Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިޚާބު

އެމްޑީޕީން ކަންކަން ނިންމާނީ ވޯޓުން: ރައީސް ނަޝީދު

މިއަދަކީ ގައުމިއްޔަތު ބިނާ ކުރުމުގައި އަނެއްކާވެސް ފަޚުރުވެރި ކާމިޔާބީއެއް ހޯދޭ ދުވަހެއް

އަމްނާ އިމާދު
އަމްނާ އިމާދު | 25 ސެޕްޓެމްބަރު 2021 | ހޮނިހިރު 09:49
އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު

އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ން ކަންކަން ނިންމާނީ ވޯޓުން ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިޚާބާ ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ މިއަދަކީ ގައުމިއްޔަތު ބިނާ ކުރުމުގައި އަނެއްކާ ވެސް ފަޚުރުވެރި ކާމިޔާބީއެއް ހޯދޭ ދުވަހެއް ކަމަށެވެ. އަދި ވިދާޅުވީ އެންމެންގެ ބައިވެރިވުމާއެކު ވޯޓު ފޮށިން ކަންކަން ނިންމުމަކީ އެމްޑީޕީގެ އެންމެ މުހިންމު އަމާޒު ކަމަށެވެ.

Advertisement - newsAdvertisement

ގައުމީ މަޖިލީހުގެ އިންތިޚާބު ކުރިއަށްދާއިރު، މެއި 6 ގައި އެމަނިކުފާނަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން ރައީސް ނަޝީދު މިވަގުތު ހުންނެވީ އިނގިރޭސިވިލާތުގައެވެ.

ހޮނިހިރު ދުވަހުގެ ހެނދުނު 09:00ން ގައި ވޯޓުލުން ފެށޭނެ ކަމަށް އެމްޑީޕީން ބުނި ނަމަވެސް އޮފިޝަލުން ނެތުމާއި ގުޅިގެން ބައެއް ދާއިރާތަކުގެ ވޯޓުލުން ފަށާފައިވަނީ ވަރަށް ލަހުންނެވެ.

ހަވީރު 5:00އާ ހަމައަށް ވޯޓުލުން ކުރިއަށް ގެންދާއިރު، އެގަޑީގައިވެސް ސަފުގައި މީހުން ވޯޓުނުލެވި ތިބިނަމަ، ސަފުގައި ތިބި މެމްބަރުންނަށް ވޯޓުލުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ވޯޓުލުން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މާލޭގެ 15 ސްކޫލާއި، ސޯޝަލް ސެންޓަރުގެ އިތުރުން، މޮނިޓަރިންގެ ހާލަތުގައި ނެތް ރަށްރަށުގެ ތެރެއިން 3 ރަށް ފިޔަވާ އެހެން ހުރިހާ ރަށެއްގައިވެސް އެރަށެއްގެ ސްކޫލުގައެވެ. ވޯޓުލުމަށްޓަކައި މެމްބަރުން ދާއިރުގައި ފޮޓޯ ޖެހި އައިޑީއެއް ހިފައިގެން ދިއުމަށާއި، ވޯޓުލާ ނިމުމުން އެ މެމްބަރެއްގެ އިނގިލީގައި ފާހަގައެއް ޖަހާނެކަން ވަނީ ފާހަގަކޮށްފައެވެ.

މިފަހަރުގެ އިންތިޚާބުގައި 733 ކެންޑިޑޭޓުން ވާދަކުރާއިރު ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދު 93،000ން މައްޗަށް އަރައެވެ.

އެމްޑީޕީރައީސް ނަޝީދުއެމްޑީޕީ ޤައުމީ މަޖިލިސް

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ
09 ޑިސެމްބަރު 2025

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް
09 ޑިސެމްބަރު 2025

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް
09 ޑިސެމްބަރު 2025

އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

09 ޑިސެމްބަރު 2025
އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު
09 ޑިސެމްބަރު 2025

އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

09 ޑިސެމްބަރު 2025
އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު