Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ގަވާއިދުތަކަށް އަމަލުކުރުމުގެ މުއްދަތު އިތުރުކުރުނ

އާންމު ގަވާއިދުތަކުގެ ގާނޫނުގައިވާ ބައެއް ގަވާއިދުތަކަށް އަމަލުކުރުން 14 ވަނަ ފަހަރަށް ފަސްކުރުމަށް ކޮމިޓީން ނިންމައިފި

އެންމެފަހުން މިގަވާއިދުތަކަށް އަމަލުކުރުމުގެ މުއްދަތު ފަސްކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރ މަހު

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 24 ސެޕްޓެމްބަރު 2021 | ހުކުރު 02:09
ގަވާއިދު ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން

ގަވާއިދު ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން

އާންމު ގަވާއިދުތަކާއި ބެހޭ ޤާނޫނުގެ ޖަދުވަލު 1 އަދި 2 ގައި ބަޔާންކޮށްފައިވާ ގަވާއިދުތަކަށް އަމަލުކުރުމުގެ މުއްދަތު 14 ވަނަ ފަހަރަށް ފަސްކުރުމަށް ގަވާއިދު ކޮމިޓީން ފާސްކޮށްފިއެވެ.

އެންމެފަހުން މިގަވާއިދުތަކަށް އަމަލުކުރުމުގެ މުއްދަތު ފަސްކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރ މަހުއެވެ. އެމުއްދަތު ހަމަވަނީ ހިނގަމުންމިދާ ސެޕްޓެމްބަރ މަހުގެ ނިޔަލަށެވެ. އެހެންކަމުން ގަވާއިދު ކޮމިޓީން ވަނީ މިކަމުގައި އަމަލުކުރާނެ ގޮތެއް އަނެއްކާވެސް ދިރާސާކޮށްފައެވެ. އެއަށްފަހު ކޮމިޓީން އެކުލަވާލި ރިޕޯޓްގައި ބުނެފައިވަނީ އާންމު ގަވާއިދުތަކާއި ބެހޭ ގާނޫނުގެ ޖަދުވަލު 1 އަދި 2 ގައި ބަޔާންކޮށްފައިވާ ގަވާއިދުތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށްފަހު އެގާނޫނުގެ ޖަދުވަލު 1 އަދި 2 ގައި ބަޔާންކުރާ ގަވާއިދުތަކަށް އަމަލުކުރުމުގެ މުއްދަތު 2022 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ ނިޔަލަށް އިތުރުކުރުމަށް ނިންމާކަމަށެވެ.

މީގެއިތުރުން މިމުއްދަތުގެ ތެރޭގައި އާންމު ގަވާއިދުތަކާއި ބެހޭ ގާނޫނުގެ ޖަދުވަލު 1 އަދި 2 ގައި ހިމެނޭ ގަވާއިދުތަކާއި ގުޅިގެން އެކުލަވާލަންޖެހޭ ބިލުތަކުގެ ތެރެއިން މިއަހަރުގެ އޮގަސްޓްމަހުގެ 29 ވަނަ ދުވަހު އެޓަރނީ ޖެނެރަލް އޮފީހުން ފޮނުވާފައިވާ ސިތީގައި ބަޔާންކޮށްފައިވާ ނުނިމި ހުރި ބިލްތަކުގެ މަސައްކަތް ނިންމަވައި ވީހާވެސް އަވަހަކަށް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިދެއްވުމަށް އޭޖީ އޮފީހުގައި ދެންނެވުމަށްވެސް ކޮމިޓީން ވަނީ ނިންމާފައެވެ. އަދި އެގަވާއިދުތަކަށް އަމަލުކުރުމަށް އިތުރުކުރެވޭ މުއްދަތުގެ ތެރޭގައި ބިލްތަކުގެ މަސައްކަތް ނިންމަވައި ރައްޔިތުންގެ މަޖިލީހުން ފާސްވެ ތަސްދީގުކޮށް ނިމެންޖެހޭ ގޮތަށް މަސައްކަތްކުރުމަށް ކަމާގުޅުންހުރި ހުރިހާ މުއައްސަސާތަކެއްގައި ދެންނެވުމަށްވެސް ކޮމިޓީން ވަނީ ނިންމާފައެވެ.

މިފަހަރު ކޮމިޓީން ނިންމާފައިވަނީ ޖަދުވަލު 1 ގައިވާ ދެ ގަވާއިދެއް އުވާލުމަށެވެ. އަދި ޖަދުވަލް 1 ގައި ހިމެނޭ 16 ގަވާއިދެއް އަދި ޖަދުވަލް 2 ގައި ހިމެނޭ 3 ގަވާއިދަކާއެކު ޖުމްލަ 19 ގަވާއިދަކަށް އަމަލުކުރާ މުއްދަތު އެއް އަހަރުގެ މުއްދަތަށް ފަސްކުރުމަށެވެ.

އެންމެ ފަހުން މަޖިލީހުން ފާސްކޮށްފައިވަނީ ދެ ގަވާއިދެއް އުނިކުރުމަށެވެ. އަދި ޖަދުވަލް 1 ގައި ހިމެނޭ 18 ގަވާއިދެއް އަދި ޖަދުވަލް 2 ގައި ހިމެނޭ 3 ގަވާއިދެއް ހިމެނޭގޮތަށް ޖުމްލަ 21 ގަވާއިދަކަށް އަމަލުކުރުމުގެ މުއްދަތު އިތުރުކުރުމަށް ވަނީ ފާސްކޮށްފައެވެ.

މިއީ މިހާރު އަމަލުކުރަމުން އަންނަ އައު ގާނޫނުއަސާސީ އައުމާއެކު ކުރިން އަމަލުކުރަމުންދިޔަ ގަވާއިދުތަކަށް އަމަލުކުރުމުގެ ގާނޫނީ ބާރެއް ދިނުމަށްޓަކައި އެކުލަވާލާފައިވާ ގާނޫނެކެވެ. މި ޤާނޫނުގެ ދަށުން ހުރި ގަވާއިދުތަކަށް އަމަލުކުރަމުން އަންނާނީ އެގަވާއިދަކާއި ގުޅުންހުރި ގާނޫނެއް ވުޖޫދުވަންދެންނެވެ. އެގާނޫނެއް ވުޖޫދުވަންދެން ގަވާއިދުތަކަށް އަމަލުކުރުމުގެ މުއްދަތު އަންނަނީ އިތުރުކުރަމުންނެވެ. އެގޮތުން މީގެކުރިން ރައްޔިތުންގެ މަޖިލީހުން ވަނީ 13 ފަހަރަށް އެމުއްދަތު އިތުރުކޮށްދީފައެވެ.

ރައްޔިތުންގެ މަޖިލިސް

ކޮމެންޓް

އިތުރަށް ކިޔާލަން

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް

16 މެއި 2024
92 އިންސައްތަ މަސައްކަތް ނިންމާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތާރީޚުގެ ތެރެއަށް

92 އިންސައްތަ މަސައްކަތް ނިންމާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތާރީޚުގެ ތެރެއަށް

14 މެއި 2024
މަޖިލީހުގެ ތާރީޚުގައި އެންމެ ގިނަ މަސައްކަތްކުރީ 19 ވަނަ މަޖިލީހުން: އަސްލަމް

މަޖިލީހުގެ ތާރީޚުގައި އެންމެ ގިނަ މަސައްކަތްކުރީ 19 ވަނަ މަޖިލީހުން: އަސްލަމް

13 މެއި 2024
ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރަން ޤާނޫނަށް ގެނައި އިސްލާހު ފާސްކޮށްފި

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރަން ޤާނޫނަށް ގެނައި އިސްލާހު ފާސްކޮށްފި

29 އެޕްރީލު 2024
 'ސުޕަރ މެޖޯރިޓީ' ގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނަން: ސަރުކާރު

'ސުޕަރ މެޖޯރިޓީ' ގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނަން: ސަރުކާރު

28 އެޕްރީލު 2024

އަހަރުތަކުން މިއަދު

30 މާރިޗު
މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟
20251 އަހަރު ކުރިން
ރިޕޯޓު

މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް
20242 އަހަރު ކުރިން
ރިޕޯޓު

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!
20233 އަހަރު ކުރިން
ރިޕޯޓު

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި
20224 އަހަރު ކުރިން
މީހުން

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް
20215 އަހަރު ކުރިން
ރާއްޖެ

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟
20197 އަހަރު ކުރިން
އިސްލާމް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!
20188 އަހަރު ކުރިން
ރާއްޖެ

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު