Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޕެންސްގެ ތަޤްރީރު

ޕެންސްގެ ތަޤްރީރު ބޮއިކޮޓްކޮށް ދަރިވަރުންތަކެއް ނުކުމެއްޖެ

ވައިޓްހައުސް އިން ގެންގުޅޭ ސިޔާސަތާއިމެދު ހިތްހަމައެއް ނުޖެހޭ

އަހުމަދު ފައިރޫޒު
އަހުމަދު ފައިރޫޒު | 22 މެއި 2017 | ހޯމަ 13:14
އެމެރިކާގެ ނައިބު ރައީސް ޕެންސްގެ ތަޤްރީރު ބޮއިކޮޓްކޮށް ދަރިވަރުންތައް ނުކުންނަނީ

އެމެރިކާގެ ނައިބު ރައީސް ޕެންސްގެ ތަޤްރީރު ބޮއިކޮޓްކޮށް ދަރިވަރުންތައް ނުކުންނަނީ

ހަޅުތާލުކުރުމުގެ ގޮތުން އެމެރިކާގެ ޔުނިވަރސިޓީއެއްގެ ދަރިވަރުންތަކެއް އެގައުމުގެ ނައިބު ރައީސް މައިކް ޕެންސް ތަގްރީރެއް ދެއްވަނިކޮށް ބޮއިކުރުމަށްފަހު ނުކުމެއްޖެއެވެ.

މިކަން ހިނގާފައިވަނީ އިންޑިއާނާގެ ނޯޓްރާ ޑޭމް ޔުނިވަރސިޓީގައި އޮތް ދަސްވެނިމުމުގެ ރަސްމިއްޔާތެއްގައެވެ. އެގޮތުން އެރަސްމިއްޔާތުގައި ގްރެޖުއޭޓްވާ އެތައް ދަރިވަރުންނެއް ވަނީ ޕެންސްގެ ތަގްރީރު ވަކި ހިސާބަކުން ބޮއިކޮޓްކޮށް ރަސްމިއްޔާތު އޮތް މާލަންދޫކޮށް ނުކުމެފައެވެ.

ދަސްވެނިމުމުގެ ރަސްމިއްޔާތަށް ތައްޔާރުވެ ގައުންއާ ތޮފިއަޅައިގެން ތިބި އެތަކެއް ދަރިވަރުން ޕެންސްގެ ތަގްރީރަށް ހަޅުތާލު ކުރުމުގެ ގޮތުން އެތަނުން ނުކުތުމާއިއެކު އެތަނުގައި އެވަގުތު ތިބި ބައެއް ބެލެނިވެރިންނާއި އެހެން ދަރިވަރުންވަނީ ޕެންސްއަށް މަލާމާތް ކުރުމުގެ ގޮތުން ހޯއްގޮވައި، ތުމުންފުމުގެ އިތުރުން ފާޑުފާޑުގެ އަޑުއަޑު ލައްވާފައެވެ.

ދަރިވަރުން ހިތްހަމަ ނުޖެހުނީ ޕެންސްގެ ވާހަކަފުޅުގައި އެމެރިކާގެ ޔުނިވާސިޓީއާ ކޮލެޖުތަކުގައި ކިޔަވައި ދަރިވަރުންނަށް ސިޔާސީ ހެޔޮރަނގަޅު ގޮތް އެނގޭ މިންވަރާއި ގުޅޭގޮތުން ފާޑު ވިދާޅުވެ ވާހަކަފުޅު ދައްކަވަން ފެއްޓެވުންނެވެ.

ކޮލެޖުތަކުގައި ކަންކަމާއި ގުޅޭ ގޮތުން ވައިޓް ހައުސް އިން ގެންގުޅޭ ސިޔާސަތުތަކުގެ ވާހަކަ ޕެންސް ވިދާޅުވުމާއި އެކު ދަސްވެނިމުނު ދަރިވަރުންނާއި އެ ދަރިވަރުންނާއި އެއް ކުލާހެއްގައި ކިޔަވަމުންދިޔަ 2000 އެއްހައި ދަރިވަރުންވަނީ އެ ރަސްމިއްޔާތު ބޭއްވި ފުޓްބޯޅަ ދަނޑު ދޫކޮށް ނުކުމެފައެވެ.

ނޯޓްރާ ޑޭމް ޔުނިވަރސިޓީއަކީ އެސަރަހައްދުގައި ހިމެނޭ ޔުނިވާސިޓީތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ޔުނިވާސިޓީއެވެ.

ޕެންސްއަށް އޮނަރަރީ ޑިގްރީއެއް ލިބިވަޑައިގެންނެވި މި ރަސްމިޔާތުގައި ވަހާކަ ދައްކަވުން ވިދާޅުވީ، އެމެރިކާގެ އެކި ސަރަހައްދުތަކުގައި ޤާއިމްކުރެވިފައިވާ ކެމްޕަސްތަކުގައި ޚިޔާލްފާޅުކުރުމުގެ މިނިވަންކަމުގެ ނާޖާއިޒްފައިދާ ނަގަމުން އަންނަކަން ފާހަގަ ކުރެވޭ ކަމަށެވެ.

އެގޮތުން އެފަދަ ތަންތަނުގައި އެގައުމުގެ އިދާރީ ނިންމުންތަކާއި، ރައްކާތެރިކަމާއި އެނޫންވެސް ކަންކަމަށް ފާޑުކިޔެމުންދާ ކަމަށް ޕެންސް ވިދާޅުވިއެވެ. އެކަންކަމަކީ އާންމުކޮށް އެމެރިކާގައި އަމަލުކުރަމުން އަންނަ މައުލޫމާތު މުއްސަދިކުރުމުގެ ސަޤާފަތާއި ވަރަށް ބީރަށްޓެހި ކަމެއްކަމަށް ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

12 އޯގަސްޓު 2022

ދިރިހުއްޓާ ވަޅުލި މީހަކު ސަންދޯއް ފަޅާލާފައި ނުކުމެއްޖެ

12 އޯގަސްޓު 2022
ދިރިހުއްޓާ ވަޅުލި މީހަކު ސަންދޯއް ފަޅާލާފައި ނުކުމެއްޖެ
27 ޖުލައި 2021

ބޮސްނިއާގެ ސަރބުން އެގައުމުގެ މައި ސަރުކާރުގެ މުއައްސަސާތައް ބޮއިކޮޓްކޮށްފި

27 ޖުލައި 2021
ބޮސްނިއާގެ ސަރބުން އެގައުމުގެ މައި ސަރުކާރުގެ މުއައްސަސާތައް ބޮއިކޮޓްކޮށްފި
04 ފެބުރުއަރީ 2021

މަސައްކަތް ހުއްޓާލުމަށްފަހު ސިއްހީ ޚިދުމަތްތެރިން މިޔަންމާގެ އަސްކަރިއްޔާއާ ދެކޮޅަށް ނުކުމެއްޖެ

04 ފެބުރުއަރީ 2021
މަސައްކަތް ހުއްޓާލުމަށްފަހު ސިއްހީ ޚިދުމަތްތެރިން މިޔަންމާގެ އަސްކަރިއްޔާއާ ދެކޮޅަށް ނުކުމެއްޖެ
08 މެއި 2020

އެމެރިކާގެ ނައިބް ރައީސް ޕެންސްގެ ޕްރެސް ސެކްރެޓަރީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

08 މެއި 2020
އެމެރިކާގެ ނައިބް ރައީސް ޕެންސްގެ ޕްރެސް ސެކްރެޓަރީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ
02 ސެޕްޓެމްބަރު 2019

ހޮންކޮންގްގެ ދަރިވަރުން ކްލާސްތައް ބޮއިކޮޓްކޮށްފި

02 ސެޕްޓެމްބަރު 2019
ހޮންކޮންގްގެ ދަރިވަރުން ކްލާސްތައް ބޮއިކޮޓްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު