Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑު

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ މަގާމުތަކަށް މުވައްޒަފުން ހޮވުމާއި އައްޔަންކުރުމުގެ އުސޫލު ބަދަލުކޮށްފި

ލިބިފައިވާ ތައުލީމާއި ތަޖުރިބާ، ހުނަރު އަދި އިންޓަރވިއު އާއި ޕްރެކްޓިކަލްސް އަށް ބަލާނެ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 23 ސެޕްޓެމްބަރު 2021 | ބުރާސްފަތި 23:20
ޓީޗަރަކު ކުލާހުގައި ކިޔަވާދެއްވަނީ

ޓީޗަރަކު ކުލާހުގައި ކިޔަވާދެއްވަނީ

ޓީޗަރުންގެ މަގާމުތަކަށް ކުރެވޭ އިއުލާންތަކަށް މުވައްޒަފުން ހޮވުމާއި އައްޔަންކުރުމުގެ އުސޫލަށް ބަދަލުތަކެއް ގެނައުމަށްފަހު ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ)ން އާންމުކޮށްފިއެވެ.

އެކަމާއި ގުޅޭގޮތުން ސީއެސްސީން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ މި އުސޫލަކީ، ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގައިވާ މަގާމުތަކަށް އިއުލާނުކޮށް އެ މަގާމުތަކަށް މުވައްޒަފުން އައްޔަންކުރުމުގެ މިންގަނޑު ބަޔާންކުރާ އުސޫލުކަމަށެވެ. އަދި އިޢުލާނުތަކަށް އިޖާބަދީ ހުށަހަޅާ އެޕްލިކޭޝަންތައް ޕްރޮސެސް ކުރާނީ މި އުސޫލާ އެއްގޮތްވާ ގޮތުގެ މަތިންކަމަށް ސީއެސްސީން ވަނީ ބުނެފައެވެ. މީގެއިތުރުން ޓީޗަރުންގެ އޮނިގަނޑުގައިވާ ހުސް މަގާމުތަކަށް އިއުލާންކުރުމުގައި އަދި މަގާމެއް ހުސްވުމުން ނުވަތަ، ހުސްވާނެކަން ކަށަވަރުވުމުން، އެ މަގާމަކަށް މުވައްޒަފަކު ހޯދުމުގެ މަސައްކަތް ކުރިޔަށްގެންދާނީވެސް މި އުސޫލާ އެއްގޮތަށް ކަމަށް ސީއެސްސީން ބުނެއެވެ.

Advertisement - newsAdvertisement

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ މަގާމުތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގައި މި އުސޫލުގައި ބަޔާންކޮށްފައިވާ ކަންތައްތަކުގެ އިތުރުން، "ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަން ކުރުމުގެ މިންގަނޑުތަކާއި އުސޫލުތައް 2021 "ގައި ބަޔާންކޮށްފައިވާ ކަންތައްތަކާއި، ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގައި ބަޔާންކޮށްފައިވާ ޚާއްސަ ކަންތައްތަކަށް އަމަލުކުރަންވާނެ ކަމަށްވެސް ސީއެސްސީން ބުނެއެވެ. އަދި ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގައި ބަޔާންކުރާ މަގާމުތަކަށް އިއުލާންކޮށް މުވައްޒަފަކު އައްޔަނުކުރުމުގައި މި އުސޫލުގައި ބަޔާންކުރާ ހުރިހާ މަރުހަލާއެއް ފުރިހަމަ ކުރަން ވާނެކަމަށް ސީއެސްސީން ބުނެއެވެ.

ޓީޗަރުންގެ މަގާމުތަކަށް އިއުލާންކުރާނީ ހުރިހާ ރޭންކެއްގެ ހުރިހާ ގްރޭޑްތައް ހިމަނައިގެންކަމަށާއި މަގާމުތަކަށް އިއުލާންކުރުމުގައި ޝަރުތުގެ ގޮތުގައި ބޭނުންކުރަންވާނީ، ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގައި ބަޔާންކޮށްފައިވާ ޝަރުތުތައްކަމަށް ސީއެސްސީން ވަނީ ބުނެފައެވެ. އަދި ސްކްރީން ކުރުމުގެ މަސައްކަތް ކުރިޔަށްގެންދާނީ "ސިވިލް ސަރވިސް ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުސޫލުތައް 2021 "ގައި ބަޔާންކޮށްފައިވާ މިންގަނޑުގެ ތެރެއިންކަމަށް ވަނީ ބުނެފައެވެ.

މަގާމަށް އެންމެ ގާބިލު ފަރާތް ކަނޑައަޅާނީ، އެންމެ ގާބިލު ފަރާތް ހޮވުމަށް ކަނޑައަޅާފައިވާ، "މަގާމަށް ކުރިމަތިލީ ފަރާތްތަކަށް މާކުސް ލިބުނު ގޮތުގެ ޝީޓް" ފުރިހަމަ ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތަކީ މަގާމަށް އެންމެ ގާބިލު ފަރާތްކަމުގައި ބަލައިގެންނެވެ. އެގޮތުން މާކްސް ދިނުމުގައި ކަނޑައަޅާފައިވަނީ އެމީހަކަށް ލިބިފައިވާ ތައުލީމާއި، މަސައްކަތުގެ ތަޖުރިބާ، ލިބިފައިވާ ހުނަރު އަދި އިންޓަރވިއު އާއި ޕްރެކްޓިކަލްސްގެ މައްޗަށެވެ.

ތައުލީމުގެ ބަޔަށް މާކްސް ދިނުމުގައި މަގާމުތަކަށް ކުރިމަތިލާ ފަރާތްތަކުން މަގާމުގެ އަސާސީ ޝަރުތު ހަމަވާނަމަ، ކްރައިޓީރިއާގައި އަސާސީ ޝަރުތު ހަމަވުމުން ދިނުމަށް ކަނޑައަޅާފައިވާ ޕޮއިންޓު ދޭންވާނެކަމަށް ވަނީ އުސޫލުގައި ބުނެފައެވެ. އެގޮތުން އަސާސީ ޝަރުތު ހަމަވުމުގެ ބައިގައި މާކްސް ދޭނެ ގޮތްކަމަށް އުސޫލުގައި ބުނެފައިވަނީ ސީ.އެސް 11 ރޭންކުން ޝަރުތު ފުރިހަމަވާކަމަށްވާނަމަ 25 ޕޮއިންޓެވެ. ސީ.އެސް 13 ރޭންކުން ޝަރުތު ފުރިހަމަވާކަމަށްވާނަމަ 30 ޕޮއިންޓެވެ. އަދި ސީ.އެސް 15 ރޭންކުން ޝަރުތު ފުރިހަމަވާކަމަށްވާނަމަ 35 ޕޮއިންޓެވެ. ތަޖުރިބާ އަށް ކަނޑައަޅާފައިވަނީ 5 ޕޮއިންޓެވެ. އެއީ އަސާސީ ޝަރުތަށްވުރެ އިތުރުވާ ތަޖުރިބާ އެވެ. ތަޖުރިބާއަށް މާކްސް ދިނުމުގައި ބަލާނީ ކުރިމަތިލާ މަގާމާ ގުޅުންހުރި ދާއިރާއަކުން ލިބިފައިވާ ތަޖުރިބާއަށެވެ. ކޮންމެ ކެންޑިޑޭޓަކަށްވެސް 5 ޕޮއިންޓަށްވުރެ އިތުރުނުވާނެގޮތަށް އަހަރަކަށް 1 ޕޮއިންޓުގެ މަގުން ތަޖުރިބާއަށް ޕޮއިންޓު ދޭންވާނެކަމަށް އުސޫލުގައި ބުނެފައިވެއެވެ. މަގާމުގެ އަސާސީ ޝަރުތު ހަމަކުރުމަށް ތަޖުރިބާގެ މުއްދަތު ބޭނުންވާނަމަ، އެ މުއްދަތު އުނިކުރުމަށްފަހު، ކޮންމެ ކެންޑިޑޭޓަކަށްވެސް 5 ޕޮއިންޓަށްވުރެ އިތުރުނުވާނެގޮތަށް އަހަރަކަށް 1 ޕޮއިންޓުގެ މަގުން ތަޖުރިބާއަށް ޕޮއިންޓު ދޭންވާނެއެވެ.

އިންޓަރވިއު އަށް ކަނޑައަޅާފައިވަނީ 25 ޕޮއިންޓެވެ. އަދި ޕްރެކްޓިކަލްސް އަށް 35 ޕޮއިންޓް ކަނޑައަޅާފައިވެއެވެ.

ސީއެސްސީން ބުނީ މަގާމުތަކަށް އައްޔަންކުރުމުގައި ވަޒީފާއަށް އެދިފައިވާ މީހާއަށް ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓުގެ ޖުމްލަ %55 އަށްވުރެ މަތިވާންޖެހޭނެކަމަށެވެ. މިއުސޫލަށް 23 ސެޕްޓެމްބަރ އިން ފެށިގެން އަމަލުކުރަމުންދާނެ ކަމަށް ސީއެސްސީން ބުނެއެވެ.

ސިވިލް ސަވިރސް ކޮމިޝަން

ކޮމެންޓް

އިތުރަށް ކިޔާލަން

ގެމަނަފުށީ ސްކޫލުގެ ލީޑިންގ ޓީޗަރު ގަވައިދާ ޚިލާފަށް ވަކި ކުރުމުން، ސީއެސްސީ އިން އޭނާގެ ވަޒީފާ އިއާދަ ކުރުމަށް އެޑިއުކޭޝަނަށް އެންގުމުން އެހެން ރަށެއްގެ ސްކޫލަކަށް ބަދަލުކޮށްފި

ގެމަނަފުށީ ސްކޫލުގެ ލީޑިންގ ޓީޗަރު ގަވައިދާ ޚިލާފަށް ވަކި ކުރުމުން، ސީއެސްސީ އިން އޭނާގެ ވަޒީފާ އިއާދަ ކުރުމަށް އެޑިއުކޭޝަނަށް އެންގުމުން އެހެން ރަށެއްގެ ސްކޫލަކަށް ބަދަލުކޮށްފި

04 ޑިސެމްބަރު 2025
ބޮޑު ކުރި މުސާރައާއެކު ލީގަލް ގިނަ އޮފިސަރުން ގެ މުސާރައިން 7000 ރުފިޔާ ވީ މަދު، އަނެއްކާ ވެސް ޝަކުވާ ގެ ސިޓީއެއް ޕޭ ކޮމިޝަނަށް

ބޮޑު ކުރި މުސާރައާއެކު ލީގަލް ގިނަ އޮފިސަރުން ގެ މުސާރައިން 7000 ރުފިޔާ ވީ މަދު، އަނެއްކާ ވެސް ޝަކުވާ ގެ ސިޓީއެއް ޕޭ ކޮމިޝަނަށް

30 ނޮވެމްބަރު 2025
މީޑިއާތައް ކޮންޓްރޯލްކޮށް ދޮގު ހަބަރާއި ތެދު ހަބަރު ކަނޑައަޅާ ކޮމިޝަނުގެ ވަގުތީ ކޮމެޓީ އެކުލަވާލައިފި

މީޑިއާތައް ކޮންޓްރޯލްކޮށް ދޮގު ހަބަރާއި ތެދު ހަބަރު ކަނޑައަޅާ ކޮމިޝަނުގެ ވަގުތީ ކޮމެޓީ އެކުލަވާލައިފި

21 ސެޕްޓެމްބަރު 2025
ނާސިހު ހިމެނޭހެން ސީއެސްސީއަށް 3 މެންބަރުން އައްޔަންކުރައްވައިފި

ނާސިހު ހިމެނޭހެން ސީއެސްސީއަށް 3 މެންބަރުން އައްޔަންކުރައްވައިފި

07 ސެޕްޓެމްބަރު 2025
އއ. އަތޮޅު ކައުންސިލް އެސްޖީ ޝަފީގު ސަސްޕެންޑް ކޮށްފި

އއ. އަތޮޅު ކައުންސިލް އެސްޖީ ޝަފީގު ސަސްޕެންޑް ކޮށްފި

19 އޯގަސްޓު 2025

އަހަރުތަކުން މިއަދު

11 މެއި
އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!
20251 އަހަރު ކުރިން
ދުނިޔެ

އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
20242 އަހަރު ކުރިން
ރާއްޖެ

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!
20197 އަހަރު ކުރިން
ރިޕޯޓު

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި
20188 އަހަރު ކުރިން
ރާއްޖެ

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު