Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސަލްމާން މިސްކިތް ހުޅުވުން

ސަލްމާން މިސްކިތް ހުޅުވަން ވަލީއަހުދު މުހައްމަދު ބިން ސަލްމާން ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ރާއްޖޭގެ ސަފީރު ވިދާޅެއް ނުވޭ

ކިންގް ސަލްމާން މިސްކިތަކީ ރާއްޖޭގައި އަޅާ އެންމެ ބޮޑު މިސްކިތް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 25 ސެޕްޓެމްބަރު 2021 | ހޮނިހިރު 08:22
ކިންގް ސަލްމާން މިސްކިތް

ކިންގް ސަލްމާން މިސްކިތް

ސައުދީ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގައި އިމާރާތްކޮށްފައިވާ ކިންގް ސަލްމާން މިސްކިތް ހުޅުވުމަށް ރާއްޖެ ވަޑައިގަންނަވާނީ ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ކަމަށް ސައުދީއަށް ކަނޑައަޅުއްވާފައި ހުންނަވާ ރާއްޖޭގެ ސަފީރު މުހައްމަދު ޚަލީލު ވިދާޅުނުވާ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ އަރަބް ނިއުސް އަށް ދެއްވާފައިވާ އިންޓަރވިއުއެއްގައި ސަފީރު ވިދާޅުވި ވާހަކަފުޅު އޮޅިފައިވާ ކަމަށާއި ސަފީރު އެގޮތަށް ވިދާޅުނުވާ ކަމަށެވެ. ކިންގް ސަލްމާން މިސްކިތަކީ ރާއްޖޭގައި އަޅާ އެންމެ ބޮޑު މިސްކިތަށްވާއިރު މިއީ ރާއްޖެއާ ސައުދީގެ ގުޅުން ރަމްޒުކޮށްދޭ މިސްކިތެކެވެ. އަދި މިއީ ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމާ ދިމާކޮށް ހަދަމުން އަންނަ ތާރީޚީ މިސްކިތެކެވެ.

Advertisement - newsAdvertisement

ސެޕްޓެމްބަރ މަހުގެ 1 ވަނަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒު ވިދާޅުވީ ސަލްމާން މިސްކިތް ކުރިއަށް އޮތް ރަމަޟާން މަހަށް ހުޅުވަން ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދީފައިވާ ކަމަށެވެ. އެގޮތުން މިހާރު ކުރިއަށް ދަނީ އެތަނަށް ބޭނުންވާ ފަރުނީޗަރާއި، މުއައްޒަފުން ހޯދުމުގެ މަސައްކަތް ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ ރަމަޟާން މަހަށް މިސްކިތް ހުޅުވަން ނިންމީ މިސްކިތް ހުޅުވުމަށް ސައޫދީގެ ފަރާތުން އައި ވަފުދާއެކު އޮގަސްޓް 30ވީ ހޯމަ ދުވަހު ބޭއްވި ބައްދަލުކުރެވުމުގައި މަޝްވަރާ ކުރުމަށްފަހު ކަމަށެވެ.

ކިންގް ސަލްމާން މިސްކިތަކީ ސަޢޫދީ ސަރުކާރުން ބޮޑު ހޭދައެއް ކޮށްގެން ބިނާކޮށްފައިވާ މިސްކިތަކަށްވާއިރު އެ މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމުގެ ޝައުގުވެރިކަން ސައޫދީ ސަރުކާރުން ވަނީ ފާޅުކޮށްފައެވެ.

މި މިސްކިތުގެ މަސައްކަތް ކޮށްފައި ވަނީ ތުރުކީވިލާތުގެ ޖޮއިންޓް ވެންޗަރ ކުންފުންޏެއްކަމަށްވާ އަލްކޭ-ޓަރމެކްސްއިންނެވެ. ޑިޒައިން އެންޑް ބިލްޑް އުސޫލުން މި މިސްކިތް ބިނާކުރުމުގެ މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 28 ފެބްރުއަރީ 2017 ގައެވެ. މިސްކިތުގެ މަސައްކަތުގެ އަގަކީ 24 މިލިއަން ޑޮލަރު (370 މިލިއަން ރުފިޔާ) އެވެ.

ކިންގް ސަލްމާން މިސްކިތް

އިތުރަށް ކިޔާލަން

16 ޖުލައި 2025

އިސްލާމީ ކުތުބުޚާނާއަށް ފޮތް ހަދިޔާކުރުމުގެ ފުރުސަތު ހުޅުވާލައިފި

16 ޖުލައި 2025
އިސްލާމީ ކުތުބުޚާނާއަށް ފޮތް ހަދިޔާކުރުމުގެ ފުރުސަތު ހުޅުވާލައިފި
10 ޖޫން 2024

ވަކި ވަގުތެއްގައި ސަލްމާން މިސްކިތް ބަންދުކުރުން، އާންމުންގެ ކަންބޮޑުވުން އިންތިހާއަށް، ސަރުކާރުގެ ބަހެއް ނެތް

10 ޖޫން 2024
ވަކި ވަގުތެއްގައި ސަލްމާން މިސްކިތް ބަންދުކުރުން، އާންމުންގެ ކަންބޮޑުވުން އިންތިހާއަށް، ސަރުކާރުގެ ބަހެއް ނެތް
07 ޖޫން 2024

ޕާޓޭން ވަންނަ ކަމަށް ބުނެ، ސަލްމާން މިސްކިތް ރޭގަނޑު 9:00ގައި ބަންދުކުރަން ފަށައިފި

07 ޖޫން 2024
ޕާޓޭން ވަންނަ ކަމަށް ބުނެ، ސަލްމާން މިސްކިތް ރޭގަނޑު 9:00ގައި ބަންދުކުރަން ފަށައިފި
09 މެއި 2024

ކިންގް ސަލްމާން މިސްކިތުގެ އޭސީ ސިސްޓަމް ރަނގަޅުކުރުމަށް 6 މިލިއަން ރުފިޔާގެ ބަޖެޓެއް ބޭނުންވޭ: މިނިސްޓަރު

09 މެއި 2024
ކިންގް ސަލްމާން މިސްކިތުގެ އޭސީ ސިސްޓަމް ރަނގަޅުކުރުމަށް 6 މިލިއަން ރުފިޔާގެ ބަޖެޓެއް ބޭނުންވޭ: މިނިސްޓަރު
26 ފެބުރުއަރީ 2023

މަސް ކަނޑާފައި ކަރުގޮހޮރު އުކަންވެސް ވަކިތަނެއް ނެތް

26 ފެބުރުއަރީ 2023
މަސް ކަނޑާފައި ކަރުގޮހޮރު އުކަންވެސް ވަކިތަނެއް ނެތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު