Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހައުސިން ޔުނިޓް އިމާރާތްކުރުން

4000 ހައުސިންގ ޔުނިޓް އިމާރާތްކުރުމަށްޓަކައި ލޯން އެއްބަސްވުމުގައި ސޮއިކޮށްފި

މި 2 މަޝްރޫޢުގެދަށުން އިމާރާތްކުރެވޭނީ 2 ކޮޓަރި އާއި 3 ކޮޓަރީގެ ހައުސިންގ ޔުނިޓްތަކެއް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 23 ސެޕްޓެމްބަރު 2021 | ބުރާސްފަތި 10:04
ހުޅުމާލެ ފޭސް 2 - މިތަނުގައި 4000 ހައުސިން ޔުނިޓް އިމާރާތް ކުރުމަށް ސަރުކާރުން ވަނީ ނިންމާފައި

ހުޅުމާލެ ފޭސް 2 - މިތަނުގައި 4000 ހައުސިން ޔުނިޓް އިމާރާތް ކުރުމަށް ސަރުކާރުން ވަނީ ނިންމާފައި

ފަހި ދިރިއުޅުން ކޯޕަރޭޝަންއިން ތަރައްގީކުރުމަށް ހަމަޖެހިފައިވާ 4000 ހައުސިންގ ޔުނިޓް އިމާރާތްކުރުމަށްޓަކައި ލޯން އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

ލޯން އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ކުރިޔަށް ގެންގޮސްފައިވަނީ ވާރޗުއަލްކޮށް ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައެވެ.

Advertisement - newsAdvertisement

ސޮއި ކުރެވުނު 2 ލޯނު އެއްބަސްވުމަކީ އިންޑިއާގެ ދެ ކުންފުންޏެއް ކަމަށްވާ އެންބީސީސީ (އިންޑިއާ) ލިމިޓެޑްއާއި ޖޭއެމްސީ ޕްރޮޖެކްޓްސް (އިންޑިއާ) ލިމިޓެޑް އާއެކު އެފްޑީސީގެ ފަރާތުން ސޮއި ކުރެވިފައިވާ އީޕީސީ ކޮންޓްރެކްގެ ދަށުން ހުޅުމާލެ ފޭސް 2 ގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ 4000 ސޯޝަލް ހައުސިންގ ޔުނިޓްތައް ތަރައްގީ ކުރުމަށްޓަކައި ސަރުކާރުގެ ސޮވެރިންގ ގެރެންޓީގެދަށުން ހަމަޖެހިފައިވާ ދެ ލޯނެކެވެ. މިއީ އެންބީސީސީ (އިންޑިއާ) ލިމިޓެޑާއެކު ސޮއި ކުރެވިފައިވާ އީޕީސީ އެއްބަސްވުމުގެ ދަށުން ތަރައްގީކުރެވޭ 2000 ސޯޝަލް ހައުސިންގ ޔުނިޓް އާއި ޖޭއެމްސީ ޕްރޮޖެކްޓްސް (އިންޑިއާ) ލިމިޓެޑާއެކު ސޮއި ކުރެވިފައިވާ އީޕީސީ އެއްބަސްވުމުގެދަށުން ތަރައްގީކުރެވޭ 2000 ސޯޝަލް ހައުސިންގ ޔުނިޓުގެ މަސައްކަތްތަކެވެ. މިއީ 116.45 މިލިއަން ޔޫއެސް ޑޮލަރު ގެ ލޯނަކާއި އަދި 110.5 މިލިއަން ޔޫއެސް ޑޮލަރުގެ ލޯނެކެވެ.

ބޯހިޔާވަހިކަމަކީ ސަރުކާރުން ޚާއްސަ އިސްކަމެއް ދޭކަމެއްކަން މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ފައްޔާޒް އިސްމާއިލް ދެއްކެވި ވާހަކައިގައި ފާހަގަކުރެއްވިއެވެ. އަދި އިތުރު 4000 ޔުނިޓު ހެޔޮ އަގުގައި ލިބުމަކީ ރައްޔިތުންނަށް ލުއިތަކެއްލިބި އިޤްތިޞާދަށް ހެޔޮ ބަދަލެއް ގެނެވޭނެކަމެއްކަމަށް ވިދާޅުވިއެވެ. މިމޭރުމުން ވާހަކަ ދައްކަވަމުން މިނިސްޓަރ އޮފް ފިނޭންސް އިބްރާހިމް އަމީރު ވިދާޅުވީ މިއީ މިފަދަ އެހެން މަޝްރޫޢުތަކާ އަޅާ ބަލާއިރު އަގު ހެޔޮ، ތަނަވަސް ޔުނިޓު ތަކެއް އިމާރާތް ކުރެވޭ މަޝްރޫޢުއެއްކަމެވެ. މިފަދަ މުހިންމު މަޝްރޫޢުތަކުގައި އެހީތެރިކަން ލިބޭނެކަމަށް ހައި ކޮމިޝަނަރ ސަންޖޭ ސުދީރު ވިދާޅުވިއެވެ.

އެންބީސީސީ (އިންޑިއާ) ލިމިޓެޑް އާއި އެފްޑީސީގެ ފަރާތުން އީޕީސީ އެއްބަސްވުމުގައި ސޮއި ކުރެވިފައިވަނީ 2 ފެބްރުއަރީ 2021 ވަނަ ދުވަހުއެވެ. އަދި ޖޭއެމްސީ ޕްރޮޖެކްޓްސް (އިންޑިއާ) ލިމިޓެޑް އާއި އެފްޑީސީގެ ފަރާތުން އީޕީސީ އެއްބަސްވުމުގައި ސޮއި ކުރެވިފައި ވަނީ 8 މާރޗް 2021 ވަނަ ދުވަހުއެވެ. މި 2 މަޝްރޫޢުގެދަށުން އިމާރާތްކުރެވޭނީ 2 ކޮޓަރި އާއި 3 ކޮޓަރީގެ ހައުސިންގ ޔުނިޓްތަކެވެ. އޭގެތެރޭގައި 2 ކޮޓަރީގެ ޔުނިޓްތަކުގެ ބޮޑު މިނުގައި 650 އަކަފޫޓް ހުންނާނެއެވެ. އަދި 3 ކޮޓަރީގެ ޔުނިޓްތަކުގެ ބޮޑު މިނުގައި 900 އަކަފޫޓޫ ހުންނާނެއެވެ.

މި މަޝްރޫޢުތަކުގެ އަމަލީ މަސައްކަތް މި އަހަރު ތެރޭގައި ފެށުމަށްޓަކައި ދަނީ ތައްޔާރުވަމުންނެވެ.

މި ރަސްމިއްޔާތުގައި އެފްޑީސީ އަދި އެގްޒިމް ބޭންކުގެ އިތުރުން މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ފައްޔާޒް އިސްމާއިލް، މިނިސްޓްރ އޮފް ފައިނޭންސް އިބްރާހިމް އަމީރު، ރާއްޖެއަށް ކަނޑައަޅާފައިހުންނަ އިންޑިޔާގެ ސަފީރު ސަންޖޭ ސުދީރު، މިނިސްޓަރ އޮފް ސްޓޭޓް ފޯ ނޭޝަނަލް ޕްލޭނިންގ، ހައުސިންގ، އެންޑް އިންފްރާސްރަކްޗާރ އަކްރަމް ކަމާލުއްދީން، ރައީސް އޮފީހުގެ އިސްވެރިން، އިންޑިޔާ އެގްޒިމް ބޭންކްގެ އޮފިޝަލުންނާއި މި މަޝްރޫއުތަކުގެ ކޮންޓްރެކްޓަރުންކަމަށްވާ އެންބީސީސީ (އިންޑިޔާ) ލިމިޓެޑް އަދި ޖޭއެމްސީ ޕްރޮޖެކްޓްސް (އިންޑިޔާ) ލިމިޓެޑްގެ އިސްވެރިންގެ އިތުރުން އެފްޑީސީގެ ބޯޑް ޑިރެކްޓަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަންމިނިސްޓްރީ އޮފް ހައުސިން ފިނޭންސް މިނިސްޓްރީހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަންހުޅުމާލެ

ކޮމެންޓް

އިތުރަށް ކިޔާލަން

ކުރި މަސައްކަތަށް ފައިސާ ނުދޭތާ 2 އަހަރާ ބައި، ފޮނުވި ބިލަށް ވީގޮތެއް ނޭނގޭ: ވިޔަފާރިވެރިއެއް

ކުރި މަސައްކަތަށް ފައިސާ ނުދޭތާ 2 އަހަރާ ބައި، ފޮނުވި ބިލަށް ވީގޮތެއް ނޭނގޭ: ވިޔަފާރިވެރިއެއް

18 ޑިސެމްބަރު 2025
އަހަރުގެ މިހާތަށް ލިބުނު އެއްޗަކަށް ވުރެ އިތުރަށް 1.9 ބިލިއަން ރުފިޔާ ޚަރަދު ކޮށްފި

އަހަރުގެ މިހާތަށް ލިބުނު އެއްޗަކަށް ވުރެ އިތުރަށް 1.9 ބިލިއަން ރުފިޔާ ޚަރަދު ކޮށްފި

17 ޑިސެމްބަރު 2025
ރައީސް އޮފީހުގެ ހަރަދު، ބަޖެޓަށް ވުރެ 7 މިލިއަން ރުފިޔާ އިތުރުވެއްޖެ

ރައީސް އޮފީހުގެ ހަރަދު، ބަޖެޓަށް ވުރެ 7 މިލިއަން ރުފިޔާ އިތުރުވެއްޖެ

17 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ތިލަމާލެ ބްރިޖު: މާލެއިން ވިލިމާލެ އަށް މި އަހަރުގެ ނިޔަލަށް ގުޅުވާލެވޭނެ ކަމަށް ސަރުކާރުން ހާމަކުރި ނަމަވެސް މިހާތަނަށް ނިންމުނީ  67 ޕަސެންޓްގެ މަސައްކަތް

ތިލަމާލެ ބްރިޖު: މާލެއިން ވިލިމާލެ އަށް މި އަހަރުގެ ނިޔަލަށް ގުޅުވާލެވޭނެ ކަމަށް ސަރުކާރުން ހާމަކުރި ނަމަވެސް މިހާތަނަށް ނިންމުނީ 67 ޕަސެންޓްގެ މަސައްކަތް

11 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

16 ޖެނުއަރީ
ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް
20242 އަހަރު ކުރިން
ރާއްޖެ

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް
20224 އަހަރު ކުރިން
ރާއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!
20197 އަހަރު ކުރިން
ރިޕޯޓު

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި
20188 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު