކާރުތައް ނުލިބޭ، ލޯނަށް މަހަކު 7000 ރުފިޔާ އެބަ ކަނޑާ: ޓެކްސީ ޑްރައިވަރު ސަލީމް

19 ނޮވެމްބަރު 2025
200 މަސްދޯނީގައި ލޮނުފެނުން މަސް ފިނިކުރާ ނިޒާމު ގާއިމު ކުރުމަށް, އާރު.އެސް.ޑަބްލިޔު ފައިނޭންސިންގ ސްކީމް ހުޅުވާލައިފި

200 މަސްދޯނީގައި ލޮނުފެނުން މަސް ފިނިކުރާ ނިޒާމު ގާއިމު ކުރުމަށް, އާރު.އެސް.ޑަބްލިޔު ފައިނޭންސިންގ ސްކީމް ހުޅުވާލައިފި

16 ނޮވެމްބަރު 2025
"އެސްޑީއެފްސީ އިން ޓެކްސީ ޑްރައިވަރުންނަށް ލޯނު ދިނީ ޤާނޫނާއި ޚިލާފަށް ކަމަށް ބުނެ އަމީން ހަދަނީ ދޮގު. އުޅުއްވަނީ ޒިންމާ އިން ރެކެން"

"އެސްޑީއެފްސީ އިން ޓެކްސީ ޑްރައިވަރުންނަށް ލޯނު ދިނީ ޤާނޫނާއި ޚިލާފަށް ކަމަށް ބުނެ އަމީން ހަދަނީ ދޮގު. އުޅުއްވަނީ ޒިންމާ އިން ރެކެން"

27 އޮކްޓޯބަރު 2025
އެސްޑީއެފްސީއިން ދޫކޮށްފައިވާ ހުރިހާ ލޯނެއް ޝަރީޢާ ކޮމްޕްލަޔަންޓް ޕޯޓްފޯލިއޯއަކަށް ބަދަލުކުރަނީ!

އެސްޑީއެފްސީއިން ދޫކޮށްފައިވާ ހުރިހާ ލޯނެއް ޝަރީޢާ ކޮމްޕްލަޔަންޓް ޕޯޓްފޯލިއޯއަކަށް ބަދަލުކުރަނީ!

07 އޮކްޓޯބަރު 2025
ރައީސް މުއިއްޒަށް 11 މަސް، ރައްޔިތުންނަށް އެންމެ މަހެއް؟

ރައީސް މުއިއްޒަށް 11 މަސް، ރައްޔިތުންނަށް އެންމެ މަހެއް؟

29 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

16 ޖެނުއަރީ
ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް
20242 އަހަރު ކުރިން
ރާއްޖެ

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް
20224 އަހަރު ކުރިން
ރާއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!
20197 އަހަރު ކުރިން
ރިޕޯޓު

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި
20188 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު