Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އަމާންވެއްޓަށް ކުދިން ބަދަލުކުރުން

ފިޔަވަތިން އަމާންވެއްޓަށް ބައެއް ކުދިން ބަދަލުކުރުމުގެ މަސައްކަތް ޖެންޑަރ މިނިސްޓްރީން ފަށައިފި

ފިޔަވަތީގައި މިހާރު ތިބި ކުދިންނަށް ލައިފް ކޯޗިން އަދި މެންޓަލް ހެލްތު ޕްރޮގްރާމުތައް ފަށަން ވަނީ ނިންމާފައި

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 24 ސެޕްޓެމްބަރު 2021 | ހުކުރު 14:01
ފިޔަވަތީގެ ފުރާޅުމައްޗަށް ކުޑަކުދިންތަކެއް އަރައި ތިބި މަންޒަރު

ފިޔަވަތީގެ ފުރާޅުމައްޗަށް ކުޑަކުދިންތަކެއް އަރައި ތިބި މަންޒަރު

ފިޔަވަތިން އަމާންވެއްޓަށް ކުދިން ބަދަލުކުރުމުގެ މަސައްކަތް ޖެންޑަރ މިނިސްޓްރީން ފަށައިފިއެވެ.

އެ މިނިސްޓްރީން ބުނީ އަމާންވެށިތަކުން ކުދިންނަށް އާއިލީ މާހައުލެއް ފޯރުކޮށްދިނުމުގެ ގޮތުން އިތުރު ކުދިންތައް ބަދަލު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި ފިޔަވަތީގައި މިހާރު ތިބި ކުދިންނަށް ލައިފް ކޯޗިން އަދި މެންޓަލް ހެލްތު ޕްރޮގްރާމުތައް ފަށަންވެސް ނިންމާފައިވާ ކަަމަށެވެ.

Advertisement - newsAdvertisement

މިނިސްޓްރީން މިހެން ބުނެފައިވާއިރު ހުޅުމާލޭގައި ހުންނަ ފިޔަވަތީގައި މިދިޔަ ހުކުރު ދުވަހުގެ ރޭގެ ވަގުތެއްގައި ވަނީ އަލިފާނުގެ ހާދިސާއެއް ހިނގާފައެވެ. އަދި ބުރާސްފަތި ދުވަހާއި ހުކުރު ދުވަހުވެސް އެތަނުގައި ބަލަހައްޓާ ކުދިންތަކެއް ތަނުގެ ފުރާޅުމައްޗަށް އަރައިގެން އުޅޭ މަންޒަރު ފެންނަ ވީޑިއޯތައް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ. އަދި ފިޔަވަތީގެ ކުޑަދޮރުތަކަށް އެކުދިން ގެއްލުންދޭ މަންޒަރު ފެންނަ ވީޑިއޯތަކެއްވެސް ވަނީ އާންމުވެފައެވެ.

ޖެންޑަރ މިނިސްޓްރީން މިކަމާއި ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހާދިސާގައި ހިމެނޭ ހުރިހާ ކުދިންގެ ހާލުވެސް ރަނގަޅު ކަމަށެވެ. އަދި ވޭދުވެދިޔަ ދުވަސްތަކުގައި އެ މަރުކަޒުގައި ބައެއްކުދިންގެ ފަރާތުން ފެނުނު ކަންތަކާއި ގުޅިގެން މިނިސްޓްރީ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސަރވިސްއާއި ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްގެ ޓީމެއް ގުޅިގެން މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި މިނިސްޓްރީ އާއި ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްގެ މުވައްޒަފުން އެމަރުކަޒުގެ ކުދިންނާއި މުވައްޒަފުންނާއި އެކު މަސައްކަތްކުރަމުންދާ ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.

ޢާއިލީ ވެއްޓެއްގައި ކުޑަކުދިންނަށް ބޭނުންވާ ރައްކާތެރިކަން ކަށަވަރު ނުކުރެވޭ ހާލަތްތަކުގައި އެ ކުދިންނަށް ރައްކާތެރިކަން ފޯރުކޮށްދިނުން ދައުލަތުގެ މައްޗަށް ލާޒިމުކަން ފާހަގަކޮށް ޖެންޑަރ މިނިސްޓްރީން ބުނީ ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ މިފަދަ ކުދިން ފާއިތުވެދިޔަ މުއްދަތުތަކުގައި ދިރިއުޅެމުން ދިޔައީ މާލޭ ސަރަޙައްދުގައި ގާއިމުކުރެވިފައިވާ މަރުކަޒެއްގައި ކަމަށެވެ. އެހެންނަމަވެސް، ދައުލަތުގެ ބެލުމުގެ ދަށުގައި ދިރިއުޅޭ ކުދިންވެސް ބާކީވުމުގެ އިހުސާސްވިޔަ ނުދީ، އެހެން ކުދިންނެކޭ އެއްފަދައިން މުޖުތަމައުގެ ތެރޭގައި ހެދިބޮޑުވުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމުގެ ގޮތުން އަތޮޅުތެރޭގައި އެ ކަމަށް ޚާއްސަކުރެވިގެން ގާއިމުކުރެވޭ "އަމާން ވެށި"ތަކަށް ބަދަލުކުރުމުގެ މަސައްކަތް މިނިސްޓްރީން ފެށި ކަމަށެވެ.

މިފަދަ މަސައްކަތެއް މިހާ ފުޅާ ދާއިރާއެއްގައި ކުރެވެމުންދާއިރު، އެމަސައްކަތުގައި ހުރި ގޮންޖެހުންތައް ދެނެގަނެ، އެ ކަންކަން ހައްލުކުރުމުގައި ގުޅުންހުރި ފަރާތްތަކާއެކު މިނިސްޓްރީން މަސައްކަތް ކުރަމުންދާ ކަމަށާއި އެހެންނަމަވެސް، އެފަދަ ގޮންޖެހުންތަކަށް ރިއާޔަތްކުރުމެއްނެތި ބައެއް ފަރާތްތަކުން ދައްކާ ހަގީގަތާއި ޚިލާފު ވާހަކަތަކުގެ ނޭދެވޭ އަސަރު، އ ކުދިންނަށް ފޯރާ ހާލަތްތައް އަންނަ ކަަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީ އޮފް ޖެންޑަރ

ކޮމެންޓް

އިތުރަށް ކިޔާލަން

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރު، އަނިޔާ ލިބިފައިވާ ކުދިންގެ ޙައްޤުގައި އަދާހަމަކޮށް ބަލަހައްޓަން ޖެހޭ - މިނިސްޓަރު

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރު، އަނިޔާ ލިބިފައިވާ ކުދިންގެ ޙައްޤުގައި އަދާހަމަކޮށް ބަލަހައްޓަން ޖެހޭ - މިނިސްޓަރު

06 ނޮވެމްބަރު 2023
 ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރު ޑިޖިޓަލައިޒްކޮށް އިފްތިތާޙްކޮށްފި

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރު ޑިޖިޓަލައިޒްކޮށް އިފްތިތާޙްކޮށްފި

06 ނޮވެމްބަރު 2023
ގެވެށި ގުޅުން ކެމްޕެއިންގެ ދަށުން ހުރިހާ އަތޮޅެއްގައި ފެސިލިޓޭޓަރުން ތަމްރީންކޮށް ނިމިއްޖެ

ގެވެށި ގުޅުން ކެމްޕެއިންގެ ދަށުން ހުރިހާ އަތޮޅެއްގައި ފެސިލިޓޭޓަރުން ތަމްރީންކޮށް ނިމިއްޖެ

18 ޖުލައި 2023
މެއި މަހުގެ ކޮންމެ ދުވަހަކު ކުޑަކުދިންނަށް ކުރާ ޖިންސީ ހާނިކައިގެ މައްސަލައެއް ހުށަހެޅި

މެއި މަހުގެ ކޮންމެ ދުވަހަކު ކުޑަކުދިންނަށް ކުރާ ޖިންސީ ހާނިކައިގެ މައްސަލައެއް ހުށަހެޅި

27 ޖޫން 2023
ގެވެށި ގުޅުން ކެމްޕެއިންގެ ދަށުން ހެދި ކުޑަކުދިންގެ ކާޓޫން އަދި ވާހަކަ ފޮތް ސިރީސްގެ ވީޑިއޯ ވަރޝަން އިފްތިތާޙްކޮށްފި

ގެވެށި ގުޅުން ކެމްޕެއިންގެ ދަށުން ހެދި ކުޑަކުދިންގެ ކާޓޫން އަދި ވާހަކަ ފޮތް ސިރީސްގެ ވީޑިއޯ ވަރޝަން އިފްތިތާޙްކޮށްފި

26 މެއި 2023

އަހަރުތަކުން މިއަދު

25 މެއި
އެންމެ ފަހުން އެޗްއާރުސީއެމް ވެސް ގާނޫނާ ޚިލާފުވެއްޖެ ކަމަށް ކަނޑައަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

އެންމެ ފަހުން އެޗްއާރުސީއެމް ވެސް ގާނޫނާ ޚިލާފުވެއްޖެ ކަމަށް ކަނޑައަޅައިފި

ސަރުކާރު އުޅެނީ، ޕާން ފޮތި ބޭނުންވެގެން ހިޔަޅު އުޅުނުހެން!
20242 އަހަރު ކުރިން
ރިޕޯޓު

ސަރުކާރު އުޅެނީ، ޕާން ފޮތި ބޭނުންވެގެން ހިޔަޅު އުޅުނުހެން!

ދަސްވެނީންގެ ހަފްލާގައި ޝަރަފުވެރި މެހެމާނުގެ އިތުރުން ރައީސް ބަލަދުވެރިޔަކަށް
20233 އަހަރު ކުރިން
ރާއްޖެ

ދަސްވެނީންގެ ހަފްލާގައި ޝަރަފުވެރި މެހެމާނުގެ އިތުރުން ރައީސް ބަލަދުވެރިޔަކަށް

ޖޯޑަންގެ މި އަންހެން މީހާ ވަޔަރުތައް ބަދަލުކޮށްލަނީ ރީތީ ޓްރޭތަކަށް
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ޖޯޑަންގެ މި އަންހެން މީހާ ވަޔަރުތައް ބަދަލުކޮށްލަނީ ރީތީ ޓްރޭތަކަށް

17 މުވައްޒަފުންނާއެކު ރާއްޖެޓީވީ އަނެއްކާވެސް ލޮކްޑައުންއަކަށް!
20215 އަހަރު ކުރިން
ރާއްޖެ

17 މުވައްޒަފުންނާއެކު ރާއްޖެޓީވީ އަނެއްކާވެސް ލޮކްޑައުންއަކަށް!

މުލައްދަނޑިން އިންސާފު ހޯދުން: ބޮޑު ގޯހެއްގެ ފެށުން!
20197 އަހަރު ކުރިން
ރިޕޯޓު

މުލައްދަނޑިން އިންސާފު ހޯދުން: ބޮޑު ގޯހެއްގެ ފެށުން!

ޗިކަން ޝަވަރުމާ
20188 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކަން ޝަވަރުމާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު