Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަންލޮކް ދަ ފިއުޗަރ ޙަރަކާތް

'އަންލޮކް ދަ ފިއުޗަރ' ޙަރަކާތުގައި ރައީސުލްޖުމްހުރިއްޔާގެ އަނބިކަނބަލުން ބައިވެރިވެވަޑައިގެންފި

އެކި ޤައުމުތަކުގެ އިސްވެރިންނާއި، އަމިއްލަ ޖަމުޢިއްޔާ ޖަމާޢަތްތަކުން އަންނަން އޮތް ޖީލުގެ ކުރިއެރުމަށް ދެއްވާ އަހަންމިއްޔަތަށްޓަކައި ޝުކުރުއަދާކުރައްވާފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 23 ސެޕްޓެމްބަރު 2021 | ބުރާސްފަތި 06:24
'އަންލޮކް ދަ ފިއުޗަރ' ޙަރަކާތުގައި ރައީސުލްޖުމްހުރިއްޔާގެ އަނބިކަނބަލުން ބައިވެރިވެވަޑައިގަންނަވަނީ

'އަންލޮކް ދަ ފިއުޗަރ' ޙަރަކާތުގައި ރައީސުލްޖުމްހުރިއްޔާގެ އަނބިކަނބަލުން ބައިވެރިވެވަޑައިގަންނަވަނީ

އދ.ގެ ޢާންމު މަޖިލީހުގެ 76 ވަނަ ބައްދަލުވުމުގެ ހަވާސާގައި، ވަރލްޑް ވައިއެމްސީއޭ، ބީއާރުއޭސީ، އަދި ވަރލްޑް އެސޯސިއޭޝަން އޮފް ގަރލް ގައިޑް އެންޑް ގަރލް ސްކައުޓާއި އެހެނިހެން އެކްޓިވިސްޓް ޖަމާޢަތްތައް ގުޅިގެން އިންތިޒާމްކޮށްގެން ވަރޗުއަލްކޮށް ބޭއްވި 'އަންލޮކް ދަ ފިއުޗަރ' ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ބައިވެރިވެވަޑައިގެންފިއެވެ.

ވަރޗުއަލްކޮށް ބޭއްވި މި ހަރަކާތުގައި، ޒުވާން ލީޑަރުންނާއި، އެކްޓިވިސްޓުންނާއި، ސަރުކާރުތަކާއި، ނިއުޔޯކުގައި ޤާއިމުކޮށްފައިވާ އ.ދ. ގެ މިޝަންތަކާއި، ޒުވާނުންނާއި މުސްތަޤްބަލުގެ ޖީލުތަކަށް އިސްކަންދޭ ޖަމުޢިއްޔާ ޖަމާޢަތްތައް ބައިވެރިވިއެވެ.

Advertisement - newsAdvertisement

"އަންލޮކް ދަ ފިއުޗަރ ޑެކްލެރޭޝަން" އިފްތިތާޙް ކުރެވުނީ މި ހަރަކާތުގެ ތެރެއިންނެވެ. މީގެ ސަބަބުން، މިހާރުގެ ޒުވާނުން ތަޖުރިބާކުރާ ކަންކަމުގެ ތެރެއިން އެންމެ އިސްކަމެއްދީގެން މުސްތަޤުބަލަށް ގެނެވޭނެ ބަދަލުތައް ދެނެގަނެވި، ޒުވާނުންނަށް އެމީހުންގެ މުސްތަޤްބަލު ބައްޓަންކުރުމަށް އެހީތެރިވެދޭނެއެވެ. އަދި ޒުވާނުންގެ ބައިވެރިވުން އިތުރުކުރެވި، ޒުވާނުންގެ ކުރިއެރުމަށް ހުރި ހުރަސްތައް ނައްތާލުމަށް ބައިނަލްއަޤްވާމީ އެއްބާރުލުން ވެސް ލިބިގެންދާނެއެވެ.

އަންލޮކް ދަ ފިއުޗަރ ޑެކްލެރޭޝަން އިފްތިތާޙުކުރުމަށް ބޭއްވެވި މި ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ދެއްކެވި ވާހަކަފުޅުގައި، ޒުވާނުން ބާރުވެރިކުރުމާއި އެމީހުން ކަންކަމުގައި އަޑު އުފުލުމަށް ހިތްވަރުދިނުމުގެ ގޮތުން އެކުލަވާލާފައިވާ މި ޑެކްލެރޭޝަންގެ މަސައްކަތުގައި އުޅުއްވި ބައިވެރިންގެ ބުރަ މަސައްކަތް ފާހަގަކުރައްވައި، އެއީ ބޮޑު ކާމިޔާބީއެއްކަމުގައި ސިފަކުރައްވާފައިވެއެވެ.

މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ، އެކި ޤައުމުތަކުގެ އިސްވެރިންނާއި، އަމިއްލަ ޖަމުޢިއްޔާ ޖަމާޢަތްތަކުން އަންނަން އޮތް ޖީލުގެ ކުރިއެރުމަށް ދެއްވާ އަހަންމިއްޔަތަށްޓަކައި ޝުކުރުއަދާކުރައްވާފައެވެ. އަދި، މިފަދަ މަސައްކަތްތަކުގައި ހަރަކާތްތެރިވާ ރާއްޖޭގެ ފަރާތްތަކާއި، އެހެނިހެން ފަރާތްތަކުން ވެސް، ޒުވާން ޖީލަށްޓަކައި ކުރާ މަސައްކަތްތައް މައުނަވީ ގޮތެއްގައި ގުޅިގެން ކުރިއަށް ގެންދިއުމަށް ގޮވައިލައްވާފައިވެއެވެ.

އެކަމަނާ ވިދާޅުވީ ދެމެހެއްޓެނިވި ވިލުންތެރި ދުނިޔެއެއް ބިނާކުރުމުގައި ޒުވާނުން އަދާކުރާ މުހިންމު ދައުރު ރާއްޖެއިން ބަލައިގަންނަކަމަށެވެ. އަދި އެކަމަނާގެ ވާހަކަފުޅު ނިންމަވާލައްވަމުން، ރާއްޖެއިން އަބަދުވެސް އެންމެންނަށް ފަހި، އުޖާލާ މުސްތަޤްބަލެއް ބިނާކުރުމަށްޓަކައި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ޒުވާނުންނާ ގުޅިގެން މަސައްކަތްކޮށް، އެމީހުންގެ ކަންބޮޑުވުންތައް އަޑު އެހުމާއެކު ކުރިޔަށްދާ ޤައުމެއްގެ ގޮތުގައި ދެމި އޮންނާނެކަން ހާމަކުރެއްވިއެވެ.

މި ހަރަކާތުގެ ތެރެއިން، ޒުވާނުންނަށް އަމާޒުކޮށް ތަޢުލީމާއި، ވަޒީފާއާއި، މޫސުމާގުޅޭ ދާއިރާގެ އެކްޝަންތައް ހިމެނޭ ޑިވެލޮޕްމަންޓް ޕްރޮގްރާމް "އަވަރ ފިއުޗަރ އެޖެންޑާ" އިފްތިތާޙް ކޮށްފައިވެއެވެ. މި ރިޕޯޓުގައި "ނެކްސްޓް ޖެނެރޭޝަން"ގެ ބައިވެރިން، މުސްތަޤްބަލުގެ ޖީލުތަކަށް އެކުލަވާލާ ވިޜަންއާއި ޕްލޭންތައް އެކުލަވާލުމަށް އ.ދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް ގޮވައިލައްވާފައިވާ ގޮވައިލެއްވުން ހިމަނާފައިވެއެވެ. "ނެކްސްޓް ޖެނެރޭޝަން" އަކީ ޒުވާނުންނާއި މުސްތަޤުބަލުގެ ޖީލުތަކަށް ބޭނުންވާ ކަންކަން ހާސިލުކުރުމަށްޓަކައި މަސައްކަތްކުރާ، ޒުވާން އެކްޓިވިސްޓުންގެ މައްޗަށް އެކުވެލޭ ބައިނަލްއަޤްވާމީ ގްރޫޕެކެވެ.

އަންލޮކް ދި ފިއުޗަރރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ އަނބިކަނބަލުން ފަޒްނާ އަޙުމަދުއދ.ގެ އާންމު މަޖިލިސް

އިތުރަށް ކިޔާލަން

02 ނޮވެމްބަރު 2023

ޔުނިސެފްގެ ރެޕްރެޒެންޓެޓިވް، ރައީސްގެ އަނބިކަނބަލުންގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

02 ނޮވެމްބަރު 2023
ޔުނިސެފްގެ ރެޕްރެޒެންޓެޓިވް، ރައީސްގެ އަނބިކަނބަލުންގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި
24 އޮކްޓޯބަރު 2023

ފަލަސްތީނާއި ގުޅޭގޮތުން އދ.ގެ އާންމު މަޖިލީހުގައި ކުއްލި ބައްދަލުވުމެއް ބާއްވަން ނިންމައިފި

24 އޮކްޓޯބަރު 2023
ފަލަސްތީނާއި ގުޅޭގޮތުން އދ.ގެ އާންމު މަޖިލީހުގައި ކުއްލި ބައްދަލުވުމެއް ބާއްވަން ނިންމައިފި
10 އޮކްޓޯބަރު 2023

ނަފްސާނީ ދުޅަހެޔޮކަމާމެދު މުޖުތަމައާއި ސަރުކާރުން ދެކޭ ގޮތްވެސް ބަދަލުކުރެވިއްޖެ: ފަސްޓް ލޭޑީ ފަޒްނާ

10 އޮކްޓޯބަރު 2023
ނަފްސާނީ ދުޅަހެޔޮކަމާމެދު މުޖުތަމައާއި ސަރުކާރުން ދެކޭ ގޮތްވެސް ބަދަލުކުރެވިއްޖެ: ފަސްޓް ލޭޑީ ފަޒްނާ
09 އޮކްޓޯބަރު 2023

ފަޒްނާ އަޙުމަދު: ފަހު ވަގުތުވެސް ހިތްޕުޅުތިރިކަން ދެއްކެވި ނަމޫނާ ފަސްޓް ލޭޑީ!

09 އޮކްޓޯބަރު 2023
ފަޒްނާ އަޙުމަދު: ފަހު ވަގުތުވެސް ހިތްޕުޅުތިރިކަން ދެއްކެވި ނަމޫނާ ފަސްޓް ލޭޑީ!
09 އޮކްޓޯބަރު 2023

އިންތިޚާބީ ރައީސްގެ އަނބިކަނބަލުންނާ ފަސްޓްލޭޑީ ބައްދަލު ކުރައްވައިފި

09 އޮކްޓޯބަރު 2023
އިންތިޚާބީ ރައީސްގެ އަނބިކަނބަލުންނާ ފަސްޓްލޭޑީ ބައްދަލު ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު