Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އެމްޑީޕީ ގައުމީ މަޖިލިސް

ގައުމީ މަޖިލީހަށް މެމްބަރުން އިންތިޚާބުކުރުމުގެ ވޯޓުލުން ވަރަށް ދޯދިޔާ: އަކްރަމް

ގިނަ ވޯޓު ފޮށިތައް ބަލަހައްޓަމުން ދަނީ އެންމެ އޮފިޝަލެއް

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 25 ސެޕްޓެމްބަރު 2021 | ހޮނިހިރު 08:28
މާލޭ ދާއިރާގެ ރައީސް ކަމަށް ކުރިމަތިލައްވާފައިވާ އަކްރަމް ކަމާލުއްދީން،

މާލޭ ދާއިރާގެ ރައީސް ކަމަށް ކުރިމަތިލައްވާފައިވާ އަކްރަމް ކަމާލުއްދީން،

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ގައުމީ މަޖިލީހަށް މެމްބަރުން އިންތިޚާބުކުރުމުގެ ވޯޓުލުން ވަރަށް ދޯދިޔާ ކަމަށް މާލޭ ދާއިރާގެ ރައީސް ކަމަށް ކުރިމަތިލައްވާފައިވާ އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެއެވެ.

އިންތިޚާބު ކުރިއަށްދާ ގޮތާއި ބެހޭ ގޮތުން މީހަކު ކޮށްފައިވާ މެސެޖެއްގެ ސްކްރީންޝޮޓެއް ހިއްސާކުރައްވާ އަކްރަމް ވިދާޅުވީ ވޯޓުލުމުގެ އިންތިޒާމްތައް ހަމަޖައްސާފައިވާ ގޮތް ވަރަށް ދޯދިޔާ ކަމަށާއި، ގިނަ ވޯޓު ފޮށިތައް ބަލަހައްޓަމުން ދަނީ އެންމެ އޮފިޝަލެއް ކަމަށެވެ. އަދި ވިދާޅުވީ ވޯޓު ފޮށިތަކުގައި ނަންބަރު ވެސް ނެތް ކަމަށެވެ.

Advertisement - newsAdvertisement

އަކްރަމް ކަންބޮޑުވުންފާޅުކުރައްވާފަައިވާއިރު، އެމްޑީޕީގެ މިފަހަރުގެ އިންތިޚާބު އުންމީދުކުރި ގޮތާއި ޚިލާފަށް ވާދަވެރިކަމެއް ނެތެވެ. އަދި ހެނދުނުގެ ދަންފަޅީގައި ވޯޓުލާން ގޮސްފައިވަނީ ނިސްބަތުން މަދު ބައެއް ކަމަށް މައުލޫމާތު ލިބެއެވެ.

ހޮނިހިރު ދުވަހުގެ ހެނދުނު 09:00ން ގައި ވޯޓުލުން ފެށޭނެ ކަމަށް އެމްޑީޕީން ބުނި ނަމަވެސް އޮފިޝަލުން ނެތުމާއި ގުޅިގެން ބައެއް ދާއިރާތަކުގެ ވޯޓުލުން ފަށާފައިވަނީ ވަރަށް ލަހުންނެވެ.

ހަވީރު 5:00އާ ހަމައަށް ވޯޓުލުން ކުރިއަށް ގެންދާއިރު، އެގަޑީގައިވެސް ސަފުގައި މީހުން ވޯޓުނުލެވި ތިބިނަމަ، ސަފުގައި ތިބި މެމްބަރުންނަށް ވޯޓުލުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ވޯޓުލުން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މާލޭގެ 15 ސްކޫލާއި، ސޯޝަލް ސެންޓަރުގެ އިތުރުން، މޮނިޓަރިންގެ ހާލަތުގައި ނެތް ރަށްރަށުގެ ތެރެއިން 3 ރަށް ފިޔަވާ އެހެން ހުރިހާ ރަށެއްގައިވެސް އެރަށެއްގެ ސްކޫލުގައެވެ. ވޯޓުލުމަށްޓަކައި މެމްބަރުން ދާއިރުގައި ފޮޓޯ ޖެހި އައިޑީއެއް ހިފައިގެން ދިއުމަށާއި، ވޯޓުލާ ނިމުމުން އެ މެމްބަރެއްގެ އިނގިލީގައި ފާހަގައެއް ޖަހާނެކަން ވަނީ ފާހަގަކޮށްފައެވެ.

މިފަހަރުގެ އިންތިޚާބުގައި 733 ކެންޑިޑޭޓުން ވާދަކުރާއިރު ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދު 93،000ން މައްޗަށް އަރައެވެ.

އެމްޑީޕީ ޤައުމީ މަޖިލިސްއަކްރަމް ކަމާލުއްދީން

ކޮމެންޓް

އިތުރަށް ކިޔާލަން

އެމްޑީޕީގެ ޗެއަރޕާސަންކަމުގެ މަގާމުން ފައްޔާޒް އިސްތިއުފާ ދެއްވައިފި

އެމްޑީޕީގެ ޗެއަރޕާސަންކަމުގެ މަގާމުން ފައްޔާޒް އިސްތިއުފާ ދެއްވައިފި

23 ނޮވެމްބަރު 2025
ރޭވުންތެރިކަމާއި އެކު އެމްޑީޕީގެ ބޮޑު އެއްވުމަށް ހުރަސް އަޅާ، އެއްވުމަށް ފުރުސަތު ނުދިނުމަށް ސަރުކާރުން މަސައްކަތް ކުރާތީ އެއްވުން ފަސްކޮށްފި

ރޭވުންތެރިކަމާއި އެކު އެމްޑީޕީގެ ބޮޑު އެއްވުމަށް ހުރަސް އަޅާ، އެއްވުމަށް ފުރުސަތު ނުދިނުމަށް ސަރުކާރުން މަސައްކަތް ކުރާތީ އެއްވުން ފަސްކޮށްފި

10 ނޮވެމްބަރު 2025
އަކްރަމް އާއި ހައުސިންގެ ކުރީގެ ވެރިންނަށް ކުރި ދައުވާއަށް އިންކާރު ކޮށްފި

އަކްރަމް އާއި ހައުސިންގެ ކުރީގެ ވެރިންނަށް ކުރި ދައުވާއަށް އިންކާރު ކޮށްފި

20 އޮކްޓޯބަރު 2025
ގެދޮރުވެރިޔާ ސްކީމުގެ ދަށުން އެއް އާއިލާއަކަށް ދެތަނަކުން ބޯހިޔާވަހިކަން ލިބޭ ގޮތަށް ނޯންނާނެ: އަކްރަމް

ގެދޮރުވެރިޔާ ސްކީމުގެ ދަށުން އެއް އާއިލާއަކަށް ދެތަނަކުން ބޯހިޔާވަހިކަން ލިބޭ ގޮތަށް ނޯންނާނެ: އަކްރަމް

16 އޮކްޓޯބަރު 2025
މި ސަރުކާރުން ރާއްޖޭގެ ދުސްތޫރީ ނިޒާމް ހަލާކުކުރަމުން ގެންދާތީ ސިލްސިލާ ކޮށް މުޒާހަރާތައް ކުރިއަށް ގެންދިއުމަށް އެމްޑީޕީން ގަރާރެއް ފާސްކޮށްފި

މި ސަރުކާރުން ރާއްޖޭގެ ދުސްތޫރީ ނިޒާމް ހަލާކުކުރަމުން ގެންދާތީ ސިލްސިލާ ކޮށް މުޒާހަރާތައް ކުރިއަށް ގެންދިއުމަށް އެމްޑީޕީން ގަރާރެއް ފާސްކޮށްފި

01 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

11 ޖޫން
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް
20242 އަހަރު ކުރިން
ރާއްޖެ

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި
20233 އަހަރު ކުރިން
ރިޕޯޓު

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!
20215 އަހަރު ކުރިން
ރިޕޯޓު

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް
20188 އަހަރު ކުރިން
ސިއްހަތު

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު