Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްޑީޕީ ގައުމީ މަޖިލިސް

މި ސަރުކާރުން ރާއްޖޭގެ ދުސްތޫރީ ނިޒާމް ހަލާކުކުރަމުން ގެންދާތީ ސިލްސިލާ ކޮށް މުޒާހަރާތައް ކުރިއަށް ގެންދިއުމަށް އެމްޑީޕީން ގަރާރެއް ފާސްކޮށްފި

ސަރުކާރުން ރައްޔިތުންގެ އަސާސީ ހައްގުތަކަށް އަރައިގަތުމާއި ކުރަމުންދާ ވައްކަންތަކުގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ ހާލަތު ދަށަށް ގޮސްފައިވޭ

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 1 ސެޕްޓެމްބަރު 2025 | ހޯމަ 21:33
އެމްޑީޕީން ބޭއްވި ގައުމީ މަޖީލީހުގެ ޖަލްސާގެ ތެރެއިން: ސިލްސިލާކޮށް މުޒާހަރާތައް ކުރިޔަށް ގެންދިއުމަށް ގަރާރަކުން ވަނީ ފާސްކޮށްފަ

އެމްޑީޕީން ބޭއްވި ގައުމީ މަޖީލީހުގެ ޖަލްސާގެ ތެރެއިން: ސިލްސިލާކޮށް މުޒާހަރާތައް ކުރިޔަށް ގެންދިއުމަށް ގަރާރަކުން ވަނީ ފާސްކޮށްފަ

ރައީސް ޑރ. މުހައްމަދު މުއިއްޒު، ވެރިކަމާއި ހަވާލުވިދުވަހުން ފެށިގެން ގަސްތުގައި ރާވައިގެން ދިވެހިރާއްޖޭގެ ދުސްތޫރީ ނިޒާމް ހަލާކުކޮށްލުމުގެ ހަޑިހުތުރު މަސައްކަތް މެދުކެނޑުމެއް ނެތި ކުރަމުން ގެންދާތީ އެކަން ނިމުމަކަށް ގެނައުމަށް އިދިކޮޅު ޕާޓީ މޯލްޑިވިވް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން މާލޭގައި ސިލްސިލާކޮސް މުޒާހަރާ ކުރުމަށް ގަރާރެއް ފާސްކޮށްފި އެވެ.

އެމްޑީޕީން އެ ގަރާރު ފާސްކުރީ ހޯމަ ދުވަހުގެ ރޭ އެ ޕާޓީން ބޭވި ގައުމީ މަޖިލީހުގެ ހަތަރުވަނަ ދައުރުގެ 26 ވަނަ ޖަލްސާގަ އެވެ.

Advertisement - newsAdvertisement

މަނަދޫ ދާއިރާގެ އެމްޑީޕީ ރައީސް މުހައްމަދު ތާރިގް ހުށަހެޅުއްވި މި ގަރާރަށް ތާއީދު ކުރެއްވީ ހޯރަފުށީ ދާއިރާގެ ރައީސް އަހުމަދު ސަލީމް އެވެ.

ގައުމީ މަޖިލީހަށް މުހައްމަދު ތޯރިގު ހުށަހެޅުއްވި މި ގަރާރުގައި ބުނީ 2023 ނޮވެމްބަރު 17 ވަނަ ދުވަހު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާއި ރައީސް ޑރ. މުހައްމަދު މުއިއްޒު ހަވާލުވި ދުވަހުން ފެށިގެން ގަސްތުގައި ރާވައިގެން ދިވެހިރާއްޖޭގެ ތުސްތޫރީ ނިޒާމް ހަލާކުކޮށްލުމުގެ ހަޑިހުތުރު މަސައްކަތް މެދުކެނޑުމެއް ނެތި ކުރަމުން ގެންދާ ކަމަށެވެ.

ރައީސް މުއިއްޒު ވެރިކަމާއި ހަވާލުމާއި ހަމައަށް ހިނގަމުން އައި އިގްތިސާދީ ސިޔާސަތުތަކަށް ގެނައި ދޯހަޅި ބަދަލުތަކުގެ ސަބަބުންނާއި އިގްތިސާދީ ސިޔާސަތުތައް ރާވާ ހިންގުމަށް އައްޔަން ކުރެވުނު މީހުންނަށް އިގްތިސާދު ހިންގަން ނޭންގުމުގެ ސަބަބުންނާއި ދައުލަތުގެ ހަޒާނާއިން ކުރަމުން ގެންދާ ވައްކަންތަކުގެ ސަބަބުން މިއަދާއި ހަމައަށް އައިއިރު ރާއްޖޭގެ އިގްތިސާދީ ހާލަތު ދައްވެ، އާންމު ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ތަކެތީގެ އަގާއި ދިރިއުޅުމުގެ އަގުތައް ބޮޑުވެ އާންމު ދިރިއުޅުމަށް އުނދަގޫވެފައި ވާކަމަށް ވެސް މި ގަރާރުގައި ބުނެފައި ވެއެވެ.

2023 ނޮވެމްބަރު 17 ވަނަ ދުވަހު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާއި ހަވާލުވި މ. ދިމްޔާތު، ރައީސް ޑރ. މުހައްމަދު މުއިއްޒު، އެ މަގާމާއި ހަވާލުވި ދުވަހުން ފެށިގެން ގަސްތުގައި ރާވައިގެން ދިވެހިރާއްޖޭގެ ދުސްތޫރީ ނިޒާމް ހަލާކުކޮށްލުމުގެ ހަޑިހުތުރު މަސައްކަތް މެދުކެނޑުމެއް ނެތި ކުރަމުން ގެންދާހިނދު 2023 ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ހިނގަމުން އައި އިގްތިސާދީ ސިޔާސަތުތަކަށް ގެނައި ދޯހަޅި ބަދަލުތަކުގެ ސަބަބުންނާއި އިގްތިސާދީ ސިޔާސަތުތައް ރާވާ ހިންގުމަށް އައްޔަން ކުރެވުނު މީހުންނަށް އިގްތިސާދު ހިންގަން ނޭންގުމުގެ ސަބަބުންނާއި ދައުލަތުގެ ހަޒާނާއިން ކުރަމުން ގެންދާ ވައްކަންތަކުގެ ސަބަބުން މިއަދާއި ހަމައަށް އައިއިރު ރާއްޖޭގެ އިގްތިސާދީ ހާލަތު ދައްވެ، އާންމު ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ތަކެތީގެ އަގާއި ދިރިއުޅުމުގެ އަގުތައް ބޮޑުވެ އާންމު ދިރިއުޅުމަށް އުނދަގޫވެފައި ވީ ހިނދު
މަނަދޫ ދާއިރާގެ އެމްޑީޕީ ރައީސް މުހައްމަދު ތާރިގް ހުށަހެޅުއްވި ގަރާރު

މީގެ އިތުރުން ދިވެހިރާއްޖޭގެ ގާނޫނު އަސާސީއަށް މި ސަރުކާރުން ގެނައި ބަދަލުގެ ސަބަބުން ރައްޔިތުންގެ މަޖިލިސް ތަޅުއަޅުވާފައި ވުމާއި އަދި ތަޅު ނައްޓާލުމަށް ހުރަސް އެޅުމައްޓަކައި ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގެ ފަނޑިޔާރުން މަގާމުން ވަކިކޮށް އަދުލު އިންސާފުގެ ދާއިރާގެ މިނިވަންކަމަށް އަރައިގަނެފައިވާ ކަމަށާއި ރާއްޖޭގެ ހުރިހާ މިނިވަން މުއައްސަސާތަކެއް ސީދާ ސަރުކާރުގެ ކޮންޓްރޯލުގެ ދަށަށް ގެނައުމަށްޓަކައި ގާނޫނުތަކަށް ބަދަލު ގެނެސް އަދުލު އިންސާފު ހޯދުމަށް އޮތް ހުރިހާ ދޮރެއް ބަންދުކޮށްފައިވާ ކަން މި ގަރާރުގައި ވަނީ ފާހަގަކޮށްފަ އެވެ.

އަދި ރާއްޖޭގެ ރަށްތައް ލާމަރުކަޒީ އުސޫލުން ހިނގުމަށް އެމްޑީޕީން އެކަށައެޅި ލާމަރުކަޒީ ނިޒާމް ފުނޑާލައި ކައުންސިލްތަކުގެ ބާރު ކަނޑުވާލާފައި ވީ ހިނދު ދިވެހިރައްޔިތުން ބޭސްފަރުވާއަށް ސަލާން ޖެހުން ނައްތާލުމަށް ފައްކާކުރި އާސަންދައިގެ ނިޒާމް މި ސަރުކާރު އުފެދުނުފަހުން އެކީއެކަށް ފުނޑާލާފައިވާ ކަމަށް ވެސް ގަރާރުގައި ވަނީ ބުނެފަ އެވެ.

އެގޮތުން އެންސްޕާއާއި އާސަންދައިގެ ބަޖެޓް ބޭނުންކޮށްގެން ސަރުކާރުގެ ސިޔާސީ ކެމްޕެއިން ތަކަށް ފައިސާ ހޯދުމަށް ކުރަމުން ގެންދާ ވައްކަންތަކުގެ ސަބަބުން ބަޖެޓު ހުސްވެ ރައްޔިތުން ހާލުގައި ޖެހިފައިވާ ކަމަށް ގަރާރުގައި ވަނީ ފާހަގަ ކޮށްފަ އެވެ.

އެންސްޕާއާއި އާސަންދައިގެ ބަޖެޓް ބޭނުންކޮށްގެން ސަރުކާރުގެ ސިޔާސީ ކެމްޕެއިން ތަކަށް ފައިސާ ހޯދުމަށް ކުރަމުން ގެންދާ ވައްކަންތަކުގެ ސަބަބުން ބަޖެޓު ހުސްވެ ދާއިމަށް ބޭސްފަރުވާ ކުރަމުން ގެންދާ ފަރާތްތަކަށް ލިބެންޖެހޭ ބޭސްތަކާއި އާންމު ބޭސްތައް ލިބުން ހުއްޓި ސަރުކާރު ހޮސްޕިޓަލުތަކުން ދޭ ޚިދުމަތްތަކަށް ބުރޫއަރާ ދިވެހިން ބޭސްފަރުވާއަށް އަލުން ސަލާން ޖަހަން މަޖުބޫރުކޮށްފައި ވޭ
މަނަދޫ ދާއިރާގެ އެމްޑީޕީ ރައީސް މުހައްމަދު ތާރިގް ހުށަހެޅުއްވި ގަރާރު

މީގެ އިތުރުން ދިވެހިރާއްޖޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށްޓަކައި އުތުރު ތިލަފަޅާއި، ގުޅީ ފަޅާއި، ގިރާވަރު ފަޅު ތަރައްގީ ކުރުމަށް އެމްޑީޕީ ސަރުކާރުން ފެށި މަސައްކަތް ހުއްޓާލައި އެއްވެސް ޕްލޭނެއް ނެތި ފުށިދިއްގަރު ފަޅު ހިއްކުމުގެ މަޝްރޫއު އިއުލާނުކޮށް އެ މަޝްރޫއު ބޭނުން ކޮށްގެން ރައްޔިތުންގެ ފައިސާއިން އެތައް މިލިއަން ޑޮލަރަކަށް ހިޔާނާތްތެރިވެފައިވާކަމަށް ވެސް ގަރާރުގައި ބުނެފައި ވެއެވެ.

އަދި އެމްޑީޕީ ސަރުކާރުން ރާއްޖޭގެ ރަށްރަށުގައި ހިންގަމުން ގެންދިޔަ އެންމެހާ މަޝްރޫއު ތައް އެކީ އެކަށް ހުއްޓާލައި، ރައްޔިތުންނަށް ޚިދުމަތް ކުރުމަށް ސަރުކާރަށް އޮތް އަސާސީ ޒިންމާ އަދާކުރަމުން ނުގެންދާ ކަމަށާއި ސަރުކާރުން ކުރަމުން ގެންދާ މިފަދަ ވައްކަން ތަކާއި ބޭއިންސާފުގެ އެއްވެސް ވާހަކައެއް އާންމުރައްޔިތުންނާއި ހަމައަށް ތިލަވިޔަ ނުދިނުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށް އެމްޑީޕީ ގަރާރުގައި ވެއެވެ.

މި ސަރުކާރުގެ ވައްކަންތަކުގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ ހާލަތު އާޚިރުގައި ބަނޑަށް ޖެހިގެން ދާނެތީ މިއީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން ނުކުމެ މި ސަރުކާރު ހަމަމަގަށް އަޅުވާ ސަރުކާރުން ބޭނުންހާ ގޮތަކަށް ކަންތައްތައް ގެންދިއުމަށް ފުރުސަތު ނުދޭނޭ ކަން ފާޅުގައި އިއުލާނުކޮށް އެކަން ސާބިތުކޮށްދޭން ޖެހޭ ދަނޑިވަޅު ކަމަށް ވެސް ގަރާރުގައި ވަނީ ބުނެފައެވެ.

އަދި މި ސަރުކާރުން ކުރަމުންގެންދާ ވައްކަން ތަކާއި ކޮރަޕްޝަނާއި، ފަސާދައާއި، ރައްޔިތުންގެ ހައްގުތަކަށް ހުރަސް އެޅުމާއި އަދުލުއިންސާފަށް އަތްބޭނުމާއި، ރައްޔިތުންގެ އާންމުހާލަތު ދައްވުމާއި، ދިވެހިރާއްޖޭގެ ދިރިއުޅުމަކީ ދަތި ތަކުލީފަކަށް ވަމުން ދިއުމާއި، މިކަންކަމުގެ މައުލޫމާތު ފެތުރުމަށް އޮތް މިނިވަން މީޑިއާ ނެތިކޮށްލުމަށް ކުރަމުން ގެންދާ މަސައްކަތްތައް ހުއްޓުވުމަށްޓަކައި އެމްޑީޕީން ސިލްސިލާކޮށް 2025 އޮކްޓޫބަރު 3 ވަނަ ދުވަހު މި ސަރުކާރާއި ދެކޮޅަށް މާލޭގައި މުޒާހަރާ ކުރުމަށް ގަރާރުން ވަނީ ފާސްކޮށްފަ ވެއެވެ.

ވައްކަންތަކުގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ ހާލަތު އާޚިރުގައި ބަނޑަށް ޖެހިގެން ދާނެތީ މިއީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން ނުކުމެ މި ސަރުކާރު ހަމަމަގަށް އަޅުވާ ސަރުކާރުން ބޭނުންހާ ގޮތަކަށް ކަންތައްތައް ގެންދިއުމަށް ފުރުސަތު ނުދޭނޭ ކަން ފާޅުގައި އިއުލާނުކޮށް އެކަން ސާބިތުކޮށްދޭން ޖެހޭ ދަނޑިވަޅު ކަމަށް ފެންނަ ހިނދު މި ސަރުކާރުން ކުރަމުންގެންދާ ވައްކަން ތަކާއި ކޮރަޕްޝަނާއި، ފަސާދައާއި، ރައްޔިތުންގެ ހައްގުތަކަށް ހުރަސް އެޅުމާއި އަދުލުއިންސާފަށް އަތްބޭނުމާއި، ރައްޔިތުންގެ އާންމުހާލަތު ދައްވުމާއި، ދިވެހިރާއްޖޭގެ ދިރިއުޅުމަކީ ދަތި ތަކުލީފަކަށް ވަމުން ދިއުމާއި، މިކަންކަމުގެ މައުލޫމާތު ފެތުރުމަށް އޮތް މިނިވަން މީޑިއާ ނެތިކޮށްލުމަށް ކުރަމުން ގެންދާ މަސައްކަތްތައް ހުއްޓުވުމަށްޓަކައި މި ޕާޓީން 2025 އޮކްޓޫބަރު 3 ވަނަ ދުވަހު މި ސަރުކާރާއި ދެކޮޅަށް މާލޭގައި މުޒާހަރާ ކުރުމަށް ހުށަހަޅަން.
މަނަދޫ ދާއިރާގެ އެމްޑީޕީ ރައީސް މުހައްމަދު ތާރިގް ހުށަހެޅުއްވި ގަރާރު

އަދި މި ސަރުކާރު ހަމަ މަގަށް އެޅުވުމުގެ މަސައްކަތް ކާމިޔާބު ވުމާއި ހަމައަށް އިހުތިޖާޖުތައް ސިލްސިލާގޮތެއްގައި ގެންދިއުމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ގައުމީ މަޖިލީހުން އިގުރާރުވެފައި ވެއެވެ.

ރައީސް މުއިއްޒުއެމްޑީޕީމުޙައްމަދު ތޯރިޤްއަހުމަދު ސަލީމްއެމްޑީޕީ ސަރުކާރުއެމްޑީޕީ ޤައުމީ މަޖިލިސް

ކޮމެންޓް

އިތުރަށް ކިޔާލަން

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

12 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

11 ޑިސެމްބަރު 2025
ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

10 ޑިސެމްބަރު 2025
ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި

ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި

10 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

16 ފެބުރުއަރީ
އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި
20251 އަހަރު ކުރިން
ރިޕޯޓު

އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން
20233 އަހަރު ކުރިން
ރާއްޖެ

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.
20224 އަހަރު ކުރިން
މީހުން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ
20215 އަހަރު ކުރިން
ރިޕޯޓު

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
20197 އަހަރު ކުރިން
ރާއްޖެ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު