Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ސްޕެނިޝް ލީގު

އެތުލެޓިކޯ ބަލިވިއިރު، ރެއާލަށް ޕޮއިންޓެއް

ރެއާލާއި ވިޔަރެއާލް އެއްވަރުވީ 0-0 ގެ ނަތީޖާއަކުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 26 ސެޕްޓެމްބަރު 2021 | އާދީއްތަ 06:13
އަލަވޭސް އާއި އެތުލެޓިކޯ ބައްދަލުކުރި މެޗުގެ ތެރެއިން

އަލަވޭސް އާއި އެތުލެޓިކޯ ބައްދަލުކުރި މެޗުގެ ތެރެއިން

ސްޕެނިޝް ލީގުގައި ހޮނިހިރު ދުވަހުގެރޭ ޑިޕޯޓިވޯ އަލަވޭސް އަތުން އެންމެ ފަހުގެ ޗެމްޕިއަން އެތުލެޓިކޯ މެޑްރިޑް ބަލިވިއިރު، ރެއާލް މެޑްރިޑާއި ވިޔަރެއާލް ބައްދަލުކުރި މެޗު އެއްވަރުވެއްޖެއެވެ.

ރަށުން ބޭރުގައި ކުޅުނު މެޗުން އެތުލެޓިކޯ ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ. މިއީ މި ސީޒަނުގެ ލީގުގައި އެތުލެޓިކޯ ބަލިވި ފުރަތަމަ މެޗެވެ.

މި މެޗުގައި އަލަވޭސްއިން އެތުލެޓިކޯ ބަލިކުރި ލަނޑު ޖެހީ މެޗު ފަށައިގެން ހަތަރުވަނަ މިނެޓުގައެވެ. ރުބެން ޑުއާޓޭ ނަގައިދިން ކޯނަރަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ވިކްޓަ ލަގުއާޑިއާއެވެ. އޭގެ ފަހުން ފުރަތަމަ ހާފުގައި ނަތީޖާ އެއްވަރުކުރަން އެތުލެޓިކޯގެ މާކޮސް ޔޮރެންޓޭއަށް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް، އޭރިއާ ތެރެއިން އޭނާ ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެއެވެ.

އޭގެ ފަަހުން ދެވަނަ ހާފުގައި އެތުލެޓިކޯގެ އެންހެލް ކޮރޭއާ ފޮނުވާ ހަމަލާއެއް އަލަވޭސްގެ ގޯލްކީޕަރު ފެނާންޑޯ ޕަޗޭކޯ ވަނީ މަތަކޮށްފައެވެ. އަދި މި ހާފުގައި ލީޑު ފުޅާކުރަން އަލަވޭސްއަށް ރަނގަޅު ދެ ފުރުސަތެއް ލިބުނު ނަމަވެސް، އެ ޓީމުގެ ކުޅުންތެރިންނަށް އެ ފުރުސަތުތަކުގެ ބޭނުން ހިފިފައެއް ނުވެއެވެ.

މި މެޗުން އެތުލެޓިކޯ ބަލިވުމާއެކު ތާވަލުގެ އެއްވަނައިގައި ލީޑު ފުޅާކުރަން ރެއާލަށް ރަނގަޅު ފުރުސަތެއް އޮތެވެ. އެކަމަކު ލީގުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުން އެ ޓީމު ވަނީ ވިޔަރެއާލާ ލަނޑެއް ނުޖެހި އެއްވަރުވެފައެވެ.

ރެއާލުގެ ދަނޑުގައި ކުޅުނު މި މެޗު ފަށައިގެން 13 ވަނަ މިނެޓުގައި ވިޔަރެއާލުގެ އާނައުޓް ޑަންޖޫމާއަށް ވަނީ ލަނޑެއް ޖަހަން ރަނގަޅު ފުރުސަތެއް ލިބިފައެވެ. އެކަމަކު އޭރިއާ ތެރެއިން އޭނާ ފޮނުވާލި ހަމަލާ ރެއާލުގެ ގޯލްކީޕަރު ތިބައޫ ކޯޓުއާ ވަނީ ދިފާއުކޮށްފައެވެ. އަދި އޭގެ ފަހުން ފުރަތަމަ ހާފުގައި ރެއާލުގެ ކަރީމް ބެންޒެމާ އާއި އެޑާ މިލިޓާއޯއަށް ވަނީ ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

މި މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު ޑަންޖޫމާ ހުހަށް ހުރެ ފޮނުވާލި ހަމަލާއެއް ކޯޓުއާ މަތަކުރިއިރު، މެޗުގެ ފަހު ކޮޅު ރެއާލުގެ އިސްކޯއަށްވެސް ވަނީ ލަނޑެއް ޖަހަން ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އެގޮތުން އޭނާ ބޮލުން ފޮނުވާލި ހަމަލާ ވިޔަރެއާލުގެ ގޯލްކީޕަރު ޖެރޯނިމޯ ރުއްލީ ވަނީ ދިފާއުކޮށްފައެވެ.

މި ނަތީޖާތަކާއެކު ތާވަލުގެ އެއްވަނައިގައި ރެއާލް އޮތީ ކުޅުނު ހަތް މެޗުން ލިބުނު 17 ޕޮއިންޓާއެކުއެވެ. ދެ ވަނައިގައި އޮތް ސެވިއްޔާއަށް ހަ މެޗުން 14 ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އެތުލެޓިކޯ އޮތީ ހަތް މެޗުން 14 ޕޮއިންޓާއެކުއެވެ.

ސްޕެނިޝް ލީގުރެއާލް މެޑްރިޑްއެތުލެޓިކޯ މެޑްރިޑް

ކޮމެންޓް

އިތުރަށް ކިޔާލަން

އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި

އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި

14 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް

ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް

09 ޑިސެމްބަރު 2025
ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

08 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

18 ޖެނުއަރީ
ޓްރަމްޕް އާ ދެކޮޅަށް އެތައް ހާސް އެމެރިކާ ރައްޔިތުން މުޒާހަރާ އަށް ނުކުމެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ޓްރަމްޕް އާ ދެކޮޅަށް އެތައް ހާސް އެމެރިކާ ރައްޔިތުން މުޒާހަރާ އަށް ނުކުމެއްޖެ

މުދައްރިސުންނާއި އުނގަންނައިދޭ މީހުންނަކީ އީމާންކަމުގެ ފޭރާމުން ޒީނަތްތެރިވާންޖެހޭ ބައެއް - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

މުދައްރިސުންނާއި އުނގަންނައިދޭ މީހުންނަކީ އީމާންކަމުގެ ފޭރާމުން ޒީނަތްތެރިވާންޖެހޭ ބައެއް - ހުތުބާ

ނޭޕާލް ފްލައިޓް: "ފުރާނަ ސަލާމަތްވީ ޕައިލެޓްގެ ސަބަބުން"
20233 އަހަރު ކުރިން
ދުނިޔެ

ނޭޕާލް ފްލައިޓް: "ފުރާނަ ސަލާމަތްވީ ޕައިލެޓްގެ ސަބަބުން"

ޔާމީން ރަޝީދުގެ މަރު: ސިއްރު ހެކިވެރިޔާގެ ކުއްލި ސިޓީ ބަލައިނުގަނެ، ހައިޝަމްއާއި ޒިހާން އުމުރަށް ޖަލަށްލާން ޙުކުމް ކުރި ސަބަބު!
20224 އަހަރު ކުރިން
ރިޕޯޓު

ޔާމީން ރަޝީދުގެ މަރު: ސިއްރު ހެކިވެރިޔާގެ ކުއްލި ސިޓީ ބަލައިނުގަނެ، ހައިޝަމްއާއި ޒިހާން އުމުރަށް ޖަލަށްލާން ޙުކުމް ކުރި ސަބަބު!

ޗައިނާގެ ވާވޭ ކުންފުނީގެ އައު ވާހަކަތަކެއް ފަޅާ އަރުވާލައިފި!
20215 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ ވާވޭ ކުންފުނީގެ އައު ވާހަކަތަކެއް ފަޅާ އަރުވާލައިފި!

ދައުލަތަށް އެންމެ ގިނަ އާމްދަނީ ވައްދައިދޭ މީހުންގެ ހައްގުތައް ގެއްލިފައި!
20197 އަހަރު ކުރިން
ރިޕޯޓު

ދައުލަތަށް އެންމެ ގިނަ އާމްދަނީ ވައްދައިދޭ މީހުންގެ ހައްގުތައް ގެއްލިފައި!

ދިވެހިބަހުގެ އަކުރު
20188 އަހަރު ކުރިން
ދިވެހި ބަސް

ދިވެހިބަހުގެ އަކުރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު