Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަހްލޫފްގެ ސަސްޕެންޝަން

ނަންގަވާ މުސާރައާ އެއްވަރަށް މިހާރުވެސް މަސައްކަތްކުރައްވާ ކަމަށް މަހްލޫފް ވިދާޅުވެއްޖެ

ކުށްކޮށްގެން ހޯދާފައިވާ ފައިސާ މަހްލޫފަށް ލިބިފައިވާކަމަށް ފާހަގަކުރެވިފައިވާ މައްސަލައިގައި ދަޢުވާކުރުމަށް އޭސީސީން ޕީޖީއޮފީހަށް ފޮނުވާފައިވަނީ ޖޫންމަހުގެ 9 ވަނަ ދުވަހު

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް, ރާއްޖެ އެމްވީ | 27 ސެޕްޓެމްބަރު 2021 | ހޯމަ 03:25
އަހުމަދު މަހްލޫފް - ޔޫތް މިނިސްޓަރ

އަހުމަދު މަހްލޫފް - ޔޫތް މިނިސްޓަރ

ނަންގަވާ މުސާރައާ އެއްވަރަށް މިހާރުވެސް މަސައްކަތް ކުރައްވާ ކަމަށް ސަސްޕެންޝަންގައި ހުންނެވި ޔޫތް މިނިސްޓަރ އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ 'ފަލަ ސުރުޚީ' ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މަހްލޫފް ވިދާޅުވީ، ސަސްޕެންޝަންގައި ހުންނަވައިގެން މުސާރަ ނަންގަވާ ކަމަށް ވިދާޅުވެ، ވާހަކަ ދެކެވޭ ކަމަށާއި، އެމަނިކުފާނު މުސާރަ ނަންގަވަނީ ކުރައްވާ މަސައްކަތައް ކަމަށެވެ. ސަސްޕެންޝަންގައި ހުންނެވި ނަމަވެސް މިނިސްޓްރީގެ މަސައްކަތްތައް ނުކުރައްވާ އެންމެ ދުވަހެއް ވެސް ނުދާ ކަމަށް ވިދާޅުވިއެވެ. އަދި އެ މަސައްކަތްތައް ނުކުރައްވާ ނަމަ ވަރަށް ގިނަ ކަންކަން ބޮއްސުން ލައިގެން ދިޔައީސް ކަމަށް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ކޮންމެ ދުވަހަކުވެސް ސަރުކާރުގެ އޮފީސްތަކުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވެސް ކަންކަމުގައި ގުޅުއްވާ ކަމަށް ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގެ ތެރޭގައި ހިންގާފައިވާ ކޮރަޕްޝަނާއި، ޚިޔާނާތާއި، މަނީ ލޯންޑަރިންގެ މައްސަލަތައް ބެލުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އާއި، ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ އާއި އޭސީސީން ކުރިއަށް ގެންދާ ޖޮއިންޓް އިންވެސްޓިގޭޝަންގެ ތަހުގީގުގެ ތެރޭގައި، ކުށްކޮށްގެން ހޯދާފައިވާ ފައިސާ މަހްލޫފަށް ލިބިފައިވާކަމަށް ފާހަގަކުރެވިފައިވާ މައްސަލައިގައި ދަޢުވާކުރުމަށް އޭސީސީން ޕީޖީއޮފީހަށް ފޮނުވާފައިވަނީ ޖޫން މަހުގެ 9 ވަނަ ދުވަހުއެވެ.

މި މައްސަލައިގެ ތަހުގީގަށް ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު، ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި މަހުލޫފް ހުރެ، ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އޭރު ބަހުސްކޮށް ވޯޓަށް އެހި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސް.އީ.ޒެޑް) ބިލަށް ވޯޓުދިނުމާއި ޕީޕީއެމްގައި ދެމި ހުރުމުގެ މުގާބިލުގައި 33,000.00 (ތެއްތިރީސްހާސް) އެމެރިކާ ޑޮލަރު މަހުލޫފްއަށް ލިބިފައިވާކަން އެނގިފައިވާ ކަމަށް އޭސީސީން ބުނެއެވެ.

އަހުމަދު މަޚްލޫފްޔޫތު މިނިސްޓްރީކުޅިވަރާ ބެހޭ ވުޒާރާ

ކޮމެންޓް

އިތުރަށް ކިޔާލަން

ޕީއެސްއެމްގެ ކުރީގެ އެމްޑީ ނަސްރީން ޔޫތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް

ޕީއެސްއެމްގެ ކުރީގެ އެމްޑީ ނަސްރީން ޔޫތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް

02 ޑިސެމްބަރު 2025
އަނެއްކާވެސް ޔޫތު މިނިސްޓްރީ އަށް ޑެޕިއުޓީ މިނިސްޓަރަކު އައްޔަނު ކޮށްފި

އަނެއްކާވެސް ޔޫތު މިނިސްޓްރީ އަށް ޑެޕިއުޓީ މިނިސްޓަރަކު އައްޔަނު ކޮށްފި

29 ނޮވެމްބަރު 2025
ސަރުކާރުން ސްޕޮންސަރ ދޭ މީޑިއާ ތައް ކަނޑައަޅައިފި، އެންމެ ގިނަ ލާރި ލިބެނީ އެ ފައިސާ ދޫކުރާ މިނިސްޓަރުގެ ޓީވީ އަށް

ސަރުކާރުން ސްޕޮންސަރ ދޭ މީޑިއާ ތައް ކަނޑައަޅައިފި، އެންމެ ގިނަ ލާރި ލިބެނީ އެ ފައިސާ ދޫކުރާ މިނިސްޓަރުގެ ޓީވީ އަށް

29 އޮކްޓޯބަރު 2025
ވެރިކަމަށް އަންނަތާ 3 މަސް ތެރޭ ނިންމަން ވައުދުވި ކުނަހަންދޫ ފުޓުސަލް ދަނޑުގެ މަސައްކަތް ހުއްޓިފަ

ވެރިކަމަށް އަންނަތާ 3 މަސް ތެރޭ ނިންމަން ވައުދުވި ކުނަހަންދޫ ފުޓުސަލް ދަނޑުގެ މަސައްކަތް ހުއްޓިފަ

06 އޯގަސްޓު 2025
މުލިއާގޭ ވެހިކަލް ގަރާޖު ހުރި ބިމުގައި ޒުވާނުންގެ މަރުކަޒެއް އަޅަނީ

މުލިއާގޭ ވެހިކަލް ގަރާޖު ހުރި ބިމުގައި ޒުވާނުންގެ މަރުކަޒެއް އަޅަނީ

18 ނޮވެމްބަރު 2024

އަހަރުތަކުން މިއަދު

4 މެއި
މަސްވެރިކަމުގެ ސިނާއަތް 2024 ގައި 48.4 އިންސައްތަ ދަށަށް ހިނގައްޖެ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މަސްވެރިކަމުގެ ސިނާއަތް 2024 ގައި 48.4 އިންސައްތަ ދަށަށް ހިނގައްޖެ

ރާއްޖެޓީވީއަށް ސަރުކާރުގެ ކުންފުނިތަކުން ދެމުންއައި ހުރިހާ ސްޕޮންސަރތައް ކަނޑާލައިފި
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖެޓީވީއަށް ސަރުކާރުގެ ކުންފުނިތަކުން ދެމުންއައި ހުރިހާ ސްޕޮންސަރތައް ކަނޑާލައިފި

ކެޕްޓަން ރަޝީދު: " އަޅުގަނޑުމެންނަށް ބޯޓު ނުޖައްސައި ފަރުޖެހޭކަށް ނެތް، ފިއުލްއެއްވެސް، ދާނެ ތަނެއްވެސް ނެތް"
20233 އަހަރު ކުރިން
ރިޕޯޓު

ކެޕްޓަން ރަޝީދު: " އަޅުގަނޑުމެންނަށް ބޯޓު ނުޖައްސައި ފަރުޖެހޭކަށް ނެތް، ފިއުލްއެއްވެސް، ދާނެ ތަނެއްވެސް ނެތް"

ބީޖީ ގަރާޖު ސަރަޙައްދުގައި މަރުވެފައި އޮތް މީހާއަކީ ކާކުކަން ދެނެގަނެފި
20224 އަހަރު ކުރިން
ރާއްޖެ

ބީޖީ ގަރާޖު ސަރަޙައްދުގައި މަރުވެފައި އޮތް މީހާއަކީ ކާކުކަން ދެނެގަނެފި

މަލިކު އިސްބަޣޫލު ފަނި ބުއިންތަ؟ މިއޮތީ ވަރަށް ތަފާތު ރެސިޕީއެއް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

މަލިކު އިސްބަޣޫލު ފަނި ބުއިންތަ؟ މިއޮތީ ވަރަށް ތަފާތު ރެސިޕީއެއް

ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުން- ވަޅުދިޔަ ހިއްކަން ފޭބީ ޑެޕިއުޓީ މިނިސްޓަރު
20197 އަހަރު ކުރިން
ރާއްޖެ

ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުން- ވަޅުދިޔަ ހިއްކަން ފޭބީ ޑެޕިއުޓީ މިނިސްޓަރު

ސައުދީގައި ފައްޅި އަޅަން ވެޓިކަން އާއިއެކު އެއްބަސްވެއްޖެ
20188 އަހަރު ކުރިން
ދުނިޔެ

ސައުދީގައި ފައްޅި އަޅަން ވެޓިކަން އާއިއެކު އެއްބަސްވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު