Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސްކޮލަރޝިޕްގެ ފުރުސަތު

މި އަހަރުގެ މިހާތަނަށް 100ށް ވުރެ ގިނަ ސްކޮލަރޝިޕް ފުރުސަތު ހުޅުވާލެވިފައިވޭ: ހަޔަރ އެޑިއުކޭޝަން މިނިސްޓަރ

ޚާއްސަ އެހީއަށް ބޭނުންވާ ދާއިރާތަކުން 46 ސްކޮލަރޝިޕް އިއުލާން ކޮށްފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 23 ސެޕްޓެމްބަރު 2021 | ބުރާސްފަތި 17:55
ހަޔާ އެޑިޔުކޭޝަން މިނިސްޓަރު ޑރ.އިބްރާހިމް ހަސަން،

ހަޔާ އެޑިޔުކޭޝަން މިނިސްޓަރު ޑރ.އިބްރާހިމް ހަސަން،

މިއަހަރުގެ މިހާތަނަށް 100ށް ވުރެ ގިނަ ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ.އިބްރާހިމް ހަސަން ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ މިނިސްޓްރީގެ ވެބްސައިޓުން މިހާރު ވެސް ގިނަ ސްކޮލަރޝިޕްގެ ފުރުސަތުތައް ފެންނާނެ ކަމަށެވެ. އެކި ދާއިރާތަކުން ސްކޮލަރޝިޕްގެ ފުރުސަތުތައް ހުޅުވާލާއިރު، ޚާއްސަ އިސްކަމެއްދީގެން ލާނިން ޑިސެބިލިޓީ ދާއިރާއިން 46 ސްކޮލަރޝިޕް އިއުލާން ކޮށްފައިވާ ކަަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެއީ ކްލިނިކަލް ސައިކޮލޮޖީން 10 ފުރުސަތު، އެޑިކްޝަން މެނޭޖްމެންޓްގެ ދާއިރާއިން 5 ފުރުސަތު، މެންޓަލް ހެލްތްގެ ނާސިންގ ދާއިރާއިން 11 ފުރުސަތު، ސައިކޭޓްރިކް ދާއިރާއިން 2 ފުރުސަތު، ސައިކޯތެރަޕީގެ ދާއިރާއިން 10 ފުރުސަތު އަދި މާސްޓަރސް ލާނިން ޑިސެބިލިޓީ ދާއިރާއިން 8 ފުރުސަތު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މާސްޓާސް ފެންވަރުގެ މި ސްކޮލަރޝިޕް ތަކަށް މިމަހުގެ 30 ގެ ނިޔަލަށް ކުރިމަތިލެވޭނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މެންޓަލް ހެލްތު ނުވަތަ ލަރނިން ޑިސެބިލިޓީގެ ދާއިރާއިން ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ޚިދުމަތްތައް ވަރަށް ގިނަ ކަމަށެވެ. މި ޚިދުމަތްތައް އެންމެ ރަނގަޅު ގޮތުގައި ފޯރުކޮށްދިނުމަށް ގިނަ ބަޔަކު ތަމްރީނު ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ވިދާޅުވީ އެއް ދާއިރާއަކުން ގިނަ ބަޔަކު ތަމްރީނު ކުރެވިއްޖެކަމުގައިވާނަމަ އެކަމުގެ ފައިދާ މުޅި ގައުމަށް ކުރާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މިހާރު ވެސް އެކި ދާއިރާތަކުން މީހުން ތަމްރީނު ކުރުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށާއި، ދިވެހި ދަރިވަރުންނަށް ފަހި ފުރުސަތުތައް ހޯދައިދޭ ކަމަށެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް 108 ށްވުރެ ގިނަ ސްކޮލަރޝިޕްގެ ފުރުސަތުތައް ހުޅުވާލެވިފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ސްކޮލަރޝިޕް

އިތުރަށް ކިޔާލަން

19 އޮކްޓޯބަރު 2025

ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑް 2025 ލިބޭ ދަރިވަރުން ހޮވައިފި

19 އޮކްޓޯބަރު 2025
ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑް 2025 ލިބޭ ދަރިވަރުން ހޮވައިފި
30 އެޕްރީލު 2025

ދަރިވަރުންނަށް ޖަވާބު ދިނުން ލަސްވަނީ ރޭވިފައިވާ ވަރަށްވުރެން ގިނައިން ލޯނުދޭން ޖެހުމުން: މިނިސްޓަރު ހައިދަރު

30 އެޕްރީލު 2025
ދަރިވަރުންނަށް ޖަވާބު ދިނުން ލަސްވަނީ ރޭވިފައިވާ ވަރަށްވުރެން ގިނައިން ލޯނުދޭން ޖެހުމުން: މިނިސްޓަރު ހައިދަރު
30 އެޕްރީލު 2025

ދަރިވަރުންގެ ފައިސާ ޖަމާކުރުމަށް ލަސްވާ މައިގަނޑު ސަބަބަކީ އެކައުންޓުތަކުގެ މައުލޫމާތު ފުރިހަމަ ނުވާތީ: މިނިސްޓަރު ހައިދަރު

30 އެޕްރީލު 2025
ދަރިވަރުންގެ ފައިސާ ޖަމާކުރުމަށް ލަސްވާ މައިގަނޑު ސަބަބަކީ އެކައުންޓުތަކުގެ މައުލޫމާތު ފުރިހަމަ ނުވާތީ: މިނިސްޓަރު ހައިދަރު
19 ސެޕްޓެމްބަރު 2024

އެކިއެކި ސްކޮލަރޝިޕްތަކަށް މިއަހަރުގެ މިހާތަނަށް 103 މިލިއަނަށް ވުރެ ގިނަ ފައިސާ ދޫކޮށްފައިވޭ: މިނިސްޓަރު މާރިޔާ

19 ސެޕްޓެމްބަރު 2024
އެކިއެކި ސްކޮލަރޝިޕްތަކަށް މިއަހަރުގެ މިހާތަނަށް 103 މިލިއަނަށް ވުރެ ގިނަ ފައިސާ ދޫކޮށްފައިވޭ: މިނިސްޓަރު މާރިޔާ
16 މެއި 2024

ހައި އެޗީވަރސް ސްކޮލަރޝިޕް 2023ށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

16 މެއި 2024
ހައި އެޗީވަރސް ސްކޮލަރޝިޕް 2023ށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
13 މެއި 2024

އަޒަރުބައިޖާންގެ ސްކޮލަރޝިޕްތަކަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލައިފި

13 މެއި 2024
އަޒަރުބައިޖާންގެ ސްކޮލަރޝިޕްތަކަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލައިފި
17 މާރިޗު 2024

ޔުނާން ޕްރޮވިންޝަނަލް ގަވަރމަންޓް ސްކޮލަރޝިޕް 2024ށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

17 މާރިޗު 2024
ޔުނާން ޕްރޮވިންޝަނަލް ގަވަރމަންޓް ސްކޮލަރޝިޕް 2024ށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
06 ޑިސެމްބަރު 2023

ޖޭޑީއެސް ސްކޮލަރޝިޕަށް އެދުމުގެ މުއްދަތު އިިތުރުކޮށްފި

06 ޑިސެމްބަރު 2023
ޖޭޑީއެސް ސްކޮލަރޝިޕަށް އެދުމުގެ މުއްދަތު އިިތުރުކޮށްފި
01 ޑިސެމްބަރު 2023

އޯޝަން ކަންޓްރީ ޕާޓްނަރޝިޕް ޕްރޮގްރާމުގެ ސްކޮލަރޝިޕް ފުރުސަތު ހުޅުވާލައިފި

01 ޑިސެމްބަރު 2023
އޯޝަން ކަންޓްރީ ޕާޓްނަރޝިޕް ޕްރޮގްރާމުގެ ސްކޮލަރޝިޕް ފުރުސަތު ހުޅުވާލައިފި
06 އޮކްޓޯބަރު 2023

ޖަޕަނީޒް ގްރާންޓް އެއިޑްގެ ދަށުން މާސްޓަރސް ޑިގްރީ ސްކޮލަރޝިޕަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

06 އޮކްޓޯބަރު 2023
ޖަޕަނީޒް ގްރާންޓް އެއިޑްގެ ދަށުން މާސްޓަރސް ޑިގްރީ ސްކޮލަރޝިޕަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު