Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޖެޓްސްކީ ޓުއަރ 2021

މިހާރު ކުރިއަށްދާ ޖެޓްސްކީ އިވެންޓަކީ މިފަދަ އިތުރު ހަރަކާތްތަކެއްގެ ފެށުން: ޓުއަރިޒަމް މިނިސްޓަރ

ދަތުރުގައި މިހާތަނަށް 7 އަތޮޅެއް ވަނީ ކަވަރު ކުރެވިފައި

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 24 ސެޕްޓެމްބަރު 2021 | ހުކުރު 14:12
ޖެޓްސްކީ ޑްރައިވަރުން މާލެ އައުން

ޖެޓްސްކީ ޑްރައިވަރުން މާލެ އައުން

މިހާރު ކުރިއަށްދާ ޖެޓްސްކީ ދަތުރުތަކާއެކު މިފަދަ އިތުރު ކުޅިވަރުތަކެއް އަންނާނެ ކަމަށް ޓުއަރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

މުޅި ރާއްޖެ ހިމެނޭހެން ރާއްޖޭގެ އެންމެ އުތުރުން ދެކުނަށް ކުރާ ޖެޓްސްކީ ދަތުރުގެ ބައިވެރިން ވަނީ ހުކުރު ދުވަހުގެ ހަވީރު މާލެއަށް އައިސްފައެވެ. މިއީ މި ދަތުރުގެ ބައިވެރިން މަޑުކުރާ 7 ވަނަ އަތޮޅެވެ. ޖެޓްސްކީ ރައިޑަރުން މާލެއިން ރިސީވްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޓުއަރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމާއި، މާލޭގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި ރަސްމިއްޔާތަށްފަހު ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ޓުއަރިޒަމް މިނިސްޓަރ ވިދާޅުވީ ދިވެހިރާއްޖޭގެ ބޮޑުބަޔަކީ މޫދަށް ވާއިރު، ސްޕޯޓްސް ޓުއަރިޒަމްގެ ތެރެއިން މޫދު ކުޅިވަރުތައް ކުރިއަރުވަން މަސައްކަތްކުރައްވާ ކަމަށެވެ. އަތޮޅުތެރޭގައިވެސް މި ކުޅިވަރު އިތުރަށް އާލާކުރުން މުހިންމު ކަމަށާއި އެމަގަށް މަސަައްކަތްކުރާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން މިހާރު ކުރިއަށްދާ ޖެޓްސްކީ ދަތުރާއެކު މިފަދަ އިތުރު ހަރަކާތްތަކެއް އަންނަ އަހަރަށްވެސް ރާވާފައިވާކަމަށް މިނިސްޓަރ މައުސޫމް ވިދާޅުވިއެވެ. އެގޮތުން އަންނަ އަހަރުގެ ޖެނުއަރީއަށް ޖެޓްސްކީ ދަތުރުތަކެއް ރާވާފައިވާނެ ކަމަށާއި އަދި މުބާރާތްތަކެއްވެސް ރާވާފައިވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިދަތުރުގައި ބައިވެރިވާ ޖެޓްސްކީ ރައިޑަރުން ފާހަގަކުރި ގޮތުގައި މޫސުން ގޯސްވުމުގެ ސަބަބުން ބައެއް ގޮންޖެހުންތަކާ ކުރިމަތިލާންޖެހެއެވެ. ދަތުރު ތުރާކުނުން ފެށި އިރުވެސް މޫސުން ގޯސްކަން އެމީހުން ފާހަގަކުރިއެވެ. އެހެންނަމަވެސް ދަތުރު ނިންމަން ކަނޑައަޅާފައިވާ ދުވަހަށް ދަތުރު ނިމޭނެ ކަން އެމީހުން ފާހަގަކުރިއެވެ.

ފަތުރުވެރިކަމުގެ ދުވަހާއި ގުޅުވައިގެން ރާއްޖޭގެ އުތުރުން ދެކުނަށް ކުރާ ޖެޓްސްކީ ދަތުރުގައި މިހާރު ވަނީ 7 އަތޮޅަކަށް އައިސްފައެވެ. މި ދަތުރު ނިންމާލާނީ އައްޑޫއިންނެވެ. މިދަތުރުގައި 6 ޖެޓްސްކީ ރައިޑަރުން ހަރަކާތްތެރިވެއެވެ.

މިނިސްޓްރީ އޮފް ޓުއަރިޒަމް

އިތުރަށް ކިޔާލަން

27 އޮކްޓޯބަރު 2025

އުސޫލާއި ޚިލާފަށް ބ. ބަތަލާގެ ބައެއް މަސައްކަތްތައް ކުރި މައްސަލަ ބަލާ، ގެއްލުމުގެ ބަދަލު ހޯދަން ލަފާ ދީފި

27 އޮކްޓޯބަރު 2025
އުސޫލާއި ޚިލާފަށް ބ. ބަތަލާގެ ބައެއް މަސައްކަތްތައް ކުރި މައްސަލަ ބަލާ، ގެއްލުމުގެ ބަދަލު ހޯދަން ލަފާ ދީފި
19 އޮކްޓޯބަރު 2025

ކިހާދުއްފަރު އެއްބަސްވުން ބާތިލުކުރަން ސަރުކާރުން އުޅުމުން ކޯޓުން ހުއްޓުވައިފި

19 އޮކްޓޯބަރު 2025
ކިހާދުއްފަރު އެއްބަސްވުން ބާތިލުކުރަން ސަރުކާރުން އުޅުމުން ކޯޓުން ހުއްޓުވައިފި
09 އޮކްޓޯބަރު 2025

އޮކްޓޫބަރު މަހުގެ ފުރަތަމަ ހަފްތާގައި ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މައްޗަށް

09 އޮކްޓޯބަރު 2025
އޮކްޓޫބަރު މަހުގެ ފުރަތަމަ ހަފްތާގައި ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މައްޗަށް
03 ފެބުރުއަރީ 2025

ޓޫރިޒަމް މިނިސްޓްރީގެ ޕީއެސް މަގާމުން ވަކި ކުރީ ސިޔާސީ ނުފޫޒުން!

03 ފެބުރުއަރީ 2025
ޓޫރިޒަމް މިނިސްޓްރީގެ ޕީއެސް މަގާމުން ވަކި ކުރީ ސިޔާސީ ނުފޫޒުން!
28 ޖެނުއަރީ 2025

ޓުއަރިޒަމް މިނިސްޓަރުކަމުން ފައިސަލް ވަކިކޮށްފި

28 ޖެނުއަރީ 2025
ޓުއަރިޒަމް މިނިސްޓަރުކަމުން ފައިސަލް ވަކިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު