ހޯމަ ދުވަހުގެ ޖަލްސާގައި މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑޮކްޓަރ ހުސައިން ރަޝީދު ހަސަން އާ ސުވާލުކުރުމަށް އެޖެންޑާކޮށްފިއެވެ.
ފިޝަރީޒް މިނިސްޓަރާއި ސުވާލުކުރަނީ ނައިފަރު ދާއިރާގެ މެމްބަރ އަހުމަދު ޝިޔާމެވެ. ފިޝަރީޒް މިނިސްޓަރާއި ސުވާލުކުރަނީ ނައިފަރުގައި އައިސް ޕްލާންޓެއް ގާއިމުކުރުމަކީ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ނައިފަރުގެ މަސްވެރިންނަށް ވެވަޑައިގަންފައިވާ ވައުދެއްނަމަވެސް މިހާތަނަށް އައިސް ޕްލާންޓް ގާއިމުކުރުމުގެ މަސައްކަތް އެއްވެސް ސިފައެއްގައި ކުރިޔަށްނުދާތީ މިމަސައްކަތް ކުރިޔަށްނުދަނީ ކީއްވެތޯއެވެ. އަދި މިމަޝްރޫޢުގެ މަސައްކަތް ފަށާނެ ތާރީޚަކީ ކޮބައިތޯއެވެ.
ހޯމަ ދުވަހުގެ ޖަލްސާގައި ވަޒީރުންނާއި ސުވާލުކުރުމުގެ އިތުރުން ނުނިމި ހުރި މަސައްކަތުގެ ތެރެއިން ހެއްކާ ބެހޭ ބިލަށް ބަހުސްކުރުމަށް ވަނީ އެޖެންޑާކޮށްފައެވެ. އަދި ކޮމިޓީތަކުން ރިޕޯޓެއް ހުށަހެޅުމަށް ވަނީ އެޖެންޑާކޮށްފައެވެ.