Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސަލްމާން މިސްކިތް ހުޅުވުން

ކިންގް ސަލްމާން މިސްކިތް ހުޅުވަން ރާއްޖެ ވަޑައިގަންނަވާނީ ވަލީއަހުދު މުހައްމަދު ބިން ސަލްމާން - ސަފީރު

ސަފީރު މިހެން ވިދާޅުވެފައިވަނީ އަރަބް ނިއުސް އަށް ދެއްވާފައިވާ އިންޓަރވިއުއެއްގައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 23 ސެޕްޓެމްބަރު 2021 | ބުރާސްފަތި 23:09
ސައުދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހާއި ރައީސް މުހައްމަދު ނަޝީދު އާއެކު

ސައުދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހާއި ރައީސް މުހައްމަދު ނަޝީދު އާއެކު

ސައުދީ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގައި އިމާރާތްކޮށްފައިވާ ކިންގް ސަލްމާން މިސްކިތް ހުޅުވުމަށް ރާއްޖެ ވަޑައިގަންނަވާނީ ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ކަމަށް ސައުދީއަށް ކަނޑައަޅުއްވާފައި ހުންނަވާ ރާއްޖޭގެ ސަފީރު މުހައްމަދު ޚަލީލު ވިދާޅުވެއްޖެއެވެ.

އަރަބް ނިއުސް އަށް ދެއްވާފައިވާ އިންޓަރވިއުއެއްގައި ސަފީރު ވިދާޅުވީ ކިންގް ސަލްމާން މިސްކިތަކީ ރާއްޖޭގައި އަޅާ އެންމެ ބޮޑު މިސްކިތްކަމަށާއި އަދި އެއީ ރާއްޖެއާ ސައުދީގެ ގުޅުން ރަމްޒުކޮށްދޭ މިސްކިތެއްކަމަށެވެ. އަދި މިއީ ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމާ ދިމާކޮށް ހަދަމުން އަންނަ ތާރީޚީ މިސްކިތެއްކަމަށް ވަނީ ވިދާޅުވެފައެވެ.

Advertisement - newsAdvertisement

"މިހާރު އެންމެ ބޮޑަށް މިބަލަނީ މިސްކިތުގެ މަސައްކަތް އެއްކޮށް ނިމި މިސްކިތް ހުޅުވައިދެއްވުމަށް ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ރާއްޖެ ވަޑައިގަންނަވާނެ ދުވަހަކަށް." އަރަބް ނިއުސް އަށް ދެއްވާފައިވާ އިންޓަރވިއުގައި ސަފީރު ވިދާޅުވެފައިވެއެވެ.

ސެޕްޓެމްބަރ މަހުގެ 1 ވަނަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒު ވިދާޅުވީ ސަލްމާން މިސްކިތް ކުރިއަށް އޮތް ރަމަޟާން މަހަށް ހުޅުވަން ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދީފައިވާ ކަމަށެވެ. އެގޮތުން މިހާރު ކުރިއަށް ދަނީ އެތަނަށް ބޭނުންވާ ފަރުނީޗަރާއި، މުއައްޒަފުން ހޯދުމުގެ މަސައްކަތް ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ ރަމަޟާން މަހަށް މިސްކިތް ހުޅުވަން ނިންމީ މިސްކިތް ހުޅުވުމަށް ސަޢޫދީގެ ފަރާތުން އައި ވަފުދާއެކު އޮގަސްޓް 30ވީ ހޯމަ ދުވަހު ބޭއްވި ބައްދަލުކުރެވުމުގައި މަޝްވަރާ ކުރުމަށްފަހު ކަމަށެވެ.

ކިންގް ސަލްމާން މިސްކިތަކީ ސަޢޫދީ ސަރުކާރުން ބޮޑު ހޭދައެއް ކޮށްގެން ބިނާކޮށްފައިވާ މިސްކިތަކަށްވާއިރު އެ މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމުގެ ޝައުގުވެރިކަން ސަޢޫދީ ސަރުކާރުން ވަނީ ފާޅުކޮށްފައެވެ. ސަލްމާން މިސްކިތުގެ ފުރަތަމަ އަދި ދެވަނަ ފަންގިފިލާގައި ޖުމުލަ 4000 މީހުންނަށް ނަމާދު ކުރެވޭއިރު ތިންވަނަ ފަންގިފިލާގައި 40 ޖާގައިގެ 4 ކްލާސްރޫމާއި، 15 ޖާގައިގެ 5 ސެމިނަރ ރޫމް ހުންނާނެއެވެ. ހަތަރު ވަނަ ފަންގިފިލާގައި ލައިބްރަރީއަކާއި، 350 މީހުންގެ ޖާގައިގެ އޮޑިޓޯރިއަމެއް ހުންނާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

ކިންގް ސަލްމާން މިސްކިތުގެ ފަސްވަނަ ފަންގިފިލާ ބޭނުންކުރުމަށް ހަމަޖެހިފައިވަނީ 300 މީހުންގެ ޖާގައިގެ މަލްޓި ޕާރޕަސް ހޯލެއްގެ ގޮތުގައެވެ.

މި މިސްކިތަކީ ސައޫދީ ޢަރަބިޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްގެ ހިލޭ އެހީގެ ދަށުން ބިނާކުރި މިސްކިތެކެވެ. މި މިސްކިތުގެ މަސައްކަތް ކޮށްފައި ވަނީ ތުރުކީވިލާތުގެ ޖޮއިންޓް ވެންޗަރ ކުންފުންޏެއްކަމަށްވާ އަލްކޭ-ޓަރމެކްސްއިންނެވެ. ޑިޒައިން އެންޑް ބިލްޑް އުސޫލުން މި މިސްކިތް ބިނާކުރުމުގެ މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 28 ފެބްރުއަރީ 2017 ގައެވެ. މިސްކިތުގެ މަސައްކަތުގެ އަގަކީ 24 މިލިއަން ޑޮލަރު (370 މިލިއަން ރުފިޔާ) އެވެ.

ކިންގް ސަލްމާން މިސްކިތް

އިތުރަށް ކިޔާލަން

16 ޖުލައި 2025

އިސްލާމީ ކުތުބުޚާނާއަށް ފޮތް ހަދިޔާކުރުމުގެ ފުރުސަތު ހުޅުވާލައިފި

16 ޖުލައި 2025
އިސްލާމީ ކުތުބުޚާނާއަށް ފޮތް ހަދިޔާކުރުމުގެ ފުރުސަތު ހުޅުވާލައިފި
10 ޖޫން 2024

ވަކި ވަގުތެއްގައި ސަލްމާން މިސްކިތް ބަންދުކުރުން، އާންމުންގެ ކަންބޮޑުވުން އިންތިހާއަށް، ސަރުކާރުގެ ބަހެއް ނެތް

10 ޖޫން 2024
ވަކި ވަގުތެއްގައި ސަލްމާން މިސްކިތް ބަންދުކުރުން، އާންމުންގެ ކަންބޮޑުވުން އިންތިހާއަށް، ސަރުކާރުގެ ބަހެއް ނެތް
07 ޖޫން 2024

ޕާޓޭން ވަންނަ ކަމަށް ބުނެ، ސަލްމާން މިސްކިތް ރޭގަނޑު 9:00ގައި ބަންދުކުރަން ފަށައިފި

07 ޖޫން 2024
ޕާޓޭން ވަންނަ ކަމަށް ބުނެ، ސަލްމާން މިސްކިތް ރޭގަނޑު 9:00ގައި ބަންދުކުރަން ފަށައިފި
09 މެއި 2024

ކިންގް ސަލްމާން މިސްކިތުގެ އޭސީ ސިސްޓަމް ރަނގަޅުކުރުމަށް 6 މިލިއަން ރުފިޔާގެ ބަޖެޓެއް ބޭނުންވޭ: މިނިސްޓަރު

09 މެއި 2024
ކިންގް ސަލްމާން މިސްކިތުގެ އޭސީ ސިސްޓަމް ރަނގަޅުކުރުމަށް 6 މިލިއަން ރުފިޔާގެ ބަޖެޓެއް ބޭނުންވޭ: މިނިސްޓަރު
26 ފެބުރުއަރީ 2023

މަސް ކަނޑާފައި ކަރުގޮހޮރު އުކަންވެސް ވަކިތަނެއް ނެތް

26 ފެބުރުއަރީ 2023
މަސް ކަނޑާފައި ކަރުގޮހޮރު އުކަންވެސް ވަކިތަނެއް ނެތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު